މި ސެޕްޓެންބަރު މަހުގެ 20 ވާ އާދީއްތަ ދުވަހާއި، 21 ވާ ހޯމަ ދުވަހަކީ، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް މި ހަމަޖެއްސެވީ، ސެޕްޓެންބަރު 20 އަދި 21 ވަނަ ދުވަހު އޮފީސްތައް ހުޅުވޭގޮތަށް އޮވެއްޖެނަމަ، އަޟްޙާ ޢީދާ ގުޅިގެން ޗުއްޓީގަޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށްދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއްނައިސް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެއްސެވުމުން، އަޟްޙާ ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މި ސެޕްޓެންބަރު މަހުގެ 27 ވާ އާދީއްތަ ދުވަހު ކަމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.