بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربّ العَـالَمِـين،  وَالصّـلاة والسّــلام علـى ســيّدنا محّمد خاتم الأنبياء والمرســلين، وعلـى آلـه وصحبـه أجمـعـين.
އުފާވެރި ޖަލްސާއެއް. ކާމިޔާބު ރެއެއް. ފަޚުރުވެރި ވަނަތަކެއް ޙާޞިލުކުރި ކުދިންތަކެއްގެ ޝަރަފުގައި ބޭއްވޭ ޖަލްސާއެއް. މައިންބަފައިންގެ ހިތްޕުޅުތައް އުފަލުން ފުރިގެންއަރާ އަދި ޤައުމީ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ އެންމެންނަށްވެސް އުފާވެރިކަން ގެނެސްދޭ މުނާސަބަތެއް.
 އާދެ، މިރޭގެ ރަންވަނަތައް ހާސިލުކުރި ހުރިހާ ކުދިންނަށް، ހުރިހާ ފަޚުރުވެރި ދަރިވަރުންނަށް އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުގެ ނަމުގައި އަދި ތިޔަ ހުރިހާ މައިންބަފައިންނާއި، ބެލެނިވެރިންގެ ނަންފުޅުގައި ވަރަށް މަރުޙަބާ ދަންނަވައި، އިޚްލާޞްތެރިކަމާއެކީ، ތިޔަ ހުރިހާ ކުދިންނަށް ޝުކުރު ދަންނަވަން.
އާދެ، ޘާނަވީ އިމްތިޙާނުން ގިނަ ވަނަތަކެއް ހާސިލުކުރި ކުދިންގެ ނަތީޖާތައް އަޅުގަނޑުމެންނަށް ކުރުގޮތަކަށް ދެންމެ އިވިގެން އެދިޔައީ. އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ރަންވަނަތަކަކާއި، ފަޚުރުވެރިކަން ގެނެސްދިން ވަރަށް ގިނަ ކުދިންގެ ތަޞްވީރުތައް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. އަދި ހިތުގެ ޝުޢޫރުތައްވެސް އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް ރިލޭޓްކޮށްލެވޭ ކަހަލަ ގޮތަކަށް އުފާވެރި މަންޒަރުތަކެއްގެ ގޮތުގައި ފެނިގެން މިދިޔައީ.
އަޅުގަނޑުވެސް އުފާކުރަނީ، އެއްއަހަރުން އަނެއް އަހަރަށް ތަޢުލީމީ ދާއިރާއަށް މިއަންނަ ކުރިއެރުން، ތިޔަކުދިންގެ ބުރަ މަސައްކަތުން. އަދި މިރެއަކީ، މިދިޔަ އަހަރު ހުރިހާ ފަރާތަކުން ކުރެވިފައި ހުރި މަސައްކަތުގެ ނަތީޖާ ލިބޭ ރެއަކަށް ވެގެންދާތީ. އެއްއަހަރުން އަނެއްއަހަރަށް އަޅުގަނޑުމެންގެ ނަތީޖާތަކާއި، ކުދިން ހޯދާ ވަނަތައް. މިދަންނަވަނީ ހަމައެކަނި ރާއްޖޭގެ ފެންވަރަކުންނެއް ނޫން. ދުނިޔޭގެ ފެންވަރުންވެސް އަންނަނީ ކުރިއަރަމުން، އިތުރުވަމުން. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި މިރެއަކީ، އުފާފާޅުކުރުން ޙައްޤު ރެއެއް.
އާދެ، ޤައުމީ ގަދަ ދިހައެއްގެ ތެރޭގައި ގާތްގަނޑަކަށް 490 ކުދިން އެބަ ވަނަ ހޯދާ. އަދި އޭގެތެރެއިން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ގަދަ އެއްވަނައިގެ ތެރޭގައި 74 ކުދިން. ޝަރަފުވެރިކަމާއެކީ، އެ ކުދިން ކުރި މަސައްކަތުގެ އަގު މުޅި ދިވެހި ދައުލަތުން ވަޒަންކުރި ވަގުތު. އާދެ، ޝައްކެއްވެސްނެތްގޮތުގައި އެ ކުދިންނަކީ، ވަރަށް ފަޚުރުވެރި، އަޅުގަނޑުމެންނަށް ވަރަށް އުފާތަކެއް އަދި އެކުދިންގެ މައިންބަފައިންނަށާއި، މުޅި ދިވެހިރާއްޖެއަށް ވަރަށް ރީތި ނަމާއި، ޝަރަފުގެނެސްދިން ކުދިންތަކެއް. ހުރިހާ ކުދިންނަށް އަޅުގަނޑުމެން އެންމެންގެ ފަރާތުން ހިފެހެއްޓުމެއްނެތި ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާކިޔައި، ހިތްވަރުދެން.
އާދެ، ދުނިޔޭގެ ފެންވަރުގައި އަޅުގަނޑުމެން މި ޙާޞިލުކުރާ ވަނަތަކާ ދޭތެރޭގައިވެސް އަޅުގަނޑަށް ލިބިފައި ހުރި މަޢުލޫމާތުން އެއްޗެއް ދަންނަވާލާނަން. ދުނިޔޭގައި މި ކެމްބްރިޖް އިމްތިޙާނަކީ، ގާތްގަނޑަކަށް 150 އަކަށް ޤައުމުން، އެތައް ލައްކަ ކުދިންނެއް ބައިވެރިވާ އިމްތިޙާނެއް، ހަދާ އިމްތިޙާނެއް. އެހެންވީމާ، އެތައް ލައްކަ ކުދިންނެއް މުޅި ދުނިޔޭގެ އެތަން މިތަނުން 150 ޤައުމުން ބައިވެރިވާއިރު، ޝައްކެއްވެސްނެތް، ދިވެހިރާއްޖެއިން، މިކަހަލަ ކުޑަކުޑަ ޤައުމަކުން ވަނަ ހާސިލުކުރާ ކަމަށްވަންޏާ، އެއީ، ފާހަގަނުކޮށް ދޫކޮށްލެވޭވަރުގެ ޝަރަފެއްނޫން. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުން ވެއްޖިއްޔާ، 40 ކުދިން މިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ 10 ނަތީޖާ ހޯދާފައި. އަދި އޭގެތެރޭގައި އެކިއެކި މާއްދާތަކުން ވަނަ ހޯދައިގެން އެއްވަނަ ދަރަޖަ، މުޅި ދުނިޔެއިން ދިވެހިރާއްޖޭގެ ކުއްޖަކު މިފަހަރު މިވަނީ ހޯދާފައި. ޝައްކެއްވެސްނެތްގޮތުގައި މިއީ، ކުޑަކުޑަ އެކޮމްޕްލިޝްމަންޓެއް ނޫން. މިއީ، އަޅުގަނޑުމެން ޝުކުރުކުރުން، އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤު އެޗީވްމަންޓެއް. އެކަމަށްޓަކައި މި ރަންވަނަތައް ނޫނިއްޔާ މިހާރު ރަންވަނައަށްވުރެ އިތުރު ވަނަތައް ހާސިލުކުރި ހުރިހާ ކުދިންނަށްވެސް، އެ ކުދިންގެ މުދައްރިސުންނަށް، އެކުދިންގެ ސްކޫލްގެ މެނެޖްމަންޓުގެ އެންމެހާ އިސް ފަރާތްތަކަށް، އަދި އެކުދިންނާ އެކީގައި އެކުދިންނަށް ހިތްހަމަޖެހުމާއި، އެކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވި ލޮބުވެތި، ނޫނީ ލޯބިވާ މައިންބަފައިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވައި، ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑުމެންނަށް މި ހޯދުނު ވަނަތަކަށް ބަލާކަމަށްވަންޏާ، މި ހޯލުގައި މިތާ މިތިބީ، ދިވެހިރާއްޖެ ކުރިއަށްއޮތްތަނުގައި ބައްޓަންކުރަން ވަރަށް މުހިންމު ބައެއް. ޝައްކެއްވެސްނެތްގޮތުގައި މިވަގުތު ދިވެހިރާއްޖެއިން މިފެންވަރުގެ ކުދިންގެ ތެރެއިން ލިބެންހުރި ބެސްޓް ބްރެއިންސް، ހަމަ އެންމެ ތާޒާ އެންމެ ތަނަވަސް ސިކުނޑިތައް. އެހެންވީމާ، ތިޔަކުދިންގެ މަސްއޫލިއްޔަތުތަކެއް އޮތްކަން ގަބޫލު ކުރަންޖެހޭ. މިއަދު މި ގްރެޖުއޭޓުވަނީ ހަމައެކަނި ޘާނަވީއަކުންނެއް ނޫން، މިއަދު ތިޔަކުދިންގެ ޙަޔާތުގެ ދަރަޖައަކުންވެސް ގުރެޖުއޭޓު ވަނީ. ތިޔަކުދިންގެ ޚިޔާލަށް ގެންނަންވާނީ، މިހާރު ކޮންފަރޓް ޒޯނުން ބޭރަށް ތިޔަކުދިން ތިޔަ ފުރަތަމަ ފިޔަވަޅު އެޅިއްޔޭ. މިއަދާ ހަމައަށް ތިޔަ ހުރިހާ ކުދިންނަކީ، މައިންބަފައިންގެ ލޯތްބާއި ކުލުނާއި އަދި މައިންބަފައިންގެ ފަސޭހަކަމުގައި ދިރިއުޅެމުން އައި ކުދިން. ތިޔަ ކުދިންގެ އަމިއްލަ ހިތުގެ ތެރޭގައި އުފެދޭ ޚިޔާލާއި އަރާރުންވުންތައް ފިޔަވައި ތިޔަ ކުދިން ވިސްނަންޖެހޭ، ފިކުރުކުރަންޖެހޭ ހަމަ އެހެން އެއްވެސް ކަމެއްނެތި ކިޔެވުމަށް މުޅި ވަގުތު ހޭދަކޮށްލަން ފުރުޞަތު ލިބުނު އުފާވެރި ޙަޔާތެއް ހޭދަކުރި ކުދިންކޮޅެއް. އެކަމަކު މިއަދު ތިޔަ ކުދިން ތިޔަ ގްރެޖުއޭޓުވަނީ ޙަޔާތުގެ އެހެން ފޭސްއަކަށް. އެހެން ފިޔަވަޅަކަށް. އެހެން ދަރަޖައަކަށް.
