ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވާ އަދި ދިވެހި ދައުލަތަށާއި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ މާފަންނު ފެންފިޔާޒުގޭ މުޙައްމަދު ޒާހިރު ނަޞީރު، ރޭ ފަތިހު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.
އެ މަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާ، 2016 މޭ 26 ވާ ބުރާސްފަތި ދުވަހު، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރައްވާފައިވާ ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.