بســم اللّـه الرّحمـن الرّحيــم
 
             اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
މިބައްދަލުވުމަށް ޙާޒިރުވި އެންމެހާ ލޮބުވެތި ކިޔަވާ ކުދިން، ދައުލަތުގެ ވަޒީރުން، ދުރާއި ގާތުން ޖަލްސާ އައްސަވަމުން، ބައްލަވަމުން ގެންދަވާ ބޭފުޅުންނާއި، އަދި މިރޭގެ މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، ދާދި ދެންމެއަކު ފެނިގެން އެދިޔައީ، އަޅުގަނޑުމެންނަށް ރޭޓް ކުރުމުގެ ފުރްޞަތު ލިބޭކަމަށްވަންޏާ، ރޭޓިންގ ދިނުމުގެ ހުއްދަ އޮންނަ ކަމަށްވަންޏާ، ދަ ބެސްޓް މޫވީ ޔޫ ކޭން އެވަރ ސީ. އަޅުގަނޑުމެންގެ އުންމީދުތަކާ ގުޅިފައި ހުރި ތަޞައްވުރުތައް ހިމެނޭ އެންމެ ބިނާކުރަނިވި، އެންމެ އުފެއްދުންތެރި މޫވީ، އަޅުގަނޑުމެންނަށް ފެނިގެން އެދިޔައީ. މީގައި ފިކްޝަން ހިމެނޭކަމަށް، ތިޔަ ކުދިންނަށް ގަބޫލުކުރެވެންޏާ، ފިކްޝަން ހިމެނޭ. މީގައި ޙަޤީޤަތް ހިމެނޭކަމަށް ތިޔަ ކުދިންނަށް ގަބޫލުކުރެވެންޏާ، އެއީ ޙަޤީޤަތް. ފިކްޝަން ހިމެނޭ ކަމަށް، ނޫނިއްޔާ، އިލޫޝަންނޫނިއްޔާ ޙާޞިލުނުވާ ކަމެއްގައި ގްރޯޕިންގ އިން ދަ ޑާކް. އަނދިރީގައި ތިބެގެން ކަމެއް ލިބޭތޯ ބަލަން ކުރާ މަސައްކަތުގެ ތެރޭގައި، ކަންތައްތައް ހިމެނޭތޯ މި އަހަނީ، އަހަރުމެންގެ ސަރުކާރުން ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން. އަހަރުމެންގެ ތަޞައްވުރަކަށްވެގެން، އަޅުގަނޑުމެން ދެއްކި ވާހަކައަކީ، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ބްރިޖެއް އަޅާނަމޭ. ހުޅުމާލެއަކީ ދިވެހި ޒުވާނުންގެ އުންމީދީ މަދީނާއަކަށް، ނޫނިއްޔާ ޔޫތުސިޓީއަށް އަހަރުމެން ހަދަން ބޭނުމޭ.
 
އޭރު އެ ވާހަކަ ދެއްކީމަ، ދިވެހިރާއްޖޭގައި ތިބި ކްރިޓިކްސް، ސިނިކްސް ރާދަރ، އެމީހުންނަށް ގަބޫލުކުރެވުނީ، މި ޑިލޫޝަނަރީ މިއީ ވާނެ ކަމެއް ނޫނޭ. މި ފިކްޓިޝަސް ނޫނިއްޔާ މި ޙާޞިލު ނުވާނެ ކަމެކޭ. ޕްރެޒިޑެންޓް ޔާމީން އިޒް ގްރޯޕިންގ އިން ދަ ޑާކް. އެހެންވީމާ، މިބުނީ، އަހަރުމެންނަށް ފެނިގެން މިދިޔަ ވީޑިއޯ ޕްރެޒެންޓޭޝަނަށް ބަލައިފި ކަމަށްވަންޏާ، ދަ ބެސްޓް އެވަރ ވީޑިއޯ، ޔޫ ވިލް އެވަރ ސީ، ފޮރ މެނީ އަ އިޔަރސް ޓު ކަމް. އެހެން ނަމަވެސް، އަހަރުމެން ކަލޭމެން ކުދިންނާ ބައްދަލުކޮށް، އަދި ދިވެހި ޒުވާނުންނާ ބައްދަލުކޮށް، ވޯޓަށް އަހަމުންދިޔައިރު، އަހަރުމެން ދެއްކި ވާހަކައަކީ، ދިވެހިރާއްޖެ މިހާރު މިއޮތީ މިހާ ދަތި ޙާލަތެއްގައޭ. ވަރަށް އުނދަގޫ ހަތަރު އަނގޮޅިއެއްގައޭ. އެހެން ނަމަވެސް، އަހަރުމެންނަކީ ކުޑަކުޑަ މުސްލިމް ޤައުމެކޭ. ދުނިޔޭގައި އޮތް ސައްތައިންސައްތަ މުސްލިމް ޤައުމޭ. ﷲގެ ރަޙްމަތަކުން އަހަރުމެންނެއް މަޙްރޫމެއް ނުކުރައްވާނެ. އެހެންވީމާ، އަހަރުމެންގެ އަމާޒަކަށްވީ، މޮޓޯއަކަށް ވެގެންދިޔައީ، ވެޔަރ ދެޔަރ އިޒް ލައިފް، ދެޔަރ އިޒް ހޯޕް. ދިރުމެއް އަހަރުމެންގެ ތެރޭގައި ވާކަމަށްވަންޏާ، އުންމީދު އަހަރުމެންގެ ހުންނާނެޔޭ. އުންމީދު އަހަރުމެން ކުރާކަމަށްވަންޏާ، އަހަރުމެންގެ ޙާލަތު ބަދަލުކުރަން އަހަރުމެން މަސައްކަތް ކުރާނަމޭ. މި ޙާލަތު ބަދަލުކުރަން ކުރާ މަސައްކަތް، އަހަރުމެންނަށް ދެންމެ ކޮމްޕައިލްވެގެން، އެޑިޓްވެގެން އެ ފެނުނު ވީޑިއޯގައި އެދިޔައީ.
 
އެހެންވީމާ، ތިޔަ ކުދިން ކައިރީގައި ވާހަކަ ފަށްޓަމުންވެސް ބުނަން ބޭނުންވަނީ، މިއީ ޙަޤީޤަތަކަށްވޭތޯ އަހަރުމެން ކުރާ އުންމީދޭ. އަހަރުމެންގެ ވިޜަން. އެހެން ނަމަވެސް، މި ވިޜަންއަކީ އެތަކެއް ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ހަދާފައި އޮތް އެއްޗެއް. އެހެންވީމާ، މިއީ އެޓެއިނަބްލް، ޙާޞިލުކުރެވޭ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ޙާޞިލުކުރެވޭނޭ ކަންތައްތަކެއް ހިމެނޭ އެއްޗެއް. މިއީކީ އެއްގޮތަކަށްވެސް ފިކްޓިޝަސް އެއްޗެއް ނޫން. މިއީކީ އެއްގޮތަކަށްވެސް ހޫނު ބާރު ދުވަހެއްގައި، ހުޅުލޭގެ އެއަރޕޯޓަށް ގޮސް، އެއްކޮޅުން ބަލައިލީމަ، އަނެއްކޮޅުން ފެންނާނެ ފެންގަނޑެއް. ފިޒިކްސްގައި މިޔަށް ކިޔަނީ މިރާޖް އިފެކްޓް. އެކަމަކު އެޔާ ހަމަ ކައިރިވި ކައިރިވި ވަރަކަށް ހަމަ ފެންގަނޑު ދުރަށް ދުރަށް ދާނީ. ބިކޯޒް ޓު ބިގިން ވިތް ދެޔަރ ނެވަރ ވޯޒް ވޯޓަރ. އެތާކު ފެނެއް ނެތް. އެއީ އިލިއުޝަން. އެހެންވީމާ، މިއީކީ އިލިއުޝަނެއް ނޫން. މިއީ ޙަޤީޤަތް. މިއީ ޙަޤީޤަތާ ހަމަޔަށްދާން އަހަރުމެން ކުރާ މަސައްކަތް.
 
އަޅުގަނޑުމެންގެ އިޤްތިޞާދު ރަނގަޅު މިޞްރާބަކަށް ގެންދަން މަސައްކަތްކުރާ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެން ބޭފުޅުން. އަދި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރްޞަތުތަކުގައި އެންމެ އެދެވޭ ކާމިޔާބީތަކެއް ހޯއްދެވުމުގައި ފިރިހެނުން ބީޓްކޮށްފައި، ކުރީ ސަފުގައި ތިބެނީ އަންހެނުން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ މިރޭ ފަށާނީ، ހުރިހާ ފިރިހެން ބޭފުޅުންގެ ފަރާތުން އަންހެން ބޭފުޅުންނަށް ވަރަށް ކޮންގްރެޖިއުލޭޓް ކުރަމުން، މަރްޙަބާ ދަންނަވަމުން، މިއަދު މިއީ ކޮން ދުވަހެއްތޯވެސް ހަނދާންކޮށްލަން އެބަޖެހޭ. މިއަދު މިއީ އަންހެނުންނަށް ދެވޭ ހުރިހާ އަނިޔާއާ ދެކޮޅަށް މުޅި ދުނިޔެ އަޑުއުފުލާ ދުވަސް، ފާހަގަކުރާ ދުވަސް. އެހެންވީމާ، މިއަދު ތިޔަ ކުދިންނާ އިންޓްރެކްޓް ކޮށްފައި އަންނަ ސުވާލުތަކުގެ ތެރޭގައި، އަންހެން ކުދިން އެއްގޮތަކަށްވެސް ރައީސް ކުރެން އަހައިގެން ނުވާނެ، ރައީސް ގެވެށި އަނިޔާ ދެންތޯއޭ؟ އެހެންވީމާ، މިއަދު މިއީ އުފާވެރި ދުވަހެއް. މިއަދު މިއީ އަހަރުމެން، އަހަރުމެންގެ ލޯބިވާ އަންހެން ކޮއްކޮއިންނަށް، ލޯބިވާ މަންމައިންނަށް، ލޯބިވާ ދައްތައިންނަށް ކަމޭހިތުން ފާހަގަކުރަންޖެހޭ ދުވަސް. އެއްވެސް ކުއްޖަކު، އެކުއްޖެއްގެ ޢާއިލާގައި ހިމެނޭ ލޯބިވާ ކޮއްކޮޔަށް، ލޯބިވާ މަންމައަށް، ލޯބިވާ ދައްތަޔަށް، އެއްވެސް މީހަކު އަނިޔާކުރާ ތަނެއް ދެކޭކަށް ބޭނުމެއް ނުވާނެ. އެހެންވީމާ، އަހަރުމެން މިއަދުވެސް ކޮށްލަންޖެހޭ ސުވާލަކީ، އެހެން ކަމަށްވަންޏާ، ކީއްވެގެންހޭ މިވާހަކަ އަބަދު މި ދައްކަންޖެހެނީ. މިވާހަކަ ދައްކައިގެން ނުވާނެ. މިއީ އިންހިއުމޭން ކަމެއް. މިއީ ލަދުވެތި ކަމެއް. މިއީ ކްރުއަލް ކަމެއް. މިކަން ކޮށްގެން ނުވާނެ. އެހެންވީމާ، ކޮންމެ ކުއްޖަކުވެސް، އެކުއްޖެއްގެ ހެބިޓެޓާ ހަމައިން، އެކުއްޖެއްގެ ވަށައިގެން އެނބުރޭ މާޙައުލާ ހަމައިން މިކަމަށް ބަދަލެއް ގެންނަ ކަމަށްވަންޏާ، ދިވެހިރާއްޖެއަކީ އަ ބެޓަރ ޕްލޭސް. މުޅި ދުނިޔެއަކީ އަ ފާރ ބެޓަރ ޕްލޭސް ފޮރ އޯލް އޮފް އަޒް ޓު ލިވް. ހުރިހާ ކުދިންނަށްވެސް، ހުރިހާ އަންހެން ކުދިންނަށް ވަރަށް ރަނގަޅު، ވަރަށް ހިތްގައިމު ތަނެއް.
 
 ކޮންމެ ފިރިހެން ކުއްޖަކަށް ހިތްގައިމު ޙަޔާތެއް ހޭދަކުރުމުގެ ފުރްޞަތު އޮންނަންޖެހޭ ކަމަށް ގަބޫލުކުރެވޭ ކަމަށްވަންޏާ، އެ ފުރްޞަތު ކީއްވެގެން އަންހެން ކުއްޖަކަށް ނޯންނަންވީ. އޮންނަންޖެހޭނެ. އަދި ސޮސައިޓީގައި ވަލްނަރަބްލް ބަޔަކީ އަންހެނުން ކަމަށް އަހަރުމެން ގަބޫލުކުރަން. އެންމެ ޤަދީމީ ޒަމާނުއްސުރެ އިންސާނިއްޔަތުގައި މިކަން އޮތީ މިގޮތަށް. އިސްލާމްދީން ދުނިޔެއަށް އައުމާއެކީ، އަންހެނުންނާ ދޭތެރޭގައި ތަފާތުކުރުން ނައްތާލުމުގެ މަސައްކަތްތައް ފާޅުގޮތެއްގައި ކުރެވިފައި މިއޮތީ. ވަރަށްގިނަ ޒަމާން ހިނގައްޖެ. ވަރަށްގިނަ ޒަމާން ފާއިތުވެއްޖެ. އެހެން ނަމަވެސް، މިއަދުވެސް މިވާހަކަ މި ދެއްކެނީ، އަދިވެސް ގަބޫލުކުރަންޖެހޭ ބްލަންޓް ރިއަލިޓީއަކީ، ޙަޤީޤަތަކީ، މިކަން ހިނގަޔޭ ހުރިހާ ތަނެއްގައި. ދުނިޔޭގެ ހުރިހާ ތަނެއްގައި. އެންމެ ޑިމޮކްރެޓިކް ޤައުމުތަކުގައި. އެންމެ ތަހުޒީބު ޤައުމުތަކުގައި. އެންމެމަތީ ކިޔެވުން ހިމެނޭ ޤައުމުތަކުގައި. އަދި ކުދިކުދި ޤައުމުތަކަށް ބަލާކަމަށްވަންޏާ، އިސްލާމީ ދައުލަތްތަކުގެ ތެރޭގައި މިކަން ހިމެނޭ. ކުދިކުދި ޤައުމުތަކަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖޭގައިވެސް މިކަން ހިމެނޭ. އެކަމަކު މިއީ ޝޭމްފުލް ކަމެއް. މިއީ ވެގެންވާނެ ކަމެއް ނޫން.
 
އެހެންވީމާ، އަޅުގަނޑަށް ޔަޤީން، މި ހޯލުގައި ތިއްބެވި ހުރިހާ ފިރިހެން ބޭފުޅުންގެ ކޮމިޓްމަންޓް، މި ހޯލުގައި ތިއްބެވި އަންހެން ބޭފުޅުންނަށާއި، މި ޖަލްސާ އަޑުއައްސަވަމުން ގެންދަވާ އަޅުގަނޑުމެންގެ އުޚުތުންނަށް، އަޅުގަނޑުމެންގެ މަންމައިންނަށް، އަޅުގަނޑުމެންގެ ލޯބިލޯބި އަންހެން ކޮއްކޮއިންނަށް، ދައްތައިންނަށް، އަޅުގަނޑުމެންގެ ހިތުގެ ހަމްދަރުދީއާއެކީ، ދިވެހިރާއްޖޭގައި އަޅުގަނޑުމެން މިކަން ނުކުރާނެ ކަމަށް މިއަދުވެސް ޢަޒުމް ކަނޑައަޅަންވާނެ.
 
އާދެ، އިޤްތިޞާދީ ވާހަކަ ދައްކަނީ، އެއީ އަޅުގަނޑުމެންގެ ޙަޔާތް ބާއްޖަވެރިކުރަން. ކޮންމެ ކުއްޖަކު، އެ ކުއްޖަކު ކުރަންޖެހޭ ޚަރަދަށް ވިސްނައިފި ކަމަށްވަންޏާ، މަދަރުސާ ކުއްޖެއް ކަމުގައިވިނަމަވެސް. މިތާ އެބަތިބި ކޮލެޖް ގްރެޖްއޭޓުން، މިތާ އެބަ ތިއްބެވި އެކަޑެމިއާ، ނޫނިއްޔާ ޢިލްމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން. މިތާ އެބަތިއްބެވި ލޯ މޭކަރުން، ޤާނޫނު ހައްދަވާ ބޭފުޅުން. ޤާނޫނު ހައްދަވާ ބޭފުޅުންނާ ބެހޭގޮތުންވެސް، އަޅުގަނޑުވެސް ޤާނޫނު ހަދާ މަޖިލީހުގައި އެތަކެއް ޒަމާން ވަންދެން އުޅުނިން. ހަމަ އަންނަ އެންމެ ފުރަތަމަ، އެންމެ އަސާސީ ސުވާލަކީ، ފަންޑަމެންޓަލް ސުވާލަކީ، ޒުވާން ކުދިންނާ ބައްދަލުކޮށްފައި، އަޅުގަނޑު ލޯ މޭކަރެއްގެ ފަރާތުން ބުނާއިރު ބުނަނީ، ޒުވާން ކުދިން ގާތުގައި ބުނަނީ، [ޔޫ ލިވް އިން ދަ ކޮމްފަރޓް، ވީ ޕްރޮވައިޑް.] ދެން އެ ޒުވާން ކުދިން އެނބުރި ލޯ މޭކަރުން ގާތުގައި ބުނާނީ، [ވީ ލިވް އިން ދަ މިޒަރީ، ޔޫ ޕްރޮވައިޑް.] މިއީ ފްލިޕް ސައިޑް އޮފް ދަ ކޮއިން. ކޮއިންއެއްގެ ދެފުށް. މި ވާގޮތް ކިޔައިދޭނަން.
 
ހުރިހާ ކުދިންވެސް ދަތް އުނގުޅާ ބުރުހާއި ދަތް އުނގުޅާ ބޭސް ބޭނުންކުރާނެ. މިއަދު އެއްގޮތަކަށްވެސް ދަތް އުނގުޅާ ބޭސްފުޅީގެ އަގެއް ނޭނގޭ. މިއަދު ދަތް އުނގުޅާ ބޭސްފުޅީގެ އަގަކީ -/20 ރުފިޔާ ކަމަށްވަންޏާ، މިއަދު އެއަށް އިމްޕޯޓް ޑިއުޓީ ނަގަނީ 10 ޕަސެންޓް ކަމަށްވަންޏާ، -/20 ރުފިޔާގެ 10 ޕަސެންޓް، -/2 ރުފިޔާ، -/22 ރުފިޔާ، އޭގެ އަގަކީ. ފައިން. މާދަމާ ލޯ މޭކަރުން ނިންމަނީ، މިއިން ސަރުކާރަށް ލިބޭ އާމްދަނީ މާ ކުޑައޭ. ދަތް އުނގުޅާ ބޭހަކީ ހުރިހާ އެންމެން ބޭނުންކުރާ އެއްޗެކޭ. އެހެންވީމާ، ހުރިހާ މީހުން ބޭނުންކުރާ އެއްޗަކުން ޑިއުޓީ މަތިކޮށްފި ކަމަށްވަންޏާ، ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެގެންދާނޭ. އަދި މި އާމްދަނީ މަދުވުމުގައި ޖާގަ ހަނިވާނެޔޭ. އެހެންވީމާ، ދަތް އުނގުޅާ ބޭހުގެ ޑިއުޓީ، މި ޖައްސާލަނީ 100 ޕަސެންޓަށް. ޑިއުޓީއަށް -/2 ރުފިޔާ ދައްކަންޖެހޭ އެއްޗެއް، ބަދަލުވެގެންދަނީ ޑިއުޓީއަށް -/20 ރުފިޔާ ދައްކާގޮތަށް. މާދަމާ ޤާނޫނު، ރައީސް ތަޞްދީޤުކޮށްފައި ހިނގަން ފަށްޓާ ދުވަހުން ފެށިގެން ދަތް އުނގުޅާ ބޭސްފުޅިއެއްގެ އަގު، -/20 ރުފިޔާއިން -/40 ރުފިޔާއަށް ޖެހިގެންދަނީ. އެކަމަކު އެކުއްޖާއަށް ލިބޭ އާމްދަނީ، ނޫނީ ބައްޕަޔަށް، މަންމަޔަށް ލިބޭ އާމްދަނީ އިތުރެއްނުވޭ. އެހެންވީމާ، ޕޮލިޓިޝަނުންނާ ދިމާއަށް، ލޯ މޭކަރުންނާ ދިމާއަށް ބުނުމުގެ ޙައްޤު އޮވޭ، މިކަހަލަ ކަންތައް ހިނގާ ކަމަށްވަންޏާ، ދިވެހިރާއްޖޭގެ ލޯ މޭކަރުން އެއަށްވުރެ މާ ތަހުޒީބު. ރައްޔިތުންނާ ދޭތެރޭގައި މާ އަޅާލައްވާ. އެހެންވީމާ، ބުނުމުގެ ޙައްޤު އޮވޭ، ވީ ލިވް އިން ދަ މިޒަރީ، ޔޫ ޕްރޮވައިޑް. އެހެންވީމާ، މި ލޯ މޭކަރުންނާ ދިމާއަށް ބުނޭ. އެކަމަކު ލޯ މޭކަރުން، ޔޫ ލިވް އިން ދަ ކޮމްފަރޓް، ވީ ޕްރޮވައިޑޭ، އެ ވިދާޅުވާ ވާހަކަޔަކީ، މިސާލަކަށް، މުޅި ދުނިޔެއަށް ޢާންމުވެގެން މިދަނީ، އިންސާނިއްޔަތާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް. މުޅި ދުނިޔެއަށް ޢާންމުވެގެން މިދަނީ. އަޅުގަނޑުމެންގެ މިރޭގެ މައުޟޫޢާ ވަރަށް ގުޅުންހުރި ކަމެއް. އައިސިސްގެ ޙަރަކާތްތަކާއި، އޭގެ ރެޝަނަލް، ނޫނީ އޭގެ ބޭސިސް ނުވަތަ އަސާސް ސުވާލެއް ނުކުރަން. އޭގެ އަސާސް، އެކި މީހުންގެ ވިސްނުމުގައި އެކިގޮތަށް.
 
އެހެންވީމާ، ތިޔަ ކުދިންގެ އޮޕީނިއަންއެއް ތިޔަ ކުދިންނަށް. އަހަރެންގެ އޮޕީނިއަންއެއް އަހަރެންނަށް. އެއަކަށް ޖަޖެއް ނުކުރަން. އެކަމަކު އޭގެ ނަތީޖާއާ ދޭތެރޭގައި ސުވާލު އުފައްދަނީ. މުޅި ދުނިޔެއަށް ޢާންމުވެގެން މިދަނީ ބިރުވެރިކަމާއި، ނާމާންކަމާއި، ޓެރަރިޒަމާ. އަދި އެޔާ ގުޅިގެން މިދަނީ ބައިނަލްއަޤްވާމީ ދަތުރުފަތުރުކުރުން ހުއްޓުމާއި، ތަންތަނުގެ އިޤްތިޞާދަށް ލިބޭ ހީނަރުކަން، ޚާއްޞަކޮށް، ދިވެހިރާއްޖެ ކަހަލަ ޓުއަރިޒަމްގެ ޞިނާޢަތަށް ބިނާވެފައި، އަހަރުމެންގެ އާމްދަނީ ލިބެން އޮންނަ ތަނެއްގައި، ޓުއަރިޒަމްގެ ޞިނާޢަތަށް ބޭނުންވާ ކަމަށްވަންޏާ، މިއީ އަހަރުމެންނަކަށް ގުޑް ނިއުސްއެއް ނޫން. މިކަހަލަ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ޢާންމުވެގެން ދިޔައީމަ، ޤާނޫނު ހަދާ މަޖިލީހުން މިކުރާ ކަމަކީ، މިހެން ހުންނަ ވަރަށްގިނަ މީހުންގެ ސިވިކް ލިބަޓީޒް، ނޫނިއްޔާ އެމީހުންގެ މަދަނީ ޙައްޤުތައް ހިފެހެއްޓުމުގެ ބާރު، ޤާނޫނު ހަދާ މަޖިލިސްތަކަށް ލިބިގެން އެބަދޭ. އަސާސީގައި މަޙްރޫމްނުކުރާ މިންވަރަކަށް، ނޫނިއްޔާ ޑިޕްރައިވް ނުކުރާ މިންވަރަކަށް، ހުއްދަކުރާ މިންވަރަކަށް. އެހެންވީމާ، މިކަހަލަ ޤައުމުތަކުގައި، ނޫނިއްޔާ މިކަހަލަ ޓެރަރިޒަމް ޙަރަކާތް ހިންގާ ޤައުމުތަކުގައި އުޅެފައި އަންނަ މީހުން ވޮޗްކުރުމާ، މިކަހަލަ ކަންތައްތައް ކުރުމުގެ ޤާނޫނު ހެދިދާނެ. ހަދަންވާނެވެސްމެ. އެއީ މުޅި މަޢުޞޫމް ރައްޔިތުންގެ، މުޅި މަޢުޞޫމް މުޖްތަމަޢުގެ ސަލާމަތަށްޓަކައި. އެކަންކަން ކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް މިކުރެވޭ މަސައްކަތްތަކުގައި، ކިރިޔާވެސް ޝައްކުވާ މީހުން ބަލައި ފާސްކުރުމާއި، މިކަހަލަ ކަންތައްތައް މިކުރަނީ، މުޅި ރައްޔިތުން، މުޅި ދިވެހި އިންސާނިއްޔަތުގެ ސަލާމަތަށްޓަކައި. އެކަން ކޮށްގެން، ﷲގެ ރަޙްމަތާއެކީ އޭގެ ނަތީޖާ ރަނގަޅު ކަމަށްވަންޏާ، ޕޮލިޓިޝަނުން، ކިޔަވާ ކުދިންނާ ދިމާއަށް، އެހެން މީހުންނާ ދިމާއަށް ބުނާނީ، ޔޫ ގައިޒް ލިވް އިން ދަ ކޮމްފަރޓް، ވީ ޕްރޮވައިޑް. މިއީ ޕޮލިޓިޝަނުންނާއި ރައްޔިތުންނާ ދޭތެރޭގައި އޮންނަ ޑައިލޮގް.
 
މިއަދު އުފާވެރިކަމަކާއެކީ ވާހަކަދައްކާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ހުރިހާ ކަމަކީ އިޤްތިޞާދެއް ނޫން. އެކަމަކު ޝައްކެއްވެސްނެތްގޮތުގައި، އެންމެ މުހިންމު އެއްކަމަކަށް ބަލާކަމަށްވަންޏާ، އެންމެ މުހިންމު ކަމަކީ އިޤްތިޞާދު. ކުއްޖެއްގެ އަމިއްލަ ޙަޔާތަށް ބެއްޔަސް، ކުއްޖެއްގެ މަންމަ، ބައްޕަ، އެކުއްޖަކަށް ހޭދަކުރާ މިންވަރަށް ބެލި ކަމުގައިވީނަމަވެސް، ފަޤީރުކަން އައިސް ގޭގެ ދޮރުގައި ޓަކިދޭއިރު، އިނގިރޭސި ބަހުގައި މިއޮންނަ މުޙާވިރާ ބަހަކީ، [ލޯބި] އަނެއް ދޮރުން ނުކުމެގެންދެޔޭ. ގޭތެރޭގެ ހަމަޖެހުން ގެއްލިގެން މިދަނީ. އެއީ ދުނިޔޭގެ ޙަޤީޤަތް. އެ ޙަޤީޤަތަކުން ކިތަންމެ އޮއިބާރު ކަނޑެއްގެ ތެރޭގައި ދިވެހިރާއްޖެ އޮތް ކަމުގައިވީނަމަވެސް، ކިތަންމެ އެކަހެރިކޮށް އޮތް ކަމުގައިވީނަމަވެސް، އިންސާނިއްޔަތުގައި ދިމާވާ މިކަހަލަ ކަންކަމުގެ ތަޖުރިބާގެ ޙަޤީޤަތަކުންނެއް، އަހަރުމެންނެއް ދުރަކަށް ނުދެވޭނެ. އަހަރުމެންގެ ޙާލަތަކީވެސް ހަމަ މިގޮތަށް ބައްޓަންކުރެވިފައި އޮންނަ ކަމެއް. ލާރި ނުލިބޭ ކަމަށްވަންޏާ، ޢާންމު ޙާލަތުގައި އޮންނަ ޢާއިލާތަކުގެ ތެރޭގައި މައްސަލަ އުފެދޭނެ، މައްސަލަޖެހޭނެ. މައްސަލަތައް ބޮޑުވެގެން، މެނޭޖް ނުކުރެވޭ ކަމަށްވަންޏާ، ދެރަވާ ކަންތައްތައްވެސް ދިމާވެގެންދާނެ.
 
އެހެންވީމާ، ދިވެހިރާއްޖޭގެވެސް އިޤްތިޞާދަކީ، ޝައްކެއްވެސްނެތްގޮތުގައި އެންމެ މުހިންމު ކަންތައް. އެހެން ނަމަވެސް، ހުރިހާ ކަމަކީ އިޤްތިޞާދާ ގުޅުންހުރި ކަމެއް. ނޫނިއްޔާ ހުރިހާ ކަމަކީ، ނޫނިއްޔާ ހަމައެކަނި ކަމަކީ، ކިޔަވާ ކުދިންވެސް އަދި ޢިލްމުވެރިންވެސް، ނޫނިއްޔާ ޕޮލިސީ މޭކަރުންވެސް ވިސްނަވަންޖެހޭ ހަމައެކަނި ކަމަކީ އިޤްތިޞާދެއްވެސް ނޫން. އިޤްތިޞާދަކީ ޝައްކެއްވެސްނެތްގޮތުގައި އެންމެ މުހިންމު ކަންތައް. އަޅުގަނޑުމެންގެ ރާއްޖޭގައި ހިނގާ ހުރިހާ ކަމަކަށް ބޭރުގެ ފަރާތްތަކުގެ ނަޒަރު މިހިރީ ހުއްޓިފައި. އެއްގޮތަކުން ވެއްޖިއްޔާ ވަރަށް ރަނގަޅު. އެއީ ރާއްޖެ ޕްރޮމޯޓްވޭ. ރާއްޖޭގެ ވާހަކަ އަބަދު ބޭރު ދުނިޔޭގެ ޓީ.ވީތަކުގައި ދެއްކޭ ކަމަށްވަންޏާ، ރާއްޖެ ޕްރޮމޯޓްވޭ. އެކަމަކު އަހަރުމެން ބޭނުންވާނީ، ރާއްޖެއާ ބެހޭގޮތުން ރަނގަޅު ވާހަކަ ދެކެވެން. އެހެން ނަމަވެސް، ރާއްޖެއާ ބެހޭގޮތުން އެހާ ރަނގަޅު ނޫން ވާހަކަތައްވެސް ދެކެވޭ ދުވަސްވަރަކަށް މި ދުވަސްވަރު އެބަވޭ. އަބަދުވެސް ދިވެހިރާއްޖޭގައި ހިނގާ ކޮންމެވެސް ކަމަކާ ގުޅިގެން، ކޮންމެވެސް ބާރުގަދަ ޤައުމެއްގެ، ވަރަށް ދުރުގައި އޮތް ޤައުމުތައް. އެހެންވީމާ، އެ ޤައުމުތަކުން އަޅާ ޕެރިސްކޯޕް މިހުންނަނީ އަހަރުމެންނާ ހަމަޔަށް ހުއްޓިފައި. ވަރަށް ދުރުގައި އޮންނަ ޤައުމުތަކުން، އެހެން ނަމަވެސް، އަހަރުމެންގެ ދާޚިލީ ކަންކަމަކާ ނުބެހި ތިބޭކަށް، އެމީހުން ބޭނުމެއްނުވޭ. އެހެންވީމާ، އަބަދުވެސް ރާއްޖޭގައި ހިނގާ ކަންތައްތަކާ ބެހެމުންދޭ.
 
ރާއްޖޭގައި އިމަރޖެންސީ ޙާލަތު އިޢުލާނު ކުރީމަ، ވަރަށްބޮޑު މައްސަލައަކަށް ވެއްޖެ. އެކަމަކު ފިޠުރަތުގެ ނިޔާ، މުޅި ދުނިޔެއަށް ފެނިގެންދިޔައީ. ފްރާންސްގައި ދިމާވި ކަންތަކާ ގުޅިގެން، އެއްވަނަ ދުނިޔޭގެ ޤައުމުތަކުން، ރާއްޖެ ކަހަލަ ޤައުމުގައި އިމަރޖެންސީ އިޢުލާނުކޮށްގެން ނުވާނެ ކަމަށް އެޑްވޮކޭޓް ކުރަމުން، އެޑްވާންސް ކުރަމުން، އަރގިއުމަންޓް އެޑްވާންސް ކުރަމުންދިޔަ ޤައުމުތަކުގައި، މިކަހަލަ ކަމެއް ދިމާވީމަ، ދިވެހިރާއްޖެއަށްވުރެ ރައްޔިތުންނަށް މާ އުނދަގޫ އުފުލަންޖެހޭ ގޮތަކަށް އިމަރޖެންސީ އިޢުލާނުކޮށް، ކަރފިއު ހިންގާ، އެހުރިހާ ކަމެއް އެއޮތީ ހަމަޖެހިފައި. މިހާރު އިމަރޖެންސީ އިޢުލާނު ކުރީމަކާ ދުނިޔެ ކަންބޮޑުވާ ކަމަކަށްނުވޭ. އެކަމަކު ދިވެހިރާއްޖޭގައި މިކަން ކުރީމަ، މިއީ ވަރަށްބޮޑު ކަމަކަށްވޭ. ދިވެހިރާއްޖޭގައި ކުރެވޭ ކޮންމެ ކަމަކާ ބެހޭ ފަރާތްތައް އެބައުޅޭ.
 
މިއަދު އަޅުގަނޑުމެން ވާހަކަ ދައްކަމުންދާއިރު، ކޮމަންވެލްތްގެ އިސްވެރިންގެ ޖަލްސާތައް މޯލްޓާގައި ހިނގަމުން އެދަނީ. އަޅުގަނޑަށް ދެންމެ ޚަބަރު ލިބުނު ގޮތުގައި ވެއްޖިއްޔާ، ދިވެހިރާއްޖޭގެ ވާހަކަ، މޯލްޓާގައި އޮތް ކޮމަންވެލްތް ވެރިންގެ އެޖެންޑާގައި އެބައޮތް. ދެން މިއީ ދިވެހިރާއްޖެއަކަށް މިހާރު އާ ކަމެއް ނޫން. ދިވެހިރާއްޖޭގައި ހިނގާ ކަންތައްތަކާ ދޭތެރޭގައި އަބަދުވެސް ނުރުހުމުގެ ލޮލުން ކޮމަންވެލްތްގެ ބައެއް ޤައުމުތައް ބަލާ ވާހަކައަކީ، ދިވެހިރާއްޖެއަކަށް އާ ވާހަކައެއް ނޫން.
 
އެކަމަކު މީގެ އުނދަގުލަކީ، ދިވެހިރާއްޖެ ކިތަންމެ މިނިވަންކަމާއެކީ ކަންތައް ކުރަން އުޅުނަސް، މީގެ އުނދަގުލަކީ، ދިވެހިރާއްޖެ ކޮމަންވެލްތުން އަނެއްކާވެސް ސީމެގްގައި ނޫނިއްޔާ ކޮމަންވެލްތްގެ ވޮޗްގައި ޕްލޭސްކޮށްފި ކަމަށްވަންޏާ އުނދަގޫތަކެއް ހުންނާނެ. މިސާލަކަށް، ރައީސް ވަޙީދު ސަރުކާރުގައި ފުރަތަމަ ދިޔަ 8 މަސްދުވަހުގެ ތެރޭގައި، ކޮމަންވެލްތްގެ ވޮޗުން އަހަރުމެން ނެއްޓެންދެން އެދިޔަ ދުވަސްތަކުގެ ތެރޭގައި، ދިވެހިރާއްޖެއަށް ވަރަށްދަތި ދުވަސްތަކެއް ކުރިމަތިލާން ޖެހުނު. އެއްވެސް އާ ފޮރިން އިންވެސްޓްމަންޓެއް ދިވެހިރާއްޖެއަކަށް ނާދޭ. ދިވެހިރާއްޖޭގެ ބޭންކްތަކަށް ރާއްޖެއިން ބޭރުގެ ބޭންކްތަކުން ލެންޑްކުރުން ހުއްޓިފައި. މިކަހަލަ ވަރަށްގިނަ ދަތި ކަންތައްތަކެއް އިޙްސާސްކުރި. އެހެން ނަމަވެސް، ދުނިޔޭގެ އިންޞާފު މިކަންކަމުގައި އޮންނަ ގޮތަކީ، ދިވެހިރާއްޖެ ކަހަލަ ކުޑަ ޤައުމެއް، ކޮމަންވެލްތް ވޮޗްގައި، ސީމެގްގައި ޕްލޭސް ކުރަން ވެއްޖިއްޔާ ޕްލޭސް ކުރެވިދާނެ. ހަތަރުމަސް ދުވަސް، ފަސް މަސްދުވަސް، ހަމަސް ދުވަސް، އަށްމަސް ދުވަސް ކޮށްފައި، އެކަންކަން ނިމިގެންދާއިރު، ދިވެހިރާއްޖޭގެ އެއްވެސް ކުށެއްނެތި، ދިވެހިރާއްޖެ ސަލާމަތްވެގެން ދިޔައީމަވެސް، މިހާ ބޮޑެތި ގެއްލުންތައް އަހަރުމެން ބަރުދާސްތު ކުރަން ޖެހުނަސް، އެއަކަށް ބަދަލު ދިނުމެއް ނޯވޭ. މިއީ އިންޓަރނޭޝަނަލް ޕޮލިޓިކްސްގެ ރިއަލިޓީ. އެއަކަށް ބަދަލު ދިނުމެއް ނޯވޭ.
 
އެހެންވީމާ، މިއަދު މިވާހަކަ ދައްކަމުންދާއިރު، އަނެއްކާވެސް އަޅުގަނޑުމެން އިންތިޒާރު ކުރަމުން މިދިޔައީ، މޯލްޓާގައި ދިވެހިރާއްޖެއާ ދޭތެރޭގައި ސީމެގުން ފިޔަވަޅު އަޅާނެޔޭ. ދެން އެކަމުގެ އިންތިޒާރު އަޅުގަނޑުމެން ކުރިން. އެހެން ނަމަވެސް، ޤައުމު މިވަގުތު ހިންގަން ޙަވާލުވެ ހުރި މީހަކަށްވާތީއާއެކީ، އަޅުގަނޑަކީ ފުދޭވަރަކަށް އޮޕްޓިމިސްޓިކް، ފުދޭވަރަކަށް އޮޕްޓިމިސްޓިކްކޮށް ވިސްނާ މީހަކަށްވާތީ، އަޅުގަނޑު ހިތަށްއެރީ ނޫނެކޭ، އިރާދަކުރެއްވިއްޔާ މިކަމެއް ނުވާނޭ. އަޅުގަނޑަށް މިހާރު ޚަބަރު ލިބެނީ، އިރާދަކުރެއްވިއްޔާ މިފަހަރު ސީމެގަކުން ދިވެހިރާއްޖެއާ ދެކޮޅަށް އެއްވެސް ސްޓޭޓްމަންޓެއް ނުނެރޭނެއޭ. މިއީ ވަރަށް އުފާވެރި ޚަބަރެއް. އަޅުގަނޑުމެން ވާހަކަ ދައްކަމުން ގެންދިޔައީ، އަޅުގަނޑުމެންނަށް މި ޖަމާޢަތުގައި، މި ބައިނަލްއަޤްވާމީ ޖަމްޢިއްޔާގައި ކޮމަންވެލްތުގައި ބައިވެރިވެގެން އުޅެން އުނދަގުލިއްޔާ، އަޅުގަނޑުމެން ކޮމަންވެލްތުން ނުކުތުމާ ދޭތެރޭގައިވެސް ވިސްނަން އެބަޖެހޭ. އަޅުގަނޑުމެންގެ ކްރިޓިކްސް އިން މި ވާހަކަ ދެއްކީމަ، މިބުނަނީ ދިވެހިރާއްޖެއަށް ކޮމަންވެލްތުގެ ފަރާތުން ލިބޭ އެހީތަކާ ދޭތެރޭގައި ނުވިސްނަނީ ކީއްވެހޭ؟ މިރެއަކީ މިއީ އިޤްތިޞާދީ ވާހަކަ ދައްކަން ޖެހޭ ރޭ. ދުނިޔޭގައި، އެއްވަނަ ދުނިޔޭގެ ޤައުމުތަކާއި އަދި ދުނިޔޭގައި މިހިރަ ޖަމްޢިއްޔާތަކުގައި ބައިވެރިވުމަކީ ޝައްކެއްވެސްނެތްގޮތުގައި، ކޮންމެ ޤައުމަކަށްވެސް ފައިދާހުރި ކަމެއް. އެކަމަކު ޕްރެޖުޑިސް ވެގެން، ބޭއިންޞާފުން ކަންތައްކުރާ ކަމަށްވަންޏާ، އުޅެން ދަތިވާ ކަމަށްވަންޏާ، އެއީވެސް އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ވިސްނަންޖެހޭ ކަމެއް.
 
މިކަހަލަ އެއްވަނަ ދުނިޔޭގެ ޤައުމުތައް އުޅޭ ޖަމްޢިއްޔާތަކުގައި، ޖަމާޢަތްތަކުގައި ބައިވެރިވީމަ، މި އަންނަ ރަނގަޅު ޑިސިޕްލިނަކީ، މި ރާއްޖޭގައިވެސް އިންވެސްޓްކުރާ މީހުންނަށް ގަބޫލުކުރެވޭ، ރާއްޖޭގައިވެސް ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ގަވަރނަންސް ސްޓްރަކްޗަރަކާއި، ދުނިޔެ ގަބޫލުކުރާ ގޮތަށް ބައްޓަންކުރެވިފައި އޮތް، ބާރުތައް ވަކިވެފައި އޮތް ނިޒާމެއް އޮތުމާއި، އަދި ރައްޔިތުންނަށް ލިބޭ ފަސޭހަތަކާއި، އިންވެސްޓްމަންޓްތަކަށް ލިބޭ ގެރެންޓީއާ، މިކަހަލަ ކަންތައްތަކެއް ހުންނާނެއޭ. އެކަހަލަ ޖަމްޢިއްޔާތަކުގައި ބައިވެރިވެގެން ނޫޅޭ ކަމަށްވަންޏާ، އެ ޤައުމަކުން އިތުރުގޮތަކަށް ކަން ކުރެވިދާނެ. ބައިވެރިވެގެން އުޅޭ ކަމަށްވަންޏާ، ހަމަ ކިރިޔާވެސް ސަފުން އަޅުގަނޑުމެން ބޭރުވާ ކަމަށްވަންޏާ، ސަފަށް ޖައްސާލުމަށްޓަކައި އެއްތެޔޮގަނޑުން އަޅުގަނޑުމެންގެ ގައިގައި ޖަހާނެ. އެހެންވީމާ، މިއީ އެއްވަނަ ދުނިޔޭގެ ޤައުމުތަކުން، މިއުޅޭ ޖަމްޢިއްޔާތަކުގައި އަޅުގަނޑުމެން އުޅުމުގެ ފައިދާއަކީވެސް އެއީ. އެހެންވީމާ، ސީމެގް ވޮޗްގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިހާރު ދެން ޕްލޭސްއެއް ނުވާނެކަންނޭނގެ. އަޅުގަނޑުމެންނަށް ބޮޑަށް ގަބޫލުކުރެވުނީ، ސީމެގްގެ މެންބަރު ޤައުމުތައްވެސް މިވަގުތު ބަދަލުވެގެން އެދިޔައީ. ބަދަލުވެގެން ގޮސްފައި، މިފަހަރު ސީމެގުން އިޚްތިޔާރުކުރީ، ދިވެހިރާއްޖެއާއެކީ ޑައިލޮގް. އިތުރަށް ވާހަކަ ދައްކައިގެން، ދިވެހިރާއްޖޭގައި ހިނގާ ކަންތައްތައް އޮޅުންފިލުވައި، ދިވެހިރާއްޖޭގައި ހިނގާ ކަންތައްތަކާ ވާހަކަ ދައްކައިގެން ޙައްލުތަކެއް ހޯދަން.
 
މިއަދު ބައިނަލްއަޤްވާމީ ޑިޕްލޮމަސީގައި އަސާސަކީ، ވާހަކަ ދައްކައިގެން ކަންކަން ޙައްލުކުރުން. އެއްގޮތަކަށްވެސް ބާރުގަދަ ފަރާތްތަކުން، ބާރު އެއަށްވުރެ ދަށް ފަރާތްތަކާ ދޭތެރޭގައި ހަރުކަށި ފިޔަވަޅު އަޅައިގެން، ކަންކަން ޙައްލެއްނުވާނެ. ގެއްލުން ދެވިދާނެ، އަނިޔާކުރެވިދާނެ. އަޅުގަނޑުމެން މި އިންތިފާޟާގައި، ފަލަސްޠީނު މީހުންގެ އިންތިފާޟާގެ ވާހަކަ، މިއަދުގެ ޒުވާން ކުދިން، އެންމެ ތުއްތުއިރުން ފެށިގެން މިއަދާ ހަމަޔަށް އަންނައިރުވެސް، އެ އިންތިފާޟާގެ ވާހަކަ އަޑުއަހާނެ. ކިތަންމެ އަނިޔާއެއްވެސް ކުރެވިދާނެ. ކިތަންމެ ރަޙުމްކުޑަ ކަންތައްތަކެއްވެސް ކުރެވިދާނެ. އެކަމަކު އެޔަކުންނެއް ޙައްލެއް ނާންނާނެ. އަދި އެއަކުންނެއް، އެ މޫވްމަންޓެއް ވަކި ފަނާވެގެންވެސް ނުދޭ. ފަނޑުވެގެންވެސް ނުދޭ. އެހެންވީމާ، ޑައިލޮގަށް މި އިސްކަން މިދެނީ. އެހެންވީމާ، އަޅުގަނޑުމެން ސީމެގަށް މަރްޙަބާ ކިޔަން، ޑައިލޮގަށް. ސީމެގްގައި މިއަދު އެންމެ ކަންބޮޑުވެގެން އުޅޭ ކަންތައްތަކުގެ ތެރޭގައި، މީގެކުރިއާ ޚިލާފަށް، މީގެކުރީގައި ދެއްކީ، އެއްގޮތަކަށްވެސް މަދަރުސާ ކުދިން ތިބޭތީ ސިޔާސީ ވާހަކަ ދައްކާކަށް ނޫން. އެކަމަކު އަޅުގަނޑު މި ބަލަނީ، އަޅުގަނޑަށްވެސް ދައްކަން އުޅޭ ވާހަކަ، ޕަރސްޕެކްޓިވަށް، ކޮންމެވެސް ނަޒަރިއްޔާއަކަށް ގެނެވޭތޯ.
 
އަޅުގަނޑުމެންގެ ތެރެއިން މި ފަހުން ހިނގާދިޔަ ބައެއް ކަންތައްތަކާ ބެހޭގޮތުން. މިސާލަކަށް، ރައީސް އިން ލޯންޗް ގޮއްވާލި ގޮއްވާލުން. އެއީ ބޮމެއްތޯ، ނޫންތޯ. އެކަމުގައި އުޅޭ މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅި، ތަޙުޤީޤު ދަނީ ރަނގަޅަށްތޯ، ނޫންތޯ. މިކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ވަކިކުރެވި، ވަކިނުކުރީ ކީއްވެގެންތޯ؟ މިކަހަލަ ކަންތައްތަކެއް. އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމެއްވިޔަސް، ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން އަޅުގަނޑުމެންނާ ދޭތެރޭގައި، މިކަންކަމުގެ ކަންކަން ހިނގާގޮތް އޮޅުންފިލުވުމަކީ ފެންނަ ކަމެއް. އެކަމަކު މިފެންވަރަށް ބެހުމަކީ، މިއީކީ ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ޤާނޫނުތައް ނިޔާކުރާގޮތަށް، އަޅުގަނޑުމެންގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑުމެންގެ ޑެސްޓިނީ ޝޭޕް ކުރާނީ ދިވެހިން. އަޅުގަނޑުމެންނަށް ހެޔޮއެދިގެން ކަންތައްތައް ކުރަންވެސް އަންނާނީ ދިވެހި ރައްޔިތުން. އަޅުގަނޑުމެންނަށް އުނދަގޫވާ ކަންތައްތައް ޙައްލުކުރަން ތިބޭނީވެސް ދިވެހި ރައްޔިތުން. އެހެންވީމާ، ދިވެހި ރައްޔިތުންގެ ދިރުމެއް ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ އުންމީދުތައް އެކުލެވިގެން މިވަނީ، އަޅުގަނޑުމެންނަށް މި ވީޑިއޯ ޕްރެޒެންޓޭޝަނުން ފެނުނު ކަހަލަ، ތަރައްޤީގެ ތަޞައްވުރުތަކަކާ އަޅުގަނޑުމެންނާ ގުޅެނީ.
 
މާލެ، މިއޮތީ ފުރިބާރުވެފައި. މާލޭގެ ވާހަކަ ވަރަށް ކުޑަ މިސާލަކުން ތިޔަބޭފުޅުންނަށް ދަންނަވާ ކަމަށްވަންޏާ، އަތޮޅުތެރެއިން އައިސް ކިޔަވަން ތިބޭ ކުދިންނަށް، މާލޭގައި ދިރިއުޅުމުގެ ދަތިކަން ހުރި މިންވަރު އިޙްސާސް ކުރެވޭނެ. އެކަމަކު މުޅި މާލެއަށް ބަލާފައި، މާލޭގައި ދަތިކަން ހުރިގޮތުގެ ވާހަކަ ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާލޭގައި ދެން އިތުރަށް މަރުވާ މީހުން ވަޅުލާނެ ސަޙަރާ ހަދާނެ ޖާގައެއްވެސް ނެތޭ. މާލޭގެ ސަޙަރާތައް އެހެރީ ފަށަލަފަށަލައަށް ވެލި އަޅައިގެން، ސަޙަރާތައް އެހެރީ އިތުރަށް ބޮޑުނުކުރެވޭވަރަށް، އިތުރު މީހުން ވަޅުނުލެވޭވަރަށް ފުރިބާރުވެފައި. ދެން އިތުރު ބިމަކަށް މާލެއަކުންނެއް ޖާގައެއް ނުދޭ ސަޙަރާ ހަދާކަށް. ހަމަ ވަރަށް ކުރުކޮށް މި ދަންނަވާލީ، މާލޭގެ ޙާލަތު އޮތްގޮތް. އެހެންވެގެން ބަދަލުތަކެއް އަންނަން މި ޖެހެނީ. އެހެންވެގެން ވިސްނުންތަކެއް ގެންނަން މި ޖެހެނީ.
 
ރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ ތެރެއިން ބޮޑު ބައެއް މިތިބީ މާލޭގައި. މަތީ ތަޢުލީމް ޙާޞިލު ކުރަން ގިނަ ޒުވާނުން އަންނަންޖެހެނީ މާލެއަށް. އެކަމަކު މިދަންނަވަނީކީ މަތީ ތަޢުލީމް ޙާޞިލުކުރާ، ރާއްޖެތެރޭގެ ރަށްރަށުގައި މަތީ ވަނަ ހޯދާ ކުދިން ނެތެކޭވެސް ނޫން. އެކަމަކު ޢާންމު ތަޢުލީމަށް ބަލާ ކަމަށްވަންޏާ، މަތީ ތަޢުލީމް ޢާންމުވެގެން، ގިނަކުދިން އައިސް މި މަސައްކަތް ކުރަން މިޖެހެނީ މާލޭގައި. އެހެންވީމާ، މި ކުދިން ބޮޑެތިވެގެން މަސައްކަތްތަކެއް ކުރާއިރު، އަޅުގަނޑުމެންނަށް ލިބޭނެ ކަންކަމަކީ، މިރޭގެ މި ޑައިލޮގް، ތިޔަ ކުދިންނާއެކީ ޙިއްޞާކުރާއިރު، ނޫނިއްޔާ ތިޔަ ކުދިންނާއެކީ އެންގޭޖްމަންޓް ޕްރޮސެސްއެއްގެ ތެރޭގައި ދާއިރު، ގަބޫލުކުރަންޖެހެނީ، ތިޔަ ކުދިންނަކީ މާދަމާގެ ޕޮލިސީ މޭކަރުންގެ ލެވެލްގެ ތެރޭގައި، ސަރުކާރުގެ ތެރޭގައި ތިބޭނެ ކުދިން. މާދަމާގެ ކޯޕަރޭޓް ސެކްޓަރުގައި، ކޯޕަރޭޓް ބޯޑްރޫމްތަކުގައި، ކަންކަން ނިންމަންވެސް ތިބޭނެ ކުދިން. އަދި އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި، ރައްކާތެރި ފިޔަވަޅު އެޅުމަށް ޤާނޫނު ހަދާ މަޖިލީހަށްވެސް ވަންނަން ތިބި ކުދިން. މަސައްކަތުގެ އެކި ދާއިރާތަކަށް ނުކުންނަން މަސައްކަތްވެސް ކުރަން ތިބި ކުދިން.
 
އަދި އެންމެފަހު ވާހަކައަކަށް، އެހެން ނަމަވެސް ވަރަށް ސީރިއަސް ވާހަކައެއް. އަހަރުމެންގެ ދިވެހި އިންސާނިއްޔަތު ދެމެހެއްޓުމަށްޓަކައި އަނެއްކާވެސް ޅަދަރިންތަކެއް ދިވެހި ވުޖޫދަށް ގެންނަންވެސް ތިބި، އެ ޕްރޮޑަކްޓިވް އޭޖްގައި ތިބި ކުދިން، ކަލޭމެން ކުދިންނަކީ. އެހެންވީމާ، ދިވެހިރާއްޖޭގައި މިހާރު މި ހިނގާ ކަންތައްތަކާއި، ކުރިއަށް ހުރި ކަންތައްތައް އެނގުމުގެ އެންމެ ޙައްޤުކަން ބޮޑު ބަޔަކީ، މިއަދު ކިޔަވަން ތިބި ދިވެހި ކުދިން. އަދި އެ ކިޔަވާ ކުދިންގެ ތެރެއިންވެސް ގްރެޖުއޭޓްވެފައި ތިބި ކުދިންނާއި، މަތީ ތަޢްލީމު ޙާޞިލު ކުރަމުން މިހާރުވެސް ގެންދާ ކުދިންނާއި، މަސައްކަތުގެ ވަޒީފާއަށް، ނޫނީ މަސައްކަތުގެ ބާޒާރަށް ނުކުންނަން ތައްޔާރުވަމުންދާ ކުދިންނަކީ، ދިވެހިރާއްޖޭގައި ހިނގާ ކަންތައްތަކާ ދޭތެރޭގައި އޮޅުންފިލުވައި އަދި އެކަމަށް ބަސްބުނެ، އެކަމުގެ ޚިޔާލުފާޅުކުރުމުގެ އެންމެ ޙައްޤު ކުދިން.
 
އެހެންވީމާ، ވަރަށް އުފާވޭ، މިރޭގެ މި ބައްދަލުވުމުގައި، ތިޔަ ކުދިންނާއެކީ މިކަހަލަ ވާހަކަތަކެއް ދައްކާލުމުގެ ފުރްޞަތު ލިބުނު ކަމަށްޓަކައި. އެހެން ނަމަވެސް، ހަމަ މިނިސްޓަރ ސަޢީދު ދެއްކެވި ވާހަކަފުޅަށް ވަރަށް ތާއީދު ކުރަމުން، އަދި އެމަނިކުފާނަކީ އަޅުގަނޑުމެންގެ މި ކެބިނެޓްގެ ތެރޭގައި، މި އުންމީދީ މަސައްކަތްތަކެއް ކުރަން ހިމެނޭ ކެބިނެޓްގެ ތެރޭގައި، އިޤްތިޞާދީ ދާއިރާގައި ވަރަށް އިސް ޙަރަކާތްތެރި މަސައްކަތް ކުރައްވާ ވަޒީރަކަށްވާތީ، އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ނިހާޔަތަށް ޝުކުރު ދަންނަވަމުން، އަދި އެމަނިކުފާނުގެ މުރާލިކަމަށާއި، އެނަރޖީއަށް ހަމަ ފަށްފަށުން ތަހުނިޔާ ދަންނަވަމުންވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސަޢީދު ވިދާޅުވި، މިރޭގެ މި ޖަލްސާއަކީ، ދުރާލާ ރޭވެމުން އައި ޖަލްސާއެކޭ. މީގައި ޅެންވެރިންނަށްވެސް ވާގޮތަކީ، ޅެންވެރިން ބުނާ އެއްޗެއްގެ ފުރިހަމަ މާނަ، އެމީހުންގެ ބަނޑުތެރޭގައި އޮންނަނީ. އަޅުގަނޑު މިރޭ އަޞްލުގައި، މީގެ ދެ ދުވަހާ ޖެހެންދެން އަޅުގަނޑަށް އެނގިފައި މިއޮތީ، އަޅުގަނޑު މިތަނަށް މި އަންނަނީ، އެސް.އެމް.އީ ލޯނު ސްކީމެއް ތަޢާރުފް ކުރާށޭ. ދެން އެސް.އެމް.އީ ލޯނު ސްކީމް ތަޢާރުފް ކުރުމުގެ ތެރޭގައި، އިނީޝިއޭޓިވެއް މިއޮތީ ޑައިލޮގް ވިތް ދަ ޕްރެޒިޑެންޓް. އެހެންވީމާ، ޕްރެޒިޑެންޓް ތައްޔާރުވަމުންނެއް ނޫން މިއައީ މީގެ އެތަކެއް ދުވަސް ކުރިން ޑައިލޮގަކަށް. އެކަމަކު ހިތަށްއެރި، މި ފުރްޞަތު ލިބުނީމަ، މި ޑައިލޮގަށް ތައްޔާރުވާންވެސް ޖެހޭނޭ. އެ ކުދިންނާ އިންޓްރެކްޓް ކުރަން ލިބޭ ފުރްޞަތަކީ މިއީ. މިކަހަލަ ގޮތަކަށް މިކަން މިދިޔައީ. އެހެން ނަމަވެސް، ސަޢީދުގެ ވިސްނުންފުޅާއި، ސަޢީދުގެ އިންޓެންޝަން ކިތަންމެހާވެސް ނޯބްލް.
 
އެހެންވީމާ، އެމަނިކުފާނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭގައި، ކުރި މަސައްކަތުގެ ނަތީޖާތައް، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ފެންނަމުން އެބަދެޔޭ. އެންމެބޮޑު ކަމަކީ، ދިވެހިރާއްޖޭގެ ހަމަ ކޮންމެ ރައްޔިތަކަށްވެސް އަމާންކަމާއެކީ ދިރިއުޅެވެންޖެހޭނެ. އަމާންކަމާއެކީ ދިރިއުޅެވެންޖެހޭނެ. ވަކި ޢުމުރަކަށް، ވަކި ގިންތިއަކަށް، މީގައި އިސްތިސްނާއެއް ނެތް. ހަމަ ކޮންމެ މީހަކަށްވެސް، އަމާންކަމާއެކީ ދިވެހި މިނިވަން ޖައްވަށް ނޭވާލެވެންޖެހޭނެ. ދޭދޭ މީހުންގެ ޖެހޭ މައްސަލަތައް ޙައްލުކުރާނެ މުއައްސަސާތައް އެބަހުރި. އެކަމަކު އެއްގޮތަކަށްވެސް ޤާނޫނަކީ އޭނަގެ މުލައްދަނޑީގެ ބާރު ކަމަށް ނިންމައިގެން، ގަބޫލުކޮށްގެން މަގުމަތީގެ ޙަރަކާތްތަކުގައި އުޅޭކަށް ދިވެހިރާއްޖޭގައި ޖާގަ ދެވިގެން ނުވާނެ. މިހެން ކަމަށްވަންޏާ، ދިވެހިރާއްޖެއަކީ އެއްވެސް ގޮތަކަށް ސަލާމަތްތެރި ތަނަކަށް ނުވާނެ. ދިވެހިން އުޅޭކަށެއް ނޫން. ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ގެންނަން އަދި ޢަމުދުން ދިވެހިރާއްޖެއަކީ ކަމުދާ ތަނަކަށް ނުވާނެ.
 
އިހަށްދުވަހު ސައިނާއީގައި ކަންތައްތަކެއް ހިނގައިގެން އެ ދިޔައީ. ސައިނާއީ އެއީ އިޖިޕްޓް. މިހާރު ފޮރިން އިންވެސްޓްމަންޓް އެތަނަށް ދާން ޖެހިލުންވޭ. ފަރަންސޭސިވިލާތުގައި ބޭރުގެ ބޮޑެތި މަސައްކަތްކުރާ މީހުން މިވަގުތު އެތަނުގައި ޓްރެޕްވެފައި ތިބީމަ، އެތާ ތިބޭނެ. ދުވަސްގަނޑެއް ނަގާނެ، އަނެއްކާވެސް އާ އިންވެސްޓްމަންޓް އެތަނަށް ދާން. އަޅުގަނޑުމެންގެ ޤައުމަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ މިއަދުގެ ޙާލަތަކީވެސް، ދިވެހިރާއްޖޭގައި އިމަރޖެންސީއެއް އިޢުލާނުކޮށް، ދިވެހިރާއްޖޭގައި މިކަހަލަ ކަންތައްތަކާ ގުޅިގެން ނަމަވެސް، އިމަރޖެންސީ އިޢުލާނު ކުރީމަ، އަޅުގަނޑުމެންގެ ޓުއަރިޒަމް ދާއިރާއަށްވެސް ގެއްލުންތަކެއް އުފުލަން ޖެހިއްޖެ. އޭގެތެރޭގައި، އެންމެ ގިނައިން މި ފަހަކަށްއައިސް ދިވެހިރާއްޖެއަށް ދަތުރުފަތުރު، ނޫނިއްޔާ ފަތުރުވެރިންގެ ގޮތުގައި މި އަންނަނީ ސީނުކަރައިން، ޗައިނާއިން. ޗައިނާގެ މާކެޓަކީ ޙަޤީޤަތުގައިވެސް ވަރަށް ސެންސިޓިވް މާކެޓެއް. އެހެންވީމާ، ދަތިތަކަކާ އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހިއްޖެ. އެތައް މަސައްކަތެއް އަނެއްކާ ފަހަތުން ގޮސް މި ރަނގަޅު ކުރަން މިޖެހެނީ. އެހެންވީމާ، އިންސާނިއްޔަތާ ދެކޮޅަށް މި ދެވޭ ރަޙުމްކުޑަ، މިކަހަލަ ޢަމަލުތަކުގެ ސަބަބުން އަޅުގަނޑުމެން ހޯދަން މި ބޭނުންވާ ފޮރިން އިންވެސްޓްމަންޓް ހޯދުމުގައި ދަތިތަކެއް އެބަ ދިމާވޭ. ފޮރިން އިންވެސްޓްމަންޓް، ޤައުމަކަށް ގެންނަ ކަމަށްވަންޏާ، އޭގެ އަސާސަކީ ހަމަޖެހުމަކީ އޭގެ ޒާތުގައި ސަލާމަތްތެރިކަމާއެކީ، މަޞްލަޙަތަށް ލޯބިކުރާ މުއައްސަސާތަކެއް ހުރެގެން، ޤާނޫނު ތަންފީޛުކުރާ މުޖްތަމަޢަކަށް ވެގެންދިޔުން. އެއީ ސަލާމަތާއެކީ އެކަން ކުރުން.
 
ދެން ދެވަނަ ކަމަކަށް ބަލަނީ، މިތަނަކީ އިންވެސްޓް ކުރަން އެކަށީގެންވާ ވެށްޓެއް އޮތް ތަނެއްތޯ. ވިޔަފާރިކުރަން އެކަށީގެންވާ ވެށްޓެއް އޮތް ތަނެއްތޯ. އެއަށްވުރެ ކުރިއަށް ޖެހިލާފައި، ފޮރިން އިންވެސްޓްމަންޓް ރާއްޖެއަށް އަންނަންޖެހެނީ ކީއްވެގެންތޯ؟ ކުރާ ސުވާލު މަދެއް ނުވާނެ. ތަންކޮޅެއް ކުރީގެ ޖަލްސާއެއްގައި އަޅުގަނޑު ވާހަކަ ދައްކަމުން، އަޅުގަނޑު ދެންނެވިން، ދުނިޔޭގައި އިޤްތިޞާދީ ލިޓްރެޗަރ، ދެކަފިވެގެން އައި ދުވަސްތަކެއް އައި. 1950ގެ ފަހުކޮޅު، 1960، 1970 އަދި 1970ގެ ފަހުކޮޅާ ޖެހެންދެން، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކާ ދޭތެރޭގައި މުޅި ދުނިޔޭގައި ޝައްކުތައް އުފައްދަމުންދިޔަ، އިކޮނޮމިކް ލިޓްރެޗަރ އަދި ބައިވަރު ޕްރޮފެސަރުން އުފެދުނު. އެމީހުންގެ ވިސްނުމުގައި އެއީ، ސޯޝަލިސްޓް ޕްރޮފެސަރުން. އެކަމަކު އެގޮތަށް ވިސްނަންޖެހުނީ، ކުދިކުދި ޤައުމުތަކަށް އައިއްސަ، ނޫނިއްޔާ ތަހުޒީބީ ސްޓޭޖްގައި، އެހާ ބޮޑަށް ތަހުޒީބުނުވާ ޤައުމުތަކަށް އައިސް، އެ ޤައުމުތަކުގައި ހުރި ޤުދްރަތީ މަޢުދަން، ނުއަގުގައި ނަގައިގެން ގެންގޮސް، މިކަންކަން ކުރާތީ، އެކްސްޕްލޮއިޓް ކުރާތީ، އުފެދުނު ތިޔަރީތަކެއް އެއީ. އެހެންވީމާ، ބޭރުގެ ބޮޑެތި އިންވެސްޓަރުން، ކޮންމެ ތަނަކަށްވެސް އަންނާނީ، އެތަނެއްގެ ހުރި ރިސޯސް އެކްސްޕްލޮއިޓް ކުރަން ކަމަށް ގަބޫލުކުރެވުނީ.
 
އެހެންވީމާ، މިއާ ބެހޭގޮތުން ހަމަ ވަރަށް ބޮޑެތި ފޮތްތައް ލިޔެވި، ވަރަށް ބޮޑެތި ޕޭޕަރުތައް ޕްރެޒެންޓް ކުރެވިގެން، ދުނިޔޭގެ ގިނަ ބަޔަކު، ޚާއްޞަކޮށް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މީހުން ގަބޫލުކުރަމުން އައި ސިޔާސަތު މިއީ. އަދިވެސް މި އުޞޫލުތައް މިއުޅެނީ އަޅުގަނޑުމެންގެ ތެރެއިން ލުހެނުލެވިގެން. ހިތްވަރެއް ހުރެގެން، ބޯލްޑް ޑިސިޝަންތަކެއް ނަގާ ބަޔަކު، މިއާ ދެކޮޅަށް މަސައްކަތް ކޮށްގެން ކުރާ ކަންތަކުގައި ނަތީޖާތަކެއްވެސް އެބަ ލިބޭ. ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ ވިސްނުން މިހިރީ، އަޅުގަނޑުމެން ތަރައްޤީވާން ބޭނުންކަމަށްވަންޏާ، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓް ރާއްޖެއަށް އަންނަންޖެހެޔޭ. ރާއްޖޭގެ އަމިއްލަ ފުދުންތެރިކަމެއް ނެތް، ހުރިހާ ކަމެއް އަޅުގަނޑުމެން އަމިއްލައަށް ކުރާކަށެއް. އެހެންވީމާ، ދެފަރާތަށް ފައިދާވާގޮތަށް، އެއީ ރާއްޖެއަށްވެސް، ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށްވެސް ފައިދާވާގޮތަށް، ރާއްޖޭގައި ދިވެހިންނަށް އެކްސްޕްލޮއިޓް ނުކުރެވޭ، ނޫނީ އެކްސްޕްލޯ ނުކުރެވޭ ޕޮޓެންޝަލަށް އެންމެ ފުޅާމިނުގައި ޖާގަ ގެންދެވެންޖެހޭނެ. އެހެންނޫނިއްޔާ އަޅުގަނޑުމެން ހުރިހާ ކަމެއް އަޅުގަނޑުމެންގެ އަމިއްލަ ޓެމްޕޯގައި، އަޅުގަނޑުމެންގެ އަމިއްލަ ހަކަތަ ހުރި މިންވަރަކުން ކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އަނެއްކާވެސް އިތުރު 10 އަހަރު، 15 އަހަރު ތަރައްޤީނުވެ ތިބެވިދާނެ. ތަރައްޤީވާން ބޭނުންވާ މިންވަރަށް ނުވެވިދާނެ.
 
އެކަމަކު ތަންކޮޅެއް ބްރޯޑް އައުޓްލުކެއްގައި، ތަންކޮޅެއް ފުޅާކޮށް ވިސްނާފައި، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްސް، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ހަމަތަކެއްގެ މަތިން، ރާއްޖެއަށް ގެނައުމަކީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫން ކަމަށް، އަދި އޭގެ ޒާތުގައި އޭގެ ފައިދާތަކެއްވާނެ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވިގެން، އުޞޫލުތައް އެގޮތަށް ބައްޓަންކޮށްފައި، ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރްޙަބާ ކިޔާގޮތަށް ޤާނޫނުތައް ބަދަލުކޮށްފައި، އަދި އެމީހުންގެ އިންވެސްޓްމަންޓްތަކަށް ޕްރޮޓެކްޝަން ނޫނީ ޙިމާޔަތް ދެވޭގޮތަށް ކަންތައްތައް ކޮށްފައި، ރާއްޖެއަކީ މީހުން އުޅެން، ދިރިއުޅެން ފަސޭހަ ތަނަކަށްވުމާއި، އަދި ދިރިއުޅެން އެހާ ފަސޭހަނުވާ ކަންތައްތަކުގެ ތެރޭގައި، މިސާލަކަށް، ކޯޕަރޭޓް ރެޒިޑެންޓް ވިޒާ ދިނުން ކަހަލަ ކަންތައްތައް ކުރާ ކަމަށްވަންޏާ، ބޭރު މީހުންނާ ދޭތެރޭގައި މެހްމާންދާރީ އަދާކޮށްގެން، މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެން ކުރާ ކަމަށްވަންޏާ، ދިވެހިރާއްޖެއަށް އިންވެސްޓަރުން އަންނާނެ. އެކަމަކު ދިވެހިރާއްޖެއަށް އިންވެސްޓަރުން އަންނަންޖެހޭ ކަމަށްވަންޏާ، ހަމަ ތިޔަކުދިން ސުވާލުކުރޭ، އަވަށްޓެރި ސްރީލަންކާގައި، މިސާލަކަށް، ނެތް ކޯޗެއް ދިވެހިރާއްޖޭގައި އޮވެގެން މިއުޅެނީ؟ ސްރީލަންކާ ވަސީލަތުގެ ގޮތުން އަހަރުމެންނަށްވުރެ ތަނަވަސް. ތަޢުލީމީ މީހުންގެ ގޮތުންވެސް، އަދި ހުރިހާ ގޮތަކުންވެސް އަހަރުމެންނަށްވުރެ ތަނަވަސް. ބިން ބޮޑު، އަދި މިކަހަލަ ކަންކަމުގެ ވިސްނުމާއި، މިކަހަލަ ކަންކަމާ ބެހޭގޮތުން އެމީހުން ތައްޔާރުކޮށްފައި ހުރި ކޭސްތައް، އަހަރުމެންނަށްވުރެ މާ ދޮށިވާނެ. އަހަރުމެންނަށް އޮތް ޗެލެންޖަކީ، އަހަރުމެންނަށް އޮތް ގޮންޖެހުމަކީ، އަވަށްޓެރި ޤައުމުތަކަށް އަންނަން ހުރި އިންވެސްޓްމަންޓް، އަވަށްޓެރި ޤައުމުތަކަށް އައުމުގެ ކުރިން ދިވެހިރާއްޖެއަށް ގެނެވޭތޯ ކުރާ މަސައްކަތް. އެހެން ކުރާކަމަށްވަންޏާ، އެކްސެޕްޝަނަލް އެފަރޓެއް ލާންޖެހޭނެ. އާދަޔާޚިލާފު މަސައްކަތްތަކެއް ކުރަންޖެހޭނެ. އިޤްތިޞާދަށާއި، ބޭރުގެ އިންވެސްޓަރުންނަށް، ފްރެންޑްލީ ނޫނިއްޔާ އެމީހުންނާ ރަޙްމަތްތެރި މާޙައުލެއް، ވެށްޓެއް ޤާއިމުކުރެވޭތޯ އަހަރުމެން ކުރާ މަސައްކަތްތަކެއް ކުރަންޖެހޭނެ. މި މަސައްކަތް މިހެން އެކަނިކޮށްފައި، އެހިސާބުން އަދި ބޭރުގެ އިންވެސްޓަރުން އަންނަނީކީވެސް ނޫން. ބޭރުގެ މި އިންވެސްޓަރުން ގެންނަން ކުރާ މަސައްކަތުގެ ތެރޭގައި، އަހަރުމެންގެ އިޤްތިޞާދުގައިވެސް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ. ބޭރުގެ އިންވެސްޓަރުންނެއް ރާއްޖެއަކަށް ނާންނާނެ، އެމީހުންކުރާ ހުރިހާ މަސައްކަތެއް ކޮށްފައި، އެމީހުންނަށް ލިބޭ ހުރިހާ ނަފައެއް މާރުކުރަނީ ރުފިޔާއަށްވެފައި، އަދި ރުފިޔާ ޑޮލަރަށް މާރުކުރެވޭނެ ވަސީލަތެއް ދިވެހިރާއްޖޭގައި ނެތްކަމަށްވަންޏާ، ނޫނީ އެ ޑޮލަރު ލިބޭނެގޮތެއް ނެތްކަމަށްވަންޏާ، ދިވެހިރާއްޖޭގައި އިންވެސްޓް ކުރާނެ ބަޔަކު ނާންނާނެ.
 
ކޮންމެ ޤައުމެއްގެ އިންވެސްޓަރުންވެސް އަންނަނީ، އެމީހުން ކުރާ މަސައްކަތެއް ކޮށްފައި، ދިވެހިރާއްޖެއަށް ދައްކަންވާ ޓެކްސްތަކެއް ދައްކާފައި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންގެ މުސާރައާއި، އެހެންވެސް އުޖޫރައާއި ޢިނާޔަތްތައް ދީފައި، ދެން ލިބޭ އާމްދަނީގެ ފައިދާ، ޑިވިޑަންޑް ގޮތުގައި ބޭރަށް ގެންދާނީ. އެކަމަކު އެ ގެންދާ ގެންދިޔުމުގެ ތެރޭގައި، އަހަރުމެންގެ ސަރަޙައްދުގެ ޤައުމުތަކުގައި ބޮޑެތި ވިތް ހޯލްޑިންގ ޓެކްސް، ބޮޑެތި ޢަދަދުގެ ޓެކްސް، އެ ގެންދާ ފައިސާ، ގެންދިޔުމުގެ ތެރޭގައި ވަކިވަރަކަށްވުރެ ބޮޑަށް ނުގެންދިޔުމާއި، ވަކި މުއްދަތެއްގެ ތެރޭގައި ނޫނީ ނުގެންދިޔުމާއި، ގެންދާ ފައިސާއަށް ޓެކްސް ނެގުމާ، މިކަހަލަ ތަފާތު އެތައް އުނދަގޫ ކަންތައްތަކެއް އެބަހުރޭ. ދިވެހިރާއްޖެއިންވެސް މިކަން ތަޢާރުފްކޮށްފި ކަމަށްވަންޏާ، ދިވެހިރާއްޖެއެކޭ މިކަހަލަ ޓެކްސްތައް ހުންނަ ބައެއް އެހެން ޤައުމުތަކެކޭ ތަފާތެއް ނޯންނާނެ. އެހެންވީމާ، ދިވެހިރާއްޖޭގައި މިކަހަލަ އެއްވެސް ކަމެއް ނުކުރަނީ. ދިވެހިރާއްޖޭގައި މިކަން ނުކޮށްފައި، އަހަރުމެން އެބަ ކަށަވަރުކޮށްދޭންޖެހޭ، މި ލިބޭ ފައިދާ، ޑިވިޑަންޓް ނޫނިއްޔާ ނެޓް ޕްރޮފިޓްގެ ތެރެއިން ބޭރަށް ޓްރާންސްފަރ ކުރަންޖެހޭ އެއްޗެއް ގެންދާއިރު، ޑޮލަރަށް ނޫނިއްޔާ ކޮންވަރޓަބަލް ކަރަންސީއަކަށް ބަދަލުކުރެވޭނެ ކަމުގެ ގެރެންޓީ އެބަ އޮންނަންޖެހޭ. މިކަންކަން ކުރާއިރު، އަހަރުމެންގެ އިޤްތިޞާދުގައި މި ހަކަތަ، ނޫނިއްޔާ މި ޓެމްޕޯ، މި ޕޭސް ހުރިތޯ އަހަރުމެން އެބަ ބަލަންޖެހޭ. އަބަދުވެސް އަހަރުމެންނަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި މި ހުންނަނީ، މިކަންކަމާ ދެކޮޅަށް ހުރި ކަންތައްތައް. މިސާލަކަށް، ބައިނަލްއަޤްވާމީ ވިޔަފާރި، އިންޓަރނޭޝަނަލް ކޮމާރސް ކިޔަވާ ކުދިންނަށް ވެއްޖިއްޔާ އެނގޭނެ، އަބަދުވެސް ޓެކްސްޓް ފޮތުގައި، ބެލެންސް ޝީޓްގައި، ނޫނީ ޤައުމެއްގެ ބެލެންސް ޝީޓްގައި ވާހަކަ ދައްކާނެ ޓްރޭޑް އެކައުންޓަކާއި، ޓްރޭޑް އެކައުންޓް ސަރޕްލަސްތޯވީ؟ ޓްރޭޑް އެކައުންޓް ޑެފިސިޓްތޯވީ؟ އާމްދަނީ މި ލިބެނީ، ބޭރު ފައިސާ ލިބޭ އާމްދަނީ މި ލިބެނީ އެކްސްޕޯޓްކުރާ އެއްޗަކުން، ނޫނިއްޔާ އެ އެކްސްޕޯޓްކުރާ ޚިދްމަތަކުން.
 
