ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަވާފައިވާ ހައްދުންމަތީ ގާދޫ ކައުންސިލާއި، އެ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން އުފައްދަވާފައިވާ ހައްދުންމަތީ ގާދޫ ކައުންސިލްގެ އިދާރާ 2016 ސެޕްޓެންބަރު 22 ވަނަ ދުވަހުން ފެށިގެން އުވާލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.