ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމާއި، ވަޒީރު ކަމުގެ މަޤާމު، ދިގު މުއްދަތެއް ވަންދެން ފުރުއްވާފައިވާ ގަލޮޅު ހެލެނގެލި ޢަބްދުއްސައްތާރު މޫސާދީދީ، ތައިލެންޑްގެ ބެންކޮކްގައި މިރޭ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން (28 ނޮވެންބަރު 2015ވާ ހޮނިހިރު ދުވަހުން ފެށިގެން 30 ނޮވެންބަރު 2015ވާ ހޯމަ ދުވަހުގެ ނިޔަލަށް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.