ދިވެހިރާއްޖޭގައި އެކްސްޕޯޓްކުރާ އެއްޗެއްސަށް ބަލާކަމަށްވަންޏާ، ދަޅުގައި ބަންދުކުރި މަހާއި، އަދިވެސް އެކްސްޕޯޓްކުރާ ބައެއް އައިޓަމްތަކާ، މައިގަނޑު ގޮތެއްގައި ދެން މިއޮތީ ޚިދްމަތުގެ އިންޑަސްޓްރީ، ޓުއަރިޒަމް އިންޑަސްޓްރީ، ސަރވިސަސް އިންޑަސްޓްރީ. އިމްޕޯޓްކުރާ އެއްޗިއްސަށް ބަލައިފި ކަމަށްވަންޏާ، ދަތްކޮށްޓާ އިލޮށިކޮޅުން ފެށިގެން ގޭގެ މޭޒުމައްޗަށް ކެއުމަށް ތައްޔާރުކުރާ ހުރިހާ އެއްޗިއްސަކާއި، ފެންވަރާއިރު ބޭނުންކުރާ ޝޭމްޕޫއާއި، ގަމީސް، އަންނައުނަށްޖަހާ ސެންޓާ، ދެން ތިޔަކުދިންގެ ޚިޔާލަށް ގެނެވުނުވަރެއް އޮތީ. މިހުރިހާ އެއްޗިއްސަކީ އިމްޕޯޓްކުރާ އެއްޗެހި. މި އެއްޗެހި އަހަރުމެން އިމްޕޯޓް މިކުރަނީ، އަހަރުމެންގެ ޤައުމުގައި ނެތް ރެޖީމެއްގެ ތެރެއިން، ބޭރު ޤައުމުތަކުގައި އޮންނަ ރެޖީމްގައި، އެތަނުގައި އޮންނަ ޑިއުޓީތަކާއި، އެތަނުގައި ހުންނަ ޕްރޮޑަކްޝަން ޓެކްސްތަކާ، މިހުރިހާ އެއްޗެއްގެ އަގުތަކާ އެއްކޮށް އަހަރުމެން އިމްޕޯޓް މި ކުރަނީ. އެހެންވީމާ، އިމްޕޯޓްކުރާ މުދަލުގެ އަގު ކަނޑައެޅުމުގެ އިޚްތިޔާރެއް ދިވެހިރާއްޖެއަކަށް ނޯވޭ. އެއަށްވުރެ މާ ކުޑަ ޤައުމެއް ދިވެހިރާއްޖެއަކީ. އެހެންވީމާ، ބޭރުގެ އިންފްލޭޝަން ބޮޑުވެއްޖެ ކަމަށްވަންޏާ، މުދަލުގެ އަގަށް އެ ބަދަލު އަންނާނެ. އެއަށް އަހަރުމެން ފައިސާ މި ދައްކަނީ ޑޮލަރުން. އަނެއްކާ ޑޮލަރު އެބަ ހޯދަންޖެހޭ. ޑޮލަރު ހޯދަން ބަލާއިރު، މި ބުނާގޮތަށް ޓްރޭޑް އެކައުންޓަށް ބަލާކަމަށްވަންޏާ، ޓްރޭޑް އެކައުންޓް ޑެފިސިޓްގައި އުޅޭ ކަމަށްވަންޏާ، ކޮންމެވެސް އެހެން ގޮތަކުން ޑޮލަރުގެ އާމްދަނީ ހޯދޭނެ ގޮތްތަކެއް އަހަރުމެން ހޯދަން އެބަޖެހޭ. ނުހޯދޭ ކަމަށްވަންޏާ، ބޭރުގެ އިންވެސްޓަރުން މިތަނަށް އައިސް، އެމީހުން ކުރާ މަސައްކަތުގެ ޑިވިޑަންޓް ގެންދަން ހޯދާ ޑޮލަރު، އަނެއްކާވެސް އެމް.އެމް.އޭ.ގެ ރިޒަރވްއަކުން މާރެއްނުކޮށްދޭނެ. ބޭންކްތަކަކުން މާރެއް ނުކޮށްދޭނެ.
 
މިއަދު އަހަރުމެން މި ވާހަކަ ދައްކާއިރު، ހަމަ ތިޔަ ކުދިންނާ ޙިއްޞާކޮށްލަން ބޭނުންވަނީ، 2013 އާ ހަމަޔަށް އައިއިރު، އަހަރުމެންގެ ގްރޮސް ރިޒަރވް އެމް.އެމް.އޭ. ގައި ނޫނީ މަރްކަޒީ ބޭންކްގެ ރިޒަރވްއަށް ބަލާކަމަށްވަންޏާ، ރިޒަރވް ހުރި އަދަދު މިހާރު މިއޮތީ، އޭގެ ދެ އަހަރު ފަހުން، 2015 ގައި މިވާހަކަ އަހަރުމެން ދައްކާއިރު، ވަރަށްބޮޑުތަން އިރާދަކުރެއްވިއްޔާ ރަނގަޅުވެފައި. 368 މިލިއަން ޑޮލަރުން 627 މިލިއަން ޑޮލަރަށް އިތުރުވެފައި މިއޮތީ. އަދި އިޤްތިޞާދު ކުރިއަށް ރަނގަޅަށް ގެންދެވޭ ކަމަށްވަންޏާ، މި ޢަދަދު އިތުރުވެގެން ދިޔުމަކީ، އަހަރުމެން އެންމެން އެދޭގޮތް. މިސާލަކަށް، ސިންގަޕޫރު، ޓައިވާން، މި ޤައުމުތަކަށް ބަލާކަމަށްވަންޏާ، މި ދައްކަނީ ދެ ޓްރިލިއަން، ތިން ޓްރިލިއަން ޑޮލަރުގެ ރިޒަރވް، އެތަންތަނުގައި ހުންނަ ވާހަކަ. އަހަރުމެން މި ދައްކަނީ، 500 މިލިއަން، 600 މިލިއަންގެ ރިޒަރވް ހުންނަ ވާހަކަ. އެކަމަކު އަހަރުމެންވެސް އުޅުމުގައާއި، ކަން ކުރުމުގައި ސިންގަޕޫރު ނަކަލުކުރަން ބޭނުންވޭ. އުންމީދުތަކަށް ބަލާކަމަށްވަންޏާ، ދިވެހި ޒުވާނުންވެސް އައިފޯނުވެސް ބޭނުންވާނެ. އަދި ދިވެހި ޒުވާނުންވެސް ސިންގަޕޫރު މީހުން އުޅޭގޮތަށް އުޅެންވެސް ބޭނުންވާނެ. އެ ހޭދަކުރަން ބޭނުންވާނެ. ލާރި ލިބޭ ކަމަށްވަންޏާ، ފަރުވާއަށްވެސް އަހަރުމެންވެސް ދާން ބޭނުންވާނީ، ހަމަ އެންމެ ރަނގަޅު ފަރުވާ ލިބޭ ކަމަށް، މި ސަރަޙައްދުން އަހަރުމެންނަށް ގަބޫލުކުރެވެނީ ސިންގަޕޫރު ކަމަށްވަންޏާ، އެ ފަރުވާއަށް އަހަރުމެން ސިންގަޕޫރަށްވެސް ދާންޖެހޭނެ. އެކަމަކު ފެންވަރުގެ ގޮތުން، އިޤްތިޞާދުގައި ޑެބްތް ހުރި މިންވަރަށް ބަލާކަމަށްވަންޏާ، އަހަރުމެންގެ ތަފާތު ހަމަ ކުޑަކުޑަ މިސާލަކުން މި ބުނެދިނީ. އެހެންވީމާ، އެތަންތަނުގެ މަރްކަޒީ ބޭންކުގައި އެތަންތަނުގެ ސިންގަޕޫރު ޑޮލަރުގެ އަގަށް ހީނަރުކަން އަންނަން ކަމަށްވަންޏާ، އެ ބަދަލުކުރާ ކަމަށްވަންޏާ އިންޓަރވިން ކުރުމުގެ ފުރްޞަތު، ޖާގަ އޮތް ޑެޕްތް މި ކިޔައިދިނީ. ތިން ޓްރިލިއަން، ހަތަރު ޓްރިލިއަން ރިޒަރވްގައި އެބަހުއްޓޭ.
 
ދިވެހިރާއްޖޭގައި ފައިސާގެ އަގު ހިފަހައްޓާކަށް އަހަރުމެންގެ މަރްކަޒީ ބޭންކުން އެވަރުގެ ސްޓްރެންތެއް ނުހުންނާނެ. ފައިސާގެ އަގު އިރޯޑްވެގެންދާ ކަމަށްވަންޏާ، ފައިސާގެ އަގު ވެއްޓެމުންދާ ކަމަށްވަންޏާ، މި ހައެއްކަ ސަތޭކަ މިލިއަން ޑޮލަރުގެ ތެރެއަކުންނެއް ނުކުމެ، އޯޕަން މާކެޓް އޮޕަރޭޝަންސްގައި އަހަރުމެންނަކަށް ނޫޅެވޭނެ. އެކަން ކުރާހާ ހަކަތައެއް އަހަރުމެންގެ ބޭންކަކު ނެތް. އެހެންވީމާ، ބޭރުގެ އިންވެސްޓަރުން މި ގެންނަނީ ރާއްޖެއަށް. ރާއްޖެއަށް ބޭނުން މަސައްކަތްތައް ކުރުމާއެކީ، ޑޮލަރުން އާމްދަނީ ލިބޭނެ ކަންތައްތަކެއް ރާއްޖޭގައި އުފައްދައި، އިޤްތިޞާދު ފުޅާކުރަން. އެއީ ދިވެހިންނަށް އެކަން ނުކުރެވޭތީ. އަހަރުމެންގެ އަމިއްލަ ވިސްނުމުގައި، އަހަރުމެން އަމިއްލައަށް ލިބޭ އެއްޗަކުން ކަންތައްތައް ކުރާ ކަމަށްވަންޏާ، އަނެއްކާވެސް މިސާލެއް ދައްކާލާނަން. މާލޭގެ ރައްޔިތުން، މާލޭގައި ތޮއްޖެހުން ބޮޑުވެގެން، ރައީސް މައުމޫންގެ ހަމަ ވަރަށް ވަރުގަދަ އަދި ވަރަށް ރިވޯރޑިންގ، އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމަކަށް ވެގެންދިޔައީ، ހުޅުމާލޭގައި ބިން ހިއްކެވުން. އެކަމަކު ބިން ހިއްކެވުމަކީ އެތައް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަކަށްވާތީ، އެކަމާ ދޭތެރޭގައި ވިސްނުން ތަފާތު ބޭފުޅުންވެސް ސަރުކާރުގައި ތިއްބެވި. އެހެން ނަމަވެސް، ރައީސް މައުމޫން ހަމަ ކުރިއަށް ގެންދެވީ. އެކަން ކުރެއްވި. އޭރު އަހަރުމެން، އަހަރުމެންނަށް ލިބުނު ފައިސާއަކުންނާއި އަދި އަހަރުމެންގެ ޓެމްޕޯގައި އެކަން ކުރީމަ، އަހަރުމެންނަށް އޭރު އެ ބިން ހިއްކަން ގާތްގަނޑަކަށް 7 އަހަރު، ނޫނީ 7 އަހަރު ބައި ނެގި. އެކަމަކު މިއަދު އަހަރުމެންގެ ވިސްނުން ބަދަލުވެފައި، އަހަރުމެން ބޭނުންވަނީ، އިކޮނޮމިކް ޓްރާންސްފޮމޭޝަނަކަށް، ނޫނިއްޔާ ބާރު ސްޕީޑްގައި ބޮޑެތި ކަންތައްތަކެއް ކުރަން ބޭނުންވާތީ. އަހަރުމެން މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކޭ. ބިން ހިއްކަން އަހަރުމެން އެކަށައަޅާފައި، ބިން ހިއްކުމުގެ ފެސިލިޓީތަކެއް، ކްރެޑިޓް ފެސިލިޓީތަކެއް އަހަރުމެން ހަމަޖައްސާފައި، އިރާދަކުރެއްވިއްޔާ އަހަރުމެންނަށް މިހާރު އޮތް ހުޅުމާލެއަށްވުރެ ބޮޑު ހުޅުމާލެއެއް، 240 ނޫނީ 250 ހެކްޓަރުގެ ހުޅުމާލެއެއް އެއޮތީ ހިއްކާ ނިންމާފައި. 7 އަހަރު ބަޔަކުން ނޫން. 9 ހަފްތާގެ ތެރޭގައި. 9 ހަފްތާގެ ތެރޭގައި.
 
އިޤްތިޞާދީ ވާހަކަ ދައްކާ މީހުން، ކިޔަވާ ކުދިންވެސް، ޓީޗަރުންވެސް، އަދި އިޤްތިޞާދީ ކަންތައްތައް، ޕޮލިސީ އިމްޕްލިމެންޓް ކުރަން ތިބޭ މީހުންވެސް، އަބަދުވެސް ބުނާނެ އެއްޗަކީ، އަބަދުވެސް ބުނާނެ އެއްޗަކީ، ވަގުތަކީ މުހިންމު އެއްޗެއް، އިޤްތިޞާދުގައި. [ޓައިމް އިޒް މަނީ] މި ކޮންސެޕްޓް ބޭނުންކުރާނީ. ގެއްލޭ ކޮންމެ ވަގުތަކުން އާމްދަނީން، ނޫނިއްޔާ ލިބޭ އޮޕަޗުނިޓީއެއްގެ ފުރްޞަތު ގެއްލޭ. އެހެން ކަމަށްވަންޏާ، އެއިން ލިބެންހުރި ލާރި، އެއިން ލިބެންހުރި ފައިދާ، ނަފާ ގެއްލިގެންދާ ފުރްޞަތު. އެހެންވީމާ، އިޤްތިޞާދުގައި އެންމެ މުހިންމު ކަމަކީ، ކުރަންޖެހޭ ކަންތައްތައް، ފުރަތަމަ ވިޜަނެއް އޮވެގެން، އަދި އެކަންކަން ކުރެވޭނެ ކަމަށް ގަބޫލުކޮށްގެން، ވީހާ އަވަހަކަށް އެކަން ކުރުން. އަޅުގަނޑުމެންގެ ސަރުކާރުގެ ހިންގުމަށް ގެނައި ބަދަލުގެ ތެރޭގައި، ޒުވާން ވަޒީރުންތަކެއް، ވަރަށް ކޮލިފައިޑް ވަޒީރުންތަކެއް ތިއްބަވައިގެން މި ކުރައްވާ މަސައްކަތަކީ، މި އަންނަ ބޮޑެތި މައްސަލަތައް، ހަމަ ވަރަށް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި، ވަރަށް ފާސްޓް، ވަރަށް އަވަހަށް ކަންކަން ޙައްލުކޮށްދެއްވައި، ކަންކަން ނިންމަވައިދެއްވަނީ. އެހެންވެގެން ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖެއާ ދޭތެރޭގައި މިހާ ޝައުޤުވެރިކަން އޮތީ. އަހަރުމެން އަޑުއަހަމު، އަވަށްޓެރި ބޮޑު ޤައުމެއްގައި، ފޯން ލައިނެއް ބޭނުންވެގެން، ރިކްއެސްޓް ކޮށްގެން، އިންތިޒާރުގައި އެބަތިބޭ، 150 ދުވަސް، 200 ދުވަސް، ފޯން ލައިނެއް ނުލިބިގެން. ދިވެހިރާއްޖެއަށް އޮތް އެޖަކީ، ދިވެހިރާއްޖެއަށް އޮތް ކުރިއެރުމަކީ، މިކަންކަމަށް ކޮމްޕެއަރ ކުރާއިރު، އޮތް ކުރިއެރުމަކީ އަހަރުމެން ފޯން ލައިނަކަށް އެދޭ ކަމަށްވަންޏާ، މިއަދު އެދިއްޖިއްޔާ، ތިން ދުވަހުގެ ތެރޭގައި ފޯން ލައިން ލިބުން. ދިވެހިންގެ ޕޭޝަންސެއް ނުހުންނާނެ، ހަފްތާއެއް ވަންދެން ފޯން ލައިނެއްގެ އިންތިޒާރުގައި ތިބޭކަށް. އަހަރުމެން މިއީ ހަމަ ވަރަށް ސަޅިކޮށް އުޅެން ބޭނުންވާ ބައެއް. އެހެންވީމާ، އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް. އެއީ ކޮންސިއުމަރިޒަމް، ނޫނިއްޔާ ހޭދަކުރުމުގެ ރަނގަޅު ސިފައެއް އެއީ. ކޮމްސިއުމަރިޒަމް، ނޫނިއްޔާ ލިބޭ އެއްޗަކުން ހޭދަކުރާ ކަމަށްވަންޏާ، އިޤްތިޞާދު ކުރިއަށްވެސްދާނެ.
 
އެކަމަކު މިޔާއެކީވެސް ބުނަން ބޭނުންވޭ، ފައިސާ ރައްކާވެސް ކުރަންޖެހޭނެ. ބޮޑެތި ކަންތައްތައް ދިމާވީމަ، ފައިސާ ރައްކާވެސް ކުރަންޖެހޭނެ. އެއީ ފައިސާ، އެކަހަލަ ދުވަހަކަށް ރައްކާތެރި ކުރަންވެސްޖެހޭނެ. އެހެން ނަމަވެސް، ލިބޭ އެއްޗެއް، އިޤްތިޞާދަށް ޚަރަދުކުރާ ކަމަށްވަންޏާ، އިޤްތިޞާދުގެ އުފެއްދުން އިތުރުވެގެންދާނެ. އެހެންވީމާ، އަހަރުމެން ނުތިބޭނެ، 300 ދުވަސް ވަންދެނެއް ފޯން ލައިނެއްގެ އިންތިޒާރަކު. އަހަރުމެންނަށް، މިއަދު އެދޭ ކަމެއް، މާދަމާ ނޫނިއްޔާ އަނެއްދުވަހު ވާންޖެހޭ. އެހެންވީމާ، އެއީ އޭގެ ޒާތުގައި ހަމަ ރަނގަޅު ސިފައެއް. އެކަމަކު އަހަރުމެންނަށް އޮތް ޗެލެންޖަކީ، މިކަންކަން ކުރުމުގައި ވަސީލަތްތައް ތަނަވަސްހެއްޔޭ؟ ވަސީލަތްތައް ތަނަވަސް ނޫން ކަމަށްވަންޏާ، ވަސީލަތް ތަނަވަސްކުރެވޭތޯ ބެލުމަކީ، އިޤްތިޞާދުގައި އެކަން ކުރަންޖެހޭގޮތް. އެކަމަކު ކަމެއް ކުރަން ނުނިންމިގެން، ތިން ހަތަރު މަސްދުވަސް، އެޕްލިކޭޝަނަކަށް ހުއްދަނުދީ ތިބޭ ކަމަށްވަންޏާ، އިންވެސްޓަރު ދިވެހިރާއްޖޭގައި ހުންނާކަށް ނުޖެހޭ. ހަމަ އޭނަ، އޭނަގެ އެޕްލިކޭޝަން ހިފައިގެން ދާންވީ، އެހެން ކޮންމެވެސް ތަނަކަށް. ކެރީބިއަނަށް ދާންވީ، ޓުއަރިޒަމަށް ބަލާ ކަމަށްވަންޏާ، ނޫނީ އެހެންކަހަލަ މަސައްކަތެއް ކަމަށްވަންޏާ. ދިވެހިރާއްޖެ ކަހަލަ ޤުދްރަތީ ވެށި ހުރި ތަންތަން ދުނިޔޭގައި އެބަހުރި. އެހެންވީމާ، ރާއްޖޭގައި އެކަން ކުރަން އަހަރުމެންގެ ސަރުކާރަށް ދަތިވަންޏާ، ވަގުތު ނަގާކަމަށްވަންޏާ، އެކަން ކުރެވޭ ދުވަހެއް ވަންދެނެއް ބަލަހައްޓައިގެން ނުތިބޭނެ.   ދިވެހިރާއްޖެއަށް އާ އެއަރލައިނެއް ގެންނަން އުޅެނީ. ދިވެހިރާއްޖެއަށް މިސާލަކަށް، ކޮމާރޝަލް ބޭންކެއް ގެންނަން އުޅެނީ. އެއަށް ހުއްދަ ނުދެވިގެން، އަހަރުމެން ބޭންކް ގެންނަން ބޭނުންވެސްމެ. އެކަމަކު އެއަށް ހުއްދަ ނުދެވިގެން 6 މަސްދުވަސްވާ ކަމަށްވަންޏާ، އެ ބޭންކް މީހުންނެއް ދިވެހިރާއްޖޭގައި ބޭންކެއް ހުޅުވާކަށް މަޑެއްނުކުރާނެ. އެމީހުން އެހެން ދިމާއަކަށް ދާނެ. އެހެންވީމާ، އިޤްތިޞާދީ ގޮތުން ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ލެވެލްގައި ކުރާ ކަންތައްތައް، އަވަސްމިނުގައި ކުރުމަކީ އަހަރުމެންނަށް އޮތް އިރާދަކުރެއްވިއްޔާ އެންމެބޮޑު އެޑްވާންޓޭޖް.
 
ދެން އޮތް ކަމަކީ، އިޤްތިޞާދަށް ބޭރުގެ އިންވެސްޓަރުންނަށް ބޭނުންވާ ހުރިހާ ރައްކާތެރިކަމާއި ޙިމާޔަތް ދޭން ބޭނުންވާ މިންވަރަށް، ސަރުކާރުން އެކަން ކުރަން ބޭނުންވޭ. އަދި ސަރުކާރުން އެކަން ކުރަން އެހުރި ވިސްނުމުގައި، މިއަދުގެ ރައްޔިތުންގެ މަޖިލިސް އަޅުގަނޑުމެންނަށް އެކަން އެބަ ކޮށްދެއްވާ. އެކަން އެގޮތަށް ނުވާކަމަށްވަންޏާ، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެވޭ ކަމަށްވަންޏާ، އޭގައި ކުރެވޭނެ ކަމެއް ނެތް. މިސާލަކަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނު، ބޮޑެތި ބިޔަ މަޝްރޫޢުތައް ގެންނަ ކަމަށްވަންޏާ، އެ ބިޔަ ބޮޑެތި މަޝްރޫޢުތަކަށް އަހަރުމެން ޚާއްޞަ ޢިނާޔަތްތަކެއް، ޚާއްޞަ އިންސެންޓިވްތަކެއް ނުދީ އެ މަސައްކަތެއް ނުގެނެވޭނެ. އެ މަސައްކަތް ކުރުމަށްޓަކައި މަސައްކަތުގައި ފުރަތަމަ ޢިނާޔަތްތައް ދިނުން އެއީ އެއްކަމެއް. އެމީހުންގެ އިންވެސްޓްމަންޓް ޕްރޮޓެކްޓް ކޮށްދޭން ތަފާތު ރެޖީމެއް އޮތުމަކީ އަނެއް ކަންތައް. މަސައްކަތް ކުރާއިރު، އެމީހުން ކުރާ ކަންތައްތަކާ ވީހާ ބެހުން ކުޑަވެ، ސަރުކާރުގެ އިންޓަރވެންޝަން ވީހާ ކުޑަވުމަކީ، އެމީހުން ރާއްޖެއާ ދޭތެރޭގައި ޝައުޤުވެރިވާނެ ކަމެއް. މިހާރު އޮތް ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން އެކަންކަން ނުވާތީ، މިއަށް ޚާއްޞަ ޤާނޫނެއް އަހަރުމެން ހަދަންޖެހުނީ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަރުކާރުން ވިސްނައިދެވޭތޯ ބެލީ، މިކަހަލަ ބޮޑެތި ބިޔަ އިންވެސްޓްމަންޓްތައް، އެއް ބިލިއަން، އެއްހާސް މިލިއަން ޑޮލަރަށްވުރެ މަތީގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެންނަ ކަމަށްވަންޏާ، މި ދައްކަނީ މިތާ ކާރޕެންޓްރީ ޝޮޕެއް ހުޅުވާ ވާހަކައެއްވެސް ނޫން. މި ދައްކަނީ މިތާ ހެދިކާ ވިއްކާނެ ރެސްޓޯރެންޓެއް ހުޅުވާ ވާހަކައެއްވެސް ނޫން. މި ދައްކަނީ ބޮޑެތި ބިޔަ އިންވެސްޓްމަންޓްގެ ވާހަކަ. އެއް ބިލިއަން ޑޮލަރު، ނޫނީ އެއަށްވުރެ މަތީ އިންވެސްޓްމަންޓްގެ ވާހަކަ.
 
