ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިސްލާމީ މަރުކަޒު މައިދާނުގައި މާބްލް ޖަހާފައިވާ ސަރަހައްދު މިރޭ ހުޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މިއީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އިސްލާމްދީނާ މެދު ލޯބި އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް އިތުރުވި މުހިންމު ބޮޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ޤައުމީ ކަންކަމާއި ދީނީ ކަންކަން ކުރި އެރުވުމުގައި ހުރިހާ ރައްޔިތުންވެސް އެއްބައިވެ، ގުޅިގެން މަސައްކަތް ކުރުމަށާއި، ސަރުކާރުން ކުރައްވާ މިފަދަ މަސައްކަތްޕުޅުތައް ހުރިހާ ފަރާތްތަކުންވެސް ބަލައިގަތުމަށް އެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ގޮތުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދު ވާހަކަފުޅު ދެއްކެވިއެވެ.