މިހާރު ސޯޝަލް މީޑިޔާއާއި، ރާއްޖޭގެ ބައެއް މީޑިޔާތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްވާ ގޮތަށް މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ގެ ޗެކަކާ ގުޅޭގޮތުން ފަތުރަމުންދާ މަޢުލޫމާތަކީ ދޮގު މުޢުލޫމާތެކެވެ. އަދި މި ޗެކު ރައްދުވާ ފަރާތަކީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އެވެ. މިޗެކުގައިވާ ފައިސާ ރައީސުލްޖުމްހޫރިއްޔާއަށް އެއްވެސް ގޮތަކުން ލިބިވަޑައިގެންފައެއްނުވެއެވެ.

އެއްވެސް ފަރާތަކުން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ދޮގު މަޢުލޫމާތު ފެތުރުމަކީ ސަރުކާރުން ނިހާޔަތަށް ހިތާމަ ކުރާކަމެކެވެ. ސަރުކާރުގެ އެދުމަކީ ސަރުކާރުގެ ނުވަތަ ދައުލަތުގެ ޚިޔާނާތުގެ މައްސަލަތައް، ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލަ މިހާރު އޮޑިޓަރ ޖެނެރަލްގެ އޮފީހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގިކުރަމުން ގެންދާކަން ފާހަގަކުރަމެވެ.