ކުދި ޖަޒީރާ ރަށްތަކުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމާ ބެހޭގޮތުން ރާއްޖެއަށް ޚާއްޞަކޮށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ކުރެއްވި ދިރާސާގެ ރިޕޯޓް، "މޯލްޑިވްސް: އޯވަރކަމިންގ ދަ ޗެލެންޖަސް އޮފް އަ ސްމޯލް އައިލެންޑް ސްޓޭޓް" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި ރިޕޯޓް އިފްތިތާޙު ކޮށްދެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.