މިދިޔަ އެޕްރީލް މަހު 25 ވަނަ ދުވަހު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ނޭޕާލުން ރާއްޖެ ގެނެވުނު ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ މުލީއާގޭގައެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ނޭޕާލުން އެނބުރި އައި ދިވެހިންނާ ވަކިވަކިން ބައްދަލު ކުރައްވައި އެފަރާތްތަކުގެ ޙާލު އޮޅުންފިލުއްވިއެވެ.