2016 ވަނަ އަހަރުގެ އެޕްރީލް 15 ވަނަ ދުވަހުންފެށިގެން ސަރުކާރުގެ ރަސްމީ ސިޓީތަކާއި، އެކިއެކި ލިޔުންތަކުގައި ތިރީގައިމިވާ ޝިޢާރު ބޭނުން ކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


[ޞުލްޙަވެރިކަން ރައްޔިތުންނަށް – ސަމާލުކަން ތަހުޒީބަށް]


ވީމާ، ސަރުކާރުގެ ރަސްމީ ސިޓީތަކާއި އެކިއެކި ލިޔުންތަކުގައި މި ޝިޢާރު ޖެއްސެވުމަށްޓަކައި، މި ޝިޢާރުގެ ތައްގަނޑެއް ހެއްދެވުމާބެހޭގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސަރުކާރުގެ އޮފީސްތަކަށް މަޢުލޫމާތު ދެއްވާނެ ކަމަށާއި، އެ މަޢުލޫމާތު ލިބިވަޑައިގަތުމުން، އެ ޝިޢާރުގެ ތައްގަނޑު ހައްދަވައި، މި އަހަރުގެ ތެރޭގައި މި ޝިޢާރު ބޭނުންކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.