ރައީސުލްޖުމްހޫރިއްޔާ،‏ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ މަޤާމަށް، ހުވަދުއަތޮޅު ދެކުނުބުރި ރަތަފަންދޫ ހިލިހިލާގެ، އަލްފާޟިލް އަޒްލީން އަޙްމަދު ‏މިއަދު ޢައްޔަން ކުރައްވައިފިއެވެ. ‏އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އަލްފާޟިލް އަޒްލީން އަޙްމަދު މަޤާމުގެ ހުވާކުރެއްވީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރު ‏‏އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައެވެ.