މި ސެޕްޓެންބަރު މަހުގެ 20 ވާ އާދީއްތަ ދުވަހާއި، 21 ވާ ހޯމަ ދުވަހާއި އަދި  22 ވާ އަންގާރަ ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާފައި ހުންނަ ތިން ދުވަސް ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތަށް މި ހަމަޖެއްސެވީ، މިއަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަހަކީ، މި ސެޕްޓެންބަރު މަހުގެ 15 ވާ އަންގާރަ ދުވަސް ކަމަށް ސަޢޫދީޢަރަބިއްޔާގައި ރަސްމީ ގޮތުން އިޢުލާނު ކުރުމާ ގުޅިގެން، މިހާރު ޢަމަލުކުރެވެމުންދާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައިވެސް ޢަމަލު ކުރެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވާފައިވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސެވުމުން، އަޟްޙާ ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މި ސެޕްޓެންބަރު މަހުގެ 28 ވާ ހޯމަ ދުވަހު ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މި އޮފީހުގެ ނަންބަރު 18/2015 (6 ސެޕްޓެންބަރު 2015) ގެ ދެންނެވުން ރައީސުލްޖުމްހޫރިއްޔާ ބާޠިލު ކުރައްވައިފިއެވެ.