بســم اللّـه الرّحمـن الرّحيــم
       
އެންމެހައި ނިޢުމަތްތައް ހުރިހާ އުންމަތްތަކަށް މިންވަރު ކުރެއްވި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެކަލޭގެފާނުގެ އާލުންނާއި ޞަޙާބީން ޝާމިލުކުރަމުން.
 
މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިން، ޝަރަފުވެރި ކޯޕަރޭޓް ރެޒިޑެންޓުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އަޅުގަނޑުމެން މިރޭ މި އިޙްތިފާލު މިކުރަނީ، ވަރަށް އުފާވެރި، ވަރަށް މުނާސަބު ވަގުތެއް. ވަރަށް މުނާސަބު ކަންތައްތަކެއް، އަޅުގަނޑުމެން އިޙްތިފާލު މިކުރަނީ. އެހެންނަމަވެސް، މި އުފާވެރިކަމުގެ ރަސްމިއްޔާތުގައި، މި ފިޔަވަޅުމަތީގައި ހުރެގެން ވާހަކަ ދައްކާއިރުވެސް، އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، އަޅުގަނޑުމެންގެ އަވަށްޓެރި އެކުވެރި ޤައުމެއް ކަމަށްވާ ނެޕާލަށް އައި ވަރުގަދަ ބިންހެލުން. އަދި އެ ބިންހެލުމުގެ ސަބަބުން ނެޕާލަށް އެތަކެއް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. ދެހާހަށްވުރެ ގިނަ ރައްޔިތުންވަނީ މަރުވެފައި. އަދި އަޅުގަނޑުމެން މި ވާހަކަ ދައްކަމުންދާއިރުވެސް، ދިވެހި ލޮބުވެތި އެތައް ރައްޔިތުންނެއް، އެތައް ކުދިންނެއް ނެޕާލުގައި ކިޔަވަމުންދާކަންވެސް އަޅުގަނޑުމެން ހިތާމަޔާއެކީ ފާހަގަވެސް ކުރަން. އަޅުގަނޑުމެން އެދެނީ، ނެޕާލަށް އަވަސް ޙައްލެއް، މިކަމުގައި އައުން. އަދި އިތުރު އެއްވެސް ގެއްލުމަކާ އެތަނުގެ ރައްޔިތެއް ކުރިމަތިލާން ނުޖެހި، މިކަމުން ނެޕާލުގެ ސަރުކާރާއި، ނެޕާލުގެ ރައްޔިތުން ސަލާމަތްވުން. އާދެ، މިއީ ދުނިޔޭގެ ޠަބީޢަތު. އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ވަގުތުތަކާ އެކުގައިވެސް ހިތްދަތިކަމާއި، ނާއުންމީދުގެ ވަގުތުތައް އަޅުގަނޑުމެންނާ މުނާސަބުކޮށް ބައްދަލުކުރޭ.
 
