1436 ވަނައަހަރުގެ ފިޠުރު ޢީދު ސަލާން ކުރެއްވުން މިދިޔައަހަރެކޭ އެއްގޮތަށް މިއަހަރުވެސް ބޭއްވުމަށް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ފިޠުރު ޢީދު ސަލާން ކުރެއްވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ފިޠުރު ޢީދު ދުވަހުގެ ހެނދުނު 9:00 ގައި ސަލްޓަން ޕާރކްގައެވެ.
މި ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބޭރުގެ ޢިއްޒަތްތެރިންނާއި މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވައެވެ. އަދި މި ޢީދު ސަލާން ކުރެއްވުމުގައި ޢާއިލާތަކާއެކު ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިކުރެއްވުމަކީ އެންމެ ރަނގަޅުކަމެއް ކަމަށާއި، ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި ޢީދު ސަލާން ކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެދިވަޑައިގަންނަވައެވެ.