ދިވެހި އިންވެސްޓަރުންނެތްނަމަ ޓުއަރިޒަމްގެ ދާއިރާ ކުރިއަށް ނުދިއައީސް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަމުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވާހަކަފުޅު ދައްކަވަމުން މީރާގެ ކޮމިޝަނަރ ޖެނެރަލް ޔަޒީދަށާއި އެމަނިކުފާނުގެ ޓީމަށް ޝުކުރު ދެންނެވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރ އެއްކޮށް މަސައްކަތްކުރުމަކީ މުހިއްމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

މިޙަފްލާގައި މީރާގެ މުވައްޒަފުންގެ ތެރެއިން "ރަންލާރި" އެވޯޑުލިބުނު ބޭފުޅުންނަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރެވެ.