بســم اللّـه الرّحمـن الرّحيــم
 
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް، ޝުކުރުކުރަން. މިޢުންމަތުގެ ނަބިއްޔާ مُحَمَّد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން މިއަދު ތިޔަ އެތުލީޓުންނާއި، ކުޅުންތެރިންނާ މިބައްދަލުކޮށްލީ ހަމަ ދިވެހިރާއްޖެއަށް ތިޔަ ހޯދައިދިން ފަޚުރުވެރި ވަނަތައް އަޅުގަނޑުމެން އެޕްރިޝިއޭޓް ކުރާ ވާހަކަ ތިޔަ ހުރިހާ ކުޅުންތެރިންގެ ގާތުގައި، އަދި އޯގަނައިޒަރުންނާއި، ކޯޗުން، މެނޭޖަރުން އަދި ޓީމުތަކުގައި ހަމަ ބުނެލަން.
 
އެނގިވަޑައިގަންނަވާނެ، މިހާރު ދިވެހިރާއްޖެއިން މި ސަރުކާރުން ހަމަ ވަރަށްގިނަ މަސައްކަތްތަކެއް މިކުރަނީ ދިވެހިރާއްޖޭގެ ޒުވާނުންގެ ކުރިއެރުވުމަށް. އަދި ޚާއްޞަކޮށް ޒުވާނުންގެ ތަރުބިއްޔަތުގެ ތެރޭގައި، ވަރަށް ފަންޑަމެންޓަލް، ވަރަށް އަސާސީ ކަމެއްގެ ގޮތުގައި ކުޅިވަރުގައި ކުރިއަށް ދިޔުމަކީ، ކުޅިވަރުގައި އެކޮމްޕްލިޝްމެންޓްސް ހޯދުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް މިސަރުކާރަށް ގަބޫލުކުރެވޭތީ އެކަމުގެ ހިތްވަރުދެމުން. އެހެންވީމާ، ޒުވާނުންގެ މިނިސްޓްރީގެ ބަޖެޓު މިހާރު އެވަނީ ހަމަ ވަރަށް ބޮޑުތަނެއް އެންހޭންސް ކުރެވިފައި. ފުރަތަމަފަހަރަށް ދިވެހިރާއްޖޭގައި ނެޝަނަލް ސްކޮޑެއްގައި އެތުލީޓުންނާއި، ކުޅުންތެރިންނަށް މުސާރަދެވޭގޮތްވެސް ހަމަޖެހިގެން މިދަނީ. ކުޅިވަރާބެހާ ޤާނޫނެއް އައިސް އެކިއެކި މަޤާމުތަކަށް ޢައްޔަނުކުރެވި، ކުޅިވަރު ރެގިއުލޭޓް ކުރެވިގެން އަދި އެއާއެކީ ކުޅިވަރު ކުޅުންތެރިންނަށް ހިތްހަމަޖެހުން ލިބޭނެގޮތަކަށް، ކޮންމެވެސްކަހަލަ ސްޓްރަކްޗަރޑް ގޮތެއްގައި، ކުޅިވަރުގެ ހަރަކާތްތައް ގެންދެވޭތޯ މިހާރު މި މަސައްކަތް ކުރެވެނީ. އިރާދަކުރެއްވިއްޔާ މީގެ ނަތީޖާތައް އަޅުގަނޑުމެން ހީކުރާހާ އަވަހަށް ނުފެނުނު ކަމުގައިވީނަމަވެސް، ސަރޓްންލީ އަޅުގަނޑުގެ އުންމީދަކަށްވާނީ ހަމަ ވަރަށް އަވަހަށް ފެނިގެންދިޔުން. އެހެންނަމަވެސް ހަމަ ދަންނަވާލަން މިއުޅެނީ މާލަސްތަކެއްނުވެ މީގެ ނަތީޖާތައް އަޅުގަނޑުމެންނަށް ފެނިގެންދާނެޔޭ. ހަމަ ޒަމާނުއްސުރެ ދިވެހިރާއްޖެ ހަމަ މޮޅު ކުޅިވަރުތައް އެބަހުރި. އެހެންނަމަވެސް، މި ގަބޫލުކުރަންޖެހެނީ މިހާރު އަޅުގަނޑުމެން ކޮމްޕީޓް މި ކުރަން މިޖެހެނީ ސަރަޙައްދުގެ ކުޅުންތެރިންނާއި، ސަރަޙައްދުގެ އެތުލީޓުންނާއި، ޓީމުތަކާ.
 
