ހުޅުމާލޭގައި ބިނާކޮށްފައިވާ މިސްކިތް "މަސްޖިދު ޒަޢިދު ބިން ސާބިތު" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު މިއަދު މެންދުރުފަހު ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނުވަނީ މި މިސްކިތް ހުޅުއްވައިދެއްވުމަށްފަހު މި މިސްކިތުގައި މިއަދުގެ އަޞްރު ނަމާދު ކުރައްވާފައެވެ.

މިއަދު ބޭއްވުނު މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދުއާއި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އޮނަރަބަލް އާމިނަތު ޒެނީޝާ ޝަހީދު ޒަކީއާއި، މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް ޢަބްދުﷲ ނާޡިމް އިބްރާހީމްއާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް އަޒްލީން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.