މިއަހަރު ފާހަގަކުރާ ރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލަށްޓަކައި ރާވަމުންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ބައްލަވާލައްވައިފިއެވެ. މިގޮތުން ދަރުބާރުގެއާއި، އުސްފަސްގަނޑާއި، ޖުމްހޫރީ މައިދާނާއި، ރަސްމީ ފާލަމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، އެމަނިކުފާނުގެ ޚިޔާލުފުޅު މި ހަރަކާތްތަކުގެ އިސްބޭފުޅުންނާ ހިއްސާ ކުރެއްވިއެވެ.