ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، "ރައީސް ޔާމީން ޔޫތް ސިޓީ ފުޓްސަލް ޓޯނަމެންޓް" ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. އެމަނިކުފާނު ވަނީ މިމުބާރާތުގެ ފައިނަލްމެޗް ޝަރަފުވެރި ކޮށްދެއްވާފައެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހުޅުމާލެ ސްޕޯޓްސް އޭރިއާގައެވެ.

މިމުބާރާތުގެ ފައިނަލްމެޗްގައި ވާދަކޮށް ސްޕާޓަންސްގެ ޓީމުގެ މައްޗަށް ކުރިހޯދި ރަވިންސްގެ ޓީމަށާއި ވަނަވަނައަށް އައި ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުވަނީ ޓްރޮފީއާއި ފައިސާގެ އިނާމް ދެއްވާފައެވެ.