މިރޭ އަޅުގަނޑުމެން މި ފާހަގަކުރާ ފޮރިން އިންވެސްޓްމަންޓަށް އާ ޞަފްޙާއެއް ހުޅުވައިލުމުގެ ގޮތުން، އަޅުގަނޑުމެން އިޙްތިފާލް މިކުރާ ޚިދްމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިކުރާ ކަންތައް ކުރާއިރު، އަޅުގަނޑު ހިތަށްއަރަނީ، ދިވެހިރާއްޖޭގައި އަދި މުޅި ދުނިޔޭގައި ފޮރިން އިންވެސްޓްމަންޓްގެ ވާހަކައިގައިވެސް އޮތީ ހަމަ މިދެންނެވި ދުނިޔޭގެ ދެކޮޅުގެ މިސާލު. ދުނިޔޭގެ ދެކޮޅުގެ މިސާލޭ މި ދެންނެވީ، ދިވެހިރާއްޖެއަށް ފޮރިން އިންވެސްޓްމަންޓް މިއީ، ގާތްގަނޑަކަށް 35 އަހަރެއްހާ ދުވަހުގެ ކުރު މާޒީއެއްގެ ވާހަކަ. ދުނިޔެއަށް ފޮރިން އިންވެސްޓްމަންޓްގެ ވާހަކަ ދައްކާ ކަމަށްވަންޏާ، ދުނިޔޭގައި ފޮރިން އިންވެސްޓްމަންޓް އުފެދިގެން އައިއިރު، ގާތްގަނޑަކަށް ފަހާ ޖެހެންދެން، 1980އިގެ އަހަރުތަކާ ހަމަޔަށް ދިޔައިރުވެސް، ފޮރިން އިންވެސްޓްމަންޓާ ދޭތެރޭގައި ދުނިޔޭގެ އެތަން މިތަނުގައި، ޚާއްޞަކޮށް، 3 ވަނަ ދުނިޔޭގެ ޤައުމުތަކުގައި، ނޫނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ބޮޑެތި އިންވެސްޓަރުންނާ ދޭތެރޭގައި ބަލަމުން އައީ ޝައްކުގެ ނަޒަރުން.
 
އާދެ، ޤައުމުތަކަށް ލިބެންވާ އެންމެ ބޮޑެތި ފައިދާ، ނޫނިއްޔާ ލިބެންވާ މަންފާ، އެޤައުމުތަކަށް ނުލިބޭކަމުގެ ޝަކުވާ، ބައިނަލްއަޤްވާމީ ހުރިހާ ފޯރަމްތަކެއްގައި އަދި ހުރިހާ ސޯޝަލިސްޓް ލެކްޗަރައިންގެ ކްލާސްރޫމްގައި ގުގުމައިގެން ދަނީ މި އަޑު. އޭރުގެ ފޮރިން އިންވެސްޓްމަންޓްތައް ހުރީ 3 ވަނަ ދުނިޔޭގެ ޤައުމުތަކުގައި. ޤުދްރަތީ ވަސީލަތްތައް ހޯދައިގެން، އެ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ކަންކަމުގައި. އެ ޤައުމުތަކުގެ ސަރުކާރުތަކަށް، ނޫނީ  އެ ޤައުމުތަކުގެ ޕްރައިވެޓް އެންޓަރޕްރައިޒަކަށް އެކަންކަން ކުރުމުގެ ފުރްޞަތެއް ނޯވޭ. އެއީ މާއްދީ ތަނަވަސްކަން ނެތީމަ. އެއީ އޭރު. އެހެންވީމާ، ފޮރިން އިންވެސްޓްމަންޓާ ދޭތެރޭގައި، 1980އިގެ ފަހުކޮޅާ ހަމަޔަށް 3 ވަނަ ދުނިޔޭގެ ޤައުމުތަކުގައި ދެކެމުން އައީ ތުހުމަތުގެ ނަޒަރަކުން، ޝައްކުގެ ނަޒަރަކުން، ވަހުމުގެ ނަޒަރަކުން. މަރްޙަބާ އެއްގޮތަށް ކިޔާ ކަމެއްގެ ގޮތަކު ނޫން.
 