 އެހެންވީމާ، ހިތްވަރު ގެއްލުވައިލުމުގެ ގޮތުން އެއްގޮތަކަށްވެސް ބުނާ ވާހަކައެއް ނޫން. އެކަމަކު އައި އޭމް އޯލްވޭސް އަ ބިލީވަރ އިން ޓޮޕް އެކޮމްޕްލިޝްމެންޓް. އެހެންވީމާ، ކުރީގައިވެސް ހަމަ ބުނިގޮތަށް ބްރޯންޒް އިޒް ގުޑް އޭ، ބަޓް ނޮޓް ގުޑް އިނަފްއޭ. ހަމައެއާއެކީ ކުރިއަށްދާން. އޭގެމާނައަކީ ހަމަ ޢަޒުމު ކަނޑައަޅަންވާނޭ ގޯލްޑާ ހަމައަށް ދެވޭތޯ. ދެން އިންޑިވިޖުއަލް އެކޮމްޕްލިޝްމެންޓްސް، އިންޑިވިޖުއަލް ފީޑްސް އަށް ބަލާކަމަށްވަންޏާ، ގޯލްޑަކީ އެހާދުރުގައި އޮތް އެއްޗެއް ނޫން، އަހަރުމެންނަށް އަތްފޯރާ ހިސާބުގައި އޮތް އެއްޗެއް. ސާޢިދަކީ މީގެ އެމްބެސެޑަރު. ހަމަ ކޮންމެފަހަރަކުވެސް ސަޕްރައިޒެއް އޮވޭ. ހަމަ ހީ ބްރިންގްސް އަ ލޮޓް އޮފް ޖޯއި އެންޑް ހެޕިނަސް ޓު އަސް، ޓު ދިސް ކަންޓްރީ.  ކޮންމެފަހަރަކު ހަމަ ހީޓެއްގައި ބައިވެރިވާ ކަމަށްވަންޏާ އެބަ ގޯލްޑެއް ގެނޭ. ނޫނީ  ސިލްވަރއެއް އެބަ ގެނެސްދޭ. މިފަހަރުވެސް ހަމަ މި ދެކުނު އޭޝިޔާގެ ކުޅުންތެރިންގެ މިބައްދަލުވުމުގައި ސާޢިދު ހަމަ އަހަރުމެންނަށް ގޯލްޑް ގެނެސްދިން. ސިލްވަރ ގެނެސްދިން. ހަމަ ސާޢިދަށް  ވަރަށް އިޚުލާޞްތެރިކަމާއެކީ މަރުޙަބާ ކިޔަން. ހަމަ ތިޔަ ހުރިހާ ކުދިންނާއި، މުޅި ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން މަރުޙަބާ ކިޔައި، ހަމަ ޝުކުރު އަދާކުރަން. އަނެއްކާ މިކަމުގައި ކުރިއަށް ދިޔުމަށް އަހަރުމެންނަށް ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ވާހަކަވެސް ހަމަ ބުނެލަން ބޭނުން.
 
 ހަމައެއާއެކީ ބުނެލަން ބޭނުންވަނީ، މިމަހުގެ ތެރޭގައި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ މެދުގައި މިބޭއްވި މުބާރާތްތަކުގައި، މި ބައިވެރިވި ކުޅުންތެރިން މިތާ މިތިބީ. ބާސްކެޓް، ވޮލީބޯލް، އަންހެން ކުދިންނާއި ފިރިހެން ކުދިން، ޖޫނިއަރ ޓީމާއި، ސީނިއަރ ޓީމް މިތާ މިތިބީ. ދެން އެއަށްވުރެ ތަންކޮޅެއް ދުރަށްދާކަމަށްވަންޏާ، ޔޫރަޕިއަން ފުލައިބޯޑު ޗެމްޕިއަންޝިޕްގައި ބައިވެރިވި އިބްރާހީމް ޙުސައިނާއި، އޭނަގެ ޓީމު މިތާނގައި މިތިބީ. ހަމަ އޭގައިވެސް ބުނެލަން ބޭނުންވަނީ ހަމަ ހިތްވަރުދިނުމުގެ ގޮތުންނާއެކީ، ވޯޓަރ ސްޕޯޓިންގއަކީ، ދިވެހިރާއްޖޭގެ ވަށައިގެން ކަނޑު އޮންނައިރު، ދިވެހިރާއްޖެއަކަށް އާކަމެއްވެސް ނޫން. އެހެންނަމަވެސް ފްލައިބޯޑަކީ ސަރޓްންލީ ތަންކޮޅެއް އާ ޕްރޮޑަކްޓެއް، ދިވެހި ވޯޓަރ ސްޕޯޓިންގ ކުޅިވަރުތަކުގައި. އެކަމަކު މިދިޔަ އަހަރު މިނިވަން ފަންސާސް ފާހަގަކުރުމުގެ ގޮތުން އަހަރުމެން ބޭއްވި ރަސްމިއްޔާތުގައި، ފުލައިބޯޑު އަހަރުމެންގެ ހަމަ ހިތުގެ އެތެރެއިން ޖާގަ ހޯދައިފައި މިވަނީ. އެޕްރިސިއޭޝަން ހަމަ ވަރަށް ގްލޭމަރަސް ކުޅިވަރެއްގެ ގޮތުގައި ފާހަގަކުރެވިގެން. މީގެ އެތުލީޓުންނަކީ ޝައްކެއްވެސްނެތްގޮތުގައި ހަމަ ވަރަށް ރެއަރ، ޓެލެންޓްތަކެއް ޕޮލިސް ކުރާ ބައެއް ކަމަށް އަހަރުމެންނަށް ގަބޫލުކުރެވޭ. ދެން މިފަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި 27 ޤައުމުން ބައިވެރިވެގެން ތަރޑް ޕްލޭސް އިބްރާހިމް ޙުސައިން ހޯދާފައި މިވަނީ. މިއީކީ ލެސް އެޗީވްމަންޓެއް ނޫން. މިއީ ހަމަ ފާހަގަކުރަންޖެހޭވަރުގެ ވަރުގަދަ އެޗީވްމަންޓެއް. އެހެންވީމާ، ދިވެހި ސަރުކާރުގެ ފަރާތުން، ދިވެހި ރައްޔިތުންގެ ފަރާތުން، އިބްރާހީމް ޙުސައިނަށް ހަމަ ވަރަށް އިޚުލާޞްތެރިކަމާއެކީ މަރުޙަބާކިޔައި، ހަމަ ތިޔަ ކުޅިވަރުގައި އިތުރު ކުޅުންތެރިން ބައިވެރިކުރުމާއި، އިތުރު އެތުލީޓުން ނެރެދިނުމާއި، އަނެއްކާ ތި އިންޑިވިޖުއަލް ޓެލެންޓާއި، ރެއަރ ސްކިލްސް އިތުރަށް ޑިސްޕްލޭ ކޮށްދިނުމުގައި ދެމިހުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން.
 