Today you are a less of a kid. More of a young adult.                                                     
އެހެންވީމާ، ރިއަލް ލައިފަށް އަހަރެމެން ހުރިހާ އެންމެން މަރުޙަބާ އެބަ ކިޔަން. މިއަދު ތިޔަ ކުދިންނަކީ ކުޑަކުދިން ކަމަކަށް މައިންބަފައިންގެ ބެލެނިވެރިކަމުގައި ތިބި ކުދިން ކަމަކަށް ބެލުމަށްވުރެ ބޮޑަށް ތިޔަ ކުދިންގެ އަމިއްލަ ޒިންމާތަކެއް އުފުލާ މަރުޙަލާއަކަށް ތިޔަކުދިން ހިނގައްޖެކަން ތިޔަކުދިން ގަބޫލުކުރަންވާނެ. އެކަމަކު އެއާއެކީގައިވެސް ތިޔަ ކުދިންނަށް ހަނދާންކޮށްދޭން ބޭނުންވަނީ، ކުޑަކުދިންކަން. އަދިވެސް ތިޔަ ކުދިންނަކީ ބޮޑެތި މީހުންގެ ބަސްއަހަންޖެހޭ ހިސާބުގައި ތިބި ކުދިންކަން. ޚާއްޞަކޮށް، ތަރުބިއްޔަތުދޭ ފަރާތްތަކުގެ ބަސްއަހަންޖެހޭ ކުދިން، ބައިލޮޖިކަލީ ބޮޑުވާ ބޮޑުވުން އެއީ، އެއްގޮތަކަށްވެސް ސިކުނޑީގެ މެޗޫރިޓީ، އެއާ އެއްވަރަށް ޕްރޮޕޯޝަނޭޓްލީ ގެނެސްދޭ ކަމެއްނޫން. ސިކުނިޑީގެ މެޗޫރިޓީއަށް ވަގުތު ނަގާނެ. ސިކުނޑީގެ މެޗޫރިޓީއަށް ފިލާވަޅުތަކެއް ނަގައިދޭނެ. ދެން ދާންއޮތް މަރުޙަލާއަކީ،Best brains even better  ކުރަންއޮތް މަރުޙަލާ. މިހާރު ތިޔަ ތިބީ އެއްފޭސް ނިންމާފައި.
ޔުނިވަރސިޓީއަށް ދާން ޚިޔާލުކުރާ ހުރިހާ ކުދިން، އަހަރެން އުންމީދުކުރަނީ، ހަމަ ހުރިހާ ކުދިންވެސް މަތީ ތަޢުލީމަށް ޔުނިވަރސިޓީއަށް ވަންނަން ބޭނުންވާނެ ކަމަށް. ޔުނިވަރސިޓީއަށް ވަންނަން ބޭނުންވާ ހުރިހާ ކުދިންނަށް މަރުޙަބާ ކިޔަން. ޔުނިވަރސިޓީގައި އަނެއްކާވެސް ގިނަ ފިލާވަޅުތަކެއް ނަގައިދޭނެ. އެއީ، ތިޔަ ކުދިންގެ Best brains even better ކުރަން.
 މިރޭ މި ރަންވަނަތައް ނުލިބޭ ކުދިންނަށްވެސް، ހަމަ ބުނެލަން އޮތް ބަހެއް އެބައޮތް. އެ ބުނެލަން އޮތް ބަހަކީ، އެންމެ ފުރަތަމަ ބެސްޓް ބްރެއިންސްއަށް މިއަދުގެ ޓޮޕް އެޗީވާރސްއަށް ބުނެލަން އޮތް ބަހާއެކީ، މީގެ ރެސިޕްރޮކަލް ނޫނީ ފްލިޕް ސައިޑް ބުނެލަދޭން. މިރޭގެ ޓޮޕް އެޗީވަރސްއަށް ބުނެލަންއޮތް ވާހަކައަކީ، އަބަދުވެސް ގަބޫލުކުރައްޗޭ، އަބަދުވެސް ގަބޫލުކުރައްޗޭ، ތިޔަކުދިންނަށް އިތުރަށް ކިޔަވައިދެވޭނެ ފުރުޞަތު އޮންނާނޭ. ހުރިހާ އެއްޗެއް އެނގިފައި ތިބި ކުދިންނެއް ނޫން. އަބަދުވެސް އިތުރަށް ކިޔަވަންޖެހޭކަން ދަންނާތި! އެހެންވީމާ، ބޮޑެތި މީހުން ދޭ އެކިއެކި މަޝްވަރާ، އެކިއެކި ލަފާ، ޓީޗަރުން ދޭ ފިލާވަޅުތައް، މިއީ، ތިޔަކުދިން އަބަދުވެސް އުނގެނުމުގެ މަރުޙަލާގައި ތިބެން ޝައުޤުވެރިވާ ކުދިންތަކަކަށް ތިޔަކުދިން ވާންއެބަޖެހޭ. Never take it for granted. އަނެއްކާވެސް ތިޔަ ކުދިންނަކީ، ބެސްޓް އެޗީވަރސްއަށް ވާންވާނެކަމަށް Don’t ever take it for granted. އެހާހިސާބުން ދެވޭނީ، އަނެއްކާވެސް ގަދައަޅައި މަސައްކަތްތަކެއް ކޮށްގެން. ގަދައަޅައި މަސައްކަތް ނުކުރާކަމަށްވަންޏާ މިރޭގެ މި ނަތީޖާއަކީ، އެއްގޮތަކަށްވެސް ކެމިސްޓްރީ ލެބެއްގައި ބުނާކަމަށް ވަންޏާ، ލިޓްމަސް ޓެސްޓެއްނޫން، މަތީ ވަނަތައް ހޯދޭނެކަމުގެ Don’t under estimate.
