މި މަހުގެ 12 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "4 ވަނަ ޗައިނާ- ސައުތު އޭޝިއާ އެކްސްޕޯ" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ހައިޞިއްޔަތުން، ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މުޙައްމަދު މިއަދު ހަވީރު ޗައިނާގެ ކުންމިންގްއަށް ފުރާވަޑައިގެންފިއެވެ.

މިއަހަރު ކުންމިންގް ފެއަރގެ "ކަންޓްރީ އޮފް އޮނަރ" ގެ ގޮތުގައި ހަމަޖެހިފައިވަނީ ދިވެހިރާއްޖެއެވެ.