ހަމައެއާއެކީ، އަޅުގަނޑުމެންނަށް ފެނިގެން މިފަހަރު މިދަނީ ޓޭބަލްޓެނިސްގައި އަންޑަރ ފިފްޓީން، އަންޑަރ އެއިޓީން. މި ދެ އިވެންޓްގައިވެސް ބައިވެރިވި ކުދިން މިތާ އެބަތިބި. ރަފާ އިޒް އެކްސެޕްޝަނަލީ ފާހަގަކޮށްލަންޖެހޭ ކުއްޖެއްކަންނޭނގެ. އަހަރުމެންނަށް ސިލްވަރ އެންޑް ބްރައުންޒް މިހިރީ ލިބިފައި. އަނެއްކާ ޓީ.ޓީގައި އަހަރުމެނަށް މިވަނީ ހަމަ ސެވަން މެޑަލްސް ލިބިފައި. އެހެންވީމާ، ޓީ.ޓީއަކީ ވަން ސްޕޯރޓް، ހަމަ މިސަރަޙައްދުގައި ކުޅެގެން އަހަރުމެންނަށް މިއަށްވުރެ ބެޓަރ އެކޮމްޕްލިޝްމެންޓްސް އާ ހަމައަށް ރީޗް ކުރެވޭނެ. އެހެންވީމާ، ޓީ.ޓީ ކުޅޭ ކުދިންނަށް ހިތްވަރުދެމުން، ހަމަ ބުނެލަން ބޭނުންވަނީ ޓީ.ޓީގައި ދެން މިފަހަރު ބައިވެރިވި ކުދިންގެ ތެރެއިން މޮޅު ކުޅުންތެރިންނަށް ގިނަ ޕްރެކްޓިސް ލިބިފައިހުރީ އާރަށުގައިކަންނޭގެ. އެހެންވީމާ، ސަޕްރައިޒްއަކަށް ވާނޭ. ވެން ޔޫ އާރ އޭބަލް ޓު ބީ ދި އާރަށް ޓީމް ހަމަ ވަރަށް މަރުޙަބާކިޔައި، ތިޔަކުދިން ކައިރީ ބުނާނީ އިތުރަށް ކުރިއަށްދާށޭ.
 
ދެން، ހަމަ ޓީ.ޓީގެ ޑަބަލް، ސިންގަލް ކުޅުންތެރިންނަށްވެސް ހަމަ ވަރަށް މަރުހަބާ ކިޔާފައި، ހަމަ ތިޔަކުދިން ކައިރީގައިވެސް ބުނަން ބޭނުންވަނީ، ދެންމެ އަޅުގަނޑު ޓީ.ޓީގެ މިހާރުގެ ޗެއަރމަނާ މި ވާހަކަ ދައްކާލީ، ކިހާވަރެއްގެ ޓީ.ޓީ ޕެޝަނެއް ރާއްޖޭގައި އެބައޮތްތޯ. ކިހާވަރަކަށް ފީވަރ ޕެޓޯން ކުރާނެތޯ ރާއްޖޭގެ އެކި ހިސާބުތަކުގައި. ދެން ހީ އިޒް ވެރީ އޯވްފުލް، ވަރަށް އޮޕްޓިމިސްޓިކް ވިޗް އިޒް ވެރީ  ގުޑް ޓު ސީ އިން އަ މެނޭޖަރ، އިން އަ ލީޑަރ.
 
