ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޞަދަޤާތު ފައުންޑޭޝަންގެ ޚިތާނީ އުފާ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. ޚިތާނީ އުފާ ކޭމްޕަކީ، ރާއްޖޭގެ ސްކޫލް ބަންދާ ގުޅުވައިގެން ކުދިން ޚިތާނުކުރުމަށްޓަކައި ޞަދަޤާތު ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކުރި ކޭމްޕެކެވެ. މި ކޭމްޕް އޮތީ ހުޅުމާލޭ ރެހެންދި ސްކޫލްގައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.