ލޯފަން ކުދިންނަށް ޚާއްޞަކޮށްގެން ތައްޔާރުކުރައްވާފައިވާ ތާނަ ބްރައިލް ފޮތް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އިފްތިތާޙްކޮށްދެއްވައިފިއެވެ. އެކަމަނާ މިފޮތް އިފްތިތާޙްކޮށްދެއްވައިފާވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ މަޢުރަޒު "ރެދަން – ފަންނުވެރި އަހަރުމެން" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައެވެ.

ނޭޝަނަލް އާޓް ގެލެރީގައި މިއަދު ހަވީރު އޮތް މި ރަސްމިއްޔާތުގައި، ފާޠިމަތު އިބްރާހީމް މިފޮތް އިފްތިތާޙްކޮށްދެއްވުމަށްފަހު، "ރެދަން – ފަންނުވެރި އަހަރުމެން" މަޢުރަޒު ރަސްމީގޮތުން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިމަޢުރަޒު ބައްލަވާލެއްވިއެވެ.