މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސްގެ ފަރާތުން "އުފާވެރި ހަވީރު" ގެނަމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް އަމާޒުކޮށްގެން ބޭއްވި ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް ބައިވެރިވެވަޑައިގެންފިއެވެ. މި ޚާއްޞަ ހަވީރު އޮތީ މިއަދު ހަވީރު ހެންވޭރު ދަނޑުގައެވެ.

މިއަދުގެ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން "އުފާވެރި ހަވީރު" ގައި ބައިވެރިވި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް މެޑަލް ބައްސަވައިދެއްވިއެވެ.