‏މޯލްޑިވްސް އެސޯސިއޭޝަން އޮފް ސަރޖަންސްއާއި، ސިންގަޕޫރާއި މެލޭޝިއާގެ ‏‏ފަންނީ ބޭފުޅުން ގުޅިގެން މާލޭގައި ހިންގުމަށް ހަމަޖެހިފައިވާ '‏"ވޫންޑް ކެއަރ މެނޭޖްމަންޓް ‏‏ވަރކްޝޮޕް" ‏ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް ‏‏އިފްތިތާޙުކޮށްދެއްވައިފިއެވެ. މިވަރކްޝޮޕް އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ‏‏ހޮޓެލް ޖެންގައެވެ.‏

‏ ‏މިމަހުގެ 23- 25 އަށް ހިންގުމަށް ހަމަޖެހިފައިވާ މި ވަރކްޝޮޕްގައި ރީޖަނަލް ‏‏ހޮސްޕިޓަލްތަކާއި، އައި.ޖީ.އެމް.އެޗްއާއި، އޭ.ޑީ.ކޭ އާއި، މެޑިކާ ހޮސްޕިޓަލްއާއި، ސެނެހިޔާގެ އިތުރުން، ‏‏ހުޅުމާލެއާއި ވިލިމާލޭ ހޮސްޕިޓަލުގެ ކަމާބެހޭ ފަންނީ ބޭފުޅުން ބައިވެރިވަޑައިގަންނަވައެވެ.‏

‏މި ވަރކްޝޮޕް ސްޕޮންސަރ ކޮށްދެއްވާފައިވަނީ މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ‏‏ލިމިޓެޑްގެ ފަރާތުންނެވެ.‏