މިރޭ ރަންވަނަތައް ނުލިބޭ ކުދިންނަށް ބުނެލަން އޮތް ވާހަކައަކީ، މި އިމްތިޙާނުން ތިޔަކުދިންނަށް އެންމެ މަތީ ވަނަތައް ހާސިލުނުވުން އެއީކީ އެއްގޮތަކަށްވެސް މުސްތަޤުބަލުގައި ރަނގަޅު ނަތީޖާ ނުލިބޭނެ ކަމެއްކަމަށް ނުނިންމާށޭ! މަސައްކަތްކުރާ ކުދިންނަށް އަބަދުވެސް އެއް އިމްތިޙާނެއްގައި، އެއް މަރުޙަލާއެއްގައި ރަނގަޅު ނަތީޖާ ނުލިބިއްޖެކަމަށް ވަންޏާ، ކޮންސިސްޓެންޓްލީ ވަރުގަދައަށް ޕަރސިވިއަރ ކޮށްގެން، އެންޑިއޯ ކޮށްގެން މަސައްކަތްކުރާ ކަމަށްވަންޏާ ކުރިބޯއްޓާ ހަމައަށް ހަމަ ކޮންމެ ކުއްޖަކަށްވެސް ވާސިލުވެވޭނެއޭ. މި ނަތީޖާތަކަށް ބަލާކަމަށްވަންޏާ، މުޅި ދުނިޔޭގެ ނިސްބަތުންވެސް ދިވެހިރާއްޖޭގައި ތޫނުފިލި ކުދިންތަކެއް އެބަތިބިކަން ދައްކައިދޭ. އަނެއްކާ މި ނަތީޖާތައްވެސް މިއަންނަނީ އެއްއަހަރުން އަނެއްއަހަރަށް ކޮންސިސްޓެންޓްލީ ބެޓަރވަމުން، ރަނގަޅުވަމުން. އެހެންވީމާ، ހުރިހާ ކުދިންނަށްވެސް އޮތް ފުރުޞަތަކީ، ހުރިހާ ކުދިންނަށްވެސް މިރޭ އޮތް އެޑްވައިސްއަކީ، އެއްގޮތަކަށްވެސް މާޔޫސްކަންމަތީގައި ދެން ޙަޔާތުގެ ބާކީއޮތްބައި ހޭދަކުރަން ޚިޔާލުނުކުރާށޭ! ތިޔަކުދިންނަކީ ހަމަ އިތުރު މަސައްކަތެއް ކޮށްލައިގެން އަނެއްކާވެސް، ދާންވާ ހިސާބަށްދެވޭ ފެންވަރުގައި Easily attainable target  ތަކެއް، ތިޔަކުދިންގެ ރީޗުގައި އޮތްކަން ގަބޫލުކުރާ ކުދިންނަށްވާށޭ! އެހެންވީމާ، ދެ ދަރަޖައިގެ ކުދިންނަށް އަހަރެން މިރޭ ދޭ ނަސޭހަތަކީ، އެއްވެސް ގޮތަކަށް އެޗީވަރސް ގްރާންޓަޑްކަމަށް ނުނަގާށޭ! މަސައްކަތްނުކޮށް، ދެންއޮތް މަރުޙަލާގައި ތިޔަ ކުދިންނަކީ ޓޮޕް އެޗީވަރސްއަށް ވާނެކަމަށް. ހަމަ އެގޮތަށް ނޮޓް ސޯ ލަކީ ގައިސް އެންޑް ގަރލްސް ގަބޫލު ނުކުރައްޗޭ، ކަލޭމެން ކުދިންނަކީ ﷲގެ ރަޙުމަތުން، ނޫނީވިއްޔާ ކިޔެވުމުގެ ރަޙުމަތުން އެއްގޮތަކަށްވެސް ބަރީއަވެފައި ތިބި ބަޔަކަށް. ޕަރސިވިއަރކޮށް ހާޑް ވަރކް ކޮށްފި ކަމަށްވަންޏާ، މިރޭގެ އެހާ ފަޚުރުވެރި ނަތީޖާ ނުލިބޭ ކުދިން އަހަރެމެންނަށް ޕްރޫވް ކޮށްދޭންވީ، މާ ރަނގަޅު ނަތީޖާ ހޯދޭނެކަމަށް މިރޭގެ ބެސްޓް އެޗީވަރސްއަށްވުރެން. This is Education, Learning, Re-learning, Un-learning.
އެހެންވީމާ، އެޑިޔުކޭޝަންގައި އިމްޕޮސިބަލް، ނޫނީއްޔާ ނުވާނެ އެއްވެސްކަމެއް ނޯންނާނެ. Persistence, commitment, believing in what you do. މިއީ، ކިޔަވާ ކުދިންނަށް އެންމެ މުހިންމު ކަމަކީ. އެހެންވީމާ، ކިޔަވާ ކުދިން ޔުނިވަރސިޓީއަށް ދާއިރު ޔުނިވަރސިޓީއަށް ދާ މަރުޙަލާ މިރޭ ނިންމާ ކުދިންނަށް ވަރަށް ކައިރިކަންނޭނގެ. މި މަރުޙަލާގެ ތެރޭގައި ތިޔަކުދިން ކުރަންޖެހޭ ބައެއް ކަންތައްތައް ހަމަ ޓިޕްސް ގޮތަށް ހަމަ ހަނދާންކޮށްލަދޭން ބޭނުންވޭ. މި މަރުޙަލާއަކީ ތިޔަކުދިންގެ މެންޓޯސް، އެކަޑަމިކް ކައުންސެލަރސް، ޓީޗަރުންނާއި މައިންބަފައިންނާ ވާހަކަދައްކާ މަޝްވަރާކުރަންޖެހޭ ދުވަސްކޮޅެއް.
ޔުނިވަރސިޓީއަށް ގޮސް ކިޔަވާއިރު ސްޓަޑީ ޕްލޭންތަކެއް އެބަހަދަންޖެހޭ. ސްޓަޑީ ޕްލޭންތަކެއް ނުހަދައި، ތިޔަކުދިން އިމްތިޙާނާ ކައިރިވީމަ، މަސައްކަތްތަކެއް ކުރަން އުޅެފި ކަމަށްވަންޏާ އަމިއްލައަށް ހޯދާ ޓޯޗަރގައި ކުދިން އުޅޭނީ. ވަރަށް ޕެއިންފުލް އެކްސަސައިޒަކަށްވާނެ. ވަރަށްބޮޑު އެންޒައިޓީއެއް ކޮންމެ ކުއްޖަކަށް އަންނަ ކަމަކަށްވާނެ. އެއް މަރުޙަލާއިން އަނެއް މަރުޙަލާއަށް ކިޔެވެލީގެ ދުވެލި ދާނީ އިތުރުވަމުން. ޓީޗަރުން އެކްސްޕެކްޓް ކުރާވަރު އިތުރުވަމުން. ސިލަބަސްތައް، ތިޔަކުދިންގެ ފަރާތުން އެދޭ ކަންތައްތައް އިތުރުވަމުންދާނެ. އެ ދާދި އަވަހަށް ފަސް، ހަ އަހަރެއްގެ ތެރޭގައި ތިޔަކުދިންނަކީ ޑިގްރީ ނަގައިގެން އަންނަ ކުދިންނަށް ވުމަށް ޙަޔާތް ނޫނީ އުމުރު އެބަލާޒިމުކުރޭ. ޑިގްރީ ނަގާފައި 2 އަހަރު ފަހުން ގްރޭޖުއޭޓު ސްޓަޑީ ހަދާފައި، އޭގެ 2 އަހަރުފަހުން ޑޮކްޓަރޭޓް ހެދުނީމަ، އެ ދާއިރާއަކުން ދާންއޮތް ތިއަރެޓިކަލް އެންމެމަތީ ނޮލެޖާ ހަމައަށް ދެވުނީ. އެހެންވީމަ،  އޭޒް ޔަންގް އެޑަލްޓްސް، މިރޭ ތިޔަ ފެށީ ދިގު ދަތުރެއްގެ ފުރަތަމަ މަރުޙަލާ. ދާއިރާއަކުން، ފަންނަކުން އެންމެމަތީ ތަޢުލީމާ ހަމައަށްދާން. ތިޔަކުދިންނާ އެ ހިސާބާ ދޭތެރޭގައި އޮތީ ގާތްގަނޑަކަށް އަށެއްކަ އަހަރު. މި ޚިޔާލުކުރާ ކަމަށްވަންޏާ، މި އަށެއްކަ އަހަރަކީ، ނުވިސްނާ ތިއްބާ އިސާހިތަކު އަތުން ބީވެގެން ހިނގައިދާނެ އަށެއްކަ އަހަރު. އެހެންވީމާ، ޕްލޭންތަކެއް ނުހަދަންޏާ، ތިޔަކުދިންގެ ސްޓްރެންތްސް ތިޔަކުދިންނަށް ނޭނގޭ ކަމަށްވަންޏާ، ނޫނީ އޮޅުންފިލުވާހިތް ނުވާ ކަމަށްވަންޏާ ހަމަ ވާންއުޅޭނެ ގޮތަކީ، ދުއްވާފައި ދާ ބަހަށް އެރުމަށްޓަކައި 15 މިނިޓުފަހުން އައިމާ، ބަސް ނެތުނީމާ، އަންނަ އެންޒައިޓީ، Will grip you guys. އެހެންވީމާ، އެހެން ނުވަމާހެއްޔޭ؟ ފުރަތަމަ ޓިޕަކީ މެތޯޑިކަލް ވާށޭ! ކޮންސިސްޓަންޓް ވާށޭ! ދެވަނަ ޓިޕަކީ، ތިޔަ ހުރިހާ ކުދިންނަށް ނަގައިދިން ޓިޔުޓޯރިއަލް ތަކާއި، ފިލާވަޅުތަކަށް ބަލާ ކަމަށްވަންޏާ، ތިޔަ ހުރިހާ ކުދިންނަކީ، އީކްއަލް ސްކިލްސް ހަމަގައިމު މުދައްރިސުންގެ ފަރާތުން، ޓެކްސްޓް ފޮތްތަކުން ލިބިފައި ހުރި ކުދިން. އެހެންވީމާ، ކޮންމެ ކުއްޖަކުވެސް އެކްސްޕްލޯރ ކުރަންޖެހޭނީ ކޮބައިހޭ، ތިމަންނާގެ އަމިއްލަ ސްކިލްއަކީ. ޔުނިވަރސިޓީ ތަޢުލީމު ހާސިލުކުރާ ބިޒްނަސް އެޑްމިނިސްޓްރޭޝަން ހަދާ އެތައް ބައިވަރު، އެތައް ބައިވަރު ޕްރޮފެސަރުންނެއް، އެތައް ބައިވަރު ކިޔަވާކުދިންނެއް ނުކުމޭ. އެކަމަކު މި ނުކުންނަ މޮޅު މީހުންގެ ތެރެއިން ކިތައް ބިލްގޭޓުން ތިބެނީ؟ ވެރީ ފިޔު. އެއީ، ކޮންމެ ކުއްޖަކުވެސް، އެ ކުއްޖެއްގެ އިނަރ ސޯލްސް ސަރޗް ކުރަންޖެހޭ ކަމަކީ. ކޮންމެ ކުއްޖަކަށްވެސް ނަގައިދެވޭ ފިލާވަޅުތަކާއި، ލިބޭ ސްކިލްތަކަށް ބަލާ ކަމަށްވަންޏާ، ޓީޗަރުން ކުދިންގެ ތެރޭގައި ތަފާތެއް ނުކުރާނެ. އެއް ސްކިލްތަކެއް ހުންނާނީ. އެކަމަކު ކޮންމެ ކުއްޖަކުވެސް އެބަޖެހޭ، އެ ކުއްޖާގެ އިނަރ ސޯލަށް ލިސްން ކުރަން. އޭނާ އެބަ ގަބޫލުކުރަންޖެހޭ، އޭނާގެ އިނަރޓް، އެތެރޭގައި އޭނާގެ ސްކިލްތަކެއް އެބަހުރި ކަމަށް. ކޮންމެ ކުއްޖަކީވެސް ސްކިލްފުލް ކުއްޖެއް. ކޮންމެ ކުއްޖަކީ ފަޅާ ޑޮކްޓަރަކަށް ނުވެހިނގައިދާނެ. ކޮންމެ ކުއްޖަކީ ލޯޔަރަކަށް ނުވެ ހިނގައިދާނެ. އެކަމަކު ކޮންމެ ކުއްޖަކީ އެ ލިބިފައި ހުރި ސްކިލްތަކާއެކީ އޭނާއަށް އޭނާގެ ޚާއްޞަ ފަންނެއް އޮތްތޯ އެނގެންވާނެ ކުއްޖެއް. މި ފޭސް މިހާރު ތިޔަކުދިން ތިޔަ ކަޑައްތު ކުރަނީ.