އެހެންވީމާ، އެކަން ކުރާކަށް ދިވެހިރާއްޖޭގައި ބިން ނެތިގެން، ދިވެހިރާއްޖެއިން ބިން ހުސްވާކަމަށް ވަކާލާތު ކުރުމަކީވެސް ހަމަޖެހޭ ކަމެއް ނޫން. ﷲ އަހަރުމެންނަށް ދެއްވާފައި ހުރި ނިޢުމަތްތަކުގެ ތެރޭގައި މިހިރީ، ވަރަށްރީތި މޫދުތަކާއި، ވަރަށްރީތި ގޮނޑުދޮށްތަކާ އަދި އެހާމެ ގިނަ ފަޅުތައް މިހިރީ. ތިލަ ފަޅުތައް ބައިވަރު. ކުރީގެ ޖަލްސާއެއްގައި ވާހަކަ ދައްކަމުން، އަޅުގަނޑު މި ސުވާލަށް ޖަވާބުދިނިން. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، 500 ނޫނިއްޔާ ބިލިއަނެއްގެ ދެބައިކުޅައެއްބައި، 500 މިލިއަން ހޭދަކޮށްގެން، އަޅުގަނޑުމެންނަށް މިހާރު މިއޮތް ހުޅުމާލޭގައި، އަޅުގަނޑު ހަނދާންވަނީ އޭރު އަޅުގަނޑު ބުނި ފިގަރގައި، 35 ހުޅުމާލެވަރު ހިއްކޭވަރުގެ ތަންތަން ދިވެހިރާއްޖޭގައި އެބަހުރި. ބިމަކީ އުފެއްދޭނެ އެއްޗެއް. އެހެންވީމާ، ރާއްޖޭގެ ބިން، ބަޔަކަށް ގޮސްގެން އަޅުގަނޑުމެން އެކަމާ އެހާ ކަންބޮޑުވާކަށްނުޖެހޭ. އެކަމަކު ކުރިއަށް ދިޔުމުގެ ރޫޙު ހުރުމަކީ، މިހެންހުރި އުނދަގޫ ކަންތައްތައް، މިހެންހުރި ޤަދީމީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ވިސްނުމުގައި މިހިރަ ތަޅު އެޅުވިފައި ހުރި ކަންކަން، އަޅުގަނޑުމެން ތަޅު ނައްޓާލާފައި ކުރިއަށް ދިޔުމުގެ ހިތްވަރު އަޅުގަނޑުމެންގެ ހުންނަންޖެހޭނެ. އެގޮތަށް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ފްރޮންޓިއަރޒް އޯޕަންއަޕް ކުރެވޭ ކަމަށްވަންޏާ، ފްރޮންޓިއަރޒް އޯޕަންއަޕް ކުރުމަކީ އެއްގޮތަކަށްވެސް ކަސްޓަމް ހުޅުވާލުމެއް ނޫން. ފްރޮންޓިއަރޒް އޯޕަންއަޕް ކުރުމަކީ، ޕޮލިސީ ލެވެލްގެ މީހުންގެ ސިކުނޑި، ފުރަތަމަ ހުޅުވާލުން. އެކަންކަން ކުރަން ގަބޫލުކޮށްގެން، އެކަމުގައި ފައިދާތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށްވަންޏާ، އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ.
 
ދިވެހިރާއްޖެއަށް އިންވެސްޓަރުން އައިސް މިކުރާ މަސައްކަތްތަކާއި، އަދި ދިވެހިރާއްޖޭގައި ބޮޑެތި މަސައްކަތްތައް އައިމަ، އަޅުގަނޑުމެން މިސާލަކަށް ގަބޫލުކުރަނިއްޔޯ، ދިވެހިރާއްޖޭގެ އިންފްލޭޝަނާއި، ނޫނީ ދިވެހިރާއްޖޭގެ ކެޕޭސިޓީ ކޯޕް ކުރެވޭ ވަރަށްވުރެ ބޮޑެތި ކަންތައްތަކެކޭ މިވަނީ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ އިކޮނޮމިކް ފަންޑަމެންޓަލްސް ރަނގަޅު ކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރޭގައި، އިންފްލޭޝަން ރޭޓް ހިފެހެއްޓޭތޯ މަސައްކަތް ކުރިން. އިންފްލޭޝަން ރޭޓް ބޮޑުވެގެން ދިޔައީމަ، މީގައި އުނދަގޫތަކެއް އުފުލަންޖެހޭނެ. މީގައި އުފުލަންޖެހޭ އުނދަގޫތަކުގެ ތެރޭގައި، މިވާގޮތަކީ އަޅުގަނޑުމެން ރާއްޖެއިން ބޭރުން އިމްޕޯޓް ކުރާ އެއްޗެހި އިމްޕޯޓް ކުރަނީ. އޭގެ އަގު ކަނޑައެޅުމުގެ ބާރެއް، އިޚްތިޔާރެއް އަޅުގަނޑުމެންނަކަށް ނޯވޭ. އެކަމަކު މިނިސްޓަރ އޮފް ފައިނޭންސް، ކޮންމެ އަހަރަކު ސަރުކާރު ބަޖެޓް ހައްދަވާއިރު، ދައުލަތަށް ލިބޭ އާމްދަނީ، އެއީ ވަކިވަރަކަށް ހިފެހެއްޓިފައި ހުންނަ އެއްޗެހިތަކެއް. އަޅުގަނޑުމެންނަށް ދިމާވާ އެންމެބޮޑު ގޮންޖެހުންތަކުގެ ތެރޭގައި، ބޭރުގެ ބޮޑެތި ތަހުޒީބު މުޖްތަމަޢުތަކުގެ ތެރޭގައި، ތަފާތު ގޮތްގޮތަށް ޓެކްސްއާއި، ތަފާތު ގޮތްގޮތަށް ރެވެނިއު، އާމްދަނީ ހޯދޭނެ އިތުރު ވަސީލަތްތައް އަޅުގަނޑުމެންގެ ތެރޭގައި މަދު. އެހެންވެގެން އިޤްތިޞާދު ފުޅާކުރަންވެސް މިޖެހެނީ. އެހެންވީމާ، އަޅުގަނޑުމެންނަކަށް ޓެކްސްނަގާ އެއް ދާއިރާއަކުން ޓެކްސް ނަގަމުން ނަގަމުން ގޮސް، އެ ދާއިރާ ހަލާކުވާވަރަކަށް ޓެކްސްއެއް ނުނެގޭނެ. އެއީ ކައުންޓަރ ޕްރޮޑަކްޓިވް ކަމެއް. އެކަމެއް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް އޮތް އެންމެބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި މި އޮންނަނީ، ދިވެހިރާއްޖޭގައި ޓެކްސްބޭސް ބޮޑުކުރާނީ ކޮންގޮތަކަށްތޯ؟ ނޫނީ އާމްދަނީ ހޯދޭނީ، އާމްދަނީ އިތުރުކުރެވޭނީ ކޮންގޮތަކަށްތޯ؟
 
އިންފްލޭޝަން ރާއްޖޭގައި މަތިވެގެން، އަޅުގަނޑުމަންނަށް އަތްނުފޯރާވަރަށް މި ހިނގައްޖެ ކަމަށްވަންޏާ، މިސާލަކަށް، ސިންގަލް ޑިޖިޓުން ޑަބަލް ޑިޖިޓަށް، 10 ޕަސެންޓަށްވުރެ ދަށުގައި ހުރެފައި، 10 ޕަސެންޓަށްވުރެ މައްޗަށް ހިނގައްޖެ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، މުދަލުގެ އަގަށް ބަދަލުތަކެއް މި އަންނަނީ. މުދަލުގެ އަގަށް ބަދަލުތަކެއް އަންނަނީ. އޭގެ ޒާތުގައި މުދަލުގެ އަގު ހަމައެކަނި ބޮޑުވުމެއްވެސް ނޫން. ދައުލަތުގެ ލިބޭ އާމްދަނީ، ވަކިވަރެއްގެ ތެރޭގައި ހިފެހެއްޓޭ ކަމަށްވަންޏާ، ދައުލަތަށް ޚިދްމަތްކުރާ މުސާރަވެރިންނަށް ލިބޭ މުސާރަ، ވަކިވަރެއްގެ ތެރޭގައި ހިފަހައްޓަން މަޖުބޫރު. އަޅުގަނޑުމެންނަކަށް އެ ބަދަލެއް، އިންފްލޭޝަނަށް އަންނަ ބަދަލާ އެއްވަރަކަށް މުސާރަތަކެއް ނުޖެއްސޭނެ. މިއަދު ދިހަހާސް ރުފިޔާ ލިބޭ މީހަކަށް، މާދަމާ އިންފްލޭޝަނާ ހެދި ފަނަރަހާސް، ވިހިހާސް ޖެއްސުމަކީ އަޅުގަނޑުމެންގެ ބަޖެޓް މިހާރު ތަންދޭ ކަމެއް ނޫން. އެވަރުގެ ރިސޯސްއެއް، ނޫނީ އެވަރުގެ ޤާބިލުކަމެއް، އެވަރުގެ ހަކަތައެއް އަޅުގަނޑުމެންގެ ބަޖެޓަކު ނެތް. އިންފްލޭޝަން މަތިވެގެން ދިޔައީމަ، މުދަލުގެ އަގުބޮޑުވުން އެއީ އެއް މުޞީބާތް. އަނެއް މުޞީބާތަކީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރެއްނުވޭ.
 
އެހެންވީމާ، ޙަޤީޤަތުގައި އިންފްލޭޝަން މަތިވެގެން ދިޔައީމަ، ރިޔަލް އިންކަމް، ޙަޤީޤަތުގައި އޭނަ ހޭދަކުރަން ލިބޭ ލާރި، އޭނައަށް މުސާރަ އެއްވަރަށް ލިބުނު ކަމުގައިވީނަމަވެސް، ޙަޤީޤަތުގައި އޭނަ ހޭދަކުރާ ލާރި، ނޫނީ އޭނައަށް އެ ލިބޭ މުސާރަ ޙަޤީޤަތުގައި ކުޑަވެގެން އެދިޔައީ އިންފްލޭޝަން ބޮޑުވެއްޖިއްޔާ. މިކަހަލަ އުނދަގޫތައް މިހިރީ. އެހެންވީމާ، ކޮންޓްރޯލް ކުރެވޭ މިންވަރެއްގައި އިންފްލޭޝަން ހިފެހެއްޓުމަކީ މުހިންމު ކަމެއް. 2013 ގައި ހަމަ އިންފްލޭޝަން އޮތީ ކޮންޓްރޯލް ކުރެވިފައި، އެއް މިންވަރެއްގައި. ހަމަ އޭރުގެ ސަރުކާރުތަކުގެ ޕޮލިސީޒްއަށް ހަމަ އަޅުގަނޑުމެން މަރްޙަބާވެސް ކިޔަންވާނެ. އޭރު އިންފްލޭޝަން ހަތަރު ޕަސެންޓްގައި. އެއީ ދެން ހަމަ ވަރަށް ރީޒަނަބަލް. ހަމަ އެއީ އިންފްލޭޝަނާއެކީ ގްރޯތު ގެނެވޭވަރުގެ އިންފްލޭޝަން ފިގަރއެއް. އެކަމަކު އަޅުގަނޑުމެންވެސް ހަމަ ކުރިއަށް މިގެންދާ މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ޓާގެޓަކަށްވީ އިންފްލޭޝަން ކުޑަކުރުން. މިއަދުގެ އިންފްލޭޝަނަކީ، އަޅުގަނޑަށް ލިބިފައި ހުރި ފިގަރތަކުން ބަލާކަމަށްވަންޏާ، 1.4 ޕަސެންޓް. ހަތަރު ޕަސެންޓުން އެއް ޕަސެންޓާ ހަމަޔަށް އިންފްލޭޝަން. އެހެން އިންފްލޭޝަނެއް ދިވެހިރާއްޖެއަކު ނެތް. މިވަގުތު އިންފްލޭޝަން ދިވެހިރާއްޖޭގައި ނެތޭވެސް ބުނެވިދާނެ. މި ހުންނަނީ އިޤްތިޞާދަށް އަންނަ ރަނގަޅު ބަދަލު. އޭގެކުރިން އަޅުގަނޑު ދަންނަވާލީ، ރިޒަރވް ބޮޑުކުރި ވާހަކަ.
 
ދިވެހި ވިޔަފާރިވެރިންވެސް، އަދި ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އައިސް ކުރާ މަސައްކަތްތަކުގެ ތެރޭގައި، އެމީހުން މަސައްކަތް ކުރާނީ، އަބަދު އެމީހުން ގެންނަ އަމިއްލަ ފައިސާއަކު ނޫން. އަމިއްލަ ފައިސާވެސް ގެންނާނެ. އެކަމަކު އެޔާއެކީ އެ ދައުލަތްތަކުގައި ހުންނަ ބޭންކްތަކުން ލޯނު ހޯދާނެ. ރާއްޖެއިން ބޭރުންވެސް ލޯނު ހޯދާނެ. ރާއްޖޭގައި ބޭންކްތަކުން ލިބޭ ލޯނުގެ އިންޓްރެސްޓް ރޭޓް ބޮޑުކަމަށްވަންޏާ، ރާއްޖެއަކުން ބޮރޯއެއް ނުކުރާނެ، ނޫނީ ބޮރޯކުރާވަރު ލިމިޓްވާނެ. އެކަމަކު ރާއްޖެއިން ބޭރުން އެއަށްވުރެ އަގުހެޔޮކޮށް ލިބެންޏާ، ބޮޑުބައި ރާއްޖެއިން ބޭރުން ނަގާނީ. އެހެންވީމާ، މިވާގޮތަކީ ރާއްޖޭގައި އުފައްދާ އުފެއްދުމަށް ލިބޭ ފައިސާގެ ބޮޑުބައި މިދަނީ އަނެއްކާވެސް ރާއްޖެއިން ބޭރުގެ ބޭންކްތަކަށް ލޯނު ފަރނިޝް ކުރަން. ނޫނީ ލޯނު ސަރވިސް ކުރަން. އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކަށްވީ، ރާއްޖޭގެ ކޮސްޓް އޮފް ބޮރޮއިންގ، ނޫނިއްޔާ ބޭންކްތަކުން ލެންޑްކުރާ ފައިސާގެ އިންޓްރެސްޓް ރޭޓް ކުޑަކުރުން. ކުޑަކުރުމަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތައް ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ ހަމަ ބޭންކްތަކުން ލެންޑްކުރާ ރޭޓް ކުޑަވެސްވާނެ. އެކަމަކު އިޤްތިޞާދުގައި މިވާގޮތަކީ، ތަފާތު އެތައް ފެކްޓަރތަކެއް ހުރޭ. އެންމެ ފެކްޓަރަކަށް ބަދަލުއަޔަސް، އަދި އަޅުގަނޑުމެން އެދޭ ނަތީޖާއާ ހަމަޔަށް ނުގޮސް ހުރެދާނެ. ތަފާތު އެތައް ފެކްޓަރުތަކެއް އިންޓަރޕްލޭ، އޭގެ ނަތީޖާއަކުން ނަތީޖާއަކަށް ގެންނަ ބަދަލެއް މި އަންނަނީ. އިންޓްރެސްޓް ރޭޓް ކުޑަކުރުމަށްޓަކައި އަދި ބޭންކްގައި ހުންނަ ރިޒަރވް ރިކްޔަރމަންޓް، ނޫނިއްޔާ އެމް.އެމް.އޭ. ގައި ބަހައްޓާފައި މިހުންނަ ލީގަލް ރިޒަރވް، ކޮންމެ ބޭންކަކުން، މިސާލަކަށް ބޭންކަކަށް ވަންނަ 100 ޑޮލަރު. 100 ޑޮލަރުގެ ތެރެއިން 25 ޑޮލަރު، މީގެކުރިން އޮތީ މަރްކަޒީ ބޭންކްގައި ބަހައްޓާ ގޮތަށް. މަރްކަޒީ ބޭންކްގައި އެ ލާރި ބަހައްޓާ ސަބަބަކީ، އެއްވެސް ބޭންކެއް ދަރަނިވެރިވެގެން ހިނގައްޖެ ކަމަށްވަންޏާ. އަޅުގަނޑުމެން އަޑުއެހިން، ބީ.ސީ.ސީ.އައި.ގެ ވާހަކަ. ވަރަށް ޒުވާންވާނެކަންނޭނގެ އޭރު، ބައެއް ކުދިން. އެކަމަކު އެ ބޭންކް ބަނގުރޫޓްވެގެން، ބޭންކްގެ ޑިޕޮޒިޓަރުންނަށް ފައިސާ ދެވޭނެ ގޮތެއް ނެތްކަމަށްވަންޏާ، އެމް.އެމް.އޭ.ގައި ބަހައްޓާފައި ހުންނަ އެ ފައިސާކޮޅަކީ، އެކަން ޙައްލުކުރަން ހުރި ފައިސާގެ އެއްބައި. އެކަމަކު އެއީކީ މުޅި ޢަދަދެއް ނޫން.
 
އެހެންވީމާ، ކޮންމެ ޤައުމެއްގެވެސް ބޭންކުން ވިޔަފާރިކުރާ ކަމަށްވަންޏާ، ބޭންކަށް ވަންނަ ޑިޕޮޒިޓަރުންގެ ފައިސާގެ ޢަދަދުގެ ތެރެއިން ކޮންމެވެސް ޕަސެންޓޭޖެއް، މަރްކަޒީ ބޭންކްގައި ބަހައްޓާނެ. އެއީ ހުރިހާ ތަނެއްގައިވެސް ޤާނޫނުގައި އެކަން އޮންނަގޮތް. އެކި ޤައުމުގައި އެކިވަރު ބަހައްޓާނީ. ބަހައްޓާވަރު ކުޑަވި މިންވަރަކުން، ކޮމާރޝަލް ބޭންކަށް، ވިޔަފާރިކުރާ ބޭންކަށް ލެންޑް ކުރަން، ނޫނިއްޔާ ވިޔަފާރިއަށް ދޫކުރަން ލިބޭ ފައިސާ އިތުރުވެގެންދޭ. ރާއްޖޭގައި ދާދި އިހަކަށްދުވަހާ ޖެހެންދެން، ބަހައްޓާ ކޮންމެ ޑިޕޮޒިޓަރުންގެ 100 ޑޮލަރަކަށް، މަރްކަޒީ ބޭންކުން 25 ޑޮލަރު އެބަ ބަހައްޓާ. އެހެންވީމާ، 75 ޑޮލަރު މި ލިބެނީ ޙަޤީޤަތުގައި ލެންޑްކުރަން. އޭގެ ބަދަލުގައި ބޭންކްތަކަށް 95 ޑޮލަރު ލިބޭ ކަމަށްވަންޏާ، ލެންޑް ކުރުމުގެ އަގުހެޔޮވާނެ. އަދި އިޤްތިޞާދީ ޙަރަކާތަށް ގިނަ ފައިސާ ނުކުންނާނެ. އަޅުގަނޑުމެން ކުރި މަސައްކަތަކީ، މި 25 ޕަސެންޓް ތިރިކުރެވޭތޯ ކުރި މަސައްކަތް. ދާދި އިހަށްދުވަހު އެ ޢަދަދު އެއޮތީ 10 ޕަސެންޓާ ހަމަޔަށް ތިރިކޮށްފައި. އެހެންވެއްޖެ ކަމަށްވަންޏާ، ކުރީގެ 75 ޕަސެންޓް ލެންޑްކުރަން ލިބޭ ބޭންކުން މިއަދު ލިބޭނެ 90 ޑޮލަރު. ނޫނިއްޔާ 90 ޕަސެންޓް، ލެންޑްކުރަން ލިބޭނެ. މިޔާއެކީ އަޅުގަނޑު ދެންނެވިން، އެތައް ފެކްޓަރެއް މީގެތެރޭގައި އެބަދެޔޭ. ސަރުކާރަށް ފައިސާ ހޯދޭނެ ގޮތްތަކުގެ ތެރޭގައި މި ހުންނަނީ، އަޅުގަނޑުމެން އެންމެ ކުރިން އަޑުއަހަނީ، ދިވެހި ރުފިޔާ ޗާޕްކޮށްގެންނޭ ނެރެނީއޭ. އެހެން ކަމަށްވަންޏާ، ރަނގަޅު، އެހެރީ ފައިސާ. އެކަމަކު އެއީކީ ދުނިޔޭގައި އެކަން ކުރާގޮތެއް ނޫން. ވަރަށް އުނދަގޫ ޙާލަތެއްގައި މެނުވީ ފައިސާ ޗާޕްކޮށްގެން ނުނުކުންނާނެ. ފައިސާ ޗާޕްކޮށްގެން ނުކުންނަ ކަމަށްވަންޏާ، ފައިސާގެ އަގު ވެއްޓޭނެ. ނުކުންނަ ކޮންމެ ރުފިޔާއަކީ ޑޮލަރެއް ހޯދަން ނުކުންނަ ރުފިޔާއެއް. ޑޮލަރު ހޯދަންޖެހެނީ ރައްޔިތުންގެ ކޮންމެ ބޭނުމެއް، އަޅުގަނޑު ކުރިން ދަންނަވާލިގޮތަށް، ދަތްކޮށްޓާ އިލޮށިކޮޅުން ފެށިގެން މޭޒުމަތީގައި ކާން ބޭނުންކުރާ އެއްޗިއްސާއި، ބޮލުގައި ލާ ޝޭމްޕޫއަށް ދަންދެން މި ގެންނަނީ ބޭރުން. ކޮންމެ މީހަކަށް ލިބޭ ކޮންމެ ދިވެހި ރުފިޔާއަކީ، މާދަން ޑޮލަރެއް ހޯދަން ނުކުންނާނެ ދިވެހި ރުފިޔާ. އެހެންވީމާ، ޑޮލަރު ވަންނަ މިންވަރަށްވުރެ ނުބައްދަލުވަރެއްގައި އަޅުގަނޑުމެން ރުފިޔާ ޗާޕްކޮށްގެން ނެރޭ ކަމަށްވަންޏާ، ރުފިޔާގެ އަގު ގެއްލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވާނެ. އެހެންވީމާ، އެއީކީ ޙަޤީޤަތުގައި ކުރެވޭނެ ކަމެއް ނޫން. ކުރަން ހެޔޮވާވަރުވެސް ކަމެއް ނޫން. އެއީކީ މިހާރު ކުރާ ކަމެއް ނޫން.
 
ދެން އަޅުގަނޑުމެން މިކަން ކުރަން އޮންނަ އަނެއް ގޮތަކަށްވާނީ، މިސާލަކަށް، އަޅުގަނޑުމެން ޑޮލަރު ހޯދާ ކަމަށްވަންޏާ، އާމްދަނީ އިތުރުކުރުން ފިޔަވައި އެހެން ކަމެއް ނޯންނާނެ. ސަރުކާރުން ލޯނު ހޯދާ ކަމަށްވަންޏާ، މަޝްރޫޢުތަކަށް ލޯނު ނަގާކަމަށްވަންޏާ، ސަރުކާރުންވެސް މިޖެހެނީ ބޭންކްތަކަށް ވަންނަން. ބޭންކްތަކަށް ވަންނަންޏާ، ރަނގަޅު ކަސްޓަމަރަކަށްވާތީ، ރަނގަޅު ކަސްޓަމަރުންނަށް ދޭ އިންޓްރެސްޓް ދީފާނެ. މިސާލަކަށް، އާދައިގެ ވިޔަފާރިވެރިޔަކަށް 12 ޕަސެންޓް ދޭ ކަމަށްވަންޏާ، ސަރުކާރަށް 8 ޕަސެންޓްވެސް ދީފާނެކަންނޭނގެ. ނޫނިއްޔާ 10 ޕަސެންޓް ދީފާނެ ހަމަގައިމުވެސް. ދެން ތިންވަނަ ގޮތަކަށް، ދިވެހިރާއްޖޭގެ މި ފަހުގެ ތާރީޚުގެ ތެރޭގައި މި ފެނިގެންދިޔަ ޓްރެޜަރީ ބިލް ވިއްކައިގެން ލާރި ހޯދުން. ޓްރެޜަރީ ބިލް ވިއްކައިގެން ލާރި ހޯދާ ކަމަށްވަންޏާ، މިއީ ވަރަށް ޚަރަދުބޮޑު ގޮތެއް. ދިވެހިރާއްޖޭގެ ޓްރެޜަރީ ބިލްގެ އިންޓްރެސްޓް 8 ޕަސެންޓް އަޅުގަނޑުމެން ދައްކަމުން ދައްކަމުން އައިސް، މިހާރު އަޅުގަނޑުމެން މި ތިރިކުރީ 4 ޕަސެންޓަށް. އޭގެ ނަތީޖާއަކަށްވާނީ، ޓްރެޜަރީ ބިލް 4 ޕަސެންޓަށް ތިރިކުރާ ކަމަށްވަންޏާ، ބޭންކްތަކުގައި އެވަރުގެ ޝައުޤުވެރިކަމެއް ނުހުންނާނެ، 4 ޕަސެންޓް ލިބޭކަށެއް، 4 ޕަސެންޓްގެ ރިޓަރންއެއް ހޯދާކަށް، ބޭންކްތަކުގައި ހުރި ޑިޕޮސިޓަރުންގެ ފައިސާ ދޭކަށެއް. ސަރުކާރުން ޓްރެޜަރީ ބިލް ގަންނާކަށް އެމީހުންގެ އެވަރުގެ ޝައުޤުވެރިކަމެއް ނުހުންނާނެ. އެކަމަކު މިކަން ކުރުމުގެ ބޭނުމަކަށްވަނީ، ބޭންކްތަކުގައި ހުރި ފައިސާއަކީ، ފުރަތަމަ ކަމަކަށް އޭގެ އަގު، އޯލްޓަރނޭޓިވް އަގަކަށް މިއޮތީ ޓްރެޜަރީ ބިލްގެ އިންޓްރެސްޓް ރޭޓް. އެހެން ނޫނިއްޔާ ޑިޕޮސިޓަރުންނަށް ދޭ އަގު މި އޮންނަނީ އަގަކަށް. ތިން ޕަސެންޓް، ދެ ޕަސެންޓް، ދޮޅު ޕަސެންޓް މިއޮންނަނީ. އެއީ އެމީހުންނަށް ކޮސްޓް އޮފް ކެޕިޓަލް. އެކަމަކު އޭތި ޓެކްސްވެގެން މިދަނީ އެމް.އެމް.އޭ.ގައި ބަހައްޓާ ރިޒަރވް ބަހައްޓާވަރުގައި.
 
