ހުޅުމާލޭގައި އަލަށް ހަދާފައިވާ ސެންޓްރަލް ޕާކާއި، ބާބެކިއު ސަރަޙައްދު، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު، ރާއްޖޭގެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދު މިރޭ ހުޅުވައިދެއްވައިފިއެވެ. ޙަސަން ސާޢިދުވަނީ މިއަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވެ، ރާއްޖެއަށް ރަން މެޑެލް ހޯދައިދެއްވާފައެވެ.