ރައީސުލްޖުމްހޫރިއްޔާ،‏ ވަޒީރުންގެ މަޖިލީހަށް ބައެއް ބަދަލުތައް ގެންނަވައި، ވަޒީރުންގެ މަޖިލީހުގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ވަޒީރުންގެ މަޖިލީހުގެ މަޤާމުތަކަށް ޢައްޔަން ކުރެއްވީ:

1. މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމަށް، ހެންވޭރު މާބަނޑޭރިއާގޭ އަޙްމަދު ޡުހޫރު
2. މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ކަމަށް، ހެންވޭރު އޯކިޑް އިރްތިޝާމް އާދަމް
3. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމަށް، އަޙްމަދު މުނައްވަރު
4. މިނިސްޓަރ އޮފް ހެލްތް ކަމަށް، ފާދިއްޕޮޅު ހިންނަވަރު ބޮޑުފެންޑާގޭ ޢަބްދުﷲ ނާޡިމް އިބްރާހީމް
5. މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ކަމަށް، މާފަންނު ނޫރާނީގޭ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ

‏މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގައެވެ. ހުވާކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ ‏‏މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.‏