ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 47 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗް ބައްލަވާލައްވައިފިއެވެ. ބުދަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި އޮތް މިމެޗްގައި މުބާރާތުގެ ޗެމްޕިޔަންކަން ޕޮލިސް ކްލަބް ހޯދާފައިވަނީ، އިހަވަންދޫ ކްލަބް ޕޯލް ސްޓާ އާ ބައްދަލުކޮށް 3 ސެޓު 1 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ޗެމްޕިޔަންކަން ހޯދި ޕޮލިސް ކްލަބަށް ތަށި ހަވާލުކޮށްދެއްވީ ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ‏