އެހެންވީމާ، ގިނަ ޓީ.ޓީ ކުޅުންތެރިންވެސް ނެރުމަކީ ހަމަ އަހަރުމެންވެސް އެދޭގޮތް. ހަމަ ނެޝަނަލް ސްކޮޑާ ހަމައަށް އަންނައިރު ގާތްގަނޑަކަށް ދެތިންޓީމު ކޮންމެ ކުޅިވަރަކުން ނެރެވިއްޖެ ކަމަށްވަންޏާ ހަމަ ވަރަށް ރަނގަޅުވާނެ. ސަރުކާރުން މި މަސައްކަތް ކުރަނީ ހަމަ ރާއްޖޭގައި އެންމެ ބޮޑަށް އަށަގެންފައި ހުރި، ނޫނީ އެންމެ ޕެޝަނޭޓް ކުޅިވަރުތައް ކަމުގައި މި ބެލެވޭ ވޮލީބޯލް، ފުޓްބޯޅަ، އެ ލެވެލްއާ ހަމައަށް އަދި ވަރަށް ކައިރި މުސްތަޤުބަލެއްގެ ތެރޭގައި ބާސްކެޓާއި، އަދި ޓީ.ޓީއަށް އަދި ނާދެވުނު ކަމުގައިވީނަމަވެސް، މިއީކީ އެހާ ޑިސްޓެންޓް ހޯޕެއް ނޫނޭ. މީގައި ހަމަ ކުރިއަށްދާށޭ. ސަރުކާރުން އެހީތެރިވެދޭނެއޭ. އެހެންވީމާ، ޓީ.ޓީވެސް ޓީ.ޓީގެ ޕްލޭސް ޙައްޤު މަޤާމު، ބާސްކެޓްގައިވެސް ހައްޤު މަޤާމު ހޯދުމަށްޓަކައި ކުރަންހުރި މަސައްކަތްތަކެއް އެބަހުރި. ދެން ބާސްކެޓް ޓީމު އަބަދުވެސް އެ ހިފަހައްޓާ ވަރެއްގައި ހަމަ ކުރިއަށްދޭ. އިތުރު އެއް ސްޓެޕް، އެއް ސްޓްރައިވް ކުރިއަށްދާން ބާސްކެޓް ޓީމަށް އިލްތިމާސް ކުރަން. ބާސްކެޓް ޓީމަކީ މިފަހަރު އަހަރުމެންނަށް ސިލްވަރ ހޯދައިދިން ޓީމެއް. އެހެންވީމާ، ވީ އާރ އޭޒް އަ ނޭޝަން ވެރީ ޕްރައުޑް އޮފް އަވަރ ބާސްކެޓް ޓީމް.
 
ކުރުގޮތަކަށް، ޖުމްލަގޮތަކަށް، ހަތަރު ފަސް ސްޕޯޓެއް މިއުޅެނީ، މިފަހަރު ބައިވެރިވި އިވެންޓުތަކުގެ ތެރޭގައި، ފްލައިބޯޑް، ޓޭބަލްޓެނިސް، ބާސްކެޓް، އެތުލެޓިކްސް. އޮފްކޯޒް ވީ ހޭވް ދި ސްޕްރިންގް ޗެމްޕިއަން ހިއަރ ވިތް އަޒް. އެހެންވީމާ، މި އިވެންޓުތަކުގައި ހަމަ ކުރިއަށްދާށޭ ހުރިހާ ކުދިންގެ ކައިރީ ބުނަމުން، ހަމަ ބުނެލަން ބޭނުންވަނީ މިސަރުކާރުގެ ކޮމިޓްމަންޓް، އެތުލީޓުންނާއެކީ، ޒުވާނުންނާއެކީ، ކުޅިވަރުކުޅޭ ކުޅުންތެރިންނާއެކީ އަބަދުވެސް އޮންނާނެއޭ. މިހާތަނަށް އަހަރުމެން ދީފައި ހުރި ކޮމިޓްމަންޓް މަތީގައި އަހަރުމެން ދެމިތިބޭނަމޭ. އިފް އެޓް އޯލް އިޓް އިޒް ގޮއިންގ ޓު ބީ އީވަން ބެޓަރ އޭ. ރަނގަޅޭ ކޮށްދޭނީ. އެހެންވީމާ އެއްގޮތަކަށްވެސް ބެކްސްލައިޑެއް ނުކުރާނެ މި ސަރުކާރަކުންނެއް. ޒުވާނުންނަށް، ކުޅިވަރަށް މި ސަރުކާރުން ބަޖެޓުގެ ތެރެއިންދޭ އަހަންމިއްޔަތެއް، މިނިސްޓްރީގެ ތެރެއިންދޭ އަހަންމިއްޔަތެއް އަހަރުމެން ބެކްސްލައިޑެއް ނުކުރާނަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ހަމަ ރަނގަޅު ކޮށްދެވޭތޯ މި ބަލަނީ.
 
