ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި، ވަޒީރު ކަމުގެ މަޤާމު، ދިގު މުއްދަތެއް ވަންދެން ފުރުއްވާފައިވާ ހެންވޭރު މީނާޒް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، އިންޑިއާގެ ބެންގަލޫރުގައި މިއަދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.
 
މިކަމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން (19 އޮގަސްޓު 2015ވާ ބުދަ ދުވަހުން ފެށިގެން 21 އޮގަސްޓު 2015ވާ ހުކުރު ދުވަހުގެ ނިޔަލަށް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.