މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން ރަންދިހަފަހެއް ސީރީޒްގެ ނަމޫނާ ނޫޓު ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމަށް މިއަދު ވެދުމަށް އަރުވައިފިއެވެ. އެކަމަނާއަށް މި ނަމޫނާތައް ވެދުމަށް އެރުވީ އެމް.އެމް.އޭގެ ގަވަރނަރ، ޑޮކްޓަރ ޢަޒީމާ އާދަމެވެ.  މި ކަމަށްޓަކައި މުލިއާގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ރަންދިހަފަހެއް ސީރީޒްއާ ބެހޭ މަޢުލޫމާތު، އެމް.އެމް.އޭގެ ގަވަރނަރ، ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުނާ ހިއްސާ ކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމް.އެމް.އޭގެ އެސިސްޓެންޓް ގަވަރނަރ އަލްފާޟިލާ މަރިޔަމް ޙުސައިންދީދީ އާއި، އެސިސްޓެންޓް ގަވަރނަރ އަލްފާޟިލާ ނީޒާ އިމާދު ބައިވެރިވެވަޑައިގެންނެވިއެވެ.