ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ ނަން "މޯލްޑިވްސް އިމިގްރޭޝަން" އަށް، 2016 ޖަނަވަރީ 24 ވަނަ ދުވަހުން ފެށިގެން ބަދަލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ ނަން ބަދަލުކުރެއްވީ، ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލަކަށްވާތީ، ފަތުރުވެރިންނަށް އެ ޑިޕާޓްމަންޓުން ކުރާ މަސައްކަތްތައް ފަސޭހައިން ދެނެގަނެވޭ ފަދަ، އަޑުއަހާ ރައްޓެހި ނަމަކަށް ބަދަލުކުރެއްވުމުގެ ގޮތުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.