ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސްކަމަށް، މިއަދު ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. މި މަޤާމަށް ޢައްޔަނު ކުރެއްވީ، ގަލޮޅު ގަސްކަރަ ފަޟީލަތުލް އުސްތާޛް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްއެވެ.

ފަޟީލަތުލް އުސްތާޛް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސްކަމަށް މި ޢައްޔަނު ކުރެއްވީ، ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) 5 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް"ގެ ރައީސް ކަމަށް، މި ޤާނޫނުގެ 12 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ޢިނާޔަތްކޮށްދޭ ބާރުގެ ދަށުންނެވެ.