މިއޮފީހުގެ ނަންބަރު 2013/05 (16 ޖަނަވަރީ 2013) ދެންނެވުމާ ޙަވާލާދީ ދަންނަވަމެވެ.  

1 އޮކްޓޫބަރު 2015 އިން ފެށިގެން ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެންނެވުމާ ގުޅިގެން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދި ސަރުކާރުގެ އޮފީސްތަކުންނާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ފޮނުއްވާ އިޢުލާނުތައް މިއޮފީހަށް ފޮނުއްވަންޖެހޭ ސުންގަޑިކަމުގައި ޙަވާލާދީފައިވާ ދެންނެވުމުގައި ބަޔާންކޮށްފައިވާ ވަގުތަށް ފޮނުއްވަމުން ގެންދިޔުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 މިގޮތުން، އިޢުލާންތައް ދިވެހިސަރުކާރުގެ ގެޒެޓު ޝާއިޢުކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހު ކަމަށާއި، ހޯމަ ދުވަހުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ ލިޔުންތައް ފޮނުއްވުމުގެ އެންމެފަހު ވަގުތަކީ، ކުރީ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށާއި، ބުރާސްފަތި ދުވަހުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ ލިޔުންތައް ފޮނުއްވުމުގެ އެންމެފަހު ވަގުތަކީ، ހިނގަމުންދާ ހަފުތާގެ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.