މޯލްޓާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެޤައުމުގެ ފްލޮރިއާނާގައި ހުންނަ ކޮމަންވެލްތް ހެޑްސް އޮފް ގަވަންމަންޓް މީޓީންގްސް (ސީ.އެޗް.އޯ.ޖީ.އެމް) 2015 ޓާސްކްފޯހަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތުގާ އެމަނިކުފާނު ސީ.އެޗް.އޯ.ޖީ.އެމް ޓާސްކްފޯހުގެ ފަރާތުން ހުށަހަޅާދިން ޕްރެޒެންޓޭޝަނެއް ބައްލަވާލެއްވިއެވެ. މި ޕްރެސެންޓޭޝަން ހުށަހަޅާދެއްވީ ސީ.އެޗް.އޯ.ޖީ.އެމްގެ ސްޓިއަރިންގް ކޮމިޓީގެ ސެކްރެޓަރީ އެންޑް އެޑްވައިޒަރ ޖިއޯވާނީ ބުޓިޖީޖެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މި ދަތުރުފުޅުގައި، އެމަނިކުފާނުވަނީ މޯލްޓާގެ ފޯޓް ސެއިންޓް އެންޖެލޯއާއި ވަލާޓާގައި ހުންނަ އަޕަރ ބަރަކާ ގާރޑަންސް ބައްލަވާލައްވާފައެވެ.