އެހެންވީމާ، އެއްކުއްޖަކު އަނެއް ކުއްޖަކާ، މަތީ ތަޢުލީމުގައި ތަފާތުވާ ހިސާބަކީ، އެ ކުއްޖަކަށް ލިބޭ ގިނަ ޚިޔާލުތަކެއް. ކަމެއް ކުރުމަށް ލިބޭ ގިނަ ޚިޔާލުތަކެއް. ޕްރޮޑަކްޓިވް، އިނޮވެޓިވް އާ ޚިޔާލުތަކެއް ހޯދާނެގޮތް ދަސްކުރުން. ރިސަރޗް، ރީޑިންގ، މީހުންނާ މަޝްވަރާކުރުން، ޕްރޮފެސަރުންނާ ވާހަކަ ދެއްކުން. What ever it is that you do. އިތުރު ޚިޔާލުތަކެއް ކޮންމެކަމެއްގައި ހޯދަން އެބަޖެހޭ. ޝޯޓްކަޓް ނަގާނެގޮތް. މެތަމެޓިކްސް ވެއްޖިއްޔާ އަލްޖެބްރާގެ ފޯމިޔުލަރއެއް ނޫނިއްޔާ ނަންބަރެއް ސޯލްކުރާނެގޮތް ޝޯޓްކަޓް ނަގައިގެން.އެ އީ، ޓައިމް ލިމިޓެޑް ކޮންމެ ކަމެއްގައި، މާކެޓްކުރަން ބޭނުންވާ ކުއްޖެއް ކަމަށްވަންޏާ، މޮޅަށް އެއްޗެއް ވިއްކާނެގޮތް. އެއްޗެއް އުފައްދަން ބޭނުންވާ ކަމަށްވަންޏާ، ޕްރޮޖެކްޓެއް ހަދަން ބޭނުންވާ ކަމަށްވަންޏާ، ޕްރޮޖެކްޓުގެ އެހެން ކުއްޖަކަށް ލިބިފައިވާ ސްކިލްއާ ތަފާތުކޮށް ތިމަންނާގެ ސްކިލް ދައްކައިދޭނީ ކިހިނެއްހޭ؟ އެކުއްޖަކަށް އެކުއްޖެއްގެ އިނަރޓް، ލެޓަންޓް، ޓެލެންޓް އެނގޭ ކަމަށްވަންޏާ، ސްކިލް އެނގޭ ކަމަށްވަންޏާ، އެއީ، ވަރަށް ރެއަރ ކޮލިޓީއެއް. އެ ސަރޗްކޮށްގެން އެ ހޯދަން މަސައްކަތް އެބަ ކުރަންޖެހޭ. އެ ހޯދިއްޖެ ކަމަށްވަންޏާ އެއީ، އެ ކުއްޖަކު Rest of you guys އާ ތަފާތުވާ ގޮތަކީ. އެއީ ހޭންޑް ޕިކްޑް ކުއްޖަކަށް ވާގޮތަކީ. އެހެންނޫނިއްޔާ އެކްސެލެންސަށް ހުރިހާ އެންމެންނަށް އެއްވަރުގެ ފިލާވަޅުތަކެއް މި ނަގައިދެވެނީ. އެހެންނަމަވެސް، އަހަރެމެންނަށް އެނގޭ އެއްޗަކީ، މުޅި ދުނިޔޭގެ އެންމެންނަކީ، ބިލްގޭޓްސްއަށް ނުވާކަން. އެހެންވީމާ، ކޮންމެ ކުއްޖެއްގެވެސް އިނަރ ޓެލެންޓެއް ހުންނާނެ.
މި މޫސުމަކީ، ކިޔަވައި ނިމިގެން ޔުނިވަރސިޓީއަށް އެޓެންޑްކުރަން، އޭ ލެވެލް ހަދަން، އެއަށްވުރެމަތީ ތަޢުލީމަށް ދާން އުޅޭ މޫސުމަކީ، ވަރަށް ބޮޑަށް ތިޔަކުދިން ޕަރސިވް ކުރާނެ ނޫނީ ތިޔަ ކުދިންގެ މައިންޑްސްއަށް ޑިސްޓަރބް ކުރާނެ ތިން ކަމެއް އުޅޭނެ.
އެއްކަމަކީ، ދެންމެ މި ބުނި ވާހަކަ. ކޮބައިހޭ، އަހަރެންގެ ސްޓްރެންތަކީ، ކޮބައިހޭ މަގޭ ޕެޝަނަކީ. Based on my strength. What is it I am going to do further. މަތީ ތަޢުލީމު ޙާޞިލުކުރާއިރު، ކޮންކަހަލަ މާއްދާތަކެއްތޯ ކިޔަވަން ބޭނުންވަނީ، އެ ކުއްޖެއްގެ ސްކިލް، އެ ކުއްޖެއްގެ ޕެޝަން އަދި އެ ކުއްޖަކަށް ކާމިޔާބުކުރެވޭނެ ކަމަށް ޤަބޫލުކުރެވޭ މާއްދާތަކެއް، ސްޓްރެންތުތަކެއް ހުންނާނެ. މިއީ، އެ ކުއްޖެއްގެ އަމިއްލަ ވިސްނުމާއި، އެ ކުއްޖަކަށް ކައުންސެލިންގ ދޭނެ މެންޓޯއަކާއި އަދި އެ ކުދިންގެ ޓީޗަރުންނާއި މައިންބަފައިން އެހީތެރިވާނެ. އެހެންވީމާ، ކޮންމެ ކުއްޖަކަށްވެސް ވަރަށް މުހިންމު ކަމަކަށްވާނެ، ކޮންމެވެސްވަރެއްގެ  މެންޓޯއެއް ހޯދުން. މި ސްކިލްތައް ކުއްޖާގެ ޓެލެންޓް، ކުއްޖާގެ ސްކިލްސް ކިޔައިދޭން އެންމެ މޮޅުވާނީ، އެކުއްޖާ 10 އަހަރުގެ ތެރޭގައި ދަސްވެފައި ތިބޭ ޓީޗަރުންނަށް. އެހެންވީމާ، ކޮންމެ ކުއްޖަކަށްވެސް އެންމެ ބަރނިންގ ޑިޒަޔަރ އަކަށް ވާނީ ކޮބައިހޭ ތިމަންނާގެ ޕެޝަންއަކީ. ކޮން ދާއިރާއަކުން، ކޮން ރޮނގަކުންހޭ ތިމަންނަ ކުރިއަށް ދާން ބޭނުންވަނީ. ވެރީ އިމްޕޯރޓެންޓް. މަދު ފަހަރަކު ނޫން، އެމް.ބީ.ބީ.އެސް. ހަދާނެކަމަށް ނިންމާ ކުދިން އައިސް ސޯޝިއޮލޮޖީ ހަދާފައި ނިންމާލަނީކީ. ނޫނީ ލޯ ހަދާނެ ކުދިން ނިންމާލަނީ ޕައިލެޓްކަން ކިޔަވައިގެން މަދުފަހަރަކުނޫން. All happens, part of Educational process, part of life. އެކަމަކު އެކުއްޖާގެ ޓެލެންޓް ރަނގަޅަށް އެނގޭ ކަމަށްވަންޏާ، އެ ދާއިރާއަކުން ކުރިއަށްދާ ކަމަށްވަންޏާ ނުގެއްލޭނެ ވަގުތުތަކެއް ހުންނާނެ. އެއީ އެއްކަންތައް.