ފުޓްބޯޅައިގައިވެސް އަހަރުމެންނަށް ކުރިއެރުންތަކެއް ލިބިއްޖެ. މިހާރު އެފް.އޭ.އެމް.ގެ އެކްސްކޯއަށްވެސް  އެއްބަސްވެގެން އެބޭފުޅުންވެސް ހަމަ ވަރަށް ކައިންޑްލީ ނިންމައިދީފި، ސިފައިންނާއި ފުލުހުންނަށްވެސް ހަމަ ނެޝަނަލް ޓޯނަމެންޓްގައި، ފުޓްބޯލް ޓޯނަމަންޓުގައި ބައިވެރިވެވޭގޮތަށް. ދެން ސިފައިންނާއި ފުލުހުންނަކީ، ހަމަ ވަރަށް ޒުވާން އެތުލީޓުންތަކެއް އުޅޭ ދެ މުއައްސަސާ. އެހެންވީމާ، އޭގެތެރެއިން، ހަމަ ވަރަށް ކޮލިޓީ ޓީމުތަކެއް ނެގޭނެ. ދިވެހިރާއްޖޭގެ ފުޓުބޯޅަ، އެ ލެވެލްއަށް އަޕްލިފްޓް ކުރާކަމަށްވަންޏާ ހަމަ ހުރިހާ އެންމެންގެ ކޮމިޓްމަންޓް މިއަށް އަންނަންޖެހޭ. އެހެންވީމާ، އެއްވެސް ބައެއްގެ ރެއަރ މެރިޓެއް، އެއްވެސް ބައެއްގެ ރެއަރ ސްކިލްއެއް ޕީނަލައިޒްވާ ގޮތަށް ހަދާ ގަވާއިދަކުން، ބައިވެރިނުވެވިގެން އެމީހުންގެ ޓެލެންޓް ނެޝެނަލް ލެވެލްގައި ޑިސްޕްލޭ ނުކުރެވޭގޮތަށް އޮތުމަކީ އެހާ ރަނގަޅު ކަމެއް ކަމަށް ސްޕޯޓިންގ ކޮމިއުނިޓީ، ޚާއްޞަކޮށް ފުޓްބޯޅަ، ކޮމިއުނިޓީ ރެގިއުލޭޓް މިހާރު އެ ކުރަނީ އެފް.އޭ.އެމް.އިން. އޭތި އެކްސްކޯއަށް ގަބޫލުކުރެވިގެން، އެފް.އޭ.އެމް.ގެ އެކްސްކޯއެއް މިހާރު މިތާނގައި އެ އޮތީ ނެޝެނަލް ޓޯނަމަންޓުގައި، ޤައުމީ މުބާރާތުގައި، ހަމަ ސިފައިންނަށާއި ފުލުހުންގެ ޓީމުތަކަށް ބައިވެރިވެވޭނެ. އެހެންވީމާ، ސިފައިންނާއި ފުލުހުންވެސް މިހާރު މިކަމަށް ވަރަށް ބޮޑު ފޯރިއެއްގައި އެތިބީ. އެ ލެވެލްއާ ހަމައަށް ގެންދެވިއްޖެ ކަމަށްވަންޏާ ހަމަ ހުރިހާ ޓީމުތަކުގެވެސް ފުޓުބޯޅައިގެ ސްޓޭންޑަޑް ވަރަށް މައްޗަށް ގެންދާނެ ކަމަށް ގަބޫލުކުރެވޭ.
 
 މިރޭ، އެހެން ބައެއް އެތުލީޓުންނާއެކީ ބައްދަލުވުމެއް އެބައޮތް. އެބައްދަލުވުމުގައި  އިތުރު ބައެއް ތަފްޞީލްތައް އަޅުގަނޑުގެ ޚިޔާލުގައި، މިދާއިރާއިން ކުރިއަށް ގެންދިއުމަށްޓަކައި، އަދި ފަސްޓް ޑިވިޝަންގެ ފުޓުބޯޅަ ޓީމުތަކަށް ހުރި ރަނގަޅު ހަދިޔާތަކެއްގެ ވާހަކަވެސް ހަމަ ދަންނަވާލަން ބޭނުންވޭ.
 
އޯލް އެންޑް އޯލް ބުނެލަން ބޭނުންވަނީ އެތުލީޓުންނާއި، ސްޕޯޓްސްގައި އުޅޭ ކުދިންނަކީ، ޙަޤީގަތުގައި ހަމައެކަނި ކުޅިވަރު، ކުޅިވަރެއް ގޮތަށް ކުޅޭ ބައެއް ނޫނޭ. ވަރަށް ވަރުގަދަ ސްކިލްތަކެއްގެ އިތުރަށް ޑިސިޕްލިންތަކެއް އެސްޓޭބްލިޝް ކުރާ ބައެކޭ. އަނެއްކާ ޒުވާނުންގެ ތެރޭގައި ކަންތައްތަކެއް، ރޯލްމޮޑެލްތަކެއް ޑިވެލޮޕްކުރަން ލިބޭ ފުރުޞަތަކަށް ވެގެން މިދަނީ، ސްޕޯޓިންގެ ދާއިރާގައި ކުރިއަށްދާ ދިޔުން. އަހަރުމެންގެ ހުރިހާ ސޯޝަލް އިލްނެސެސް މި އަންނަނީ ޒުވާނުންނާ ހިސާބުން. ނޫނީ ޒުވާނުންގެ ވަށައިގެން ހިމެނޭ ކަމަށްވަންޏާ، މީގައި ރައީސް ޔާމީން ބޭނުންވާ ކަންތައްތަކެއް އެބަހުރި. ސްކިލްސް ޑިސްޕްލޭ ކުރުމަކީ އެއްކަމެއް. ނެޝަނަލް ރެކޮގްނިޝަނަކީ އިންޓަރނޭޝަނަލް ރެކޮގްނިޝަން، ރީޖަނަލް ރެކޮގްނިޝަން ގެނެސްދިނުމަކީ، ޝައްކެއްވެސްނެތްގޮތުގައި، އޭޒް އަ ނޭޝަން ވީ ވުޑް ސަރޓަންލީ ވެރީ ޕްރައުޑް އޮފް ދެމް. އެކަމަކު އޭގެ އިތުރަށް ކޮށްދެންޖެހޭ ކަމަކީ، މި ސޮސައިޓީގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ، އަނެއްކާ ވަރަށް ބޮޑު އާބާދީއެއްގެ ސެގްމެންޓެއް ހޯލްޑްކުރާ ބައެއް، ޒުވާނުންނަކީ. އެހެންވީމާ، ޒުވާނުންގެ ޑިސިޕްލިންއާއި، ޒުވާނުން ރާއްޖޭގައި މިހިނގާ ނޭޝަނަލް ބިލްޑިންގ ޕްރޮސެސްގައި އެގޮތްމިގޮތަށް، އެކި ގޮތްގޮތުން ބައިވެރިވެގެން، ކުރިއަށް ގެންގޮސްދެވޭ ކަމަށްވަންޏާ، ހަމަ ރާއްޖެއަކީ ވަރަށް ޓްރަބަލް ފްރީ، ވަރަށް ހެޕީ، އަދި ވަރަށް ކުރިއަށްދާން މަސައްކަތްކުރާ ސޮސައިޓީއަކަށް ވެގެންދާނެ. ކުޅިވަރުގައި ހަމަ ބެއަރ އިން މައިންޑް ކުޅިވަރުގެ ތެރެއަށް ޕޮލިޓިކްސް ނުގެންނާތި. ކުޅިވަރުގެ ތެރެއަށް ޕޮލިޓިކްސް ނުގެންނާތި. ގޭތެރޭގައި މައިންބަފައިންނާއި އަދި އެހެން މީހުންގެ، ބޮޑެތި މީހުންގެ ފިކުރުގެ ތަފާތު އުޅުނަސް، ކުޅިވަރަކީ ހުރިހާ އެންމެން ރަޙުމަތްތެރިކަމާއެކީ، ޓެލްންޓް ދައްކާފައި، އޭޒް އަ ޓީމް ވިން ކުރަން ކުޅޭ އެއްޗެއް ކުޅިވަރަކީ.
 
އެތުލީޓުންނަކީ އެގޮތަށް، އެތުލީޓުންގެ ސިޔާސީ ފިކުރަކީ ދަނޑުން ބޭރުގައި އޮންނަންޖެހޭ ފިކުރެއް. އެތުލީޓުން، ކުޅިވަރު ކުޅޭ މީހުން، ކުރިއަށްދާންވީ ހަމަ ކުޅިވަރު ކުޅުމުގައި. ކުޅިވަރު ކުޅުމުގައި ކުރިއަށް ގޮސްގެން ޒުވާނުންނަށް ނަމޫނާތަކެއް ދައްކައިދެވިއްޖެ ކަމަށްވަންޏާ، އޭގެތެރެއިން އަހަރުމެންނަށް ލިބޭ ކެޕިޓަލް ގެއިންސް، ނޫނީ އޭގެތެރެއިން  އަހަރުމެންނަށް އެޗީވްކުރެވޭ އެހެން އިތުރު ކަންތައްތަކަކީ ރައީސް ޔާމީން ބޭނުންވަނީ މި މުޖުތަމަޢު ވަރުގަދަކަމާއެކީ ކުރިއަށް ގެންދަން ހަމަލިބޭ ބޯނަސްއަކަށް ވެގެންދާނެ. އެހެންވީމާ، އެތުލީޓުންނަށް، ސްޕޯޓްސްއަށް، މި ޚަރަދު ކުރަނީ މިކަހަލަ ބޭނުންތަކެއް އޮތީމަ. މިހާރު މިއޮތީ އެތުލީޓުންނާއި، ސްޕޯޓްސްމަނުންގެ އަތްމަތީގައި. ސްޕޯޓްސްމަނުންގެ ތެރޭގައި ސްޕޯޓްސްގައި އުޅުއްވާ އަންހެން ބޭފުޅުން ހިމެނޭގޮތަށް. ތިޔަކުދިންގެ އަތްމަތީގައި މިއޮތީ ކިހާހިސާބަކަށްތޯ ދާނީ، ފުލައި ކުރާނީތޯ، ނޫނީ ކިކްއޮފް ކޮށްފައި، އެ ހިސާބުން ވެއްޓޭނީތޯ. ނޫނިއްޔާ ހަމަ އެންމެމަތީ އުޑުތަކުގައި، ކުޅިވަރުގައި އެންމެމަތީ އުޑުތަކުގައި ދަތުރުކުރާ ހިސާބަށް ތިޔަކުދިންގެ  ޕެޝަން، އެންތޫޒިއޭޒަމް، ޢަޒުމް އެބަހުރިތޯ؟ އެ ޓެސްޓުކޮށްލަން ލިބޭ ފުރުޞަތެއް މިއީ. އެއްގޮތަކަށްވެސް  އިރާދަކުރެއްވިއްޔާ ދެން ރިސޯސް ޑިޕްރައިވް ވެގެނެއް ދެން ކުޅިވަރުގައި ދާންވާ ހިސާބަށް ނުދާ އެކްސްކިއުޒް، ދެން އިރާދަކުރެއްވިއްޔާ ރައީސްގެ މޭޒަކަށް ނާންނާނެ.
 
