بســم اللّـه الرّحمـن الرّحيــم

 

         اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

އާދެ، މިރެޔަކީ ދިވެހިރާއްޖެއަށް ވަރަށް މަތިވެރި އުފަލެއް ލިބިގެންދާ މުނާސަބަތެއް ފާހަގަކުރާ ރެއެއް. މިރެޔަކީ ވަރަށް ފަޚްރުވެރި ދަރިވަރުންތަކަކަށް އުފާތަކެއް ލިއްބައިދޭ ރެއެއް. މިރެޔަކީ ހަމައެހެންމެ، މައިންބަފައިންގެ ހިންމަތާއި މިންނަތުގެ އަގު ވަޒަންކުރެވިގެންދާ ރެއެއް. މިރެޔަކީ ތަޢުލީމު އުނގަންނައިދިނުމުގައި ޓީޗަރުންނާއި އަދި ބެލެނިވެރިންގެ ޒިންމާތަކުގެ އަގުވަޒަންކުރެވޭ ރެއެއް. މިރެޔަކީ ރަސްމީ ސިޔާސަތުގެ ތެރެއިން ތަޢުލީމު އުނގަންނައިދިނުމުގެ ކަންކަން ހާސިލުވާ މިންވަރު އެނގިގެންދާ ރެއެއް. އާދެ، މިހުރިހާ ފަރާތްތައް ހިމެނެނީ ދިވެހި ދައުލަތަށް ޚިދުމަތްކުރާ މަތިވެރި ޚިދުމަތްތަކެއް ދެއްވާ ޚިދުމަތްތެރިންގެ ގޮތުގައި. އެކަމަށްޓަކައި މިރެޔަކީ ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖެއަށް އެންމެ އުފާވެރި، އެންމެ ފަޚްރުވެރި ރޭތަކުގެ ތެރޭގައި ހިމެނިގެންދާ ރެއެއް. މަތީ ޘާނަވީ ތަޢުލީމުގެ ރަން ވަނަތައް ހާސިލުކުރާ ކުދިން ތިޔަ ހާސިލުކުރީ އަދި ދިވެހިރާއްޖެއަށް ތިޔަ ގެނެސްދިނީ ވަރަށް މަތިވެރި، ވަރަށް އުފާވެރި ފަޚްރަކާއި ޝަރަފެއް. އާދެ، ދުނިޔޭގެ އެހެން ޤައުމުތަކާއި، އެހެން ޤައުމުތަކުގެ ދަރިވަރުންނާ ވާދަކޮށްގެންވެސް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ރަން ވަނަތަކެއް ދިވެހި ކިޔަވާކުދިން ދިވެހިރާއްޖެއަށް ގެނެސްދެނީ އަހަރުމެން މައިންބަފައިން ހިނިތުންކުރަމުން، އަދި މުޅި ދައުލަތް އުފާކުރަމުން. އެކަމަށްޓަކައި މިރޭގެ ފަޚްރުވެރިންނަށް، އާދެ، މަތީ ޘާނަވީގެ ރަން ވަނަތައް ހާސިލުކުރި ހުރިހާ ކުދިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާކިޔައި، ތިޔަ އެންމެ ކުދިންނަށް ޝުކުރު ދަންނަވަން. އަދި މައިންބަފައިންނަށް ވަރަށް އިޙްތިރާމާއި ލޯތްބާއެކީ މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން. ހަމައެހެންމެ މި ޝުކުރުގައި މުދައްރިސުންނާއި ޓީޗަރުން އަޅުގަނޑު ހިމަނަން.  

އަދި ހަމައެޔާއެކީ ރަސްމީ ތަޢުލީމު މިގޮތަށް ބައްޓަންވެގެން، ދިވެހި ދައުލަތަށް ބޭނުންވާ ތަޢުލީމުގެ ޞަފްޙާތައް އެކުލަވައިލެވި، އާ މަންހަޖަކަށް ކިޔަވައިދެވެމުން ގޮސް، ދިވެހި ދައުލަތުގެ އިޤްތިޞާދު ބިނާކުރުމާއި، މަސައްކަތްތެރިކަމުގެ ވެށްޓަށް ތަޢުލީމު ބޭނުންވާ މިންވަރު ބައްޓަންކޮށް، މިކަންކަން ތަންފީޛުކޮށްދެއްވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން. އެކަމަށްޓަކައި މިރޭ ޝައްކެއްވެސްނެތްގޮތުގައި، އެންމެ އުފާފުޅު ކުރައްވާނެ އެއް ބޭފުޅަކަށްވާނީ، ދާއިރާގެ ވަޒީރު، އޮނަރަބްލް ޢާއިޝަތު ޝިހާމް. އެކަމަނާއާއި އެކަމަނާގެ ހީވާގި ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން. 

އާދެ، މިރޭ ފާހަގަވެގެންދާނީ ޝައްކެއްވެސްނެތް، އުފާވެރި ރެއެއްގެ ގޮތުގައި. ޙަޔާތުގައި އެއް ޞަފްޙާ އެއްގޮތަކުން ވެއްޖިއްޔާ ތިޔަކުދިންނަށް ނިމިގެންދިޔައީ. ތިޔަ ކުދިންގެ ހޯމޯނަލް އިމްބެލަންސަށް އަންނަ ބަދަލުތަކުންވެސް ތިޔަކުދިންނަށް އެނގޭނެ މިހާރު ތިޔަކުދިން ތިޔަ ކަލެކްޓް ކުރަނީ މުޅިން އެހެން ރާސްތާއެއްކަން. މައިންބަފައިންގެ ހިޔާވަހިކަމާއި ކުލުނުގެ ތެރެއިން ތިޔަކުދިން އަދިވެސް ތިޔަތިބީ އެ ޙިމާޔަތުގައި. އެހެންނަމަވެސް، އެ ޞަފްޙާނިމި، ތިޔަކުދިން އަމިއްލަ ބަޔަކަށްވުމުގެ ޞަފްޙާ، ނޫނިއްޔާ އެ ފިޔަވަޅުވެސް އަޅާ ރެޔަށް މިރޭ ވެގެންމިދަނީ. މަތީ ޘާނަވީ ތަޢުލީމަކީ ދިވެހިރާއްޖޭގެ ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން ޝައްކެއްވެސްނެތްގޮތުގައި ދެވޭ ފާހަގަކުރެވޭ ތަޢުލީމެއް. މިހިސާބު ނިމިގެން ދެން ތިޔަކުދިން ތިޔަ ކުރިމަތިލަނީ މިއަށްވުރެ މަތީ ތަޢުލީމު ހާސިލުކުރުމަށް. ކޮލެޖަށްދާން، ޔުނިވަރސިޓީއަށް ދާން، ނޫނިއްޔާ އަދި ރާއްޖެއިން ބޭރުގެ ޢިލްމީ މަރުކަޒުތަކަށް ދަތުރުކުރަން، ނޫނިއްޔާ ކޮންމެވެސްކަހަލަ މަސައްކަތެއް އުނގެނުމަށް. ޝައްކެއްވެސްނެތްގޮތުގައި، މިކަންކަމަށް ކުރިމަތިލާއިރު، މައިންބަފައިންނާއި ބެލެނިވެރިން އެހީތެރިވާނެ. އެކަމަކު ތިޔަކުދިން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިއަދު މިއަށްވުރެ ކުރީގެ ދުވަސްތަކުގައި ތިޔަކުދިންނަށް އަޅާލުންތެރިކަން ފޯރުކޮށްދިން މިންވަރަށްވުރެން ތިޔަކުދިންގެ އަޅާލުންތެރިކަން ތިޔަކުދިންނާ ދޭތެރޭގައި ބޮޑުވާންޖެހޭކަން ގަބޫލުކުރަންޖެހޭނެ. އާ ޒިންމާތަކެއް އުފުލާ މަރުޙަލާއަކަށް ތިޔަކުދިން ތިޔައައީ. ތިޔަކުދިންގެ ޙަޔާތުގައި މަތީ ތަޢުލީމަށްދާ ކަމަށްވަންޏާ، ނޫނިއްޔާ ތިޔަކުދިންގެ މުސްތަޤްބަލް އުޖާލާ ކުރުމަށްޓަކައި މަސައްކަތުގެ މައިދާން ޚިޔާރުކުރާ ކަމަށްވަންޏާ، މިކަންކަމުން ތިޔަކުދިން ޑިސްޓްރެކްޓް ކުރާނެ ޢުމުރުފުރައިގައި ތިޔަ ހުރިހާ ކުދިން ތިޔަތިބީ. އެހެންވެގެން ހޯމޯނަލް އިމްބެލަންސްގެ ވާހަކަ މިދެއްކީ.

މިޔާއެކީވެސް ޢަޒުމު ކަނޑައަޅަންޖެހެނީ، މަތީ ޘާނަވީގެ ވަނަތަކުން ރަން ވަނަތައް ހޯދި ކުދިންނާއެކީ، މަތީ ޘާނަވީގެ ވަނަތަކުން މި ރަންވަނަތައް ހާސިލުނުކުރާ އެހެން ކުދިންވެސް އެބަތިބި. ދުނިޔޭގެ ނިސްބަތުގައި ފާހަގަކުރެވޭ ކުދިންތަކެއް ތިބޭއިރު، އަޅުގަނޑުމެން ހަމަ އަޅާލަންޖެހޭ ދަރިންތަކެއް އެހާ ހިސާބަށް ނުދެވި ތިބިކަންވެސް އެނގޭ. ޕްލޭނަރުންގެ ރާޑަރުގައި މިއީ ހަމަ ޖަސްޓް އަ ބްލިޕް. ހަމަ ފެނިލާފައި ގެއްލިގެންދާނީ. ފެއިލިއަރ، ނޫނިއްޔާ އެކޮމްޕްލިޝްމަންޓް، ނުލިބުނުކަން އެންމެ ބޮޑަށް ހަނދާންކުރާނީ އަބަދުވެސް އެކޮމްޕްލިޝްމަންޓް ނުލިބޭ ކުދިން. އެހެންވީމާ، އަނެއްކާވެސް އިތުރު ސްޓެޕެއް އަޅަން އެންމެ ބޮޑަށް ޒިންމާއުފުލާ، އެންމެ ބޮޑަށް އެކަމާ ކޮންޝަސްވާ ކުދިންނަކީވެސް ހަމަ މީގެތެރެއިން މަތީ ރަންވަނަތައް ހާސިލުނުކުރެވުނު ކުދިން.

 މަތީ ރަންވަނަ ހާސިލުކުރީމަ، އަދި އެހިސާބުން ތިޔަކުދިންގެ ޒިންމާ އަލުން ފެށެނީ. މައިންބަފައިން، ޓީޗަރުން އަދި ތިޔަކުދިންގެ ސްކޫލްގެ އެހެންވެސް އެހީތެރިންނާއި، މުޅި ދައުލަތުން ތިޔަކުދިންނާ ދޭތެރޭގައި ކުރާ އުންމީދުތައް، އެތައް ގުނައެއް އިތުރުވެގެންދާނެ. މިއީ ރޭހެއްގައި ބައިވެރިވީމަ ދިމާވާ މައްސަލަ. ރޭހެއްގައި ބައިވެރިވެގެން ވަނަތަކެއް ހޯދައިފި ކަމަށްވަންޏާ، އަބަދުވެސް ވަރަށް ކޮމްޕެޓެޓިވް އެންވަޔަރަންމަންޓަކަށް ކޮންމެ ކުއްޖަކުވެސް މި އަންނަނީ. ކުޅިވަރުގެ ދާއިރާގައި ކަމަށްވީނަމަވެސް، ތަޢުލީމުގެ ދާއިރާގައި ކަމަށްވީނަމަވެސް، އަދި އެނޫން ކޮމްޕެޓެޓިވް ކޮންމެ އޮކިއުޕޭޝަނަކަށްވީ ނަމަވެސް، މަތީ ވަނަތައް ހާސިލުކުރާ ކުދިންނާ ދޭތެރޭގައި، ދެން އެހެން ބަޔަކު ކުރާ އުންމީދުތަކާއި އިންތިޒާރުތައް އިތުރުވެގެންދޭ.

Burden on your shoulders become a lot bigger

ޒިންމާތަކެއް އުފުލާ ހިސާބަށް ދިޔައީ. ތަޢުލީމު އުނގެނެނީ ކީއްކުރަންހޭ؟ ވަރަށް ބޭސިކް ސުވާލެއް. އޭގެ ޖަވާބުދޭކަށް ނުވެސްޖެހޭކަންނޭނގެ. އެކަމަކު ތަޢުލީމު އުނގެނިގެން ކުރަންޖެހޭ މަސައްކަތަކާ ދޭތެރޭގައި ވިސްނާއިރު، މިރޭ މިއީ އަނެއްކާވެސް އާ ޗެޕްޓަރެއް ހުޅުވާ ރެއެކޭ މި ދަންނަވަންޖެހެނީ ސަބަބުތަކެއް ހުރީމަ. މަތީ ތަޢުލީމުގެ ރަން ވަނަތައް ހާސިލުކޮށްގެން ނުކުންނަ ކުދިންނަކީ ޝައްކެއްވެސްނެތްގޮތުގައި، ތިޔަކުދިންގެ ކުރިއެރުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ނިންމާ އެންމެ ވަރުގަދަ ފިޔަވަޅު. އެއް ފިޔަވަޅު ނިމުނީމަ އެ ހިސާބުން ހިނގުން ހުއްޓެނީކީ ނޫން. ފިޔަވަޅަކަށްފަހު ފިޔަވަޅެއް މިދަނީ.  

އެހެންވީމާ، ތަރުބިއްޔަތުގެ މަރުޙަލާގައި، ނޫނީ ތަރުބިއްޔަތުގެ މަގުގައި ކިޔެވުމަކަށް ނިމުމެއްނެތޭ ބުނާ ވާހަކަ، ތިޔަކުދިންގެ ޚިޔާލަށް މިއަދު އަންނަންޖެހެނީ. ދައުލަތަކުން ދައުލަތެއްގެ މަސްއޫލުވެރިން ތިޔަކުދިންނާ ދޭތެރޭގައި ކުރާ އުންމީދުތައް އިތުރުވެގެން އެބައާދޭ. ދުނިޔޭގެ ފެންވަރުގައި ރަން ވަނަތައް ހޯދުމަކީ ފަސޭހަކަމެއް ނޫން. އާދައިގެ ކަމެއް ނޫން. No less accomplishment އެހެންވީމާ، ތިޔަކުދިންނާ ދޭތެރޭގައި ކުރާ އުންމީދުތައް، ކޮންމެ ސަރުކާރެއްގައިވެސް އިތުރުވެގެންދާނެ. އަޅުގަނޑުމެން ސްކޫލް ދައުރުގައި، މިހާ ފުރިހަމަ މާލަންތަކަކު ނޫން އޭރު ކަންކަން އަބަދުވެސް ފާހަގަވެގެންދަނީ. އެހެންނަމަވެސް، މީގެ އެތަކެއް އަހަރުތަކެއް ކުރީގައި އަޅުގަނޑުމެން ހަމަ ތިޔަ ގޮނޑިބަރީގައި ތިބޭއިރު، އަޅުގަނޑުމެންނާ މިގޮތަށް ވާހަކަ ދައްކަން ވަޑައިގަންނަވާ ބޭފުޅުން އަބަދުވެސް ވިދާޅުވާނެ، މުސްތަޤްބަލުގެ ޖީލެއް އުފެދުނީއޭ. މާދަމާގެ މުސްތަޤްބަލޭ. މާދަމާގެ މަސްއޫލުވެރިންނޭ. މާދަމާގެ ޒިންމާ އުފުލަން ތިބި ބައެކޭ. މިއީ މަސްއޫލިއްޔަތު އަޅުގަނޑުމެންގެ ކޮނޑުގައި އެޅޭގޮތަކީ. ރާއްޖޭގެ އެކި ކަންތައްތައް ކުރުމަށް ތިޔަކުދިންނަށް ޢަމަލީ މަސައްކަތަށް ނުކުންނަން ކައިރިވީ. މިޔާއެކީވެސް އަބަދުވެސް އޮންނަ އެންމެބޮޑު ޗެލެންޖަކަށްވާނީ، ކުރިއަށް ދާން ބޭނުންވަނީ ކޮން ދާއިރާއަކުންހޭ؟ މިހާހިސާބުން އިތުރު ތަޢުލީމު ހާސިލުކުރަން ބޭނުންވާ ކުދިން އިތުރަށް ކިޔަވަން ބޭނުންވާނެ. ތަޢުލީމަކީ އޭގެ ޒާތުގައި ކަމެއްގެ ނިމުމެއް ނޫން. ކަމެއްގެ ފެށުމެއްވެސް ނޫން. ތަޢުލީމަކީ އޭގެ ޒާތުގައި ކަމަކަށް ބޭނުންވެގެން، ކަމެއް ފުއްދައިދޭ ވަސީލަތެއް.  

އެހެންވީމާ، ތަޢުލީމު އިތުރަށް އުނގެނިގެން އަދި އިތުރަށް ތަޢުލީމު އުނގެނެން ބޭނުންވާ ދާއިރާ، ތިޔަކުދިން ދެނެގަތުމާއި، އަދި ތިޔަކުދިންގެ އެޕްޓިޓިއުޑް ތިޔަކުދިންނަށް އެންމެ ރަނގަޅަށް އެނގުމަކީ މިއަދު ތިޔަކުދިންނަށް އޮތް އެންމެބޮޑު ގޮންޖެހުން. ރާއްޖޭގައި ތިޔަކުދިންގެ މުދައްރިސުން އަދި ތިޔަކުދިންގެ ސްކޫލްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ވަރަށް ބޮޑަށް ކުދިންނަށް އެކަޑަމިކް ކައުންސެލިންގ ދެއްވޭނެ. އަދި ތިޔަކުދިންގެ އިނަރ އިންޓިއުޝަން ނޫނީ ތިޔަކުދިންގެ އިނަރ ސޯލް ތިޔަކުދިންނަށް ބުނެދޭނެ، ތިޔަކުދިންގެ ކެޕޭސިޓީ ހުރީ، އެޕްޓިޓިއުޑް ހުރީ ކޮން ދިމާއެއްގައިތޯ؟ މިހާރު އޮތް ޗެލެންޖަކީ ކޮންމެ ކުއްޖަކުވެސް ކުރިއަށްދާން ބޭނުންވާ ތިން ހަތަރު ދާއިރާ ޚިޔާލުގައި ހުންނާނެކަންނޭނގެ. އަދި ތިޔަކުދިންނަށް ތިޔަކުދިންގެ ޕިއަރ ގްރޫޕްގެ ޕްރެޝަރ، މައިންބަފައިންގެ ޕްރެޝަރ އަދި މުޅި މުޖުތަމަޢުގެ ޕްރެޝަރ ތިޔަކުދިންނަށް އިޙްސާސް ކުރެވޭނެކަންނޭނގެ. ކީއްކުރަން މިއުޅެނީ؟ މިއުޅެނީ ތިޔަކުދިން އިތުރަށް ކުރިއަށްދާން ބޭނުންވަނީ ކޮން ދާއިރާއަކުންތޯ، ކޮން ޢިލްމީ ރޮނގަކުންތޯ، ތިޔަކުދިން ނިންމަން. މިއީ ފަސޭހަކަމަކަށް ނުވާނެ. އަޅުގަނޑު ހަމަގައިމުވެސް ދަންނަން. ބައެއް ކުދިން އެބަތިބި، ކިޔަވައި ނިމުނީމަ މެޑިސިން ހަދަން ބޭނުންވި ކުދިން، ކިޔަވައި ނިމުނީމަ އެއިރޮނޯޓިކްސްގައި އުޅެން ބޭނުންވާ ކުދިން، ކިޔަވައި ނިމުނީމަ ޕައިލެޓްކަން ހަދަން ބޭނުންވާ ކުދިން. އެކަމަކު ނިމިގެން އަންނަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ހަދައިގެން. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ހަދައިގެން އަންނައިރު، ޚިޔާލަކަށްވެސް ނާދޭ، ރައްޔިތުންނަށް ޚިދުމަތް ކުރަން ރައްޔިތުންގެ މަންދޫބަކަށް ވެދާނެކަމަކަށް. އަދި އޭގެފަހުން އުފުލަންޖެހޭ ޒިންމާގެ ތެރޭގައި، މުޅި ޤައުމު ބައްޓަންކުރުމުގެ ކަންކަން ހަވާލުވާންޖެހޭނެ ކަމަށް ގަބޫލުކުރަން ޚިޔާލަށްވެސް ނާންނާނެ. އެހެންވީމާ، މިއީ ޗެލެންޖަކީ. ތިޔަކުދިންގެ އެޕްޓިޓިއުޑް މިއަދު ދައްކައިދީފާނެ، އެއް ދާއިރާއަކުން ވަރަށް ވަރުގަދައަށް.

ދިވެހިރާއްޖޭގައި މިއަދުވެސް އަޅުގަނޑުމެންނަށް އިވިގެންދިޔަގޮތުން ވެއްޖިއްޔާ، މިދިޔަ އަހަރަށްވުރެން އޭ ލެވެލް އިމްތިޙާނުތަކަށް ބަލާކަމަށްވަންޏާ، އެކައުންޓިންގއަކީ ވަރަށް ޚާއްޞަ ރޮނގެއް. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ކުރިއެރުމަށް މިއީ ވަރަށްވެސް ބޭނުން ފަންނެއް. އެހެންނަމަވެސް، އެކައުންޓިންގ ހަދަމުންދާ ކުދިން ޔުނިވަރސިޓީއަށް ގޮސްފައި އެކައުންޓިންގ ހަދަމުންދާއިރު، ނޫނީ މެނެޖީރިއަލް އިކޮނޮމިކްސް ހަދަމުންދާއިރު، ދެން އެކުދިންގެ ޚިޔާލު ބަދަލުވާނީ ކޮންއިރަކުން ކަމެއްނޭނގެ. ގުޅުންހުރި ތިމާގެ އެތައް ބައިވަރު ޑިސިޕްލިންތަކެއް އެބަހުރޭ. އެހެންވީމާ، އެކައުންޓިންގ ހަދާ ކުއްޖަކު، ސޯޝިއޮލޮޖީ، ސޯޝަލް ސައިންސްގެ ކޮންމެވެސް އެހެން ދާއިރާއެއްގައި އެންޑްއަޕްވުމަކީ ހަމަ ދާދިކައިރީގައި އޮތް ކަމެއް. އެހެންވީމާ، މިއަދު ތިޔަކުދިން ނިންމާ ކަންތައްތަކުގެ ތެރޭގައި ހަމަ އިތުރަށް ދިރާސާ ކުރަންވީ، އިތުރަށް މަސައްކަތް ކުރަންވީ، ތިޔަކުދިންގެ ކޯޗަސްއާ ވާހަކަ ދައްކައިގެން، ތިޔަކުދިންގެ ކައުންސިލަރުންނާ ވާހަކަ ދައްކައިގެން، ތިޔަކުދިންގެ އެޕްޓިޓިއުޑާއި، ތިޔަކުދިންގެ އިންކްލިނޭޝަން، އިންޓްރެސްޓް، އެންތޫޒިއޭޒަމް ހުރީ ކޮން ދާއިރާއެއްގައިތޯ؟ އެ ދާއިރާތަކާ ދޭތެރޭގައި ވިސްނަންޖެހޭނެ. ޗެލެންޖަކަށްވަނީ ތިޔަކުދިންނާ ދޭތެރޭގައި އުންމީދުކުރާ، ފަޚްރުވެރި، ފޮނި އުންމީދުތަކެއް ކުރާ އެތައް ބަޔަކު ތިބޭނެތީ. ޕިއަރ ގްރޫޕް ޕްރެޝަރއަކީ ތިޔަކުދިން މިއަދު ހެންޑްލް ކުރަންޖެހޭނެ ކަމެއް. ޕިއަރ ގްރޫޕްގެ ތެރެއިން، އޭގެތެރެއިން އަތުވެދާނެ މައިންބަފައިންގެ ޕްރެޝަރވެސް. އޭގެތެރޭގައި އަތުވެދާނެ މުދައްރިސުންގެ ޕްރެޝަރވެސް. ވަކިގޮތަކަށް ބައްޓަންކުރަން، ވަކި ދާއިރާއަކުން ތިޔަކުދިން ޢިލްމު އިތުރަށް ހޯދަން ޕްރެޝަރ ކުރާނެ މީހުން ތިބޭނެ. އެކަމަކު ތިޔަކުދިންގެ އިނަރ ސޯލް މި ކޮންޓްރެޑިކްޓް ކޮށްފާނެ، ގަބޫލުނުވެހިނގައިދާނެ.

އެހެންވީމާ، އެ އުފެދެނީ ޕިއަރ ގްރޫޕް ޕްރެޝަރ. އެ އުފެދެނީ ކޮންމެވެސްގޮތަކަށް އެކޮމަޑޭޓް ކުރަންޖެހޭ މައްސަލައެއް އެ އުފެދެނީ. މިއީ ތިޔަކުދިންނަށް ގޮތެއް ނިންމަން ދަތިކަމަކަށްވެގެން ހިނގައިދާނެ. އަދި ތިޔަކުދިންގެ އުމުރުގައި މިކަން ނިންމުމަކީ އެހާ ފަސޭހަކަމަކަށްނުވެ ހިނގައިދާނެވެސްމެ. [ސްޓީވް ޖޮބްސް] ތިޔަކުދިން އަޑުއަހާނެ. މިކަމާ ބެހޭގޮތުން ސްޓީވް ޖޮބްސްގެ ކޯޓެއްގައި މި އޮންނަނީ،

Don’t let the noise of the others’ opinion, drown out your own inner soul.  

 

އަމިއްލަ ވިސްނުން، އެއްގޮތަކަށްވެސް ދޫނުކޮށްލަން މިބުނަނީ. އިނަރ ސޯލްގެ ކްރައި ދޫނުކޮށްލަން މިބުނަނީ، އެހެން މީހުން ތިޔަކުދިންނާ ދޭތެރޭގައި ކުރާ އުންމީދުތައް، ނޫނީ ތިޔަކުދިންނަށް ހުށަހަޅާ ހުށަހެޅުންތަކާއެކީ. އަބަދުވެސް މިބުނަނީ

Have the confidence to follow your inner soul, Your intuition ކަލޭމެން އަމިއްލައަށް، ބޭނުންވަނީ ކޯޗެއްތޯ މިހާރު އެނގޭ ހިސާބުގައި ތިޔަކުދިން ތިޔަތިބީ. އިނަރ ސޯލަށް، އިނަރ އިންޓިއުޝަނަށް އަބަދުވެސް ޑިޕެންޑްނު ކުރާށޭ. 

  Somehow always your inner soul, your intuition is always right.

އެހެންމީހުންގެ ނޮއިސް

About what you should be doing should not drown out your own thoughts.   

އެހެންވީމާ، ތިޔަކުދިންގެ އިނަރ ގަޓް ފީލިންގއެއް، ތިޔަކުދިންގެ އެޕްޓިޓިއުޑަކީ ކޮބައިތޯ، ތިޔަކުދިންގެ އިންޓްރެސްޓް ހުރީ ކޮންދިމާއެއްގައިތޯ އެނގެން އެބަޖެހޭ. ވެލް ރިސަރޗްޑް ކޯޓްސް މި ހުންނަނީ. މިއީކީ ހަމަ މީހަކު ނިދާލާފައި ތެދުވެ ބުނާ ވާހަކަތަކެއް ނޫން މިހުންނަނީ. މިއީ

 

Several years of experience. Several years of research

އެހެންވީމާ، މިހާރު ތިޔަކުދިން ޑިސައިޑް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި، މި ޕިއަރ ޕްރެޝަރއާއެކީ ނިންމާއިރު އަބަދުވެސް ތިޔަކުދިންގެ 

Gut feeling, inner soul, what your heart is crying out you to do

މިކަމަށް ލިސްންކުރާށޭ. ލިސްންކޮށްގެން ތިޔަކުދިން ކުރިއަށްދާންޖެހެނީ.

އަނެއްބަޔަކީ މިއަދު މަސައްކަތް ހުރިގޮތުން، ނޫނިއްޔާ ޢާއިލާގެ ދިރިއުޅުން ހުރިގޮތުން، ނޫނީ އެކުދިންގެ ފަރދަރ އިންކްލިނޭޝަން ފޮރ ހަޔަރ ސްޓަޑީޒް ނެތުމުގެ ސަބަބުން ނަމަވެސް، ނޫނީ ބްރޭކެއް ނަގަން ބޭނުންވެގެން ނަމަވެސް، ފޯރ ވަޓްއެވަރ ރީޒަން. މިވަގުތަށް އިހަށް ފޯމަލް އެޑިޔުކޭޝަނާ ދުރަށްދާން ބޭނުންވެދާނެ ކުދިންކޮޅެއް. ބޭނުންވެދާނެ ކުދިންކޮޅެކޭ އަހަރެން މިބުނާ ސަބަބަކީ، އެއްގޮތަކުން ވެއްޖިއްޔާ ދިވެހިރާއްޖެއަށް މި އަންނަމުންދާ ތަރައްޤީއަށް ބަލާކަމަށްވަންޏާ، މިއީ ވަރަށް އެކްޒައިޓިންގ ފޭސްއެއް. ވަރަށް އެކްޒައިޓިންގ ފޭސް އޮފް ޑިވެލޮޕްމަންޓް. މީގެކުރީގައި ނުފެންނަ އެތައް ބައިވަރު އާ ކަންތައްތަކެއް އެބައާދޭ. ވަރަށް ޒުވާން އާބާދީއެއް. އަބަދުވެސް އިވޭ އަޑަކީ ތިމަންނަމެން ބޭނުންވެޔޭ ވަޒީފާ. ދިވެހިރާއްޖޭގެ އާބާދީއާއި ދިވެހިރާއްޖޭގައި ނިސްބަތުން ވަޒީފާ ނެތް މީހުންނަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖެއަކީ ވަޒީފާތަކެއް އުފައްދަންޖެހޭ ޤައުމެއްކަން އަހަރުމެން އެންމެން ގަބޫލުކުރަން. އެހެންވީމާ، މުޅިން ނިއު ފޭސް އޮފް ޑިވެލޮޕްމަންޓް އަންނައިރު، މި ޑިވެލޮޕްމަންޓްގެ ތެރޭގައި، ކޮންމެވެސް ހިއްޞާއެއްދޭން ބޭނުންކަމަށް ގަބޫލުކުރެވޭ ކުދިންތަކެއް ތިބެދާނެ. އެކުދިންނަށް މިއަދު އަހަރެން ހަމަ ބުނެލަން ބޭނުންވަނީ މަރުޙަބާއޭ. މަސައްކަތަށް އަންނާށޭ. ބައިވަރު މަސައްކަތްތައް މިހިރީއޭ. މި މަސައްކަތްތަކަކީ މިއަދުގެ ތިޔަ މަތީ ޘާނަވީ ނިންމާފައި ނުކުމެ، ކިޔެވުމާ ތަންކޮޅެއް ދުރަށް، ބްރޭކެއް ނަގަން ހުރި ފުރްޞަތުތަކޭ. މި ފުރްޞަތުތަކަކީ އަހަރުމެންގެ ދަރިންނަށް އަހަރުމެން އުފައްދާ ފުރްޞަތު. މި ފުރްޞަތުތަކަކީ އޭގެ ބޭނުން އެހެން ބަޔަކު ހިފަން އުފެދޭ ފުރްޞަތުތަކެއް ނޫން. އެތައްހާސް ވަޒީފާއެއް، އެތައްހާސް ތަފާތު އެކްސައިޓިންގ ދާއިރާގެ މަސައްކަތްތަކެއް އުފެދިގެންދަނީ. ހަމައެކަނި ޚިޔާލަށްގެނޭ، މިރޭގެ މި މަސައްކަތް، ނޫނީ މިރޭގެ މި ޙަފްލާ ސްޕޮންސަރ ކުރައްވާފައި މިވަނީ ދިރާގުން. އަހަރުމެންގެ ޓެލެކޮމް ކުންފުނިން. ޓެލެކޮމްގެ ދާއިރާއަށް އެކަނި ބެލިކަމުގައިވިނަމަވެސް، އަހަރުމެންގެ ކެޕޭސިޓީ އިންކްރީޒް ވެގެންދާނެވަރު ވިސްނާ، އަހަރުމެން މި އެދޭގޮތަށް ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ އެއަރޕޯޓް ނިމިގެންދާ ދުވަސް. އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކީ، މާ ދިގު އިންތިޒާރަކަށް މިކަން ވެގެނެއްނުދާނެ.  

ފަތުރުވެރިން ދަތުރުކުރާ މިންވަރަށް ބަލާކަމަށްވަންޏާ، މިދައްކަނީ ފައިވް ފޯލްޑް އިންކްރީޒެއްގެ ވާހަކަ. އޯރ ފައިވް ހަންޑްރެޑް ޕަސެންޓް އިންކްރީޒްގެ ވާހަކަ. ޓުއަރިޒަމްގެ ވާހަކަ އަހަރުމެން ހުރިހާ އެންމެން އެބަ ދައްކަން. ޓުއަރިޒަމަކީ ދިވެހިރާއްޖެއަށް އާމްދަނީ ހޯދައިދޭ އެންމެ ވަރުގަދަ ވަސީލަތް. އެންމެ ވަރުގަދަ ޞިނާޢަތް. އެ ދާއިރާއިން ލިބޭ ލާރީގައި ސަރުކާރުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކެއް މިރޭވެސް އިޢުލާނުވެގެން މިދިޔައީ. އަދި ހަމަ އެ ދާއިރާއިން ލިބޭ ފައިސާގެ ތެރެއިން މަތީ ތަޢުލީމުގެ ވަސީލަތްތައް، ދުނިޔޭގެ އެކި ޔުނިވަރސިޓީތަކުގައި އަހަރުމެންނަށް ހުޅުވިގެން މިދަނީ. ބޭރު ޤައުމުތަކުން، އަހަރުމެންނަށް އެހީވާ ޤައުމުތަކުން ޝައްކެއްވެސްނެތްގޮތުގައި ސްކޮލަރޝިޕް ލިބޭ. އެކަމަކު އެ ސްކޮލަރޝިޕަކީ މިއަދު މި ނުކުންނަ ކުދިންގެ އަދަދަށް ބަލާއިރު، އެންރޯލްމަންޓަށް ބަލާއިރު، ބާރަހާސް ކުދިންގެ އެންރޯލްމަންޓްގެ ވާހަކަ ދައްކާ ކަމަށްވަންޏާ، މަތީ ޘާނަވީއަށް، އެވަރުގެ އެންރޯލްމަންޓަކަށް ބަލާކަމަށްވަންޏާ، އަހަރުމެންނަށް ޤައުމަކުން ލިބޭ 10 ސްކޮލަރޝިޕް، އަނެއް ޤައުމަކުން ލިބޭ 30 ސްކޮލަރޝިޕް، ޓޯޓަލީ އިންއެޑިކްއޭޓް. އެއެއް ނުފުދޭ. އެހެންވީމާ، ބޮޑުބައެއް މި ހޭދަކުރަންޖެހެނީ މައިންބަފައިންނާއި ދައުލަތުން. ހޭދަކުރާއިރު، ދައުލަތުން ކުރާ ވަރަށްގިނަ ހޭދަ މިދަނީ ރާއްޖޭގައި އުފެދިފައި ހުރި ޔުނިވަރސިޓީތަކުގައި ކުދިންނަށް މަތީ ތައުލީމުގެ ފުރްޞަތު ދެވޭތޯ. އަދި އެޔާއެކީ މިރޭ ރަންވަނަ ހޯދި ކުދިންނަށް، ޝައްކެއްވެސްނެތްގޮތުގައި އެއީ ވަރަށް ޚާއްޞަ ދަރިވަރުންކޮޅެއް. އެކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް، ނޫނީ އެނޫން އެހެން ފެންވަރެއްގެ ކުދިންނަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ސަރުކާރުން ހުށަހަޅާ ސްކޮލަރޝިޕް، މިކަހަލަ ސްކޮލަރޝިޕްތައް ލިބިގެންދާނެ. 

 ޚިޔާލަށް ގެންނަންވީ، ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމެކޭ. ދިވެހިރާއްޖެއަށް އާމްދަނީ ލިބޭ ވަސީލަތްތައް ވަރަށްމަދޭ. މިއަދު މިކަހަލަ ޚިޔާލުކުރާ ހިސާބުގައި ތިބި ކުދިން ތިޔަކުދިންނަކީ. މަންމައިންނަށް، ބައްޕައިންނަށް، މައިންބަފައިންނަށް ހުރިހާ ކުދިންނަކީވެސް، ކޮންމެ އުމުރަކަށްދިޔަނަމަވެސް ކުޑަކުދިން، ދަރިން. މައިންބަފައިން ގަބޫލުނުކޮށްފާނެ، މިކަންކަމާ ދޭތެރޭގައި ކުދިން މާބޮޑަށް ޚިޔާލުފާޅުކުރަން، ޚިޔާލުބަދަލުކުރަން. އެކަމަކު ދައުލަތުގެ ކުރިމަތީގައި، ރައްޔިތުންގެ ކުރިމަތީގައި، މަތީ ޘާނަވީ ނިންމައިގެން ތިޔަކުދިންގެ އުމުރުން ޓީން ފަހަނަޅައިދާއިރު، ހޯމޯނަލް އިމްބެލަންސަސްގެ ދައުރު ފެށިގެންދާއިރު، ޔޫ އަރ ނޮޓް ކިޑްސް އެނީމޯރ. މިހާރު ހޭލަންވީ ޙަޤީޤީ ދުނިޔެއަށް. މިހާރު ހޭލަންވީ ޒިންމާއުފުލާ ދުނިޔެއަށް. މިހާރު ހޭލަންވީ މަސައްކަތް ކުރަން. މިހާރު ހޭލަންވީ އެހެން މީހުންނަށް އެހީތެރިވާން. މިހާރު ހޭލަންވީ ޤައުމުގޮވާ ކަންކަމަށް އިޖާބަދީ، ޤައުމީ ޚިދުމަތަށް. މިހާރު ހޭލަންވީ އާމްދަނީ ހޯދައިގެން، ޒަވާޖީ ޙަޔާތެއް ފަށަން ބޭނުންކަމަށްވަންޏާ، ޒަވާޖީ ޙަޔާތެއް ފެށުމާއެކީ، ދަރިން ތަރުބިއްޔަތު ކުރުމަށް ރަނގަޅު ޖީލެއް އުފައްދަން. އެ އޭޖްގައި ތިޔަތިބީ. އެހެންވީމާ، ޔޫ އަރ ނޮޓް ކިޑްސް ބައި އެނީ މީންސް. ތިޔަކުދިންނަކީ އަހަރުމެންގެ މުސްތަޤްބަލް. އަހަރުމެންގެ ޝަރަފް. އަދި އަހަރުމެން ތިޔަކުދިންނާ ދޭތެރޭގައި ދެކޭ އުންމީދުތަކާއި، ކުރާ އިންތިޒާރުތައް ފޮނި.  

