ކުޅިވަރު އެސޯސިއޭޝަންތަކުގެ ފަރާތުން ބޭއްވެވި ތަރާވީހެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ ފަރާތުން އިންތިޒާމްކޮށްގެން މިރޭ ބޭއްވެވި މި ތަރާވިސް އޮތީ ރަސްފަންނު ސަރަޙައްދުގައެވެ.

މިރޭގެ ޙަފްލާގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ބޭފުޅުންނާއި، ކުޅިވަރުކުޅުންތެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.