އެހެން ނަމަވެސް، ޓްރެޜަރީ ބިލްގެ އަގުހެޔޮކުރީމަޔާއި، އަގުހެޔޮކޮށްފައި އަދި ބޭންކްތަކުން މަރްކަޒީ ބޭންކްގައި މި ބަހައްޓާ އިންޓްރެސްޓް ރޭޓް ކުޑަކުރީމަ ނޫނިއްޔާ، ލީގަލް ރިޒަރވް ކުޑަކުރީމަ، އަޅުގަނޑު ގަބޫލުކުރަނީ، ދުވަސްކޮޅަކުން ބޭންކުން ދޫކުރާ، ނޫނީ ކޮމާރޝަލް ބޭންކުން ދޫކުރާ ލޯނުގެ އިންޓްރެސްޓް ކުޑަވެގެންދާނޭ. ވިޔަފާރި ކުރުމުގައި ޚަރަދު ކުޑަކުރުމަކީ، ވިޔަފާރިއަށް ދޯޅުކުރުމަށް އެންމެ މުހިންމު ކަންތައް. އެއީ ދިވެހިން ވިޔަފާރި ކުރިޔަސް، ކާޕެންޓަރަކު ލޯނެއް ނެގިކަމުގައިވީ ނަމަވެސް، އަދި ބޮޑެތި މަލްޓި މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތަކަށް ރާއްޖޭގައި، ރާއްޖޭގައި ހުރި ބޭންކްތަކުން ފައިސާ ހޯދަން އިންވެސްޓަރުން މަސައްކަތް ކުރިޔަސް، އެކަން ކުރަންޖެހޭ ގޮތަކީ އެއީ. މިކަން ކުރުމުގެ ބޭނުމަކީ، މިދެންނެވި ގޮތަށް ކޮސްޓް އޮފް ކެޕިޓަލް ތިރިކުރުން. އެހެންވީމާ، އަޅުގަނޑުމެން ހަމަ އުފަލާއެކީ ދަންނަވަންޖެހެނީ، ހަމަ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަޅުގަނޑުމެންނަށް މިކަން ކުރެވެމުން އެބަދެއޭ. އެކަމަކު މީގެ ނަތީޖާ ފެނުމަށްޓަކައި އަޅުގަނޑުމެންނަށް ދުވަސްކޮޅެއް ނަގާނެ.
 
ދުނިޔޭގެ ހުރިހާ ތަނެއްގައި މިދޭތެރެއިން އައި އިކޮނޮމިކް ރިސެޝަނާއެކީ އަދި މިހާރު މިދަނީ ދުނިޔޭގެ އެތަން މިތަނުގައި ނުރައްކާތެރި ކަންތައްތައް ހިނގަމުން. އަދިވެސް ދުނިޔޭގެ އިޤްތިޞާދު ފުލީ ރިކަވަރއެއް ނުވޭ. އެކި ރަށުގައި އެކިވަރުގެ ގްރޯތް މިހިރީ. އެކަމަކު އުފަލާއެކީ، އަޅުގަނޑުމެން ފާހަގަކުރަންޖެހެނީ، މިދިޔަ ދެ އަހަރުވެސް ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ދުވެލި، އެނުއަލް ގްރޯތް، 5 ޕަސެންޓްގައި މިހިރީ. މިއީ ހަމަ އުފާކުރުން ޙައްޤުވަރެއް. ދުނިޔޭގައި މަދު ތަނެއްގައި ނޫނިއްޔާ، މިއާ ކޮމްޕެޓިބަލް ވަރެއް ނުހުންނާނެ. އެހެންވީމާ، އަޅުގަނޑުމެންގެ މިހުރިހާ ޑިފިކަލްޓީއާއެކީވެސް އަޅުގަނޑުމެންގެ ގްރޯތް، 5 ޕަސެންޓްގައި އެބަ ހިފެހެއްޓޭ. އެޔާއެކީ އަޅުގަނޑުމެން ދިވެހިރާއްޖެ ހުޅުވާލެވޭތޯ މި ބަލަނީ، ބޮޑެތި ބިޔަ، މެގަ އިންވެސްޓްމަންޓަކަށް ހުޅުވާލެވޭތޯ ބަލަނީ. ހަމަ މިޔާއެކީ ސަރުކާރުގެ ވިޔަފާރި ކުނިފުނިތަކުގެ ފައިދާވެސް އިތުރުވެސްކުރަންޖެހޭ. ރާއްޖެއަށް އާމްދަނީ ލިބޭނެ ގޮތްތަކަށް ބަލާއިރު، ރާއްޖޭގެ ޓެކްސްބޭސް ފުޅާކުރެވޭނެ ގޮތްތައް އެހާ ބޮޑެއް ނޫން. އެހެންވީމާ، ރާއްޖެއަށް ލިބޭ ފައިސާ، ސަރުކާރަށް އެއިން ބައެއް ލިބޭނެ ގޮތްތަކެއް ހޯދަންޖެހޭ. ރާއްޖޭގައި އިންވެސްޓްކޮށްގެން މަސައްކަތްކުރާ މީހުން، އެކުރާ މަސައްކަތުން ސަރުކާރަށް ޓެކްސްތަކާއި އަދި އެހެންވެސް ރެވެނިއު ލިބޭނެ ގޮތްތައް ރާވަންޖެހޭ.
 
މިހުރިހާ ކަމެއް ކުރުމުގެ ބޭނުމަކަށްވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ވަރުގަދަ އިޤްތިޞާދަކަށް ހެދުން. ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަވާންޖެހޭ ސަބަބު، އެޑިޔުކޭޝަން މިނިސްޓަރަށް މިހާރުވެސް ދަންނަވައިފިއްޔާ ވިދާޅުވާނެ. އެޑިޔުކޭޝަން މިނިސްޓަރު ރާއްޖޭގައި ހުރިހާ ތަނެއްގައި ސްކޫލްތައް އަޅުއްވައި، މާލޭގައި ސްކޫލްތައް އަޅުއްވައި، އަދި ބާވެފައި ހުރި ތަންތަން ތަޅާލާ ކަމަށްވަންޏާ، މިއަދު އެ ކަމަނާއަށް ދޭ ބަޖެޓަކީ، 1.5 ބިލިއަން ރުފިޔާ ކަމަށްވަންޏާ، މިހުރިހާ ކަމެއް ކުރައްވަން އެކަމަނާ 3 ބިލިއަން ރުފިޔާ ބޭނުންފުޅުވާ ކަމަށްވަންޏާ، އަނެއް ދޮޅު ބިލިއަން އަޅުގަނޑުމެންނަށް ދެވެން އަންނާނީ، މުޅި ރާއްޖޭގެ އިޤްތިޞާދު ވަރުގަދަވެގެން. ރާއްޖެއަކީ ތަނަވަސް ތަނަކަށްވެގެން.
 
ވަރަށް ކައިރި ކައިރީގައި މި ތިއްބެވީ. ހެލްތް މިނިސްޓަރު، އެނަދަރ ހިއުޖް ސްޕެންޑަރ. ހަމަ ބޮޑެތި ބޮޑެތި ޚަރަދު ކުރައްވަންޖެހޭ ދާއިރާއެއް ހެލްތަކީ. އަޅުގަނޑުމެން މިއަދުވެސް މިއަދުގެ ބަޖެޓުންވެސް އަޅުގަނޑުމެން ދެ ބިލިއަނަށްވުރެ ބޮޑު ބައެއް މި ދޫކުރަނީ ޞިއްޙީ ދާއިރާއަށް. ރާއްޖޭގެ ހުރިހާ ދިމާއެއްގައި ޞިއްޙީ މަރްކަޒުތައް ހުންނަން އެބަޖެހޭ. އަތޮޅުތަކުގެ ފެންވަރުގައި، އަތޮޅު ހޮސްޕިޓަލްތައް ހުންނަން އެބަޖެހޭ. ސަރަޙައްދީ ފެންވަރުގައި އެއަށްވުރެ ބޮޑެތި މަސައްކަތް ކުރެވޭ، ޞިއްޙީ ފަރުވާދެވޭ ރީޖަނަލް ހޮސްޕިޓަލް އެބަ ހުންނަންޖެހޭ. އަޅުގަނޑުމެންނަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ، އެހެން ބައެއް ޤައުމުތަކާ ޚިލާފަށް، އަޅުގަނޑުމެން ކޮންމެ ދެ ރަށެއް ތެރޭގައި ދަތުރުކުރަންޖެހޭ ބޮޑު ކަނޑެއް އޮންނަކަން. ސަތޭކަ އަށްޑިހަވަރަކަށް ރަށުގައި މީހުން ދިރިއުޅެމުން، އަޅުގަނޑުމެން މިކަން ކުރާއިރު، އަޅުގަނޑުމެންގެ އެންމެ ޚަރަދު ބޮޑުވެގެންދާ ކަމަކީ، ލޮޖިސްޓިކްސް، ތަންތަނަށް އެއްޗެހި ގެންދިޔުމުގައިވެސް އެންމެ ޚަރަދު ބޮޑުވެގެންދާ ކަމަކީ، ވަކިވަކި ޖަޒީރާ ޤައުމުތަކެއްގައި އުޅޭތީ.
 
ދިވެހިރާއްޖެ ދުނިޔޭގެ ޗާޓުން ދެންމެ ފެނިގެންދިޔައިރު، ދިވެހިރާއްޖެ ވަރަށް ރަނގަޅު، އިޤްތިޞާދީ ގޮތުން ވަރަށް ރަނގަޅު، ވަރަށް ޕިވޮޓަލް ލޮކޭޝަނެއްގައި އޮތް ކަމަށް ބުނި. ރަނގަޅު ވާހަކައެއް އެއީ. އޭގެ ފައިދާ އަޅުގަނޑުމެންނަށް ބޭނުންހިފަން އެނގިއްޖެ ކަމަށްވަންޏާ ރަނގަޅު. އެކަމަކު މިހާ ބިންގަނޑު ތިރި ޖަޒީރާ ޤައުމުތަކެއްވީމަ، ކިހިނެއްތޯ މިވަނީ؟ އަޅުގަނޑުމެން ކުރާ ކަމަކުން ނޫން ދޮއެއްތޯ، އިންޑޮނީޝިއާގައި ސުނާމީއެއް ޖެނެރޭޓް މި ކުރަނީ. އިންޑޮނީޝިއާގައި ސުނާމީއެއް ޖެނެރޭޓް ކޮށްފައި، ރެކްޓަރ މިންގަނޑުން މިސާލަކަށް 7 ޕަސެންޓް، ނޫނީ 7، ނޫނީ 8 ހުރެއްޖެ ކަމަށްވަންޏާ، މި ޑިރެކްޝަނަށް އަންނަ ކަމަށްވަންޏާ، ދިވެހިރާއްޖެ އެއިން ލައްވާނުލާނެ ގޮތަކީ ނެތްގޮތެއް. އެންމެފަހުން އައި އޭޝިއަން ސުނާމީގައި، އިންޑޮނީޝިއާގައި ޖެނެރޭޓްކުރި ސުނާމީގައި، އަޅުގަނޑުމެންގެ ކިތައް ރަށްތޯ ހަލާކުވެގެންދިޔައީ. ހަމަ މުޅި އެ ރަށްރަށް އަލުން ބަލުން ބިނާކުރަންޖެހުނީ. އެހެން ކިތަންމެ ރަށެއް ހަލާކުވެގެންދިޔަ ނޫންތޯ. ދުވާފަރަކީ ހަމަ އެގޮތަށް އަލުން ބަލުން ހަދާފައި އޮތް ރަށެއް. ވިލުފުށްޓަކީ އަލުން ބަލުން ހަދާފައި އޮތް ރަށެއް. އަދި އެޔާއެކީ އަޅުގަނޑުމެންގެ ވިސްނުމަކަށް އައީ، ސޭފް އައިލެންޑްތަކެއް ހަދަންޖެހެޔޭ. މިހާ ތިރިކޮށްނެއް، ބިން ތިރިކޮށްނެއް އަޅުގަނޑުމެންނަކަށް ނޫޅެވޭނެ. މިހިރީ އަޅުގަނޑުމެންގެ ހުރި ޗެލެންޖްތައް. އެހެންވީމާ، ޗާޓުން ދައްކާއިރު، ތެދެއް، ވަށައިގެން މިހިރީ ބޮޑެތި ބިޔަ ބައްރުތައް. އަޅުގަނޑުމެން އުފައްދާ އެއްޗެހި އެތަންތަނަށް އެކްސްޕޯޓް ކުރެވޭނެ. އެކަމަކު ވަލްނަރަބިލިޓީ، ނާޒުކު ކަމަށް ބަލާކަމަށްވަންޏާ، މިއިން ތަނެއްގައި، ތިންހާސް، ހަތަރުހާސް މޭލުގެ ދުރުގައި ޖެނެރޭޓްކުރާ ސުނާމީއަކުން އަޅުގަނޑުމެން ޕެރިޝް ކޮށްލުމަކީ ދާދި ފަސޭހަ ކަމެއް.
 
މިއީ އަޅުގަނޑުމެން އުޅެންޖެހޭ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިއީ. އެހެންވީމާ، އަޅުގަނޑުމެން ދުނިޔޭގައި ތިބޭއިރު، ޕޮޒިޓިވް އެބަވާންޖެހޭ. އެހެންވީމާ، އަމިއްލައަށް އިތުރު މުޞީބާތް އަޅުގަނޑުމެން ނުހޯދާ ވޭތޯ ބަލަންވާނެ. އަޅުގަނޑުމެން އަމިއްލައަށް ހޯދާ މުޞީބާތަކީ، ސިޔާސީގޮތުން އަޅުގަނޑުމެން މިކުރާ ކަންތައްތައް. އަދި ދިވެހިރާއްޖެއަކީ ނާމާން ތަނެއްގެ ގޮތުގައި ދެއްކުމަށްޓަކައި މިކުރެވޭ ބައެއް މަސައްކަތްތައް. ޓްވީޓްތަކުގަޔާއި، ސޯޝަލް މީޑިއާގައި، ރާއްޖެއާ ބެހޭގޮތުން ދެކެވޭ ބޭކާރު ދޮގު ވާހަކަތައް. އެހެން ނަމަވެސް، މިހުރިހާ މަސައްކަތަކާއެކީ، ދިވެހިރާއްޖެ މިއީ ހެބިޓަބަލް، އަދި ދިވެހިން ދިރިއުޅެންވެސް ކަމުދާ، ބޭރު މީހުންވެސް ދިރިއުޅެން ކަމުދާ، އަދި ބޭރު މީހުންނަށް އެންމެ ހައި ރިޓަރންއެއް، އިންވެސްޓްމަންޓް ރިޓަރންއެއް ލިބޭ ތަނަކަށް ދިވެހިރާއްޖެ، ނޫނީ ދިވެހިރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ އޮތް ތަނެއްގެ ގޮތުގައި މިހާރު މިއޮތީ. އެއަށް ކެޕިޓަލައިޒް ކޮށްފައި، އެއިން އިތުރު ކުރިއެރުންތައް ލިބޭތޯ އެހެން ބޮޑެތި މަޝްރޫޢުތަކުގެ ވާހަކަ މި ދައްކަނީ. މިދެންނެވި ގޮތަށް، ދިވެހިރާއްޖޭގެ ޓެކްސް ނެގޭނެ މާގިނަ ދާއިރާތަކެއް ނެތް.
 
ކޮންމެ ކުއްޖަކީ މުއްސަނދި ކުއްޖަކަށްވާންޖެހޭ. ޒުވާނުން އެމްޕަވަރ ކުރަން މިކުރާ މަސައްކަތަކީ، އަދި މިރޭ މި ތަޢާރުފްކުރި ލޯނު ސްކީމް ދިނުމުގެ ބޭނުމަކީވެސް އެއީ. ދިވެހިން އެބަޖެހޭ ތަނަވަސް ބަޔަކަށްވާން. ދިވެހި ދައުލަތަކީ، ދިވެހިރާއްޖޭގެ ޚަޒާނާއަކީ ތަނަވަސް ޚަޒާނާއަކަށް ވާންޖެހޭ ސަބަބު މިދެންނެވީ، ހަމަ އެ ދެ މިނިސްޓަރުން ތަމްސީލު ކުރައްވާ ދާއިރާއަށް އެކަނި ބެއްޔަސް.
 
އަޅުގަނޑުމެންނަށް ހީވާކަހަލަ، އަޅުގަނޑުމެންނަށް ރާއްޖެއިން ބޭރުން ބައިވަރު ލޯނުތައް ލިބެޔޭ. ނޫން، ބައިވަރު ލޯނުތަކެއް ނުލިބޭ. އަޅުގަނޑުމެންނަށް އެންމެ ފާޑުކިޔާ ޤައުމުތަކުންވެސް އަޅުގަނޑުމެންގެ އިޤްތިޞާދަކަށް ހޭދައެއް ނުކުރޭ. އެހެން ނަމަވެސް، އަޅުގަނޑުމެން އުފަލާއެކީ ފާހަގަކުރަންޖެހެނީ، ބައެއްކަހަލަ ސްޓްރެޓީޖިކް އެލަޔަންސަސްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތް ވަރަށް ރަނގަޅު. އިންޑިއާއަކީ އަޅުގަނޑުމެންނަށް ވަރަށް އެހީވާ ޤައުމެއް. ޗައިނާއަކީ އަޅުގަނޑުމެންނަށް ވަރަށް އެހީވާ ޤައުމެއް. ޖަޕާނަކީ އަޅުގަނޑުމެންނަށް އެހީވާ ޤައުމެއް. އަދި ފަހުން އަޅުގަނޑުމެންނާ އުޚުއްވަތްތެރިކަން އިތުރުވެގެން މިދިޔަ ސަޢޫދީ ޢަރަބިއްޔާއާއި، ޢަރަބި އިސްލާމީ ދައުލަތްތަކަކީ، އަޅުގަނޑުމެންނަށް ވަރަށް އެހީވާ ޤައުމުތައް. އެހެންވީމާ، އެ ޤައުމުތަކާއެކީ އަޅުގަނޑުމެން ކުރިއަށްދާނެ. މީގެ ބޭނުމަކަށްވަނީ، ރާއްޖޭގެ އިޤްތިޞާދަށް، އަޅުގަނޑުމެންނަށް ޖެނެރޭޓް ނުކުރެވޭ ފައިސާ ހޯދޭނެ ގޮތްތަކެއް ހުންނަން އެބަޖެހޭކަން.
 
އަޅުގަނޑުގެ ޓީމަށް ލިބިފައި މިއޮތީ 5 އަހަރު. 5 އަހަރުގެ ތެރެއިން 2 އަހަރު މިދިޔައީ. ވަރަށް އިވެންޓްފުލް، ވަރަށްގިނަ ކަންތައްތަކެއް ހިމެނިގެންދިޔަ 2 އަހަރު. އެހެން ނަމަވެސް، މި 2 އަހަރުގެ ތެރޭގައި މިކުރާ މަސައްކަތާއެކީ، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވޭ، ދިވެހި ޒުވާނުންނަށް އުފާވެރި މުސްތަޤްބަލެއް. އަޅުގަނޑު ދެންނެވިން، އެއަރޕޯޓަށް ގޮސްފައި، މެންދުރު ދަޅައިގައި ގޮސްފި ކަމަށްވަންޏާ، މިރާޖް، އޮޕްޓިކަލް އިލޫޝަނެއް ފެންނާނެއޭ. އެގޮތަށް އެބަ ބޭނުންވޭ ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ މުސްތަޤްބަލް ސޫރަވެގެންދާ ތަން ދައްކައިދޭން ބޭނުންވޭ. ރައީސް މައުމޫން، 30 އަހަރުގެ ތެރޭގައި ވަރަށްގިނަ ކަންތައްތަކެއް ކުރައްވާފައި ވަކިވެވަޑައިގަތީ. ބޭނުންވާ ހުރިހާ އަސާސީ ކަންތައްތަކެއް އެހެރީ ކޮށްދެއްވާފައި. އެކަމަކު އަޅުގަނޑުމެން އިންސާނުންނަކީ، އަސާސީ ކަންތައްތަކުން އެކަނި އަޅުގަނޑުމެންގެ ބޭނުންތައް ފުއްދާލައިގެން ތިބޭ ބައެއް ނޫން. އަސާސީ ކަންތައްތަކުގެ މައްޗަށް އަޅުގަނޑުމެންގެ ދުނިޔޭގެ ބޭނުންތައް އަބަދުވެސް މިދަނީ އިތުރުވަމުން. އެހެންވީމާ، އަޅުގަނޑުމެންގެ އިޤްތިޞާދުގައި އޮތް ދުވެލި، އެ ދިމާއަށް ދާން މިޖެހެނީ.
 
އަދިވެސް އަޅުގަނޑު އެބަހުރި ވާހަކަ ދައްކަން. އެކަމަކު އަޅުގަނޑު ހިތަށްއަރަނީ، މިހާރު އެބަޖެހޭކަންނޭނގެ ބްރޭކެއް ނަގަން. މިހާރު ބްރޭކެއް ނަގާފައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއީ ޑައިލޮގް ޕްރޮގްރާމެއްގެ ގޮތުގައި ޕްރެޒެންޓް ކުރެވޭ ޕްރޮގްރާމެއްވީމަ، ޒުވާން ކުދިންގެ، ގްރެޖުއޭޓުންގެ، ނޫނިއްޔާ ގްރެޖުއޭޓްވާން ކިޔަވަމުންދާ ކުދިން، އިޤްތިޞާދީ ފިލާވަޅުތައް، ކޮމާރސް، ބިޒްނަސް، މާކެޓިންގ ވަޓްއެވަރ. ސުވާލު ހުރި ކަމަށްވަންޏާ، ކޮންމެވެސްވަރަކަށް އިންޓަރެކްޓް ކުރެވޭތޯ ބަލަމާތޯއޭ؟ ދެން އަޅުގަނޑަށް ސީދާ ޖަވާބެއް ނުދެވޭ ކަމަށްވަންޏާ، އަޅުގަނޑުގެ އިކޮނޮމިކް ޕެނަލްގެ ބޭފުޅުންވެސް މިތާ އެބަ ތިއްބެވި. ދޭ ވިލް ހެލްޕް މީ އައުޓް އޮން ދިސް އިނގޭތޯ. އެހެންވީމާ، ހިތަށްއަރަނީ ކޮންމެވެސްވަރަކަށް އިންޓަރެކްޓް ކޮށްލާފައި، ދެން އަޅުގަނޑުގެ ވާހަކައިގެ ފަހުބައި، ހަމަ ގާތްގަނޑަކަށް ޕެރެގްރާފަކުން އަޅުގަނޑު ނިންމާލާނަން. އެހެންވީމާ، މިހާރު މިއީ އިންޓަރެކްޓް ކޮށްލަން ހަމަ ވަރަށް ރަނގަޅު ވަގުތުކޮޅެއް ކަންނޭނގެ، އިންޓަރެކްޓް ކުރަން ބޭނުންފުޅުވާ ބޭފުޅުންނަށް.
 
 
މަރްޔަމް ޕަރްވީން:
 
السّــلام عليــكم
 
އަޅުގަނޑުގެ ސުވާލަށް ދިޔުމުގެ ކުރިން، ހަމަ އެއްޗެއް ދަންނަވާލަން އިނގޭތޯ. މިފަދަ ފޯރަމެއްގައި އަޅުގަނޑަށް ބައިވެރިވުމުގެ ފުރްޞަތު ލިބުނީތީ އަޅުގަނޑު ވަރަށް އުފާކުރަން. ދެން އަދި މިފަދަ އިވެންޓެއް ބާއްވަވައި، އަދި ތިޔަ ޙިއްޞާ ކުރެއްވި މަޢުލޫމާތަށް ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.
 