އެހެންވީމާ، ތިޔަކުދިންގެ ކައިރީގައި މިއަދު ބުނަން ބޭނުންވަނީ، ތިޔަކުދިންނަކީ ރާއްޖޭގައި ހިނގާ އޮއިވަރާ ދޭތެރޭގައި ވިސްނަންޖެހޭ ކުދިން. އެއީ މި ރާއްޖޭގައި ހިނގާ އޮއިވަރަށް ބަދަލެއް ގެނައުމަށް މަޤްބޫލުކަން ތިޔަކުދިންގެ ކިބައިގައި ހުރީމަ، ޤާބިލުކަން ތިޔަކުދިންގެ ކިބައިގައި ހުރީމަ، ޙާލަތު ބަދަލުކުރުމުގެ ފުރްޞަތު ތިޔަކުދިންގެ އަތްމަތީގައި އޮތް ކަމަށް ތިޔަކުދިން އެބަ ގަބޫލުކުރަންޖެހޭ. އޭގެ މާނަޔަކީ އެއްގޮތަކަށްވެސް މި ދައްކަނީކީ ސިޔާސީ ވާހަކައެއް ނޫން. އަހަރުމެންގެ ޙާލަތު ބަދަލުކުރުމުގެ ވާހަކަ ދައްކާއިރު، ރާއްޖޭގައި ހިނގާ އޮއިވަރަށް ބަލާކަމަށްވަންޏާ، އެންމެ ގިނަ ޒުވާން ކުދިން ޝިކާރަވެގެންދަނީ މަސްތުވާތަކެތީގައި ކަމަށްވަންޏާ، ތިޔަކުދިންނަކީ ފުރަތަމަ ކަމަކަށް މަސްތުވާތަކެއްޗާ ދުރުގައި ތިބޭ ކުދިންނަށްވާންޖެހޭ. ދެވަނަކަމަކަށް، މަސްތުވާތަކެތި ނަގާ މީހުންނަށްވެސް ނޫނެކޭ ބުނަންޖެހޭ ކުދިންނަށްވޭ. ތިންވަނަ ކަމަކަށް، ތިޔަކުދިންނަކީ އެކަން ހުއްޓުވަން ނަޞޭޙަތްތެރިވާ ބަޔަކަށް އެބަވާންޖެހޭ. ތިޔަކުދިންގެ ތެރޭގައި ރޯލް މޮޑެލްސް ތިބޭނެ. ތިޔަކުދިންގެ ތެރޭގައި ކަލޭމެން ކަހަލަ ޒުވާން އެހެން ކުދިން ގަބޫލުކުރާ ކެރެކްޓަރސް ތިބޭނެ. ޝަޚްޞިއްޔަތުތަކެއް ތިބޭނެ. އެހެންވީމާ، ޒިންމާތަކެއް އެބަ ފެށޭ. ހަމައެގޮތަށް ރާއްޖޭގައި ހިނގާ އޮއިވަރާ ދޭތެރޭގައި ވިސްނަންޖެހޭ ކަމަކީ، މިއީ އަހަރުމެން ވަކިބަޔަކު އުޅޭ ދިވެހިރާއްޖެއެއް ނޫން. މިއީ އަހަރުމެން ހުރިހާ ދިވެހިންގެ ދިވެހިރާއްޖެ. ދިވެހިރާއްޖެއަށް އަންނަ ކޮންމެ ބަލިމަޑުކަމަކީ އަހަރުމެން އެ އިޙްސާސްކުރާ ކަމެއް. ދިވެހިރާއްޖެއަށް ލިބޭ ކޮންމެ އުފަލަކީ، ކޮންމެ ފަޚްރަކީ، އެ ފަޚްރުގައި އަހަރުމެން ބައިވެރިވާ ފަޚްރެއް.  

މިރޭ އަހަރުމެން އެންމެން މި އުފާވަނީ ތިޔަކުދިން ތިޔަ ގެނެސްދިން ރަން ވަނަތައް ޚިޔާލަށް އަންނާތީ. ހަމަ އުފާވާ ފަދައިން، ދައުލަތަށްވެސް ދަތިކަން އިޙްސާސްކުރަންޖެހޭ. އުނދަގޫ ބަރުދާސްތު ކުރަންޖެހޭ ކަންކަން ހުންނާނެ. އެކަންކަމުގައި ތިޔަކުދިންގެ ދައުރެއް އޮންނާނެ، ޝައްކެއްވެސްނެތް. އެހެންވީމާ، ރާއްޖޭގައި ހިނގާ އޮއިވަރާ ދޭތެރޭގައި ވިސްނަންޖެހޭ ސަބަބަކީ، ހަމަ މިދެންނެވި ގޮތަށް، މި މުޖުތަމަޢަކީ ތިޔަކުދިންވެސް ނޭވާލައި، އެ މުޖުތަމަޢުގެ ތެރޭގައި ޙަރަކާތްތެރިވާ ކުދިންނަށް ތިޔަކުދިންވާތީ. ކަލޭމެންގެ އަވަށްޓެރިން. އެއް ގެ އަނެއް ގެ މި ހުންނަނީ ކުޑަދޮރުން ގުޅިފައި. ބެލްކަނިން ގުޅިފައި. އެހެންވީމާ، އެއް ގެއެއްގައި ހިނގާ ކަންކަމުން ވާއުނދަގޫ ހަމަގައިމުވެސް އިޙްސާސް ކުރެވޭނެ. ހަމަގައިމު ތަންކޮޅެއް ދުރުން ތިލަފުށީގައި ކުނި އަންދާކަމަށްވަންޏާ، މާލެއަށް ދުމުގެ އަސަރު ހުރޭ. އެހެންވީމާ، އަވަށްޓެރިންގެ ތެރޭގައި ހިތްނުތަނަވަސްކަން އުފެދޭ ކަންކަން ހުރި ކަމަށްވަންޏާ، ނޫނީ ކަނޑައެޅިގެން ވިޔާނުދާ ކަންތައްތަކެއް ހިންގާ ކަމަށްވަންޏާ، ކީއްވެގެން އޭޒް އަ ނޭބަރ، އުނދަގޫނުވާންވީ. އޭޒް އަ ކޮންސިއެންޝަސް ޕަރސަން، އުނދަގޫނުވާންޖެހޭ އެއްވެސް ސަބަބެއް ނެތް. އެހެންވީމާ، ރާއްޖޭގައި ހިނގާ ކޮންމެ ނޭދެވޭ އޮއިވަރަކީ، ތިޔަކުދިން އެ އޮއިވަރާ ދޭތެރޭގައި ވިސްނައި، އެ އޮއިވަރުގައި ނުޖެހި، އެއަށްވުރެ ޒިންމާދާރުކަމާއެކީ ތިޔަކުދިންގެ މަސައްކަތާއިގެން ކުރިއަށްދާންޖެހޭ ބަޔަކަށްވާން އެބަޖެހޭ. އަހަރުމެން އެންމެން، މައިންބަފައިން އަހަރުމެންގެ ކިބައިން އެކްސްޕެކްޓްވަނީ، މަތީ ތަޢުލީމު ހަމަ ހާސިލުކޮށްގެން ކޮންސިއެންޝަސް ފުލް ޕެކޭޖަކަށްވާން. ހޯލްސަމް ޕަރސަންއަކަށްވާން. ހަމައެކަނި ފޮތް ގިރާލައިގެން ނުކުންނަ ނަރޑަކަށްވާކަށް ނޫން މައިންބަފައިން އެކްސްޕެކްޓް ކުރަނީ. މައިންބަފައިން އެކްސްޕެކްޓް ކުރަނީ ހޯލްސަމް ޕީޕަލްއަށްވާން. މައިންބަފައިން އަހަރުމެން ސްކޫލަށް ވައްދާފައި ނެރެނީކީ އެއްގޮތަކަށްވެސް ފެކްޓްރީ އައުޓްޕުޓަކަށް ހަދާކަށްވެސް ނޫން. ވީ އާރ ނޮޓް ސްޓީރިއޯޓައިޕްސް. ކޮންމެ ކުއްޖެއްގެ ތަފާތު ކެރެކްޓަރިސްޓިކްތަކާއި، އެކުއްޖެއްގެ ތަފާތު ވިސްނުމާއި، އަދި އެކުއްޖެއްގެ ތަފާތު އިންކްލިނޭޝަނާއި، އަންނަ ބަދަލުތަކާއެކީ ކޮންމެ ކުއްޖަކީ ތަފާތު މީހެއް. އެހެންވެގެން ރާއްޖޭގައި ހިނގާ އޮއިވަރާ ދޭތެރޭގައި ކުދިން ވިސްނަންޖެހެނީ.  

