ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޕަބްލިކް ސަރވިސް މީޑިއާ އިން ނެރުއްވި މަޖައްލާ "މާލްދީބް" އިފްތިތާޙު ކޮށްދެއްވިފިއެވެ. އެކަމަނާ މި މަޖައްލާ އިފްތިތާޙު ކޮށްދެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު މުލީއާގޭގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.