އެހެންނަމަވެސް، ޙާލަތު މިއަދު މިވަނީ ބަދަލުވެފައި. މިއަދުގެ ދުނިޔެއަކީ އިޤްތިޞާދީ ގޮތުން ޚާއްޞަ ގޮތެއްގައި ބަވަނަވެފައި އޮތް ދުނިޔެއެއް. އެއް ޤައުމެއްގައި، އެއް ކުންފުންޏަކުން ދޭ ޚިދްމަތަކީ، ހަމަ އެ ޚިދްމަތް، އެހެން ޤައުމުތަކުގައި، ހަމަ އެ ކުންފުނީގެ ނަމުގައި ފްރެންޗައިޒް އެގްރީމަންޓްގެ ދަށުން، ނޫނިއްޔާ ކޮންމެވެސް ކަހަލަ ލައިސަންސް އެރޭންޖްމަންޓެއްގެ ދަށުން ދެމުން އަންނަ ޚިދްމަތްތައް، ވިއްކަމުންދާ މުދާ. އެހެންވީމާ، މިއަދު މުދާ ގަންނަން މިދަނީކީ ކޮންމެހެން ވަކި ފިހާރައަކަށެއް ނޫން. މިއަދު މުދާ ގަތުމަކީ، އިންޓަރނެޓްގެ ތެރެއިންވެސް އަޅުގަނޑުމެން ކުރާ ކަންތައް. އެހެންވީމާ، އެމެރިކާގެ އެންމެ މަޝްހޫރު ކުންފުނީގެ މުދާ ގަންނަ ކަމަށްވަންޏާ، އަޅުގަނޑުމެން ގަންނާނީ އެމެރިކާއަށް ގޮސްގެނެއް ނޫން. ނޫނިއްޔާ އެމެރިކާގެ ވިޔަފާރި ކުރާ މީހެއްގެ އަތަކުންނެއް ނޫން. އެންމެ އުނދަގޫ ހިސާބުތަކުންވެސް، ނޫނީ އެންމެ ދާން ދަތި ހިސާބުތަކުންވެސް މިކަންކަން އަޅުގަނޑުމެންނަށް މިއަދު މި ކުރެވެނީ، ދުނިޔޭގެ ވިޔަފާރިއަކީ، ދުނިޔޭގެ އިޤްތިޞާދަކީ، ގްލޯބަލައިޒްޑް، ބަވަނަވެފައި އޮތް ޚިދްމަތަކަށް ވެގެންދާތީ.
 
އެހެންވީމާ، މިއަދުގެ ޙާލަތު ބަދަލުވެގެން އަންނައިރު، ފޮރިން އިންވެސްޓްމަންޓާ ދޭތެރޭގައި، ހަމަ އެންމެން ގަބޫލުކުރަނީ، ފޮރިން އިންވެސްޓްމަންޓާ ނުލައި، އެއްވެސް 3 ވަނަ ދުނިޔޭގެ ޤައުމެއް، ނޫނީ ތަރައްޤީވަމުން އަންނަ ޤައުމަކަށް، ކުރިއަށް ދިޔުމުގެ ފުރްޞަތު ހަނިކަމަށް. އެ ޤައުމެއްގައި، ނޫނިއްޔާ އެ ދައުލަތެއްގެ ސަރުކާރަށް ވަސީލަތް ހޯދައިގެން، އެކަން ކުރާ ކަމަށްވަންޏާ، އިޤްތިޞާދީ ފުރްޞަތު ގެއްލޭފަހުން އެކަންކަމަށް ވަސީލަތް ހަމަޖެހިގެން މިދަނީ. އެހެންވީމާ، ބޭރުގެ ފަރާތްތަކަށް ދަޢުވަތުދީގެން، ބޭރުގެ ފަރާތްތަކާ އެކީ އެ ޤައުމެއްގެ ހުރި ހުނަރުވެރިކަމަކާއެކީ ވާހަކަ ދައްކައިގެން، އެ ޤައުމަކަށް ލިބެންވާ އެންމެ ރަނގަޅު މަންފާ އަދި އެޤައުމުގެ ވަސީލަތްތައް، މީގެ 30، 40 އަހަރު ކުރިން ވިސްނިގޮތާ ޚިލާފަށް، ރަނގަޅު ގޮތެއްގައި، ހެޔޮގޮތުގައި، ނޮން އެކްސްޕްލޮއިޓެޓިވްގޮތެއްގައި ބޭނުންކުރެވޭނެ ގޮތަކަށް، އެކަން ކުރުމަކީ، އެ ދައުލަތެއްގައި ނެގޯޝިއޭޓް ކުރަން ތިބޭ މީހުންގެ ހުނަރާއި ފެންވަރުގެ މޮޅުކަން ދައްކައިދޭ ކަމެއް.
 