އެހެންވީމާ، ސްޕޯޓިންގ ކޮމިޔުނިޓީއަށް ހަމަ ނިންމާލަމުންވެސް މިއަދު ބުނެލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ރިސޯސަސް އެންހޭންސް ކޮށްދޭނަމޭ. އެވެއިލަބަލް ކޮށްދޭނަމޭ. އެކަމަކު އެތުލީޓުންނާއި، ސްޕޯޓްސްގައި ތިޔައުޅޭ ސްޕޯރޓްސްމަނުން ދައްކައިދޭށޭ، ތިޔަކުދިންގެ ޓެލެންޓް. އޭޒް އަ ނޭޝަން. އޭޒް އަ ޓީމް، ކިހާހިސާބަކަށް ދެވޭތޯ. ބައިވެރިނުވެވޭ ވަކި ކުޅިވަރެއް ނޯންނާނެ. ހުރިހާ ކުޅިވަރެއްގައި ބައިވެރިވެވޭނެ. ބައިވެރިވެގެން ހަމަ ރާއްޖެއަށް ރީތި ނަން، ޓީމުތަކާއި، ކުލަބުތަކަށް ރީތިނަން، ޕްލަސް އޮފްކޯޒް ޔުއަރ ޕޭރަންޓްސް. ޕޭރަންޓްސްއަށް ހަމަ އުފާވެރިކަން ގެނެސްދިނުމަކީ ސޮސައިޓީ އޭޒް އަ ހޯލް، އަހަރުމެން އެންމެން ހަމަ އުފަލުން ރޮއްވާލާނެ ކަމެއް. އެހެންވީމާ، ބޭނުންވަނީ މި ޕެޝަންގައި، މި ޢަޒުމުގައި، މި ކޮމިޓްމަންޓުގައި މަސައްކަތްކުރަން.
 
 ޔޫތު މިނިސްޓަރާއި، އަދި  ޔޫތު މިނިސްޓަރުގެ ސީނިއަރ ޓީމުވެސް މިތާ މި ތިއްބެވީ. ސްޕޯޓްސް ކޮމިޝަނަރ، ދެންގޮސް ސްޕޯޓްސް ދާއިރާގައި ހަމަ ވަރަށް ގިނަ ބޭފުޅުން މިތާ އެބަ އުޅުއްވާ، އިސްބޭފުޅުން. އެހެންވީމާ، ތިޔަކުދިންގެ މައްސަލަތަކެއް އުޅޭކަމަށްވަންޏާ، ދަތިތަކެއް އުޅޭކަމަށްވަންޏާ، ވީ ވުޑް ލައިކް ޓު ނޯ. އެޔަށް އަހަރުމެން އަބަދުވެސް އެޑްރެސް ކުރާނެ. އެކަމަކު މިހާރު އަހަރެން ހިތުން ހަމަ ވަރަށްގިނަ ކަންތައްތައް ރިޒޯލްވް ކޮށްދީފައި އެހުރީ. ޚާއްޞަކޮށް، ސްޕޯޓްސް ހެކްޓަރ ތަޢާރަފްވުމާ ގުޅިގެން ހަމަ ސަރުކާރުގެ އޮބްލިގޭޝަންތަކަކާއި، ސަރުކާރުން އެންހޭންސް ކޮށްދެން ބޭނުންވާ ކަންތައްތަކެއް އެހެރީ އެންހޭންސް ކޮށްދެވިފައި. ދެން އޮތީ ހަމަ ކުދިންގެ ހިތްވަރު. ކުދިންގެ ހިތްވަރު ދެން އޮތީ. މަސައްކަތްކޮށްގެން ކުދިން ގެންދަންވާ ހިސާބަކަށް ގެންދަން ސަރުކާރުން، އަދި ސްޕޯޓްސްގެ ބެލެނިވެރިންގެ ގޮތުގައި މިތިބަ މީހުން އެބަ މަސައްކަތްކުރޭ. އެކަމަކު ކުދިންގެ ހިތްވަރު އޮތީ، ކިހާހިސާބަކަށް އެކުދިންގެ ސްޓެމިނާއާއި، އެކުދިންގެ އެންޑިއުރެންސާއި، އެކުދިންގެ ސްކިލްސް ޑިސްޕްލޭ ކޮށްދޭނެތޯ. އެހެންވީމާ އެއީ ކުދިންނާ ހަމައިގައި އޮތްކަމެއް. އެތުލީޓުންނާ ހަމައިގައި އޮތްކަމެއް. ސޯ ގައިޒް ވަންސް އެގެއިން މޭކް އަސް ޕްރައުޑް. ދެން އަންނަ އިވެންޓެއްގައި،  ބްރައުންޒް  ކުދިން ސިލްވަރ ހޯދަމާ ހިނގާ. ސިލްވަރގައި އުޅޭ ހުރިހާ ކުދިން ގޯލްޑް ހޯދަމާ ހިނގާ. އެއްބަޔަކަށްވެސް ގޯލްޑް ލިބޭކަމަށްވަންޏާ، ނޯ ރީޒަން ވައި މޯލްޑީވިއަން އެތްލީޓްސް އެންޑް ސްޕޯޓްސްމެން ކެނޮޓު އެޓެއިން ގޯލްޑް.  އަނެއްކާ ސާއިދު އެ ދައްކަނީ، އަދި އެހެންކުދިންވެސް އެބަދައްކާ. ހަމަ މަދުން ނަމަވެސް ރާއްޖެ ގޯލްޑް އެބަހޯދާ. ދެން ސްޕްރިޓަކަށް ބަލާކަމަށްވަންޏާ، އަހަރުމެންގެ ފިޒިކަލް ބިލްޑާއި، ޖެނެރަލީ ދިވެހީންގެ ފިޒިކަލް ބިލްޑާއި، އެންޑިއުރެންސާއި އޭނަގެ ބޮޑީ ސިސްޓަމަށް ބަލާކަމަށްވަންޏާ، އެންމެ ވަރުގަދައަށް ހަށިގަނޑު އެކުލެވިފައިހުރި މީހުނެއް ނޫން ދިވެހިރާއްޖޭގައި މިތިބީ. މިއަށްވުރެ މާ ވަރުގަދަ އެތުލީޓުން ތިބޭނެ. އެކަމަކު ސާއިދު ރިޕީޓެޑްލީ އެޕްރޫވް ކޮށްދެނީ ނޫނެކޭ، ގިވަން ދަ ޕޭޝަންސް، ގިވަން ދަ ޕްރޮޕަރ ޓްރެއިނިންގ އެންޑް އެންޑިއުރެންސް ދެން ކަރޭޖާއި، ޕެޝަންއާ ހުރެއްޖެ ކަމަށްވަންޏާ، ހަމަ އެހެން އެތުލީޓުންނާއި، މިއަށްވުރެ މާ ބެޓަރ ބިލްޑް އެތުލީޓުންނާ ވާދަކޮށްގެން ގޯލްޑް ހޯދައިފައިވަނީ. އެންޑް ހީ އިޒް ބީން ރިޕީޓެޑްލީ ޑުއިންގ ދެޓް. އެހެންވީމާ ކީއްވެހޭ އެހެން ކުޅިވަރުތަކަށް މިކަން ނުކުރެވެންވީ؟ ކުރެވެންވާނެ. އެހެންވީމާ އެ ޕެޝަންއާއެކީ، ކޮމިޓްމަންޓަކާއެކީ ވާރކް ކުރަމާހޭ. ކުޅިވަރަކީ އަބަދުވެސް ކުރިބޯށްޓާ ހަމައަށް ވާސިލުވާން ކުޅޭ އެއްޗެއް. އެއްގޮތަކަށްވެސް ޕަރޓިސިޕޭޓް ކުރީމޭ ބުނާ އެއްޗެއް ނޫން. ތިމަންނަމެން މިވެނި ކުޅިވަރެއްގައި ޕަރޓިސިޕޭޓް ކުރީމޭ، ނޯ.
 
