ދައުލަތުގެ ބޭނުމަށް އެއް ރަށުން އަނެއް ރަށަށް ގެންދާ މުދާ އުފުލުމަށް މިހާރު ބޭނުންކުރާ ބައެއް އުޅަނދުފަހަރަކީ، އިންޝުއަރކޮށްފައިނުވާ އުޅަނދުފަހަރުކަމަށްވުމާއެކު، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގެ ސަބަބުން މުދަލަށް ލިބޭ ގެއްލުމަށް ސަރުކާރުން ބޮޑެތި ހޭދަކުރައްވަން ޖެހިވަޑައިގަންނަވާކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވީމާ، މިފަދަ ކަންކަމަށް ދައުލަތުގެ ބަޖެޓުން ކުރައްވަން ޖެހޭ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން، ދައުލަތުގެ ބޭނުމަށް އެއް ރަށުން އަނެއް ރަށަށް ގެންދާ މުދާ، އިންޝުއަރކޮށްފައިވާ އުޅަނދުފަހަރުގައި ނޫނީ ނުއުފުލާގޮތަށް މިއަދުން ފެށިގެން ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.