މި ސެޕްޓެންބަރު މަހުގެ 20 ވާ އާދީއްތަ ދުވަހާއި، 21 ވާ ހޯމަ ދުވަހާއި އަދި  22 ވާ އަންގާރަ ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާފައި ހުންނަ ތިން ދުވަސް ކަމަށް ހަމަޖެއްސެވުމާ ގުޅިގެން، ވަރަށް ގިނަ ފަރާތްތަކަށް އެތައް ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ލިބިވަޑައިގަންނަވަމުންދާތީ، އަޟްޙާ ޢީދުގެ ބަންދު ދުވަސްތައް މެދުކެނޑުމެއްނައިސް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި އެ 3 ދުވަހަކީ، ސަރުކާރު ބަންދު 3 ދުވަސް ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސެވުމުން، އަޟްޙާ ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މި ސެޕްޓެންބަރު މަހުގެ 28 ވާ ހޯމަ ދުވަހު ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މި އޮފީހުގެ ނަންބަރު 19/2015 (14 ސެޕްޓެންބަރު 2015) ގެ ދެންނެވުން ރައީސުލްޖުމްހޫރިއްޔާ ބާޠިލު ކުރައްވައިފިއެވެ.