 ދިވެހިންގެ އެންމެ ޕެޝަނޭޓް އެއްޗަކީ ފުޓުބޯޅަ. ޤައުމީޓީމު ކޮޅަށް 17 ލަނޑު ޖަހާލީމާ، ދެން ވީ ޑޯންޓް ޓޯކް އެބައުޓް ފުޓްބޯލް. އެހެންވީމާ، ދެޓްސް ދަ ޑިފަރެންސް. އެކަމަކު ޤައުމީޓީމު މޮޅުވެގެން އަންނައިރު އެކަމާ ހިތްހަމަޖެހިގެން، ނޫނީ އުފަލުން ނުނުކުންނާނެ ހަމަ އެކަކުވެސް ދިވެހިރާއްޖޭގައި ނުހުންނާނެ. އެހެންވީމާ، ކުޅިވަރުގައި އަބަދުވެސް އެޗީވްކުރަން ބޭނުންވަނީ ހަމަ ޓޮޕް ޕްލޭސް. އެޗީވްކުރެވޭނެ. އޮތީ ކޮމިޓްމަންޓާއެކީ، ވާރކް. މިހާތަނަށް ލެކްވެގެން ދިޔައީ އެކިއެކި ސަޕޯރޓިންގ މަސައްކަތް. އޭގެތެރޭގައި ރިސޯސް ތަންކޮޅެއް ބޮޑަށް ޑިޕްރައިވްވެގެން، ނޫނިއްޔާ ރިސޯސް ނުލިބިގެން ދިޔައީ. އެކަމަކު މިހާރު ސަރުކާރުން މި ބުނަނީ އިރާދަކުރެއްވިއްޔާ ރިސޯސް އެންހޭސް ކޮށްދޭނަމޭ. އެހެންވީމާ، ދެންއޮތީ އެތުލީޓުންގެ ހިތްވަރު. އެހެންވީމާ، މި ވާހަކަކޮޅާއެކީ ނިންމާލާނަން.
 
އަދިވެސް އެއްފަހަރު ހަމަ ބުނެލަން ބޭނުންވަނީ، އަހަރުމެން އެންމެން ވަރަށް އުފާވެއްޖައީމޭ. ވީ އޯލް ވެރީ ޕްރައުޑް އޮފް ޔޫ. ދެންވެސް ހަމަ މިކާމިޔާބުތައް މިގޮތުގައި ދަމަހައްޓާށޭ. އަބަދުވެސް ހިނގަންވާނީ ކުރިއަށް. ދެން އަންނަ ސްޓްރައިޑަކީ، ސލްވަރ އިން ގޯލްޑަށް. ބްރައުންޒުން ސިލްވަރއަށްދާ ސްޓްރައިޑަކަށް ހަދަންޖެހޭނެ. އަދަރވައިޒް ޔޫ ވިލް ބީ ވާރކިންގ ބެކްވާރޑް. ދެން ޓްރެފިކް ދުއްވާ މަގެއްގައި އެތައްބަޔަކު އުޅޭއިރު، ވޯކިންގ ބެކް އިޒް ނޮޓް އޮޕްޝަން.
 
         ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ކުދިންނަށް!