 
ދެވަނަ ކަމަކީ ސަކްސެސް. ކުރާ ކޮންމެ ކަމެއްގައި ކާމިޔާބާ ހަމައަށްދާން، ކުއްޖާގެ ބާރނިންގ ޑިޒަރޔަރ އާއި ބަރނިންގ ޕެޝަނެއް ހުންނަންވާނެ. ކޮންމެ ކުއްޖަކުވެސް އަބަދު ހަނދާންކުރަން ޖެހެނީ، ތިމަންނަ މި އަންނަނީ ސުކޫލަށްހޭ؟ ތިމަންނަ މި އަންނަނީ ޔުނިވަރސިޓީއަށްހޭ؟ ޔުނީފޯމެއް ނޭޅުން އެއީކީ ޔުނިވަރސިޓީއަކަށް ދިޔުން އެއީކީ ނުވަތަ ޔުނީފޯމެއް ނޭޅުން އެއީކީ ސްކޫލް މަރުޙަލާއާ ދުރަށް ދެވުނީކީ ނޫން. އެއިން އެ ދައްކައިދެނީ ކޮންމެވެސް ވަރެއްގެ ފްރީޑަމެއް. އެކުއްޖާގެ މެޗޫރިޓީއާއެކީ އެ ކުއްޖާއަށް ލިބޭ ހިތްހަމަޖެހުމެއް. އެކަމަކު އަބަދުވެސް ވިސްނަންޖެހެނީFirst and for most . ތިމަންނައަކީ ސްޓޫޑެންޓެއް، ތިމަންނައަކީ އަބަދުވެސް އެއްޗެއް އުނގެނޭތޯ މަސައްކަތްކުރާ މީހެކޭ. އެހެންވީމާ، ދުވަހަކުވެސް ދުވަހަކުވެސް، ސްކޫލް ލައިފް ނިމެންދެން، ޔުނިވަރސިޓީ ލައިފް ނިމިގެން މަސައްކަތަށް އަންނަންދެން މިކަން ހަނދާންނައްތައިނުލާތި! އެހެންވީމާ، އެ ކުރާ ކަމެއްގައި އެކުއްޖާ ކާމިޔާބީއާ ހަމައަށް ދާން މިއީ، އެކުއްޖާގެ ދެވަނަ ޕެޝަން ނޫނީ ދެވަނަ ޑިޒަޔަރ. ކުރާކަމެއް އެބަޖެހޭ ކާމިޔާބު ކުރަން. ހަދަނީ ޕްރެކްޓިކަލް ޓްރޭނިންގ ކަމަށްވަންޏާ، ހަދަނީ ޔުނިވަރސިޓީ އެޑިޔުކޭޝަން ކަމަށްވަންޏާ، އެ ހަދާ ދާއިރާއަކުން އެންމެ މޮޅުވަނަ ހޯދަން ބޭނުންވޭ. After all you guys are the best brains. Why not better it. ޓީޗަރުންގެ އެމްބިޝަން، ސަރުކާރުގެ އެކްސްޕެކްޓޭޝަން، މައިންބަފައިންގެ އިންތިޒާރުތައް، ތިޔަކުދިން، Do it better, even better performance expected of you.
ތިންވަނަ ކަމެއްގެ ގޮތުގައި ތިޔަކުދިންނާ ހަމަޔަށް އޮންނާނީ، މިހުރިހާ ކަމެއް މިކުރަނީ ކީއްކުރަންހޭ؟ އެއްބައިކުދިން ކިޔަވައި ނިމިގެން އައިސް ކިޔަވައިދޭން ބޭނުންވާނެ. އަނެއްބައި ކުދިން ކިޔަވައި ނިމިގެން ކޮންމެވެސް ކަހަލަ ވޮކޭޝަނަލް މަސައްކަތެއް ކުރަން ބޭނުންވާނެ. އަނެއްބައި ކުދިން ކިޔަވައި ނިމިގެން ސަރުކާރުގައި އުޅެން ބޭނުންވާނެ. އަނެއްބައި ކުދިން ކިޔަވައި ނިމިގެން ވިޔަފާރިއެއް ކުރަން ބޭނުންވާނެ. ޑޮކްޓަރަކަށް ވާން ބޭނުންވާނެ. ވަޓް ވެރައިޓީޒް. އެކަމަކު ކޮންމެ ކުއްޖަކުވެސް ނިމިގެން އަންނައިރު ރިއަލް ލައިފްގައި ކުރާނެކަމެއް އޮންނާނެ. އެޑިޔުކޭޝަންގައި މޯޓިވެއް އޮންނާނެ. އެ މޯޓިވަކީ، ހަމައެކަނި ފޮތެއް ގިރާލައިގެން ދަސްކޮށްގެން ހުރުމެއްނޫން. އެހެންކަމަށް ވަންޏާ. I would rather prefer Encyclopaedia. ޝެލްފްގައި އެންސައިކްލޮޕީޑިޔާއެއް ބެހެއްޓީމަ އެކަން އެ ނިމުނީ. އެކަމަކު މީހަކު ތަޢުލީމު އުނގެނެނީ އެ އެޕްލައި ކުރަން. އޭގެ ބޭނުން ހިފަން. އެ ބޭނުން ހިފައިގެން މުޖުތަމަޢުގައި ބޭނުންތެރި، މުޖުތަމަޢުގައި އުފެއްދުންތެރި ކުއްޖަކަށް ވާން. އެހެންވީމާ، ތިންވަނަ ޕެޝަނަކަށްވާނީ ނޫނީ މިދުވަސްވަރު މޫސުމް ބެދޭ މިދުވަސްވަރު ތިޔަކުދިންގެ ތިންވަނަ ކަމަކަށްވާނީ މި ބުނާގޮތަށް ތިޔަކުދިން ވިސްނަންޖެހޭ ކަމަކަށްވާނީ ތިމަންނަ ދެން ކިޔަވައި ނިމުނީމާ ތިމަންނަގެ ޖޮބް އޮޕޮޗުނިޓީ ކިހާވަރަކަށް އޮންނާނެތޯ. މިއީ ސީރިޔަސް ވާހަކައެއް. ކިޔަވަނީ ވަކިހިސާބަކަށް ކިޔަވާފައި، ނޫނީ ކިޔެވުން ނިންމާފައި މަސައްކަތްތަކެއް ކުރަން، ޢާއިލާއެއް ބިނާކުރަން، ކުދިން ހޯދަން. ރިޕްރޮޑަކްޓިވް ސައިކަލްއެއްގައި ހަމަ ބައިވެރިވާން. އަދި އެއާއެކީ މައިންބަފައިންނަށް އެހީތެރިވާން. މުޖުތަމަޢުގައި ހަރުދަނާ ބަޔަކަށްވާން. މިކަހަލަ ބައިވަރު ނޯބަލް ނޫނީ heavily loaded concepts ތިޔަ ކުދިންނަށް އަޑުއިވޭނެ.
 
ދެންމެ މިނިސްޓަރުގެ ވާހަކަފުޅު އަހަރުމެން އަޑުއަހަން ތިބިއިރު، Heavily, heavily, heavily loaded ކަންތައްތައް ތިޔަކުދިންގެ ބޮލަށް އެ ގެންނެވީ. ތަރުބަވީ ކުއްޖަކަށް ވާން އެބަޖެހެއޭ. މުޖުތަމަޢުގައި ބޭނުންހިފޭ ކުއްޖަކަށް ވާންޖެހެއޭ. އެއީ ދެން ވަރަށް ވަރަށް ބޮޑެތި ކަންތައްތައް. އެކަމަކު This is what we expected of you, nothing less. ކުދިންނަކީ، ހަމައެކަނި ފޮތް ގިރާލައިގެން ދަސްކޮށްގެން ތިބޭ ކުދިންނަށް ވާކަށް ނުޖެހޭ. ކުދިންނަކީ އެއަށްވުރެ ވަރުގަދަ ބަޔަކަށް ވާންޖެހޭ. މީގައި އެބައޮތް ކޯޓެއްވެސް. އެ ކޯޓުގައި މި އޮންނަނީ، To educate a man in mind and not in moral is to educate a menus to society.
އެހެންވީމާ، ތަޢުލީމަކީ، ހަމައެކަނި ކުލާސްރޫމްގައި ނަގައިދޭ ފިލާވަޅުތަކެއްނޫން. ޓިޔުޓޯރިއަލެއް ނޫން. ތަޢުލީމަކީ، ވަށައިޖެހޭ ހޯލްސަމް ޕްރޮޑަކްޓަކަށް ވާންއެބަޖެހޭ. ތަރުބިއްޔަތާއެކީ އަންނަ އެއްޗެއް. އެހެންވީމާ، ސްކޫލަކީ ވަރަށްގިނަ ކަންތައްތަކެއް ދަސްކޮށްދޭ ތަނެއް. Denis the menus, menus to society. މެނަސް ޓު މިވެނި ކަމެއް. މިއީ، ވަރަށް ނެގެޓިވް ކޮނޮޓޭޝަން ހުންނަ ކަންތައްތައް. އެއްވެސް މީހަކު ކިޔަވައިގެން އަންނަނީކީ، Even a nuclear scientist who may prepare an automatic bomb އޭނާއަކީ، މެނާސް ދަ ސޮސައިޓީއަށްވެގެން ނުވާނެ. އޭނާ އުފައްދަނީކީ ތަންތަން ހަލާކުކުރާކަށް ނޫން. އެކަމަކު އަންފޯރޗުނޭޓުލީ އަހަރުމެންނަށް ލައިފްގައި މިފެންނަނީ، އެންމެ ސްކިލްފުލް، އެންމެ ޕްރޮޑަކްޓިވް، ސައިންޓިސްޓުން އެކުރާ މަސައްކަތް ނުބައިގޮތުގައި އެޕްލައި ކުރެވޭތަން.Rocks the cradle of society.  އެހެންވީމާ، އެއްވެސް ކުއްޖަކު ތަރުބަވީ ތަޢުލީމެއް ނޫނިއްޔާ ވަށައިޖެހޭ، ނޫނިއްޔާ ތަރުބިއްޔަތާއެކީ، ނުއުނގެނޭ ކަމަށްވަންޏާ، ހަމައެކަނި ފޮތުން ކިޔަވައިގެން އެކުއްޖާ މޮޅު ކުއްޖަކަށްވިޔަސް، އެކުއްޖާ އަކީ ހޯލްސަމް ޕްރޮޑަކްޓަކަށް ނުވޭ. އެކުއްޖާއަކީ މުޅި މުޖުތަމަޢަށް ފައިދާކުރާ ކަންތައްތަކެއް ކޮށްދެވޭނެ ކުއްޖަކަށް ނުވޭ. ގިނަފަހަރު އޭނަގެ މައިންޑާ ކުޅުމުގެ ޖާގަ އޮވޭ. އޭނަގެ މައިންޑާ ކުޅެނީ ހަމައެކަނި މީހުނެއްނޫން. އޭނަގެ މައިންޑާ ކުޅެނީ އޭނަ އުޅޭ ސަރައުންޑިންގްސް. ވަށައިގެން އެނބުރޭ ކަންތައްތައް. އެހެންވެއްޖެ ކަމަށްވަންޏާ އޭނައަކީ މިދެންނެވި ގޮތަށް ހޯލްސަމް ޕްރޮޑަކްޓަކަށް ނުވާ ކަމަށްވަންޏާ، ނޫނީ ރަނގަޅު ތަޢުލީމަކާއި، ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައި އުޞޫލުތަކެއް ގަބޫލުކުރާ، އަހަރުމެން އިސްލާމުން ކަމަށްވަންޏާ އަހަރުމެން ގަބޫލުކުރާ އުޞޫލުތައް އެހެރީ ޤުރުއާނުގައި. އެއަށްވުރެ މަތީ ތަޢުލީމުތަކެއް، އެއަށްވުރެ މަތީ ދަރުސްތަކެއް ނަގައިދޭ ފޮތެއް ނޯންނާނެ. އެހެންވީމާ، އެ އުޞޫލުތަކުގެ މަތީގައި ހިފަހައްޓާ ކަމަށްވަންޏާ، އެކުއްޖަކީ މިބުނި ކަހަލަ ހޯލްސަމް ޕްރޮޑަކްޓަކަށްވާނެ. އެއީ ތަރޯބްރެޑަކަށްވާނެ. އެއީކީ އެއްގޮތަކަށްވެސް ޕަރޝަލީ އެޑިޔުކޭޓެޑް މީހަކަށް ނުވާނެ. އެޑިޔުކޭޝަނަކީ، ހަމައެކަނި ކިޔެވުމެއް ނޫން. އެހެންވީމާ، ތަރުބަވީ ތަޢުލީމެއްގެ ވާހަކަ އެޑިޔުކޭޝަން މިނިސްޓަރާއި އެޑިޔުކޭޝަން މެނޭޖްމެންޓްގައި ތިއްބަވާ ބޭފުޅުން އެ ވިދާޅުވަނީ މިދެންނެވި ކޯޓަށް އެޑްރެސް ކުރުމަށްޓަކައި. އޭނަ މެނަސްއަކަށް ވެގެން ނުވާނެ ސޮސައިޓީގައި. އެހެންވީމާ، ކޮންމެ ކުއްޖަކީވެސް ތަރޯބްރެޑް ހޯލްސަމް ޕްރޮޑަކްޓަކަށް އެބަ ވާންޖެހޭ. އޭރުން ދިވެހިރާއްޖޭގެ މުޖުތަމަޢަށް އެހީތެރިވެވޭ ކުއްޖަކަށް އެކުއްޖަކު ވެގެންދާނީ.
 
ދެން ވިސްނާލަންހުރި ބައެއް ކަންތަކުގެ ތެރޭގައި، ހައި އެޑިޔުކޭޝަނަށް ޕްލޭންކުރުން. ނޫނިއްޔާ ސްކިލްފުލް މީހަކަށްވުން. ސްކިލްތަކެއް ދަސްކުރުން. ކޮބައިތޯ ތިމަންނަގެ ހުރި ސްކިލްތަކަކީ، އެނގުން. އެއީ، އެކުއްޖާ މަތީ ތަޢުލީމަށް ދާއިރު ކޮންމެވެސް ގޮތަކަށް ހޯދަންޖެހޭ އެއްޗެއް. މިހާހިސާބަށް ދާއިރު ކޮންމެ ކުއްޖެއްގެ ފަރާތުން މުޖުތަމަޢުގެ އެކިއެކި ޕިއަރ ގްރޫޕްގެ ޕްރެޝަރ އަންނާނެ. އޭގެ ތެރޭގައި މައިންބަފައިން ބޭނުންވާނެ ކުއްޖާ ކޮންމެވެސް ވޮކޭޝަނެއް ހަދަން. ޓީޗަރުން އެކުއްޖާގެ ސްކިލް ބަލާފައި އެދޭނެ ކޮންމެވެސް އެހެންކަމެއް ކުރަން. އޭނައާއެކީ ރައްޓެހި އެހެން ކުދިން އޭނަގެ ފަރާތުން އެދޭނެ އެހެންކަމެއް ކުރަން. އެކިއެކި ޕިއަރ ޕްރެޝަރު މިއަންނަނީ. އެކުއްޖަކު ދާންވީ ވޮކޭޝަނެއް ޑިސިޕްލިން އެކުއްޖަކަށް ބުނެދެން. އެކަމަކު އަބަދުވެސް އެކުއްޖެއްގެ ސްކިލް، އެކުއްޖެއްގެ ސްޓްރެންތް މެންޓޯއާއެކީ ދަސްކޮށްފައި، އެ ކުއްޖެއްގެ އިނަރ ސޯލާ، އެކުއްޖެއްގެ އަމިއްލަ ސިކުނޑިއަށް ވިސްނޭ އެއްޗަކަށް އިސްކަން އެބަ ދޭންޖެހޭ. އެ ކުއްޖާ 24 ގަޑިއިރުގެ ތެރޭގައި،1 މަސްދުވަހުގެ ތެރޭގައި، 12 މަސްދުވަހުގެ ތެރޭގައި، 1 އަހަރު، (360 ދުވަހު) އަބަދު އެކުއްޖާ އެއުޅެނީ އެކުއްޖާގެ ހަށިގަނޑާއެކީ. އެހެންވީމާ، އިނަރ ސޯލާ، އެކުއްޖާ ކުރަން ބޭނުންވާ ކަމަކަށް ރިކޮންސައިލް، އެއްބަސްވާން އެބަޖެހޭ. އެއްބަސްނުވެވޭ ކަމަށްވަންޏާ އެކުއްޖާ އެއުޅެނީ އެކުއްޖާޔާ ރަޙުމަތްތެރި މީހަކާއެކީއެއް ނޫން. އެހެންވީމާ، ކޮންމެ ކުއްޖަކުވެސް އެކުއްޖަކު ކިޔަވަން ބޭނުންވާ އެއްޗެއް، ބޭނުންވާ ދާއިރާއަކާ ހަމައަކަށް ދާއިރު އިނަރ ސޯލް އެކުއްޖާޔާ ޑިކްޓޭޓް ކުރަނީ. އެކުއްޖާގެ ސްޓްރެންތަކީ ކޮބައިކަމާ ދޭތެރޭގައި އެކުއްޖަކު އެބަޖެހޭ ވިސްނަން. ވަރަށް ގިނަ މީހުން، ހަމަ ރަނގަޅު އެޑްވައިޒް ދިނުމުގެ މައްސަލަ، އެޑްވައިޒް ދިނުމުގެ މަޤްޞަދުގައި، އެ ދޭ އެޑްވައިޒްގައި އެކުއްޖާ ބޭނުން ހިފޭ ފަހަރާ، އެހާ ރަނގަޅަށް ބޭނުން ނުހިފޭ ފަހަރު އަންނާނެ. އެހެންވީމާ، މަތީ ތަޢުލީމާ ހަމައަށް ދާއިރު ކުއްޖާ ދަސްކުރަންޖެހޭ ނޫނީ އެނގެންޖެހޭ ބައެއް އެޑްވައިޒްގެ ތެރޭގައި ހަމަ މި ޓިޕުވެސް މިއީ ހަމަ ހުރިހާ ރިސަރޗަރުން ލިޔާ އެއްޗެއް. އެއްބަސްވާ ކަމެއް. ދެން އެކުއްޖަކު ގަބޫލުކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އަބަދުވެސް ރެސްޕެކްޓް. ރެސްޕެކްޓް ކުރުމަކީ ހަމައެކަނި ޓީޗަރުންނަށް، ޕްރޮފެސަރުންނަށް ރެސްޕެކްޓް ކުރުމެއް ނޫން. ދޮށީ މީހުންނަށް ރެސްޕެކްޓް ކުރޭ. އެއީ، Part of being a thorough bred, part of being a wholesome product. އެކުއްޖާ ސޮސައިޓީއަށް މެނަސްއަކަށްވާން ބޭނުން ނުވާކަމަށްވަންޏާ، އަބަދުވެސް ރެސްޕެކްޓް ކުރޭ. އަބަދުވެސް ގަބޫލުކުރޭ ތިމަންނައަށް އެނގޭ ވަރަށްވުރެ އިތުރު އެއްޗެހި ކިޔައިދޭނެ މީހުން އުޅޭނެކަން. އެއީ، ހަމައެކަނި ރިސާރޗަކުންނެއް ނޫން. ހަމަ އިތުރު އެއްޗެހި އުނގަންނައިދޭނެ މީހުން ތިބޭނެ ކަމަށް ގަބޫލުކުރޭ. އެހެންވީމާ، އަބަދުވެސް ދޮށީ މީހުންނަށް އަދި މުޖުތަމަޢުގައި ތިޔަކުދިންގެ ރެސްޕެކްޓް އެހެން މީހުންނަށް އޮތުމަށް މި އާދަކުރޭ.
 
ކޮންމެ ކުއްޖަކުވެސް މަސައްކަތުގެ ދާއިރާއާ ގުޅޭއިރު، އެކުއްޖަކާ ދިމާވާ ކަންތައްތަކުގައި، އެކުއްޖަކު ހަމަ ބުނާނެ، ތިމަންނަ ބުނާ ކަންތައްތަކަކަށް ތިމަންނައަކަށް ލިބެންވާ އިޙުތިރާމެއް ނުލިބެޔޭ. އިޙުތިރާމް ލިބޭނީ އެހެން މީހުންނަށް އެކުދިންވެސް އިޙުތިރާމްކުރަން ދަސްކޮށްގެން. މިއީ ރެސިޕްރޮކަލް ކޮންސެޕްޓެއް. އެއްކޮޅަށް ދުއްވާ މަގަކުން ވަންނަ ލޮރީއެއް ނޫން މިއީކީ. އެހެންވީމާ، އިޙުތިރާމް ކުރަން ދަސްކުރަންވާނެ. އިޙުތިރާމް ލިބިގަންނަން ބޭނުންކަމަށްވަންޏާ އިޙުތިރާމް ކުރަން ދަސްނުކޮށެއް މިކަމެއް ނުވާނެ.
 
ހަމައެއާއެކީ ދަސްކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ހަމަ ބުނެލަން އޮތް ވާހަކައަކީ، އަބަދުވެސް ކޮންމެ ކުއްޖަކުވެސް އެކުއްޖާގެ އަމިއްލަ ހައިޖީންއާ ދޭތެރޭގައި އިޙްސާންތެރިކަމެއް، ލޯތްބެއް، ބަހައްޓަން. އަމިއްލަ ހަށިގަނޑާ ދޭތެރޭގައި ވިސްނަން. އެހެންވީމާ، އޭގެ މާނައަކީ މުނިފޫހިފިލުވުމާއި، ކިޔެވުމުން ބްރޭކެއް ނަގަންޖެހޭ ކަމަށް ގަބޫލުކުރޭ. ރަނގަޅަށް ކިޔަވަން ބޭނުންކަމަށްވަންޏާ އަބަދުވެސް އެކުއްޖާގެ ސިކުނޑިޔާއި، އެކުއްޖާގެ ހަށިގަނޑު ހުންނަންވާނީ އެކަމަށް ތައްޔާރުވެގެން. އަބަދު ފޮތް ކައިރީ އިނދެގެން އެ ތައްޔާރެއް ނުވާނެ. އިކޮނޮމިކްސް ކިޔަވާ ކުދިންނަށް ކަމަށްވަންޏާ އެނގޭނެ، ކުރާކަމެއް އަބަދުއަބަދު ކުރާކަމަށްވަންޏާ، ވަކިހިސާބަކަށް ދިޔައީމާ އެކުއްޖާގެ ފްރަސްޓްރޭޝަން އަންނާނެ. ފަސްގަޑިއިރު ފިލާވަޅު ދަސްކުރަން އިނދެއްޖިއްޔާ، ފަސްގަޑިއިރުން ފެށިގެން އިތުރަށް ދާ އެއްޗެއް ވަކި އިތުރު އެއްޗެހިތަކެއް ދަހެއްނުވާނެ. You get jade up. You get tired. You get bored. އެހެންކަމަށްވަންޏާ އިކޮނޮމިކްސްގައި ވެއްޖިއްޔާ އެ Diminishing returns set in ވީ. އެހެންވީމާ، ކޮންމެ ކުއްޖަކުވެސް ގަބޫލުކުރަން ޖެހޭނީ ކުޅިވަރު ކުޅެން އެބަޖެހޭ، ކޮންއިރަކު ކުޅިވަރު ކުޅެންވީ؟ ކުޅިވަރު ކުޅެންޖެހެނީWhen you are not working, when you are not studying  އޭގެ މާނައަކީ ކިޔަވާ ގަޑިނޫން އެހެން ގަޑިގަޑީގައި ކުޅިވަރު ކުޅެން ޖެހޭނީ. އެކަމަކު ހަމައެއާއެކީ ދެން އޮންނަ ދެވަނަ ޖުމްލައިގައި މިބުނަނީ When you are working also you should be playing. އެހެންވީމާ، ކުޅިވަރު ކުޅެންޖެހޭ ހުރިހާ އިރަކުވެސް. ކޮންމެ ކުއްޖަކުވެސް އަމިއްލައަށް ނިންމާނީ އެކުއްޖަކު ކުރަންހުރި މަސައްކަތާއި، އެކުއްޖެއްގެ ހަށިގަނޑު ތަރުބިއްޔަތު ކުރުމަށްޓަކައި ކަސްރަތުކުރުން، ޖިމްއަށް ދިޔުން، ކުޅިވަރު ކުޅުން، މުނިފޫހިފިލުވުން. ރަނގަޅު ބެލެންސެއް ގެންގުޅެން ދަސްކުރަން އެނގޭނެ، އެއީކީ އެއްވެސް މީހަކަށް ކިޔަވައިދެވޭނެ އެއްޗެއް ނޫން. އެހެންނަމަވެސް މިކަން ނުކުރާ ކަމަށްވަންޏާ، އަމިއްލަ ހަށިގަނޑުދެކެ ލޯބިނުވާކަމަށްވަންޏާ، ގަބޫލުނުކުރާތި ބެސްޓް ބްރެއިންސް އަބަދުވެސް ބެސްޓް ބްރެއިންސް ގޮތަށް ފަންކްޝަންކުރާނެ ކަމަށް. ހަށިގަނޑުގެ ތަރުބިއްޔަތަކީ ޙަޤީޤަތުގައި ކުއްޖާގެ ސިކުނޑި ތާޒާކުރުމަށް، ތަނަވަސް ކުރުމަށް، ބޭނުންވާ ކަމެއް. އެހެންވީމާ، އަބަދުވެސް ދަސްކުރަން ޖެހޭނެ، ކިޔެވުމަކީ ކިޔެވުމާއެކީ ކުރަންޖެހޭ އެހެން ކަންތައްތަކެއް ހުންނަ ކަމެއްކަން. އެހެންވީމާ، އެ ޑިސިޕްލިންގއަކީ ވަރުގަދަ ޑިސިޕްލިންގއެއް.
