ރައީސް ޔާމީން 2018 މަހާސިންތާގެ ތިންވަނަބުރު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ. މި މަހާސިންތާ އިފްތިތާޙުކޮށްދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި މަހާސިންތާއަކީ ރައީސް ޔާމީން 2018 ކެމްޕެއިން ލީޑަރުން ތަމްރީނުކުރުމަށްޓަކައި ބާއްވާ ސިލްސިލާ މަހާސިންތާގެ ތިންވަނަބުރެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއި، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އަދި ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކުއާއި، މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.