ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލްގެ މުނާސަބަތާ ގުޅިގެން ކުރެވުނު އެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަރަށް ބުރަކޮށް އުޅުއްވާފައިވާތީ، މުވައްޒަފުންނަށް ލުޔެއް ދެއްވުމުގެ ގޮތުން 2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 ން މެންދުރު 12:00 އަށް ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.