 
ދެން ހަމަ އެއާއެކީ ފަހު ވާހަކައެއްގެ ގޮތަށް ހަމަ ތިޔަ ހުރިހާ ކުދިން ކައިރީ ބުނެލަން ބޭނުންވަނީ، ދިވެހިރާއްޖޭގައި ބޭނުންވާނީ، އެހެން ޤައުމުތަކުގައިވެސް ބޭނުންވާގޮތަށް ކިޔަވާ ކުދިންގެ ފަރާތުން، ބެސްޓް ބްރެއިންސްގެ ފަރާތުން ބޭނުންވާނެ އަބަދުވެސް ދިވެހިރާއްޖޭގެ ދަންމަރު. އެއީ ހޯޕު ކަމަށްވިޔަސް އެޑިޔުކޭޝަން ކަމަށްވީނަމަވެސް، އެ ދަންމަރު ހިފައިގެންދާނެ ޖީލެއް އަބަދުވެސް ބޭނުންވާނެ. ދެންމެ މިތަނުން ރައީސަށްވެސް މި ލިބުނީ އެޑިޔުކޭޝަންގެ ދަންމަރު. ހޯޕުގެ ދަންމަރު. ހަމައެއާއެކީ ތިޔަކުދިންގެ ފަރާތުން، ޤައުމު، ތިޔަކުދިންގެ މައިންބަފައިން، އަދި ތިޔަކުދިންގެ ޕިޔަރ ގްރޫޕް އެކްސްޕެކްޓް ކުރާ ކަންތައްތަކެއް ހުންނާނެ. Shouldn’t disappoint them ކިޔަވަނީ، ތިޔަކުދިންނަކީ ރާއްޖޭގައި، ރާއްޖެއިން ބޭރުގައި ތިޔަކުދިން ކިޔަވާ އެއްޗަކުން އެކްސެލް ކުރުމަށްޓަކައި. އެހެންވީމާ، ކިޔަވާ ކަމަށްވަންޏާ ތިޔަކުދިންގެ ފަރާތުން، އަންނަ އެކްސްޕެކްޓޭޝަންތަކެއް ހުންނާނެ. އެ އެކްސްޕެކްޓޭޝަންތަކުގައި މިހާރު ގަބޫލުކުރަންޖެހެނީ، ދިވެހިރާއްޖޭގައި މިއޮތީ ވަރަށް ޒުވާން އާބާދީއެއް. ދިވެހިރާއްޖޭގައި ހުޅުވިގެން މިދަނީ ވަޒީފާގެ ފުރުޞަތުތަކެއް. އެހެންނަމަވެސް ރިއަލް ލައިފްގައި ދިވެހިރާއްޖޭގައިވެސް، ވަޒީފާއަކަށް އިޢުލާނު ކޮށްލީމަ، އެއްވަޒީފާއަކަށް 70 ކުދިން ކިޔުއަޕް ކުރަންޖެހުނީމަ، ޖޮބްގައި އޮތް ޑިމާންޑް ތިޔަކުދިންނަށް ވިސްނެންވާނެ. އެހެންވީމާ، މަތީތަޢުލީމު އަދި ހާސިލުކުރުމަކުން، ތިޔަކުދިންނަކަށް ކަށަވަރުކޮށެއްނުދޭ ވަކި ވަޒީފާއެއް ލިބޭނެ ކަމަކަށް. ހަމަ އެ ރެޓްރެސްގައި ހަމަ ހުރިހާ ކުދިންވެސް އެބަ އުޅެންޖެހޭ. އެހެންވީމާ، މަތީ ތަޢުލީމު ހާސިލުކުރުމާއެކީ، ތިޔަކުދިންގެ އެންގްޒައިޓީ، އުންމީދުތައް އޮންނާނީ ރަނގަޅު ވަޒީފާއަކާއެކީ ދިވެހިރާއްޖެއަށް ޚިދުމަތްކުރަން ތިމަންނަމެން ބޭނުމޭ. މި އުންމީދު ނެތިއްޔާ، މި ގޯލް ނެތިއްޔާ، ދެންމެ މިބުނި ކަހަލަ ހޯލްސަމް ޕްރޮޑަކްޓަކަށް ތިޔަކުދިންނެއް ނުވާނެ. މައިންބަފައިންނަށް ދާއިމީ އުފާވެރިކަން ގެނެސްދޭ ކުދިންނަކަށް ތިޔަކުދިންނަކަށް ނުވެވޭނެ. އަދި ތިޔަކުދިންގެ ޕިއަރ ގްރޫޕް ތިޔަކުދިންނާ ދޭތެރޭގައި، ނޫނިއްޔާ ޕްރޮފެސަރ ތިޔަކުދިންނާ ދޭތެރޭގައި How did you do this? ކިހިނެއްތޯ މިހާމޮޅު މަސައްކަތެއްކުރީ. އެހެން ބުނެލާނެ ޕްރޮފެސަރުންނެއް ނުވާނެ. އެހެންވީމާ، އަބަދުވެސް އެކްސެލެންސަށް، އަބަދުވެސް އެކްސެލެންސަށް ތިޔަކުދިން އެޓެއިން ކުރަންވާނެ.
 
 އިމްތިޙާނުތަކުގައި ބައިވެރިވި ފަސްހާސް އެތައް ކުދިންގެ ކްރީމް މިރޭ މިތާ މިތިބީ. 74 ކުދިން. އެއީ ކުޑަ ޕްރޮޕޯޝަނެއް. އެހެންވީމާ އެކުދިންގެ ފަރާތުން އެކްސެލެންސް، އެކްސްޕެކްޓް ނުކުރާނެ ހަމަ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ. އެހެންވީމާ، މުޖުތަމަޢެއް ބިނާކުރުމުގައި ތިޔަކުދިންގެ ދައުރެއް އޮތްކަން ތިޔަކުދިން ގަބޫލުކުރަންވާނެ. އެދައުރަކީ މުޖުތަމަޢުގައި ބިނާކުރުވަނިވި ކަންތައްތަކެއް ކުރުމަށް ތިޔަކުދިން ހިތްވަރުލައިގެން މަސައްކަތް ކުރުން. ރޯލް މޮޑެލްތަކެއްގެ ގޮތުގައި ތިޔަކުދިންގެ މަސައްކަތް ސްކޫލުގައި އުޅޭއިރު، ޔުނިވަރސިޓީގައި އުޅޭއިރު، އަދި ނިންމާފައި ނުކުންނައިރު އެހެން މީހުންނަށް ނަމޫނާ ދައްކައިދޭ ބަޔަކަށް ތިޔަކުދިން ވާންއެބަޖެހޭ. އަބަދުވެސް ދޮށީމީހުން އައިސް ކުދިންނަށް ދޭނެ ނަސޭޙަތަކީ، ތިޔަކުދިންނަކީ އަންނަންއޮތް ޖީލޭ. އަބަދުވެސް ދަންމަރު ޕާސްވާނީ އެއްބައެއްގެ އަތުން ދެން އަންނަ ބަޔަކަށް. އެހެންވީމާ، ތިޔަކުދިންގެ ޒިންމާތަކެއް އޮތްކަން މިރޭވެސް ތިޔަކުދިން ނިންމާ. މި ފިލާވަޅުތަކަށް ތިޔަކުދިން އިޙުތިރާމު ކުރާކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި ތިޔަކުދިންނަކީ، ތިޔަކުދިން ދެން ދާން ބޭނުންވާ މަރުޙަލާއަށް ދާއިރުވެސް، ހަމަ ކާމިޔާބުކަމާއެކީ މިރޭ ހޯދިކަހަލަ ރަންވަނަތަކެއް ހޯދާ ކުދިންނަށް ވެގެންދާނެ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން ތިޔަ ހުރިހާ ކުދިންނަށް އަނެއްކާވެސް ހިތްވަރު ދެމުން، ތިޔަ ހުރިހާ ކުދިންނަށް މަރުޙަބާ ކިޔަމުން، އަނެއްކާވެސް ހަމަ ބުނެލަން ބޭނުންވަނީ އަދި ތިޔަ ހިސާބުން މަސައްކަތެއް ނުނިމެއޭ. ދެވަނަ ފިޔަވަހީގައި ފުރަތަމަ މަރުޙަލާ ތިޔަކުދިން ތިޔަ ފަށަނީ. އަދި ތިޔަށްވުރެ މަތީ ތަޢުލީމާ ހަމައަށްދާން. މިއަދު ހުރަސްތަކެއް ގިރާކުރަން ތިޔަ ފަށްޓަނީ. އެހެންވީމާ، އަޅުގަނޑުމެން ހުރިހާ އެންމެން ތިޔަކުދިންގެ މުސްތަޤުބަލް އުޖާލާ ކުރުމަށް މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
والسّلام عليكم ورحمـة اللّـه وبركاته.