ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ މޫނުފުޅު ދެކެވަޑައިގަތުމަށްޓަކައި އިސްލާމީ މަރުކަޒަށް ވަޑައިގެންފިއެވެ. އަދި މަރްޙޫމްގެ މޫނުފުޅު ދެކެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ދައުލަތުގެ ބައެއް އިސް ބޭފުޅުން އިސްލާމީ މަރުކަޒަށް ވަޑައިގެންނެވިއެވެ.

އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ މޫނުފުޅު ދެއްކުން މިއަދުގެ 14.30 އިން މިރޭ 19.00 އަށް އިސްލާމީ މަރުކަޒުގައި ހިނގަމުންދާނެއެވެ. އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ، މިރޭ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރްކަޒުގައެވެ.