ރައީސުލްޖުމްހޫރިއްޔާ،‏ މިނިސްޓަރގެ މަޤާމަށް، ހެންވޭރު މާބަނޑޭރިއާގެ، އަލްފާޟިލް އަޙްމަދު ޡުހޫރު ‏މިއަދު ޢައްޔަން ކުރައްވައިފިއެވެ. ‏އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އަލްފާޟިލް އަޙްމަދު ޡުހޫރު މަޤާމުގެ ހުވާކުރެއްވީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރު ‏‏އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައެވެ.