މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ޖުލައި މަހުގެ 26ވާ އަންގާރަ ދުވަހުގެރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މިފަހަރު ބައްދަލުވުން ބާއްވަވަނީ އިސްލާމީ މަރްކަޒު މައިދާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް މިފަހަރު ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށް ދަޢުވަތު އަރުވާގޮތަށްވަނީ ނިންމަވާފައެވެ. މިއީ 2007 ވަނަ އަހަރަށްފަހު މިހާ ގިނަ ޢަދަދެއްގެ ބޭފުޅުންނަށް ދަޢުވަތު އަރުވައިގެން ރަސްމީ ބައްދަލުކުރެއްވުން ބާއްވަވާ ފަހަރެވެ.
ރަސްމީ ބައްދަލުކުރެއްވުމަށް ދަޢުވަތު އަރުވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަޢުވަތު ކާޑު ފޮނުއްވަން މިހާރުވަނީ ފަށްޓަވާފައެވެ.