ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުރިން އެފަދަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި،އެކިއެކި ލަޤަބާއި ޝަރަފު އަރުވާފައިވާ ބޭފުޅުންގެ ތަރުތީބު އަލުން ކަނޑައެޅުއްވުން
 
ސަރުކާރުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުރިން އެފަދަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި، އެކިއެކި ލަޤަބާއި ޝަރަފު އަރުވާފައިވާ ބޭފުޅުންގެ ތަރުތީބު އަލުން ކަނޑައަޅުއްވައިފި ކަމަށާއި، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމު ކުރައްވާ އެކިކަންކަމުގައި، މިދެންނެވި ތަރުތީބު ބޭނުންކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ތަރުތީބު ކަނޑައެޅުއްވި ގޮތް، މި ދެންނެވުމާ އެކުގައި އެވަނީއެވެ.
 
މި ދެންނެވުން ނުކުތުމުން، 2014 ނޮވެންބަރު 9 ގައި ނެރުއްވާފައިވާ މިއޮފީހުގެ ނަންބަރު 25/2014 ދެންނެވުން ބާޠިލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 

`
  
ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުރިން އެފަދަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި، އެކިއެކި ލަޤަބާއި ޝަރަފު އަރުވާފައިވާ ބޭފުޅުންގެ ތަރުތީބު ކަނޑައެޅުން
 
ތަރުތީބު
މަގާމު
1              
ރައީސުލްޖުމްހޫރިއްޔާ
2              
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން
3              
ރައީސުލްޖުމްހޫރިއްޔާގެ ނައިބު
4              
ރައްޔިތުންގެ މަޖިލީހުގެ ރައީސް
5              
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
6              
ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅުން
7              
ވަޒީރުންގެ މަޖިލީހުގެ މެންބަރުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް  
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ
8              
ޗީފް އޮފް ޑިފެންސް ފޯސް
ކޮމިޝަނަރ އޮފް ޕޮލިސް
9              
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
10          
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ
އޮޑިޓަރ ޖެނެރަލް
ޕްރޮސިކިއުޓަރ ޖެނެރަލް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް
ހައިކޯޓުގެ އިސް ފަނޑިޔާރު
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް
އިލެކްޝަންސް ކޮމިޝަނުގެ ރައީސް
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް
11          
ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވާ ބޭފުޅުން
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވާ ބޭފުޅުން
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅުން
ނިޝާން ދަރުމަވަންތަ މަހާރަދުންގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވާ ބޭފުޅުން
ނިޝާން ޝަހީދު ޢަލީގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅުން
ނިޝާން އިސްކަންދަރުގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅުން
ނިޝާން ޢަސްކަރީގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅުން
12          
ދިވެހިރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުން
ދިވެހިރާއްޖެއަށް އެކި ޤައުމުތަކުން ހަމަޖައްސަވާފައިވާ ސަފީރުންނާއި އެފެންވަރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން
ސްޓޭޓް މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
13          
ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރނަރ
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން
ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް
ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސް
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް
ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް
ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންނާއި ޤާޟީން
މިނިސްޓަރުންގެ ނައިބުންނާއި އެފެންވަރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން
ޕަރމަނަންޓް ސެކްރެޓެރީން
14          
ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިންގެ ލަޤަބު އަރުވާފައިވާ ބޭފުޅުން
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން
15          
ޤާނޫނުތަކުގެ ދަށުން އުފައްދާ މުއައްސަސާތަކުގެ އެންމެ އިސްވެރިން
-         ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
-         އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
-         މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
-         ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
-         ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
-         ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
-         ވަޒީފާއާބެހޭ ޓްރައިބިއުނަލް
-         ޓެކްސް އެޕީލް ޓްރައިބިއުނަލް
-         މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
-         ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
-         މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ
-         މޯލްޑިވްސް މީޑިއާ ކައުންސިލް
-         މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
-         ދިވެހި ބަހުގެ އެކަޑަމީ
-         ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފް
-         ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
-         ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
-         ސިޓީ ކައުންސިލް
-         އަތޮޅު ކައުންސިލް
-         ރަށު ކައުންސިލް
16          
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނުން
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނެޖިންގ ޑިރެކްޓަރުން

17          
ޤާނޫނުތަކުގެ ދަށުން އުފައްދާ މުއައްސަސާތަކުގެ ދެވަނައަށް އެންމެ އިސް ބޭފުޅުންނާއި މެންބަރުން
-         ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
-         އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
-         މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
-         ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
-         ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
-         ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
-         ވަޒީފާއާބެހޭ ޓްރައިބިއުނަލް
-         ޓެކްސް އެޕީލް ޓްރައިބިއުނަލް
-         މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
-         ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
-         މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ
-         މޯލްޑިވްސް މީޑިއާ ކައުންސިލް
-         މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
-         ދިވެހި ބަހުގެ އެކަޑަމީ
-         ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފް
-         ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
-         ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
-         ސިޓީ ކައުންސިލް
-         އަތޮޅު ކައުންސިލް
-         ރަށު ކައުންސިލް
ބޭރު ޤައުމުތަކުގެ ކޮންސިއުލޭޓްތަކަށް ކަނޑައަޅުއްވާފައިވާ ކޮންސަލުން
 
ނޯޓު:
* ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުތަކާއި ޖަލްސާތަކުގެ ތެރެއިން، އެ ޖަލްސާއެއް އިންތިޒާމުކުރައްވާ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާގެ ކަނާތްޕުޅުފަރާތުގައި އިންނަވާގޮތަށް ހަމަޖެއްސެވުން.
 
* ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި، އަނބިކަނބަލުން/ފިރިކަލުން ބައިވެރިވެވަޑައިގަންނަވާނަމަ، އެބޭފުޅެއްގެ އަރިހުގައި އަނބިކަނބަލުން/ފިރިކަލުން އިންނަވާގޮތަށް ހަމަޖެއްސެވުން.