މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި [ހަބޭސް 3 މިޔުޒިކް ޝޯވ]، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްލަވާލައްވައިފިއެވެ. މި ޝޯވ އޮތީ މިރޭ އަލިމަސް ކާނިވާ ސަރަޙައްދުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މި މިޔުޒިކް ޝޯވ ބަލައިލުމަށް ގިނަ ޢަދަދެއްގެ އާންމުންވެސް ބައިވެރިވިއެވެ.