ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަރިހަށް، ރާއްޖެއިން ޖަރުމަނު ވިލާތަށް ކަނޑައަޅާފައިހުންންވާ އޮނަރަރީ ކޮންސުލް ކުރިސްޓިއަން ފުރެއިހަރް ވޮން ސްޓެޓަން، އިޙްތިރާމުގެ ‏‏ޒިޔާރަތެއް ކުރައްވައިފިއެވެ.‏ މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ޖަރުމަނުވިލާތުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އައި.ޓީ.ބީ ފެއަރގެ މިއަހަރުގެ ތައްޔާރީތަށް ކުރިޔަށްދާ ގޮތާ ބެހޭގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީ ބައިވެރިވެވަޑައިގެންނެވިއެވެ.