ފަހަރެއްގައި މިކަން އެހާ ބަލައިގަންނަން މައިންބަފައިންނަށް ފަސޭހަ ކަމަކަށްނުވެދާނެ. އެކަމަކު މިވަގުތު ކުދިންނަށް ކޮންމެވެސް އެއްޗެއް ބުނަން، ހުރި މަޤާމުގައި ބުނެވޭވަރުގެ ހިސާބެއްގައި ހުރީމަޔާއެކީ، އަޅުގަނޑު ތިޔަ ހުރިހާ ކުދިންނަށް އިލްތިމާސް ކުރަނީ، ރާއްޖޭގައި ހިނގާ އޮއިވަރާ ދޭތެރޭގައި ވިސްނާށޭ. މި ރާއްޖެއަކީ އަހަރުމެންގެ ސުވަރުގެ. މި ރާއްޖެއަކީ އަހަރުމެންގެ އަމާން، އަހަރުމެންގެ ރީތި ރަށް. މި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކަކީ ހަމައެކަނި ފަތުރުވެރިން ޒިޔާރަތްކުރާ ގޮނޑުދޮށްތަކެއް ނޫން. މި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި، މި ގޮނޑުތަކުން ލިބޭ ހިތްފަސޭހަކަމާއި، ރާއްޖޭގެ ރީތި ވަޔާއި، ރާއްޖޭގެ ނަލަކަން، ނަލަކަންމަތީ މި އޮންނަނީ، ރާއްޖޭގައި ހަމަޖެހުން އޮވެގެން. ރާއްޖޭގައި ހަމަޖެހުމުގެ ތެރޭގައި ހުންނަ ކަންކަމާއި، ހަމަޖެހުން ނަގާލާ ކަންކަން، އަހަރުމެންގެ ޚިޔާލަށް އަންނަންވާނެ. އެއްވެސް ތަނަކަށް ހަމަޖެހުމެއް ނާންނާނެ، ހަމަނުޖެހުމުގެ ތެރެއަކުންނެއް. އެއީ ގޯސް ވާހަކައެއް. އެއީ ހަމަ އޭގެ ޒާތުގައި ކައުންޓަރއިންޓިއުޓިވް ވާހަކައެއް އެއީ. ހަމަޖެހުމެއް ނާންނާނެ، ހަމަނުޖެހުމެއް އުފައްދައިގެނެއް. ހަމަޖެހުން އަންނާނީ، ހަމަޖެހުން ދަމަހައްޓައިގެން. އެހެންވީމާ، މިހެންހުރި ކަންތައްތަކާ ދޭތެރޭގައި ތިޔަކުދިން މިއަދު ވިސްނަންޖެހެނީ މި ސަބަބަށްޓަކައި.

 ކިޔަވަންދާއިރު އަބަދުވެސް ޚިޔާލުގައި ހުންނާނެ، އެނބުރި އައިސް އަހަރުމެންގެ ތެރެއިން ގިނަ ކުދިންނަކީ މުޖުތަމަޢަށް، ނޫނީ އަހަރުމެންގެ ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރާ ބައެކޭ. މާދަމާ މި ޕޯޑިއަމްގައި ހަމަ މި މަޤާމުގައި ހުރެގެން ވާހަކަ ދައްކާނީ، ތިޔައިގެތެރެއިން ކޮންމެވެސް އެއްކުއްޖެއް. ތިޔައިގެތެރެއިން ކޮންމެވެސް އެއްކުއްޖަކު ވާހަކަ ދައްކާނީ. ޝައްކެއްވެސްނެތް، އެދުވަހު ތިޔަކުދިންގެ ޚިޔާލަށް އަންނާނެ، ކިހާވަރެއްގެ ޒިންމާއެއް އުފުލުމަށް ރައްޔިތުން، ނޫނީ އަހަރުމެންގެ ޕިއަރ ގްރޫޕް އަހަރުމެންނާ ދޭތެރޭގައި ދެކޭކަން. އަބަދުވެސް ވިސްނަންވީ ތިޔަކުދިން މަތީ ތަޢުލީމު ހާސިލުކުރަންދާއިރު، އަބަދުވެސް ގަބޫލުކުރޭ، ތިޔަކުދިންގެ ޙަޔާތުގެ އެންމެގިނަ ވަގުތު ތިޔަކުދިން ހޭދަކުރަނީ ކާކާއެކީ؟ ހަމަ ކޯޓެއް މި ގެންނަނީ. މިއީވެސް ހަމަ މިކަހަލަ ރިސަރޗްކޮށްފައި ހުރި، މަސައްކަތް ކޮށްފައި ހުރި މީހެއްގެ ކޯޓެއް މި ގެންނަނީ. ތިޔަކުދިން ގިނަވަގުތު ހޭދަކުރަނީކީ ތިޔަކުދިންގެ ކޮމްޕޭނިއަންއާއެކީއެއް ނޫން. އެއީ ގޯހެއް. ތިޔަކުދިންގެ ގިނަ ވަގުތު ހޭދަކުރަނީ ތިޔަކުދިންގެ ނަފްސާއެކީ. ތިޔަކުދިންގެ ގިނަ ވަގުތަކީ، ތިޔަކުދިންގެ އަމިއްލަ ސޯލް، ނޫނީ ތިޔަކުދިންގެ އަމިއްލަ ސިކުނޑީގައި ހިނގާ ތަފާތު ޚިޔާލުތައް ބެލެންސް ކުރަން ތިޔަކުދިން ހޭދަކުރާ ވަގުތު. އެކިވައްތަރުގެ ޚިޔާލު، ސިކުނޑީގެ ތެރޭގައި އެނބުރި ފައިބައިގެންދާނެ. އެހެންވީމާ، 

Most of your life you spend with yourself. So you have to start liking yourself. If you don’t like yourself, you are living with somebody else a person you hate

މިއީއެއް ނޫން ތިޔަކުދިން ބޭނުންވާ ކަމަކީ. ތިޔަކުދިން މިއަދު ޢަޒުމު ކަނޑައަޅަންވީ މިހާރުގެ ބަހުން ތިޔަކުދިން ބުނާކަމަށްވަންޏާ، ވަރަށް ޕަމްޕްއަޕްވެފައި ތިބޭނީ މަތީ ތަޢުލީމު ހާސިލުކޮށްގެން، މަތީ ވަނަތަކެއް ލިބުނީމަ. އެހެންކަމަށްވަންޏާ ގަބޫލުކުރަންޖެހޭނެ ސެލްފް ކޮންފިޑެންސް. ސެލްފް ކޮންފިޑެންސަކީ އެންމެ މުހިންމު ކަންތައް. މަތީ ތަޢުލީމު ހާސިލުކުރަންދިޔަސް، އަދި ވޮކޭޝަނެއް ޗޫޒްކުރަންވިޔަސް، އަދި މަސައްކަތެއް ކުރަން ބޭނުންވި ކަމުގައިވިނަމަވެސް، އަމިއްލަ ނަފްސަށް އިތުބާރުކުރާށޭ. ކުރީގައި ދެއްކީ އިނަރ ސޯލްއަށް، އިންޓިއުޝަނަށް ލިސްންކުރާ ވާހަކަ. މިހާރު މި ދައްކަނީ ގަޓްސީވާށޭ. ކަލޭމެން އަމިއްލައަށް ސެލްފް ކޮންފިޑެންސް ބިލްޑްކުރާށޭ.

 If you are not going to help yourself, nobody else would help you.  

އަބަދުވެސް މިކަމަށް ވިސްނާ! ފޭލިއަރގައިވެސް. ފޭލިއަރއަކީ އެހެން މީހުންގެ ރާޑަރގައި ޖަސްޓް އަ ބްލިޕް. ފާސަސް ގޯޒް. ސްޕޮޓްވާނެ ދިޔައީ. But a person who has failed forever އޭނަގެ ސިޓުއޭޝަން ބެޓަރ ކުރަންދެން he knows that he is been a failure.  ކޮމްޕެޓެޓިވް ވަރލްޑެއްގައި، ރެޓްރޭސްއެއްގައި ފެއިލިއަރޒްއަކަށް ޖާގައެއް ނޯންނާނެ. އަބަދުވެސް ބެޓަރކުރަން މަސައްކަތް ކުރަންޖެހޭނީ. އެހެންވީމާ، ސެލްފް ކޮންފިޑެންސް ބިލްޑް ކުރަންޖެހެނީ މިހާރު. މިހާރު މަންމައިންނާއި ބައްޕައިންގެ ހިޔާވަހިކަމުގެ ދަށުން ދުރަށްދަނީ. ޔުނިވަރސިޓީއަށް ގޮސް އުޅޭއިރަކު، މަތީ ތަޢުލީމު ހާސިލުކުރަން ބޭރުގެ ޔުނިވަރސިޓީތަކަށް ގޮސް އުޅޭއިރު،

   You don't consult with your mum every day

ކޮންމެ ދުވަހަކު އަންނާނީ މަންމަ ދެކޭކަށްނޫން. ބައްޕައެއް ނުހުންނާނެ އެޑްވައިސް ކުރާކަށް. ބައިވަރު ކަންތައް. ބައިވަރު ކަންތައް. ޘަޤާފަތްތައް. އެޓް ކްރޮސްރޯޑްސް. ދާ ޔުނިވަރސިޓީގައި، ޢަރަބިން، އިސްލާމުން، އެހެން ދީންތަކުގެ މީހުން، އެހެން ދައުލަތްތަކުގެ މީހުންނާ އަބަދު ތިޔަކުދިންނާ ދިމާވާނެ. ވަރަށްގިނަ ތަފާތު ކަންތައްވެސް ފެނިގެންދާނެ.

  Very good eye-opener, but at the same time

ބައިވަރު ކަންތައްތަކެއް ބެލެންސް ކުރަންޖެހޭ ފުރުޞަތެއް ލިބިގެންދަނީ. އެހެންވީމާ، ސެލްފް ކޮންފިޑެންސް ބިލްޑް ކުރަންޖެހޭ ސަބަބު މިބުނަނީ. ސެލްފް ކޮންފިޑެންސް ނެތްކަމަށްވަންޏާ،

If you don’t like what you are doing, you always living with your enemy. You not living with a person you like

އެހެންވީމާ، މިއަދު މިއީ ސެލްފް ކޮންފިޑެންސަސް ޑިވެލޮޕް ކުރަންޖެހޭ ދުވަސް.

އެހެންވީމާ، އެއްކަމަކީ އިނަރ ސޯލްއަށް، ކަލޭމެންގެ އިންޓިއުޝަނަށް ލިސްންކުރަން އެބަޖެހޭ. ދެވަނަކަމަކީ، ގަބޫލުކުރޭ، You are mature yet young adults. ތިންވަނަ ކަމަކަށް ސެލްފް ކޮންފިޑެންސް ބިލްޑް ކުރަން މިއަދު އެބަ މަސައްކަތް ކުރަންޖެހޭ. ކުރާ ކޮންމެ ކަމެއްގައި

You have to be self-confident about yourself, about your capacity, about your aptitude

ކޮންމެ ކަމެއްވެސް ކުރެވޭނެ ކަމަށް ގަބޫލުކުރޭ. އަދިވެސް އެހެން ކޯޓެއް އޮވޭ. މިއީ ޑޮކްޓަރ ކަލާމްގެ ކޯޓެއް. ކޮންމެ ސަކްސަސްފުލް އަންހެނެއް، ފިރިހެނެއްގެ ފަހަތުގައި މި އޮންނަ ކޮންސެޕްޓަކީ،

Total dedication, total commitment to whatever you may be doing. Totally committed, totally dedicated to whatever you may want undertake. That brings success. Every successful person be it a man or woman

ކޮމަން ޑިނޯމިނޭޓަރއަކީ ޓޯޓްލް އެންޑް އަޕްމޯސްޓް ކޮމިޓްމަންޓް. އެހެންވީމާ، ކުރާ ކަމެއް، ކިޔެވި ކަމުގައިވީނަމަވެސް، ފުލް ކޮމިޓްމަންޓާއެކީ އެކަންކުރޭ. ހާފް ހާޓަޑްކޮށް ކުރާ އެއްވެސް ކަމެއްގައި ނަތީޖާ ނުނިކުންނާނެ. އެހެންވީމާ، މިއީ ޔުނިވަރސިޓީއަށްދާއިރު، ނޫނީ އޭޒް ޔަންގް އެޑަލްޓްސް، އާ ފޭސް އޮފް ލައިފް ފަށާއިރު ކަލޭމެން ވިސްނަންހުރި ކަންތައްތައް. ރާއްޖޭގައި ބޭނުންވާ ކަންތައްތަކަށް ބަލާކަމަށްވަންޏާ ހަމަ ޓޯޓަލީ އެކްސައިޓިންގ ޓްރާންސްފޮމޭޝަނަކަށްދާ އޭޖެއްގައި ރާއްޖެ މިހާރު މިއޮތީ. ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަކީ ހަމައެކަނި މީހުންގެ ވިސްނުމަށް އަންނަ ބަދަލުތަކެއް ނޫން. ރާއްޖެއަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި އަހަރުމެންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅުކުރަން އަންނަ ބަދަލުތައް އެބައާދޭ. ދިރިއުޅުމުގެ ކަންކަން ރަނގަޅުކުރަން އަންނަ ބަދަލުތަކަކީ، އޭގެ ޒާތުގައި އަހަރުމެންނަށް ފޯސްޑް އަޕޯން ހުރި ބަދަލުތަކެއް. މިހުރިހާ ޒުވާނުން ނުކުމެގެން އަންނަ ކަމަށްވަންޏާ، ޕްލޭނަރެއްގެ މޭޒުގައި އޮންނާނެ އެންމެބޮޑު މައްސަލައަކީ، ތިޔަ ހުރިހާ ޒުވާނުންނަށް ވަޒީފާ ލިބޭނީ ކިހިނެއްހޭ؟ ވަޒީފާ އުފައްދާނީ ކިހިނެއްހޭ؟ އަހަރުމެން ސަރުކާރު ހިންގަން އެކި ރައްޔިތުން ކައިރީގައި ވާހަކަ ދައްކަމުންދިޔައިރު، އަހަރުމެން އޮފަރ ކުރިން، އަހަރުމެންގެ ސަރުކާރެއްގައި ފަސް އަހަރު ނިމިގެންދާއިރު، ނުވަދިހަ ހަތަރުހާސް ވަޒީފާ އުފައްދާނަމޭ. މިހާރުގެ އެސްޓިމޭޓުން 94 may be a little too short. އެއަށްވުރެވެސް ގިނަ ވަޒީފާ އުފައްދަން އެބަޖެހޭ. ވަޒީފާއަކީ އޭގެ ޒާތުގައި ހުރެގެން އުފެއްދޭނެ އެއްޗެއް ނޫން. ވަޒީފާއަކީ އޭގެ ޒާތުގައި ހުރެގެން އުފެދޭނެ އެއްޗެއް ނޫން. ވަޒީފާގައި އޭގެ ޒާތުގައި އުފެދޭނެ އެއްޗެއް ނޫން. ވަޒީފާއަކީ  outcome of an economic activity

ވަޒީފާޖެހޭނީ އުފައްދަން. ވަޒީފާ އުފެއްދުމަށް ބޭނުންވާ އިޤްތިޞާދީ ޙަރަކާތްތައް އަހަރުމެންޖެހޭނީ އުފައްދަން. އެއަރޕޯޓެއް ހަދާފައި، މިހާރުގެ އެއަރޕޯޓުން ހެންޑްލްކުރާ ޕެސެންޖަރުންގެ އަދަދަށްވުރެ ފަސްގުނަ އިތުރުވެގެންދާ ކަމަށްވަންޏާ، އެޓް ދަ ލީސްޓް، މި ދައްކަނީ ހަމަގައިމުވެސް މިހާރުގެ އެއަރޕޯޓްގައި ތިބި މުވައްޒަފުންގެ އަދަދަށްވުރެ އެތައްހާސް ވަޒީފާއެއް އިތުރުވެގެންދާ ވާހަކަ. ދެން މިގެންނަ އިޤްތިޞާދީ އެހެން މަޝްރޫޢުތަކުގެ ވާހަކަ ދައްކާ ކަމަށްވަންޏާ، މި ދައްކަނީ ހަމަ ވަޒީފާ އުފައްދަން އިޤްތިޞާދީ މަޝްރޫޢުތަކެއް އުފައްދާ ވާހަކަ. އަދި ރާއްޖޭގެ އެކި ހިސާބުގައި ހޮސްޕިޓަލްތައް އެޅިގެން، ހޮސްޕިޓަލް ފުޅާވެގެންދާ ކަމަށްވަންޏާ، އެ ދައްކަނީ އެތައް ބައިވަރު ވަޒީފާއެއް އުފައްދާ ވާހަކަ. ކިޔަވާއިރު، މައިންބަފައިންގެ ހިޔާވަހިކަމުގައި ތިބޭއިރު، ތިމަންނައަށް ވަޒީފާއެއް ލިބޭނެތޯ އެއީ އެއްވެސް ކުއްޖަކު ވިސްނާނެ ކަމެއްނޫން. އެކަމަކު ޔުނިވަރސިޓީއަށް އެޓެންޑް ކުރަންދާއިރު، އަބަދުވެސް ތިޔަކުދިންގެ ޕްރީ އޮކިއުޕޭޝަނަކަށް، ތިޔަކުދިންގެ އެންކްޝަޝްނަސް، އެންޓައިޓީ އޮތް ކަމަކަށް ވެގެން އަންނާނީ، ނިމިގެން އަންނައިރު ތިމަންނައަށް ކިހާވަރެއްގެ ވަޒީފާއެއް ލިބޭނެތޯ؟ މިއަދުގެ ޙަޤީޤަތަކީ ޔުނިވަރސިޓީން ފަސްޓް ޑިގްރީ ހަދައިގެން އަންނަ ކުދިން، ސަރުކާރުން ނޫނީ ކުންފުންޏަކުން އިޢުލާނު ކުރީމަ، ވެއިޓް ލިސްޓްވެފައި އެބަތިބޭ، އިންޓަރވިޔުއަކަށް ގޮވަންދެން، ތްރީ މަންތްސް، ފޯރ މަންތްސް. އިންޓަރވިއުގެ ސްލޮޓް ލައިން 80. އިންޓަރވިޔުއަށް ދަނީ ވަރަށްބޮޑު އެކްސްޕެކްޓޭޝަނަކާއި، އެންޓިސިޕޭޝަނަކާއެކީ. But a very nervous person  

