ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު އޮތީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސުނު ވަގުތު މިޞްރުގެ އިސްމައިލިއްޔާގައެވެ.
މީގެ އިތުރުން، ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިޞްރަށް ވަޑައިގެން އުޅުއްވާ ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފުގައި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބައިވެރިވެވަޑައިގެންނެވިއެވެ.