އަޅުގަނޑުގެ ސުވާލަކީ، ސަރުކާރުން އެބައޮތް، މޯރ ދެން ނައިންޓީ ތައުޒަން، ނުވަދިހަ ހާހަށްވުރެ ގިނަ ވަޒީފާ އުފައްދަވާނެ ކަމަށް ވަޢުދުވެވަޑައިގެންފައި. އެގޮތުން މިކަމުގައި ކިހާވަރެއްގެ ކާމިޔާބީއެއް ޙާޞިލު ކުރެވިއްޖެތޯ؟ އަދި މިކަމުގައި ކޮންކަހަލަ ސިޔާސަތުތަކެއްތޯ ގެންގުޅުއްވަނީ؟ ތެންކިޔޫ.
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އިޤްތިޞާދުގެ ދިރުމަކީ އަދި ޒުވާނުންގެ މޫނުމައްޗަށް އަންނާނެ ހިނިތުންވުމަކީ، އާމްދަނީ ލިބޭނެ މަސައްކަތެއް ކުރެވޭނެ ފުރްޞަތު އޮތުން ދޮއެއްތޯ. އެހެންވީމާ، އަޅުގަނޑުމެންގެ މުޅި އިޤްތިޞާދީ ސިޔާސަތު ބިނާވެގެން މިދަނީ ވަޒީފާ އުފައްދަން. މުޅި އިޤްތިޞާދު ބިނާވެގެން މިދަނީ ވަޒީފާ އުފައްދަން. ކޮންމެ ފަރުދަކު މުއްސަނދިވެއްޖެ ކަމަށްވަންޏާ، ކަލެކްޓިވްލީ މުޅި ދައުލަތް މުއްސަނދިވާނެ. ދައުލަތުގައި އުފައްދާ އެއްޗެހި ގަންނާނެ މީހުންތަކެއް އިތުރުވެގެންދާނެ،    ޓު ސޭ ދަ ލީސްޓް، އެންމެ ކުޑަމިނުން. އަޅުގަނޑުމެން ޓާގެޓްކޮށްގެން އައީ، ޕްލެޖްތަކުގެ ތެރޭގައި އަޅުގަނޑުމެން ޓާގެޓްކޮށްގެން އައީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ 5 އަހަރު، އަޅުގަނޑުމެން އުންމީދުކުރާ ގޮތަށް ދާކަމަށްވަންޏާ، ނުވަދިހަ ހަތަރުހާސް ވަޒީފާ އުފައްދާނަމޭ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޙާޞިލުކުރާނަން.
 
އަޅުގަނޑުމެން މިކުރި މަސައްކަތްތައް އަޅުގަނޑުމެން ދަންނަވާލާނަން. ފަހަރުގައި އަޅުގަނޑަށް ދެންނެވޭ ޢަދަދު ބަރާބަރަށް ދިމާނުވެ ހިނގައިދާނެކަންނޭނގެ. އެހެން ވެއްޖިއްޔާ އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނާ ޚިޔާލުތަފާތުވާ ބޭފުޅަކު އެވާހަކަ ދައްކަވާނެ. ކޮންމެ ތަނަކުން ހޯދައިދިން ވަޒީފާ ޖަހާލާފައި ދޭށޭ. އެއީ މިކަމުގައި އެބޭފުޅަކު ވަޑައިގެންފިއްޔާ، އަޅުގަނޑުމެންގެ މިނިސްޓަރުން ހަމަ އެ ވަޒީފާ އުފައްދާފައި ހުރި ތަންތަން ޖަހާލާފައި ދޭނެ. އަޅުގަނޑުމެން ކުރި އެންމެ އާދައިގެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިންނަށް ކުރެވޭނެ މަސައްކަތް، ބައިވަރު މަސައްކަތްތައް އެހެރީ. މިހާރު ބޭރު މީހުންނަށް ނުކުރެވޭގޮތަށް، ހުއްދަ ނުދޭގޮތަށް އެތައް ބައިވަރު މަސައްކަތްތަކެއް އެހެރީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައި. ސިޔާސަތަށް ގެނައި ބަދަލުތަކުގެ ތެރޭގައި، އިޤްތިޞާދު ފުޅާކުރަން މިކުރާ މަސައްކަތާއި، މެގަ އިންވެސްޓްމަންޓްސް ހުޅުވާލަން މިކުރާ މަސައްކަތާ، މި މަސައްކަތްތަކަކީ ޙަޤީޤަތުގައި ޖޮބް ކްރިއޭޝަނަށް ފުޅާވެގެންދާ ފުރްޞަތުތައް.
 
ޓުއަރިޒަމްގެ ދާއިރާ، ކުރީ ރެއެއްގެ ޖަލްސާގައި އަޅުގަނޑަށް ހީވަނީ ޔޫތު މިނިސްޓަރު ދެއްކެވި ވާހަކަފުޅަކާ ޙަވާލާދިންކަންނޭނގެ، މިހާރުވެސް އުފެއްދިފައި ހުރި ވަޒީފާތައް، ނޫނީ އުފެއްދިފައި ހުރި ވަޒީފާގެ ފުރްޞަތަށް ބަލާކަމަށްވަންޏާ، މިހާރުވެސް ތިރީސް ހަތަރުހާސް ވަޒީފާ، ނޫނީ އެއަށްވުރެ ބޮޑު ޢަދަދެއްގެ ފުރްޞަތު އެހެރީ ހުޅުވިފައޭ. އަދި މިވަނީ އަޅުގަނޑުމެންގެ ސަރުކާރަށް ދެ އަހަރު. އަދި އަޅުގަނޑުމެންނަށް މިއުޅެނީ އެއްވެސް މޭޖަރ ނޫނިއްޔާ މެގަ ޕްރޮޖެކްޓެއް ނުވެސް ގެނެވި. އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ މަސައްކަތުގައި، އިޤްތިޞާދު ހުޅުވާލަން، ނޫނިއްޔާ ވަޒީފާގެ ފުރްޞަތު އިތުރުކުރަން ކުރާ މަސައްކަތުގެ ތެރޭގައި، މިވަގުތު އެންމެބޮޑު އެއް މަސައްކަތެއް ކުރެވޭ ދާއިރާއަކީ ޓުއަރިޒަމްގެ ޞިނާޢަތް. ޓުއަރިޒަމްގެ ޞިނާޢަތަށް ބަލާކަމަށްވަންޏާ، މިދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި އުފެދިފައި ހުރި އެނދުތަކުގެ ޢަދަދަށް ބަލާކަމަށްވަންޏާ، އަޅުގަނޑު ހަމަ ތަފާސް ހިސާބު ދަންނަވާލާނަން. 40 އަހަރުގެ ތެރޭގައި އުފައްދާފައި ހުރި އެނދުތަކުގެ ޢަދަދަށް ބަލާކަމަށްވަންޏާ، އުފެއްދިފައި މިހިރީ ސައްބީސްހާސް އެނދު. އެނދުގެ ވާހަކަ މި ދައްކަނީ، ޓުއަރިޒަމްގެ ރިޒޯޓްގެ ކެޓަގަރީ ހުންނަ މިންވަރުން، ކޮންމެ އެނދަކަށް ޚިދްމަތް ކުރަން އެއް މުވައްޒަފަކު، ނޫނިއްޔާ ކޮންމެ ދެ އެނދަކަށް ޚިދްމަތް ކުރަން ތިން މުވައްޒަފުން، ނޫނީ ދެ އެނދަށް ޚިދްމަތް ކުރަން ހަތަރު މުވައްޒަފުން ތިބޭ ފެންވަރުގެ ރިޒޯޓްތައް މިހާރު މިހިރީ. ފޯރ ސްޓާރ، ފައިވް ސްޓާރ، ފައިވް ޕްލަސް ކެޓަގަރީގައި. މިތާ މި ތިއްބެވީ ޝިޔާމްމެން ކަހަލަ ބޭފުޅުން. އެހެންވީމާ، އެނދުގެ ޢަދަދު މި ދެންނެވީ، އެ ދާއިރާގައި އުފެދިފައި ހުރި ވަޒީފާތައް. މި ވަޒީފާތަކަށް ކުރިމަތިލާން ކެރޭ ދިވެހި ޒުވާނުން ތިބެއްޖެ ކަމަށްވަންޏާ، މިއީ ދިވެހި ޒުވާނުންގެ ވަޒީފާ.
 
އަޅުގަނޑުމެންގެ މި 5 އަހަރުގެ ތެރޭގައި، އަޅުގަނޑުމެން މި ޓާގެޓް ކުރަނީ، މިދެންނެވީ މިދިޔަ 40 އަހަރުގެ ތެރޭގައި އުފެދިފައި ހުރި އެނދުގެ ޢަދަދަށް ބަލާކަމަށްވަންޏާ ސައްބީސް ހާސް. އަޅުގަނޑުމެން ހަމައެކަނި ޓުއަރިޒަމްގެ ޞިނާޢަތަށް ބަލާފައި، މި 5 އަހަރުގެ ތެރޭގައި އުފައްދަން އަޅުގަނޑުމެން ޚިޔާލުކޮށްފައި ހުރި އެނދުގެ ޢަދަދަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން އުފައްދަން މި ޚިޔާލުކުރަނީ 12500 އެނދު. އަނެއްކާވެސް މި މަލްޓިޕްލައި ކޮށްލައްވާ ފެކްޓަރަކާ. 2އާ މަލްޓިޕްލައި ކޮށްލައްވާ. ޓުއަރިޒަމްގެ ދާއިރާއިން އެކަނި އަޅުގަނޑުމެން އުފައްދާ ވަޒީފާ.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ސިޔާސަތު ކަނޑައަޅައިގެން މިކުރާ މަސައްކަތަކީ، ވަޒީފާގެ ފުރްޞަތު ހުޅުވާލަން، ވަޒީފާގެ ފުރްޞަތަށް ޖާގަ ހުޅުވާލަން ކުރާ މަސައްކަތޭ. އެ ޖާގައަށް ކުރިމަތިލާނީ، މާކެޓަބަލް ސްކިލްސް، ސްކޫލްތަކުން ތިޔަ ލިބެނީ ތިޔަ ކުދިންނަށް. ނޫނިއްޔާ ހީވާގިކަމާއި މުރާލިކަމާއެކީ ހޮޓެލް ސްކޫލް، ނޫނިއްޔާ ޕޮލިޓެކް، ކޮންމެވެސް ތަނެއް ނިންމާ ކުދިންނަށް. ޓިވެޓް ޕްރޮގްރާމް، އެޑިޔުކޭޝަނުން ތަޢާރުފް ކުރައްވައިގެން އެ ގެންދަވަނީ. ކޮންމެ ކުއްޖަކީ ފޮތުން މަތީ ތަޢުލީމު ޙާޞިލު ކުރާނެ ކުއްޖަކަށް ނުވެދާނެތީ. ސަރުކާރަށް ކޮށްދެވޭނީ މިކަހަލަ ބޭނުންތެރި އެތައް ކަމެއް.
 
އެހެންވީމާ، ކޮންމެ ކުއްޖަކީވެސް ނުކުންނައިރު، ތައުލީމީ ކޮލިފިކޭޝަނެއް އޮތް ކުއްޖަކަށްވާނެ. ނޫނިއްޔާ އެކުއްޖާއަށް ހުނަރުވެރިކަމެއް ލިބިފައި ހުރި ކުއްޖަކަށްވާނެ. މިއިން ތަނެއްގައި މަސައްކަތް ކުރުމުގެ ފުރްޞަތު އޮތް ކުއްޖަކަށްވާނެ. އެހެންވީމާ، އަޅުގަނޑު ހަމަ އުންމީދު ކުރަނީ، އަދި އަޅުގަނޑު ހަމަ އިރާދަކުރެއްވިއްޔާ ހަމަ ކެރިގެން ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މި އުންމީދުކުރާ ގޮތަށް، އެއްވެސްކަހަލަ އިންޓަރފިއަރެންސެއް ނެތި، އަޅުގަނޑުމެންގެ ފަސް އަހަރު ނިންމިއްޖެ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ ނުވަދިހަ ހަތަރުހާސް ވަޒީފާ އުފައްދާނަން.
 
ޢާއިޝަތު އަފްނާ:
 
السّــلام عليــكم
 
އަޅުގަނޑު ތަޢުލީމް ޙާޞިލުކުރީ ވިޔަފާރީގެ ދާއިރާއިން. މަނިކުފާނުގެ ސިޔާސަތުގަޔާއި، ވީޑިއޯ ޕްރެޒެންޓޭޝަންގައިވެސް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާފައި އެބައޮތް، އެސް.އީ.ޒީން ލިބޭނެ ފައިދާތަކުގެ ވާހަކަ. ދެން މިކަން އަޅުގަނޑުމެން މަޖިލީހުގެ ތެރެއިން ކުރެވިގެންދިޔަ ޤާނޫނެއް ފާސްކޮށްގެން، އަދި މި ޤާނޫނުގައި ވަރަށް ބޮޑަށް ބަޙުޘް ކުރެވިގެންދިޔަ، ލިބޭނޭ ޓެކްސް އިންސެންޓިވްތަކާއި ލިބޭނޭ ރެވެނިއުއާ ބެހޭގޮތުންވެސް. އެހެންވީމާ، އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، ދިވެހިރާއްޖޭގެ މިއަދުގެ ބަޖެޓްގެ ޙާލަތު ތަންދޭ ގޮތުން، ކިހާ މިންވަރެއްގެ ފައިދާއެއް، ނޫނީ ކިހާވަރެއްގެ ލުޔެއް އަޅުގަނޑުމެންނަށް ލިބޭނެތޯއޭ، މިކަމުގެ ސަބަބުން. އަދި މިއިން ލިބޭ ފައިދާތަކަށް އަޅުގަނޑުމެން ބަލައިލާއިރުގައި، މަނިކުފާނުގެ ވިސްނުންފުޅުގައި، މަނިކުފާނު ގެންނަވަން ބޭނުންވާ، އިސްކަން ދެއްވަން ބޭނުންވާ އެންމެބޮޑު އެއް ފައިދާއަކީ ކޮބައިތޯއޭ މި ޤާނޫނުގެ ތެރެއިން ދިވެހި ރައްޔިތުންނަށް.
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އެސް.އީ.ޒެޑްގެ ޤާނޫނަކީ ވަރަށް ޚާއްޞަ ޤާނޫނެއް. އެސް.އީ.ޒެޑްގެ ޤާނޫނު ގެންނަން މިޖެހުނީ، ކުރީގައި އަޅުގަނޑު ދަންނަވާލި ގޮތަށް، ކުދިކުދި ޕްރޮޖެކްޓް، އަޅުގަނޑުމެން އެއްފަރާތަށް ޖައްސާލާފައި، ބޮޑެތި ބިޔަ މަޝްރޫޢުތައް ގެންނަން. ބޮޑެތި ބިޔަ މަޝްރޫޢުތައް ގެނައުމަކީ، ގްރެޖުއަލިސްޓިކް އެޕްރޯޗަކުން ޓްރާންސްފޮމޭޝަނަލް އެޕްރޯޗަކަށް ދިޔުން. އޭގެ މާނައަކީ އެއް ދުވަހުން، އެއް އަހަރުން އަނެއް އަހަރަށް، މި އިޤްތިޞާދީ ޙާލަތު ބަދަލުވަމުންދާ ދިޔުން، އެ ބަދަލުކޮށްލާފައި، މުޅިން އެހެން ޓަޔަރަކަށް، އެހެން ލެވެލަކަށް ގެންދިޔުން.
 
ވަރަށް މަޢާފާއެކީ ހަމަ އަޅުގަނޑު ދަންނަވާލަން. ޑިގްރީއަށް ކިޔަވާފައި ތިބި ކުދިން، ނޫނިއްޔާ އެކުދިންނަށް ކިޔަވައިދެއްވި މުދައްރިސުން ތިއްބަވާ ކަމަށްވަންޏާ، އިޤްތިޞާދުގައި ރިސޯސް އެލޮކޭޝަންގެ ފިލާވަޅު ކިޔަވާ ކަމަށްވަންޏާ، ދައުލަތަކުން އަބަދުވެސް މިކުރާ މަސައްކަތަކީ، ދައުލަތެއްގައި ރިސޯސް ހުރިގޮތުން، ދައުލަތުގެ ޗާޓުގައި، ދައުލަތަށް ލިބޭ އާމްދަނީއާއި ކުރަންޖެހޭ ޚަރަދާ، މިކަން ބަލާއިރު، ޕްރޮޑަކްޝަން ޕޮސިބިލިޓީ ކަރވްއެއް ކުރަހާނެ. އޭގެ މާނައަކީ، އެ ދައުލަތަކަށް ލިބެންހުރި އާމްދަނީ ބޭނުންކޮށްގެން، އެ ދައުލަތެއްގެ މެކްސިމަމް ދައްކައިދޭނެ ޗާޓެއް ކުރަހާނެ، ކަރވްއެއް ކުރަހާނެ. އެ ޗާޓުގައި އަޅުގަނޑުމެންގެ ދުވެލި ހުންނަ މިންވަރަކުން، ނޫނިއްޔާ އަޅުގަނޑުމެންގެ ރިސޯސް، އެ ޗާޓްގައި އެ ހުންނަ ރިސޯސްއާ އެއްގޮތަށް މޫވްކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެން އެއް ޙާލަތުން އަނެއް ޙާލަތަށް ގްރެޖްއެލީ ބަދަލުވާނެ ގޮތް، އެ ޗާޓުން ފެންނާނެ. މިސާލަކަށް، ޑިމާންޑް ކަރވްއެއް ބަލައިފި ކަމަށްވަންޏާ، -/5 ރުފިޔާ އޮވެގެން ޑިމާންޑްކުރާ އެއްޗެއް، އޭގެ ބަދަލުގައި -/10 ރުފިޔާ ޚަރަދު ކުރަން ލިބޭ ކަމަށްވަންޏާ، އޭނަ ޑިމާންޑް ކުރާނީ އިތުރު ޕްރޮޑަކްޓް ފެންނަގޮތަށް ހަމަ މި ޗާޓުން ދައްކާނީ މިދެންނެވި ކަހަލަ އެޕިޓައިޓެއް އިތުރުވެގެންދާތަން.
 
އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގައި މިހެން އޮންނަ ކަރވެއް، އެ ކަރވްގައި ދަތުރުކުރުމުގެ ބަދަލުގައި، އެ ކަރވް އެއަށްވުރެ ބޭރަށް ޖައްސަން. ޕްރޮޑަކްޝަން ޕޮސިބިލިޓީ ފްރޮންޓިއަރ އެއަށްވުރެ ބޭރަށް ޖައްސަން. އޭގެ ނަތީޖާއަކަށް ވެގެންދާނީ، ދިވެހިރާއްޖޭގެ ރިސޯސް އިތުރުކޮށްގެން، އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިހާރު މިތިބަ ޕްލެޓްފޯމްގައި ތިބެން ލިބޭ އާމްދަނީއަށްވުރެ، އަޅުގަނޑުމެންގެ އާމްދަނީ އެތައް ގުނައެއް އިތުރުވާނެ ކަރވެއް އުފައްދަން ބޭނުންވަނީ. އެއީ ޓްރާންސްފޮމޭޝަނަކީ. އެ ކަރވްގައި އެއް ޕޮޒިޝަނުން އަނެއް ޕޮޒިޝަނަށް ބަދަލުވުމަކީ، އޭގެ ޒާތުގައި ގްރެޖްއެލިސްޓިކް އިންކްރިމެންޓަލް އެޕްރޯޗް. ޓްރާންސްފޯމް ކުރުމަކީ ޕްރޮޑަކްޝަން ޕޮސިބިލިޓީ ފްރޮންޓިއަރ މިހާރު އޮތް ފްރޮންޓިއަރއިން ރިސޯސް ބޭނުންކޮށްގެން، އެއަށްވުރެ ދުރު ފްރޮންޓިއަރއަކަށް ނެރުން. އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރުން.
 
އެސް.އީ.ޒެޑްގެ ބިލަކީ، މިކަހަލަ ޙާލަތު ބަދަލުކުރާ، ނޫނީ ޕޮސިބިލިޓީ ފްރޮންޓިއަރ އިތުރުކުރާނެ އެއްޗެއް. އެސް.އީ.ޒީއަށް އަޅުގަނޑުމެން ގެންނަން ބޭނުންވަނީ، ފަސްސަތޭކަ މިލިއަން، އެއް ބިލިއަން، ނޫނީ އެއަށްވުރެ ބޮޑެތި އިންވެސްޓްމަންޓްގެ ވާހަކަ އަޅުގަނޑުމެން ގެންނަން ބޭނުންވަނީ. އޭގެ ލައިސަންސް ފީއަށް އެކަނި، އަޅުގަނޑުމެން ލައިސަންސް ފީއަށް އެކަނި މިއަހަރު، މިސާލަކަށް، 2016 ގައި އެއް މަޝްރޫޢު، ނޫނީ ދެ މަޝްރޫޢަށް ލައިސަންސް ފީ ދީފި ކަމަށްވަންޏާ، އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، ބޮޑު ޢަދަދެއްގެ ފައިސާ އެއޮތީ ބަޖެޓްގައި ޖަހާފައި. ސަތޭކަ މިލިއަން ޑޮލަރު، އެއީ ލައިސަންސް ފީ އެކަނި. އެއީ ސޮއިކުރާ ތަނުން ލިބޭ ސިގްނޭޗަރ، ބޯނަސް ލައިސަންސް ފީ އެކަނި. ދެން ތެދެއްމެ، މިކަހަލަ ބޮޑެތި މަޝްރޫޢުތައް އަންނަ ކަމަށްވަންޏާ، ބޮޑެތި މަޝްރޫއުތައް ފަށާ ހިންގާއިރު، ޓެކްސް ބްރޭކްތަކެއް ދޭނެ. އަޅުގަނޑުމެން ބޭނުންވަނީ، މި މަޝްރޫޢުތަކާއިގެން އަންނަ ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް އަންނައިރު، އިތުރު ބުރައެއް އެމީހުންނަށް ނުޖައްސައި، އެކަން ކުރެވޭނެގޮތް ހަދަން. ދިވެހިރާއްޖެއަށް އެތައް ބޮޑެތި އިންވެސްޓްމަންޓްތައް ހަދާފައި، މިސާލަކަށް ބަނދަރާއި، ތެޔޮ ރިފައިންކުރާ ތަންތަނާއި، އަދި އެތައް ބައިވަރު މެރީނާއެއް އެއީ އެތައް ބައިވަރު ލޮޖިސްޓިކަލް ފެސިލިޓީތަކެއް، އިޤްތިޞާދީ ގޮތުން އާމްދަނީ ލިބޭނެ ފެސިލިޓީތަކެއް އުފައްދައިފި ކަމަށްވަންޏާ، ހަމަގައިމުވެސް އެމީހުން އެއްވެސް ސަބަބަކާ ހުރެ، ދަބަސް ބަންދުކޮށްލާފައި އެމީހުން ފުރައިގެން ދިވެހިރާއްޖެއިން ދާކަމަށްވަންޏާ، އެ އެއްޗިއްސެއް ދަބަސްތެރެއަށް އަޅައިގެން ނުދާނެ. އެއީ ދިވެހިރާއްޖެއަށް ލިބިފައި ހުރި އެސެޓްތަކެއް އެއީ. އަޅުގަނޑުމެން އެ އެސެޓްތައް ބޭނުންކުރާނީ، އެހެން ބަޔަކަށް ކުއްޔަށްދޭން. އެހެންވީމާ، ފުރަތަމަ އެމީހުން މަސައްކަތް ކުރަމުންދާއިރު، 10 އަހަރު، 12 އަހަރު، އެމީހުންގެ އިންވެސްޓްމަންޓްގެ ސައިޒަށް ބަލާފައި، ގެންނަ އެއްޗެހީގެ ޑިއުޓީ މަޢާފްކޮށްދޭނެ.
 
ދެން އަޅުގަނޑާ ކުރާނެ ޢާންމު ސުވާލަކަށްވާނީ، ކީއްވެގެންހޭ މީގެ ޑިއުޓީ މަޢާފްކުރަނީ، ސަރުކާރަށް އާމްދަނީ ލިބޭނޭ. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިއީކީއެއް ފެށުމުގައި ޑިއުޓީ ލިބޭ އެއްޗިއްސެއް ނޫން. މި މަޝްރޫޢުތައް މިގޮތަށް ނުގެނެވޭ ކަމަށްވަންޏާ، ކޮބައިތޯ އެއިން ވަންނާނެ ޑިއުޓީއެއް؟ ނުވަންނާނެ ޑިއުޓީއެއް. އެހެންވީމާ، އެސް.އީ.ޒެޑުން މިކުރާ ކަމަކީ ބޮޑެތި ބިޔަ މަޝްރޫޢުތައް ގެންނަން ކުރާ މަސައްކަތް. އެހެންވީމާ، އެއީކީ ގެއްލޭ ޑިއުޓީއެއް ނޫން. އެ ޑިއުޓީއަކީ ފުރަތަމައިނުންވެސް އަޅުގަނޑުމެންގެ ޑިއުޓީ ފޮތުން ލިބޭ އާމްދަނީގެ ތެރޭގައި ޖަހާނެ އެއްޗެއް ނޫން. މި މަސައްކަތްތައް ގެނެސްގެން، އެއިން ލިބޭ އެހެން ރެވެނިއުއިން އަޅުގަނޑުމެންނަށް އާމްދަނީ ލިބިގެންދާނީ. ލައިސަންސް ފީއިންނާއި، ރެވެނިއުސް އިންނާއި، ޓެކްސްއިންނާ، މިއިން އަޅުގަނޑުމެންނަށް އާމްދަނީ ލިބިގެންދާނީ. އެހެންވީމާ، އެއިން ގެއްލިގެންދާ ޑިއުޓީއަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއާ ނުބައްދަލު އެއްޗަކަށް ވެގެންނުދާނެ. އެ މުއްދަތަށްފަހު އަނެއްކާވެސް އެމީހުން އެކުރާ މަސައްކަތުގެ ޑިއުޓީ ނެގުމާއި، އެހެން ޓެކްސްތައް ނެގުމާ، މިހުރިހާ ކަމެއް އޮންނާނެ. އެހެންވީމާ، އެއީ ސަރުކާރަށް ލިބިގެންދާނެ އާމްދަނީއަކީ، ހަމަ ސީދާ ބަޖެޓަށް ވަންނާނެ ފައިސާއަށް ބަލާކަމަށްވަންޏާ.
 
އަޅުގަނޑުގެ ވިސްނުމުގައި ބަޖެޓަށް ވަންނަ ފައިސާ ވަރަށް މުހިންމު. އެކަމަކު އެއަށްވުރެ ބޮޑަށް އަޅުގަނޑަށް މުހިންމީ އެ ސަރަޙައްދު ތަރައްޤީ ކުރުން. މިސާލަކަށް، އައިހެވަން. އުތުރުގައި ހއ. ހދ. ށ. މި ސަރަޙައްދަށް އަންނާނެ ތަރައްޤީއަށް ވިސްނާވަޑައިގަންނަވާ. މިހާރު އަޅުގަނޑުމެން ފަތުރާލަމުން، ނޫނިއްޔާ ޢާންމު ކުރަމުން މިގެންދަނީ ޓުއަރިޒަމްގެ ޞިނާޢަތް. މިއީ ވަރަށް ނާޒުކު ޞިނާޢަތެއް. ރާއްޖޭގެ، ނޫނީ ދުނިޔޭގެ އެތަން މިތަނުގައި މިދެންނެވި ކަހަލަ ނުރައްކާތެރިކަން އިތުރުވަމުންދާ ކަމަށްވަންޏާ، ހަމަ ޓުއަރިސްޓުން ދަތުރުކުރުމުގައި ވިސްނުންތަކެއް ވިސްނާނެ. ސެންސިޓިވް ދާއިރާއެއް، ވަލްނަރަބްލް ދާއިރާއެއް. އެހެން ނަމަވެސް، އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، މިހާރު އައިހެވަން، ނޫނީ އިހަވަންދިއްޕޮޅުގައި އަޅުގަނޑުމެން މިކުރާ މަސައްކަތް، އަޅުގަނޑުމެންނަށް ކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑަށް އެންމެ ޕެޝަނޭޓީ ނުވަތަ އެންމެ ޝައުޤުވެރިކަން އޮންނަނީ، އެތަނުން އުފެދިގެންދާނެ އިތުރު ވަޒީފާތަކާ ދޭތެރޭ ވިސްނަވާ. އިތުރު އެތައްހާސް ވަޒީފާތަކެއް އުފެދިގެންދާނެ. އަދި އެޔާއެކީ މިކަހަލަ ކޮންމެ ޞިނާޢަތަކާއެކީ ބައިވަރު ލިންކޭޖް އިންޑަސްޓްރީތަކެއް އުފެދިގެންދާނެ. އޭގެ މާނައަކީ އެއާ ގުޅުންހުރި، ނޫނިއްޔާ އެ މެއިން މަސައްކަތަށް ބޭނުންވާ އެތައް ބައިވަރު ތަފާތު އިންޑަސްޓްރީތަކެއް އުފެދިގެންދާނެ. ހަމައެކަނި ކާބޯތަކެއްޗަށް، ތަރުކާރީއަށް، މޭވާއަށް ބެލި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ކެރުނު ހިތްވަރެއް އޭގައި އޮތީ.
 
އެހެންވީމާ، އަޅުގަނޑު އެންމެ ޝައުޤުވެރިކަން ހުންނަނީ، މިކަހަލަ ބޮޑެތި މަޝްރޫޢުތައް ގެނައިމަ، އެ ސަރަޙައްދު ތަރައްޤީ ކުރުމާއި، އެ ސަރަޙައްދުގައި ތިބި ޒުވާނުންނަށް އެތައްހާސް ވަޒީފާގެ ފުރްޞަތު އިތުރުވެގެންދިޔުމާއި، އަދި މުޅި ސަރަޙައްދަށް އިތުރުވެގެންދާނެ އިޤްތިޞާދީ ފައިދާއަށް. އެހެންވީމާ، އެއީ އެސް.އީ.ޒެޑްގެ އަޅުގަނޑުމެންގެ ބޭނުމަކީ، މިކަހަލަ އިންސެންޓިވް ރެޖީމްތަކެއް ދީގެން ނޫނިއްޔާ، އަދި ދިގު މުއްދަތަކަށް، ނޫނިއްޔާ އެ ހަދާ ބޮޑެތި އިންވެސްޓްމަންޓަށް، ޕްރައިވެޓްލީ އޯން ކުރެވޭނެ. އެއީ އެމީހުންގެ އަމިއްލަ މުދަލެއްގެ ގޮތުގައި، ބަދަލު ގެނައުމަށް މިހާރު އެއޮތީ ޤާނޫނު އިޞްލާޙު ކޮށްދީފައި. އެހެންވީމާ، އެކަންކަން ކުރެވިގެން ނޫނިއްޔަކާ، އަޅުގަނޑުމެންނަކަށް މިވަރުގެ ބޮޑެތި އިންވެސްޓްމަންޓެއް ރާއްޖެއަކަށް ނާންނާނެ.
 
އެހެންވީމާ، އަޅުގަނޑުގެ ވިސްނުމުގައި، ޝައްކެއްވެސްނެތްގޮތުގައި އެސް.އީ.ޒެޑް ޤާނޫނަކީ ވަރަށް ފައިދާހުރި ޤާނޫނެއް. އަޅުގަނޑުމެން އުންމީދު މިކުރަނީ، ރާއްޖޭގައި އެންމެ ކުޑަމިނުންވެސް ފަށައިގަތުމުންވެސް އިރާދަކުރެއްވިއްޔާ 2016 ގައި ދެ ސަރަޙަދެއްގައި އެސް.އީ.ޒެޑްގެ ލައިސަންސްގެ ދަށުން ދެ ޕާޓީއެއް، ބޮޑެތި ބިޔަ މަޝްރޫޢު ހިންގާނެ ކަމަށް، އަޅުގަނޑު ހަމަ އުންމީދު ވަރަށްހެޔޮ އެކަމާ ދޭތެރޭގައި.

 

Hussain

My name is Hussain . We all agree that our economy is growing each year at the same time it is a known fact there is a serious issue of income inequality in this country. In your view, do you view income inequality as a serious issue in this country? If so, how do your policies intend to address this?

President Yameen

Hussain, thank you for posing this question. For me it is not a serious threat, but certainly it is something that we need to contend with. If unattended for a long time it will have serious repercussions on our economy. But for me, income inequality, for example, is a factor of economic activity. The way to reduce the difference between different income groups or income disparity is through taxation and also through welfare programs. At this point in time, for Maldives, the biggest problem is not income disparity. The biggest challenge really is how to raise your revenue and how to raise your resources.

If you look at Maldives right now, targeted subsidies, general subsidies, and very highly subsidized health bills or healthcare systems, highly subsidized education system. All of this, if not for Maldives, in a first world country parents of school children would be paying heavily, so getting a low income necessarily does not mean that person is impoverished. All of the welfare programs we run with this government, all of them are year by year enhanced. If you look at basic staple items like rice, wheat, flour and sugar; whether you earn a lot or whether you don’t earn there is no duty on that. It is subsidized, rice, wheat and flour that you eat, that you consume. If you look at health services, for example, highly subsidized. Highly subsidized health services, if you talk about the health bill you have to foot if you are admitted to a hospital for 15 or 30 days, compare that amount to first world countries, you will see the enormous benefit of living in Maldives that you obtain from the welfare system.

If you look at education system, for example, highly subsidized. All public schools and government schools, nobody pays any fees on that. Highly subsidized. All over Maldives Pre-school education is free, totally budget funded.

So a lot of areas where normally a person would spend through his income he does not need to spend. So yes, income disparity is a problem that we need to contend with but at this point in time my government does not believe it is a threat or that even we are allergic to it. Thought provoking yes, at times it gives me tax, but then no, it is not a threat. We are circumventing this through various social and welfare programs, several of which I have mentioned in my speech and in answering you, for example I have mentioned several heavy subsidies. The way to reduce income disparity is for example through empowering youth, by providing job opportunities. If all youth in Maldives for example were employed by 2020 income disparity is gone in no time. So income disparity in itself, while it may be a problem, if there are ways to address it which my government is very clear, in our targets, we will not have a serious problem with income disparity.

Yes in every country you will have the ‘Gasims’ and the ‘Champas’ but then that is not an issue. You will always have entrepreneurs who will be doing a lot better than the average person but the way to reduce income disparity is through taxation, which we are doing even now. And heavily subsidized spending on health, education and even basic food commodities, this is the way to alleviate income disparity at this point in time. Even those households who are not able to pay electric bills we are giving them targeted subsidies. Rice, wheat, flour and other items, even if the prices of these were to go up, targeted subsidies, you will come and knock on the door of the National Social Protection Agency. And those subsidies go a long way to alleviate your income disparity issues. So for me while it may be a problem if unattended, at this point in time it is not a threat. Thank you.

Aiman

Asalaamalaikum. My name is Aiman. I am from an engineering background but I do take an interest in the economic issues in the country. My question to you is are there any structural economic challenges facing our economy today? And what are those issues? And how does the government intend to address those issues?

President Yameen

Thank you. Problems, yes. Who is without problems? Everybody faces problems. At individual level, at parent level, in parenting itself, and even at the government level, certainly we all face challenges. Main problems being really what is endemic to our economy, we are not an exporting country. Our export base is very narrow. The tax base is narrow. And ways to increase revenue is certainly very narrow, I was talking about the trade account deficit we have been sustaining for a long time and probably that is going to exist for a long time to come. The way to overcome that is through economic diversification through more and more projects that would be earning foreign currency. Like the SEZ projects we are talking about and like increasing tourist islands in the Maldives.

Other challenges include living for example living in Male’ and living in Maldives while it may be expensive we are basically taking life very easy. In economics there is a cliché that says that ‘There are no free lunches’ but we enjoy free lunches in the Maldives. Everything is subsidized. It is almost a welfare state.  So the text book economics we defy, so in the economics of Maldives everybody has a very easy life. The result of which is really that the youth are voluntarily unemployed. This is not what we would like to see in a growing economy like Maldives.

Minister Saeed is creating jobs for youth to get engaged, for you guys to take up those jobs. But if you voluntarily restrain from those jobs, those jobs end up with our neighbors. That is not the policy direction we are seeking. The easy life really, voluntary unemployment, huge huge labor turnout if you report to a job. These are major problems as far as job market or employment is concerned. Other problems include various other issues such as cost of living in Maldives is very high. I was talking about inflation and I was talking about imported inflation from other countries. Basically from the toothpick to the shampoo you use you import, but what do you export? Fishery items and largely tourism. And therefore cost of living in Maldives and especially in Male’ is very high. So that is the basic challenge. Whether or not we are able to net the difference from what we earn and what we need to spend on. That is the challenge we face every day and every year in our budget.

Sustained deficits over the last 7 or 8 years amounting to over 40 billion MVR or 4 years of national income. This is a huge task that my government needs to resolve. We are addressing that issue and hopefully by end of next year if I were present before you happily I would be saying yes this year we are ending with a surplus budget. That is my dream. That has been our vision since we came into office. We face various challenges and the way to address these in the long term, right now and medium term. Right now what are we doing? Like the program we introduced and launched tonight. Youth empowerment, youth job creation, youth entrepreneurship, creating the youth farmer, creating the youth entrepreneur, loan facilities and incentive programs. These are ways to empower youth through economic wellbeing or through economic empowerment to youth.

Other immediate issues we are attending to such as economic diversification, creating 94,000 jobs within 5 years. Maybe in economic planning this may be considered mid-term. But for me this is an immediate way of attending to the difficult problems we have. Job creation is of utmost importance if we are to empower youth. Longer and medium term issues include, you are talking about disparities and you are talking about empowering youth with marketable skills, can they come out and work? People who graduate now through TIVET and people who graduate from Villa College do they have dependable jobs? Yes we will create jobs. But whether or not they have the marketable skills for these jobs, this is something we need to question. Quality schooling or quality education is primarily targeted at providing these kinds of marketable skills. That is why we are emphasizing so much now on commerce, law and other faculties that would immediately provide job opportunities once you leave your universities. So that would be a longer term challenge that we will be addressing. Another longer term challenge we will be addressing is health issues.

Subsidies and welfare cannot be sustained for a long time but the way to address this is quality health care at an affordable rate through medium and long term population consolidation. If you are able to resolve this problem, I am sure you will be a Nobel Laureate, you will get a Nobel prize. 185 islands in this nation archipelago, everyone is a self-contained economic unit so how do you provide equal opportunities, job opportunities, health facilities, education facilities for each and every one of these distant islands? And not only distant but the population is so diverse. From 200 people on an island to all the way to 15000 people, or medium size islands with all the way from 3000 to 5000, huge challenges. But are people willing to move from these locations to more attractive locations? This is where the Youth City in Hulhumale’ comes in. This is why my government is dumping tons and tons of money into fulfilling this dream. My hope is really then that through economic pull effect  I am able to get a lot more vigorous youth who can be gainfully employed to Male’ and Hulhumale’ area. That would ensure each and every one of you a job opportunity. So the longer term process would be through population consolidation, quality education where you get marketable skills and also through excellent affordable healthcare. Otherwise we are spending millions presently on healthcare specially people going abroad for treatment. These areas where you can arrest lots of foreign currency draining out of Maldives. So yes huge challenges we face. But if we don’t face challenges in life we can lie down and sleep for long long years to come. So challenges we must face. Challenges we must overcome. Life is not easy, life is difficult. That is why every one of you, every young person should be ready once you leave school to take up employment. That is the only way you can contribute to nation building process.

 
އަޅުގަނޑު ދެން މިހާހިސާބުން ވާހަކަކޮޅު ނިންމާލަން ޤަޞްދުކުރަން އިނގޭތޯ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ގޮންޖެހުންތައް ހަމަ ވަރަށްގިނައޭ. އެޔާއެކީގައިވެސް އަޅުގަނޑުމެންގެ ވިސްނުންތަކެއް އެބަހުއްޓޭ. އަޅުގަނޑުމެންގެ ވިސްނުން މިހިރީ ދިވެހި ރައްޔިތުންގެ ވިންދާ ގުޅިފައޭ. ޒުވާނުންނަށް ކަންތައްތަކެއް ކޮށްދޭން، އަދި ޚާއްޞަކޮށް، ހަވާސާވެގެން މިދާ އަންހެން ބޭފުޅުންނަށް ކަންތައްތަކެއް ކޮށްދޭން މިކުރެވޭ މަސައްކަތަކީ، ޙަޤީޤަތުގައި އެންމެ އުފެއްދުންތެރި މީހުންގެ ތެރޭގައި މިހިމެނެނީ ޒުވާނުން، އަންހެން ބޭފުޅުން، ޒުވާން ފިރިހެނުން. އެހެންވީމާ، ޒުވާނުންނަށް ކަންތައްތަކެއް ކޮށްދޭން މިކުރެވޭ މަސައްކަތަކީ، ބަޖެޓުން ޚަރަދުކޮށްގެންވެސް މިކުރެވޭ މަސައްކަތަކީ، އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ، އޭގެ ރިވޯޑްތަކެއް، އޭގެ ރަނގަޅު ނަތީޖާތަކެއް އެކުލެވިގެންދާ ކަންތައްތަކެއް. އަޅުގަނޑުމެންގެ ތަރައްޤީއަކީ، އަޅުގަނޑުމެން ކިތަންމެ ދިގުއަތެއް އެއްލި ނަމަވެސް، އަޅުގަނޑުމެން ފޯރާ ހިސާބަށް ގެނެވޭވަރުގައި ހުންނަންވާނެ އެއްޗެއް ކަމުގެ ވިސްނުން އަޅުގަނޑުމެންގެ ހުންނަންވާނީ.
 
        އެހެންވީމާ، އަޅުގަނޑުމެން ބޮޑެތި ބިޔަ މަޝްރޫޢުތަކެއް މި ހިންގަނީ، އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި އެޓެއިން ނުކުރެވޭ ކަންތައްތަކަށް ޑްރީމް ކުރާތީކީ ނޫން. ޑްރީމް ކުރުމަކީ ރަނގަޅު ކަމެއް. ހުވަފެން ފެންނަންވާނެ. ރަނގަޅު ހުވަފެންތަކެއް ފެންނަންވާނެ. އެއީ އަޅުގަނޑުމެން ޙާޞިލު ކުރަން ބޭނުންވާ ހިސާބަށް ދިޔުމަށްޓަކައި، އަޅުގަނޑުމެން ދެކެން ބޭނުންވާ ހުވަފެންތައް.
 
        އެހެންވީމާ، އަޅުގަނޑުމެން މިކުރާ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑުގެ މި 5އަހަރުގެ ސަރުކާރުގެ ތެރޭގައިވެސް އަޅުގަނޑު ބޭނުންވަނީ، މިދެންނެވި ގޮތަށް ޓުއަރިޒަމްގެ ދާއިރާ ފުޅާވެގެންދާއިރު، ރާއްޖޭގެ މިއަދުގެ އެއަރޕޯޓަކީ ގާތްގަނޑަކަށް 1.5 މިލިއަން މީހުން ހެންޑްލްކުރާ އެއަރޕޯޓެއް ކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވޭ، މި ޢަދަދު ގާތްގަނޑަކަށް 6 މިލިއަން، 7 މިލިއަނާ ހަމަޔަށް ޖައްސަން. މި ޖައްސައިގެން ނޫނިއްޔާ، އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރަން ބޭނުންވާ ދިމާއަކަށް ފުޅަލެއްނުކުރެވޭ. އެހެންވީމާ، އެކަން ކުރަން އަޅުގަނޑުމެން ހޭދަތަކެއް ކުރަން އެބަޖެހޭ. މިފަހަރުގެ ބަޖެޓްގައިވެސް އެއާ ގުޅިގެން މަސައްކަތްތަކެއް ކުރިން، އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގައިވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަންކަން މިހާރު އެވަނީ ހަމަޖެހިފައި.
 
           އެހެންވީމާ، ގާތްގަނޑަކަށް އަށެއްކަ ސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްރޮޖެކްޓެއްގެ ވާހަކަ މި ދައްކަނީ. އެޔާއެކީ މާލެއާއި ހުޅުމާލެއާ ދޭތެރޭގައި މި އަޅާ ބްރިޖްގެ ކަމަކީވެސް ހަމަ މި. އަޅުގަނޑުމެންނަކަށް ފަސޭހައީކީ ނޫން. ހަމަ ޙަޤީޤަތުގައިވެސް ހުޅުމާލޭގައި މިއަދު ސާޅީހަކަށްހާސް މީހުން އުޅޭ ކަމަށްވަންޏާ، އަޅުގަނޑުމެން ދެކެން ބޭނުންވާ ހުޅުމާލެ ބޮޑުވެގެންދާއިރު، އެތަނުގައި އުޅެނީ އެއްލައްކައަށްވުރެ ގިނަ މީހުން ކަމަށްވަންޏާ، ނޫނީ އަޅުގަނޑުމެން ޓާގެޓް މިކުރަނީ އެތަނުގައި އެއްލައްކަ ފަސްދޮޅަސްހާސް، މިހާކަންހާވަރުގެ ޢަދަދެއް އުޅޭނެ ކަމަށް. ވަރަށް ތަފާތު ތަރައްޤީގެ މަޝްރޫޢުތަކަކާއެކީ ހުޅުމާލެ އެ އަންނަނީ. އެ ޢަދަދު އުޅޭ ކަމަށްވަންޏާ، ވިސްނާވަޑައިގަންނަވާ. އަޅުގަނޑުމެންގެ ވޯޓަރ ވޭސް. މާލެއާއި ހުޅުމާލެއާ ދޭތެރޭގައި މިއޮތް ކަނޑު. ކިތައް ފެރީ އެތާ އޮންނާނެތޯ؟ ކިތައް ފެރީ އެތާ އޮންނާނެތޯ؟ ނައިޓްމެއަރއެއް. މިކަމެއް ނުވާނެ. މިއީ އަޅުގަނޑުމެންގެ ޚިޔާލަށްވެސް ގެންނަން ބޭނުންވާ ކަމެއް ނޫން. ދަތުރުފަތުރުކުރުން މިއީ، މާލޭގައި ތިބި މީހުން ހުޅުމާލޭގެ ވަޒީފާއަށް، ހުޅުމާލޭގައި ތިބި މީހުން މާލެއަށް. މި ސަރަޙައްދުގައި ވަޒީފާތައް މިއޮތީ.
 
          މި ވަޒީފާތަކަށް އަންނަ ބޭރު ތަންތަނުގައި، މިސާލަކަށް، 50 މޭލު، 15 މޭލު ދުރު ތަންތަނުގައި، 8 ޖަހާއިރު ވަޒީފާއަށް ދާން ނުކުންނަނީ 6 ޖަހާއިރު ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހުޅުމާލެއާއި މާލެއާ ދޭތެރޭގައި މި އަޅަން އުޅޭ ބްރިޖް ނޭޅިއްޖެ ކަމަށްވަންޏާ، މި ޢަދަދުގެ އާބާދީ އެތަނަށް އަތުވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން 8 ޖަހާއިރަށް ވަޒީފާއަށް ނުކުންނާނީ، އޭގެ ކުރީ ރޭ ދަންވަރު 12 ޖަހާއިރު. އެޔާއެކީވެސް އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންގެ ވޯޓަރ ވޭސް ކްލޮގްވާނީ އަޅުގަނޑުމެންނަށް ދަތުރުނުކުރެވޭ ވަރަށް. މިއީ ލާޒިމް ކަމެއް ކުރަން. މިއީ މަޖުބޫރު ކަމެއް ކުރަން. އެހެންވީމާ، އަޅުގަނޑުމެންގެ ބަޖެޓް ފައިސާއިންނާއި، އަދި ލޯނު ފައިސާއިންނާއި، ހިލޭ އެހީގެ ތެރެއިން އަޅުގަނޑުމެން މިކަން ކުރަން ލާޒިމްވަނީ، އަޅުގަނޑުމެންގެ އުންމީދަކީ، ޒުވާނުން ކަމަށްވާތީ. އަދި ޒުވާނުންގެ ދިރުން މިވަނީ މި ސަރަޙައްދާ ގުޅިފައި ކަމަށްވަނީ، ވަޒީފާގެ ފުރްޞަތު އޮތީ މި ސަރަޙައްދުގައި ކަމަށްވާތީ. އެހެންވީމާ، މިއީ މިހާރު ކުރަން މަޖުބޫރު ކަންތައްތައް ކަމަށްވާތީ، ބަޖެޓްގެ ތެރެއިން ފައިސާ ހޯދައިގެންނާއި، ރާއްޖެއިން ބޭރުން ފައިސާ ހޯދައިގެން މިކަންކަން ކުރަން ބޭނުންވަނީ.
 
          މިހުރިހާ ކަމެއްގެ ނަތީޖާއަކަށް ވެގެންދާނީ، އެތައް ބައިވަރު ވަޒީފާތަކެއް އުފެދިގެން ދިޔުމާއި، ޒުވާނުންނަށް ބޭނުންވާ ފުރްޞަތުތަކެއް ހުޅުވިގެން ދިޔުން. އަޅުގަނޑު ޑިމާންޑް ކުރަނީ، ޒުވާނުންނަކީ މުރާލި ބަޔަކަށްވުމަށް. މަސައްކަތަށް ފަރުވާތެރިކަމާއެކީ ނުކުންނަ ބަޔަކަށްވުމަށް. ބޮލުގައި ރިއްސާތީ، އެދުވަހު ވަޒީފާގައި ހުރެފައި ގެޔަށް ދާނީކީ ނޫން. ޖީބަށް އަތްލާފައި ޕެނަޑޯލް ގުޅައެއް ނަގާނީ. އެހެންވީމާ، އެ ވިސްނުމުން، ނޫނިއްޔާ އެ މަސައްކަތުގެ ވެށި އަޚްލާޤު، އަޅުގަނޑުމެންގެ ތެރެއަށް އަންނަން އެބަޖެހޭ. މިކަންކަން ކުރުމުގެ ބޭނުމަކަށްވާނީ، އަޅުގަނޑުމެން މި ވިސްނާ ހުވަފެން، ނޫނީ އަޅުގަނޑުމެން މި ވިސްނާގޮތަށް، އަޅުގަނޑުމެންގެ ހުވަފެން ޙަޤީޤަތަކަށް ވެއްޖެ ކަމަށްވަންޏާ، މިއަދު އަޅުގަނޑުމެންގެ ފަރުދަކަށްޖެހޭ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް މިޖެހެނީ، ގާތްގަނޑަކަށް ފަސްހާސް، ހަހާސް އެމެރިކާ ޑޮލަރު ކަމަށްވަންޏާ، އަޅުގަނޑުމެން އަޅުގަނޑުމެންގެ ޕްރޮގްރާމްތައް، އަޅުގަނޑުމެން އެދޭގޮތަށް ﷲގެ ރަޙްމަތާއެކީ މިންވަރު ކުރައްވާ ކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވަނީ މި ޢަދަދު ޑަބަލްކުރަން. އެހެންވީމާ، އަޅުގަނޑަކަށް ހިއެއްނުވޭ، ކުރާ މަސައްކަތުން އަހަރެއްގެ މައްޗަށް، ނޫނިއްޔާ ބޮލެއްގެ މައްޗަށް ހަހާސް ޑޮލަރު ލިބޭ ކަމަށްވަންޏާ، އެވްރެޖްކޮށް އާމްދަނީ ލިބޭ ކަމަށްވަންޏާ، ބާރަހާސް ޑޮލަރު ލިބޭ ކަމަށްވަންޏާ، އެއްވެސް ކުއްޖަކު ޝަކުވާއެއް ކޮށްގެން ނުވާނެދޯ. އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރައްވަން، އަޅުގަނޑުމެންގެ ޓީމަށް ޖޮއިންކުރާށޭ.
 
        ވަރަށް ބޮޑަށް ޝުކުރިއްޔާ!
 
والســّلام عليــكم ورحـمــةاللّـه وبـركاتـه