އިންޓަރވިއު ނިމިގެން އަންނައިރު، ޔަޤީންކަމެއް ނޯވޭ، ސްލޮޓް ލައިންގައި 80 ވަނައިގެ ކިއު ނަންބަރުގައި އޮވެގެން ތިމަންނައަށް އެ ވަޒީފާ ލިބޭނެކަމެއް. އާޚިރުގައި ވެގެންދަނީވެސް އެހެން. Unfortunately the person is turned down އެއީ މިއަދުގެ ކޮމްޕެޓިޝަން ރާއްޖޭގައި އޮތްވަރު. އެހެންވީމާ، ވަޒީފާ އުފެއްދުމަކީ ދައުލަތަކަށް ކުރަން މަޖުބޫރު ކަމެއް. އެކަމަކު ވަޒީފާ އުފައްދާއިރު، ތިޔަކުދިން ޔުނިވަރސިޓީއަށްދާއިރު، ތިޔަކުދިންގެ ޕްރީ އޮކިއުޕޭޝަނަކަށް، ތިޔަކުދިންގެ އެންޒައިޓީއަކަށްވެސް ވެގެން އަންނާނީ، ތިމަންނަ ނިމިގެން އަންނައިރު، ތިމަންނަ ނިމިގެން އަންނައިރު ތިމަންނައަށް ކިހާވަރެއްގެ ވަޒީފާއެއް އަންނާނެތޯ؟ ފަސްޓް ޑިގްރީ ހަދައިގެން އައިމަ، ހަމަ ކެޕްގައި ފެދަރ ޖަހައިގެން އަންނާނީ ކޮންމެ ކުއްޖަކުވެސް. ކޮންމެ ވަޒީފާއެއް ގަބޫލެއްވެސްނުކުރާނެ. ގަބޫލެއް ނުކުރެވޭނެ. ގަބޫލުކުރާކަށްވެސް ނުޖެހޭކަންނޭނގެ. އެކްސްޕެކްޓޭޝަންތަކެއް ހުންނާނެ. އާފްޓަރއޯލް މިހާވަރަށް ކިޔަވާފައި، ދެން ޔުނިވަރސިޓީން ރަންވަނަ ހޯދައިގެން އައިމަ،

 Cerrtainly you are entitled to have your expectations.

އެ އެކްސްޕެކްޓޭޝަން މީޓްކުރާ ކަމަށްވަންޏާ، ކޮންމެވެސްބަޔަކު އެބަޖެހޭ ވަޒީފާ އުފައްދައިދޭން. އެހެންވީމާ، މިތަނުން އަހަރުމެންގެ އިކޮނޮމިކް މިނިސްޓަރ، ނޫނިއްޔާ އިންފްރާސްޓްރަކްޗަރ މިނިސްޓަރ ވަޒީފާ އުފައްދަން އެހާ މަސައްކަތް ކުރައްވަނީ. ނޫނީ ޓުއަރިޒަމް މިނިސްޓަރ. I shouldn’t forget him.  އެހާބޮޑަށް ވަޒީފާ އުފައްދަން މަސައްކަތް ކުރަނީ ތިޔަކުދިންގެ ޙައްޤުގައި. 

އެހެންވީމާ، މިއަދު އަހަރުމެން ރާއްޖޭގައި ހިނގާ އޮއިވަރާއި، ރާއްޖޭގައި އަރބަން ޕްލޭނިންގ، ނޫނިއްޔާ ރާއްޖޭގައި ޑިމޮގްރަފިކްސްއަށް އަންނަ ބަދަލު، މިކަންކަން އަހަރުމެން ގަބޫލުނުކުރާ ކަމަށްވަންޏާ، ނުދަންނަ ކަމަށްވަންޏާ އަދި ތިޔަކުދިން މީގައި ކޮންމެވެސް ދައުރެއް އަދާނުކުރާ ކަމަށްވަންޏާ، ވަރަށް ޑިފީޓިންގ މަސައްކަތެއް މި ކުރެވެނީ. ފޮތުން ކުރިއަށްދިޔުމާއެކީ، އެޕްލައި ކުރަން އެބަޖެހޭ. އެޕްލިކޭޝަން އެބަ އެނގެންޖެހޭ.  

އެހެންވީމާ، ތިޔަކުދިންނަށް މިރޭވެސް ހަމަ ދޭން އޮތް ނަޞޭޙަތަކީ، ޔޫ ތިންކްސް، އެއްކަމަކަށް އަބަދުވެސް ބައިވަރު ޗެލެންޖަސް ހުންނާނެ. މިހާރު ފެދަރބެޑްގައި ނިދާ ދުވަސް ނިމުނީ. މިހާރު ދެން ތިޔަ ނުކުންނަނީ ރިއަލް ލައިފަށް. ރިއަލް ލައިފްގައި އެޑިޔުކޭޝަނާއި، އެހެން ކަންކަމަށްދާއިރު، you are fighting with your own balances. ކެމިކަލް ބެލެންސްތަކާ ތިޔަ ފައިޓްކުރަނީ.

You have so much more burning passions, burning desires. އެޔާއެކީ ޑިސްޓްރެކްޓްނުވެ މަތީ ތަޢުލީމު ހާސިލުކުރަން ތިޔަކުދިން ބޭނުންވާނެ. އެހެންވީމާ، އެއީކީ ކުޑަކަމެއް ނޫން. We’ve all been there  ކޮންމެވެސް ހިސާބެއްގައި ލައިފްގައި. އެއީކީ ފަސޭހަކަމެއް ނޫން. ދެން އެޔާއެކީ ޕިއަރ ގްރޫޕްގެ ޕްރެޝަރ. ބައްޕަ ބޭނުންވަނީ ޕައިލެޓަކަށްވާން. މަންމަ ބޭނުންވަނީ ނަރުހަކަށްވާން. އަހަރެން ބޭނުންވަނީ އާޓިސްޓަކަށްވާން.

  So what do I end up with.  

ޓީޗަރު ބޭނުންވެދާނެ، ތިޔަކުދިންގެ އެޕްޓިޓިއުޑާއި، ތިޔަކުދިންގެ އިންކްލިނޭޝަން ހުރިކަމަށް ޓީޗަރަށް ވިސްނޭގޮތުން ޓީޗަރު ބޭނުންވެދާނެކަންނޭނގެ އެކައުންޓެންޓަކަށްވާން. އެކަމަކު މީގައި ގަބޫލުކުރަންޖެހެނީ ސްޓީވް ޖޮބްސްގެ ކޯޓް މިގެނައީ ތިޔަކުދިންނަށް ވަރަށް ރެލަވަންޓް ކޯޓަކަށް ވެދާނެތީ. 

Always listen to your inner soul. Don’t let other’s opinion, drown own your own thought. Always listen to your intuition. Somehow your intuition is always right. It will serve you a lot better than what others think about yourself 

ދެން އޮތް ކަމަކީ ސެލްފް ކޮންފިޑެންސް. 

You always live with yourself. You have to start liking yourself. If you don’t like yourself, you are living not with your friend. You are living with a person you hate. That is not a comforting thought

 ފަސޭހަކަމެއް ނޫން ދޯ. ދެން އެޔާއެކީ އޮތީ ކުރާ ކޮންމެ މަސައްކަތެއްގައި، If you want reach success މިރޭ ތިޔަކުދިންނަކީ އެކޮމްޕްލިޝްޑް ކުދިން. އެހެންވީމާ، ދެން އަންނަ މަރުޙަލާގައި މީޑިއޯކަރ ކުދިންނަކަށްވާކަށް ބޭނުމެއްނުވާނެ. ދެން އަންނަ މަރުޙަލާގައިވެސް ތިޔަކުދިން ބޭނުންވާނީ އެކްސަލަންސް. ހަމަގައިމުވެސް

 As your president, that is what I expect at the least.  އެކްސަލަންޓް ކުދިންތަކެއް ބޭނުންވަނީ. އެކްސަލަންޓް ކުދިންތަކަކަށް ތިޔަކުދިން ވާން ބޭނުންކަމަށްވަންޏާ، No matter what you are doing  ކޮންމެ ސްޓްރީމެއް ފޮލޯ ކުރިޔަސް، ޓޯޓަލް ކޮމިޓްމަންޓް، ޓޯޓަލް ޑެޑިކޭޝަން، އެ ދީގެން ސަކްސަސްފުލް މީހުން އަންނާނީ. މިއީކީ ރައީސް ޔާމީން ބުނާ ވާހަކައެއް ނޫން. މާ ވަރުގަދަ ރިސަރޗް ކުރެވިފައި، މިއަށްވުރެ މާ ވަރުގަދަ މީހުން ބުނެފައި ހުރި ވާހަކަތައް މިއީ. މިއީ ޑޮކްޓަރ ޢަބްދުލްކަލާމްގެ ކޯޓެއް. އެންޑް ޑޮކްޓަރ ޢަބްދުލްކަލާމަކީ މި ފަހުން އުފެއްދި އެންމެ ވަރުގަދަ ސައިންޓިސްޓުންގެ ތެރޭގައި ސައިންޓިސްޓެއް.

So this shouldn’t be taken lightly.  

ތިޔަ ހުރިހާ ކުދިންނަށް ވަރަށް ބާއްޖަވެރި މުސްތަޤްބަލަކަށް، ޙަޔާތަކަށް، ޙަޔާތެއްވެސް ނޫން، މުސްތަޤްބަލެއްވެސް ނޫން. 

.You starting your life now. So live it abundantly, and live it well

         ވަރަށް ބޮޑަށް ޝުކުރިއްޔާ!  

                والســّلام عليــكم ورحـمــة اللّـه وبـركاتـه