މިކަންކަމާއެކީ މިއަދުގެ ދުނިޔޭގައި، މިއަދުގެ ބަވަނަވެފައި މިވާ ދުނިޔޭގައި ފޮރިން އިންވެސްޓްމަންޓާ ނުލައި، ދުނިޔޭގެ ޤައުމުތަކަށް ކުރިއަށް ނުދެވޭނެ ކަމަށް، ހަމަ ހުރިހާ އިޤްތިޞާދީ ޢިލްމުވެރިން ގަބޫލުކުރޭ. ވިޔަފާރީގައި ފުންނާބު އުސް ހުރިހާ ފަރާތްތައް ގަބޫލުކުރޭ. އެހެންވީމާ، އިންވެސްޓްމަންޓާ ދޭތެރޭގައި، ޚާއްޞަކޮށް، ބޭރުގެ ބިދޭސީ އިންވެސްޓްމަންޓްތަކާ ދޭތެރޭގައި ދުނިޔޭގައި މީގެ ސާޅީހަކަށް އަހަރު ކުރީގައި ދެކެމުން އައި ގޮތް، މިއަދު މިވަނީ ހަމަ މުޅިން އޭގެ އިދިކޮޅަށް. އާދެ، ވަރަށް އީޖާބީ ގޮތެއްގައި ބަލައިގަންނަ ކަމަކަށް ގަބޫލުކުރެވިފައި.
 
ދިވެހިރާއްޖޭގައި މިކަން އޮތްގޮތާ ދޭތެރޭގައި، ހަމަ އަޅުގަނޑުގެ ޚިޔާލަށް މި ވާހަކަ ދަންނަވާލާނަން. މިހެން ދަންނަވަންވެސް މިޖެހެނީ، މިކަހަލަ އެހެން ޙަފްލާއެއްގައި އަޅުގަނޑު ވާހަކަ ދައްކަމުން ދެންނެވި ފަދައިން، ދިވެހިރާއްޖޭގެ މިދިޔަ ތިރީހަކަށް އަހަރުގެ އިންވެސްޓްމަންޓްގެ ތެރޭގައި، އޭގެ ބައެއް އަދި އަޅުގަނޑުގެ ސަރުކާރުގެ ޙަޔާތުގެ ބޮޑުބައެއް ހޭދަކުރެވެމުން ދިޔައީ، ފޮރިން އިންވެސްޓްމަންޓްގެ މަސައްކަތް ކުރުމުގެ ތެރޭގައި. އާދެ، ރައީސް މައުމޫންގެ ސަރުކާރުގައި، ވަރަށްގިނަ މަސައްކަތްތަކެއް ކުރެވުނީ، ދިވެހިރާއްޖެއަށް ފޮރިން އިންވެސްޓްމަންޓް ހޯދޭތޯ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވިސްނުމަށް އަންނަންޖެހޭ ބަދަލުތައް ގެނައުމަކީ ފަސޭހަ ކަމަކަށްނުވޭ. ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވާތީ، އަޅުގަނޑުމެން ޙިމާޔަތް ކުރަންޖެހޭ ނޫނިއްޔާ އެ ވިޔަފާރިތަކާ ދޭތެރޭގައި، އަޅުގަނޑުމެން ވިސްނާލަންޖެހޭ ވިޔަފާރި، ދިވެހިރާއްޖޭގައި މަދެއް ނޫން. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑުތަކުން އަޅުގަނޑުމެންގެ އިޤްތިޞާދު ހުޅުވިފައި އޮތް ނަމަވެސް، އަޅުގަނޑުމެންގެ ކަނޑުތައް، ނޫނިއްޔާ އަޅުގަނޑުމެންގެ ދައުލަތް، ބޭރުގެ ފަރާތްތަކަށް ހުޅުވިފައި އޮތް ގޮތަށް، އަޅުގަނޑުމެންގެ ސިކުނޑިތަކެއް ޖާގައެއް ނުދޭ.
 
ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓްގެ މާޒީއަށް ނޫނީ ދިވެހިރާއްޖޭގެ ބިދޭސީ ވިޔަފާރީގެ މާޒީއަށް އަޅުގަނޑުމެން ބަލައިލާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މާ ހިތް އުފާވެރި މާޒީއެއްވެސް ނޫން މިކަމުގައި އޮތީ. އެހެންވީމާ، މިކަހަލަ ޝައްކުތަކެއްގެ ތެރެއިން ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް މިއަދާ ހަމަޔަށް އައިއްސަ މިއޮތީ. ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް، ނޫނީ ބިދޭސީ ވިޔަފާރިތަކާ ބެހޭގޮތުން އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ، ދައުލަތުގެ ބައެއް އިސްފަރާތްތަކުގެ މަޤާމު ދޫކޮށްލައްވަން ޖެހިފައި ހުރީ، މިކަހަލަ ބޭރުގެ ފަރާތްތަކާ އޮންނަންޖެހޭ ރަނގަޅު ގުޅުން ނޫން އެހެން ގުޅުމެއް ބޭއްވެވުމުގެ ސަބަބުން. މިއީ، އަޅުގަނޑުމެންގެ ކުރު ތާރީޚުގައި، ނޫނިއްޔާ އިހަށްދުވަހުގެ މާޒީގައި ހިނގާފައި ހުރި ކަންތައް.
 
އެހެންވީމާ، އަޅުގަނޑުމެންވެސް ފޮރިން އިންވެސްޓްމަންޓާ ދޭތެރޭގައި ބަލަމުން އައީ ޝައްކާއި ތުހުމަތުގެ ނަޒަރަކުން. އެހެން ނަމަވެސް، 1979 ވަނަ އަހަރު، ފުރަތަމަ ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް އިޞްލާޙުތަކެއް ގެނެވިގެން، ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓަކީ، މުހިންމު ބޭނުންތެރި ކަމެއްކަމަށް އަޅުގަނޑުމެން ދެކިގެން، އެ މަސައްކަތް ފެށީ. އެ މަސައްކަތް ފަށައިގެން، އެކިފަހަރު މަތިން ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ގެންނަން ބޭނުންވާ ބަދަލުތައް މި އަންނަނީ. އެހެންނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ކޭކެއް މީރުވަނީ ކޭކާއެކީ އައިސިންގވެސް މީރުވެގެން. ހުންނަ އައިސިންގވެސް މީރުވެގެން. ޤާނޫނު އެކަނި އިޞްލާޙު ކުރުމަކުންނެއް، ދިވެހިރާއްޖެއަކަށް އެކި ދިމަދިމާއިން އަޅުގަނޑުމެންނަށް އޮބިނޯންނަވަރަކަށް ފޮރިން އިންވެސްޓްމަންޓެއް ނާންނާނެ.
 
ފޮރިން އިންވެސްޓްމަންޓަކީ، ފުރަތަމަ ކަމަކީ ވިޔަފާރީގެ ފުރްޞަތު، އެތަނެއްގައި އޮންނަ އޮތުމަށް ބިނާވެ އަންނަ އައުމެއް. ދެންމެ ޢިއްޒަތްތެރިއެއްގެ ވާހަކަފުޅުގައި، އެ ވިދާޅުވިގޮތަށް، ދިވެހިރާއްޖެ ނޫން އެތަން މިތަން، ދުނިޔޭގެ އެތަން މިތަނުގައި ފޮރިން އިންވެސްޓްމަންޓަށް، ނޫނިއްޔާ އެތަންތަނުގައި ހުރި ވިޔަފާރީގެ ފުރްޞަތުތައް، އެކްސްޕްލޯރ ކުރުމުގެ، ހޯދުމުގެ ޖާގަ މިވަނީ އެ ދައުލަތްތަކުންވެސް ހުޅުވާލާފައި. އެހެންވީމާ، ކީއްވެގެންތޯ، އައިހޭވަންއަށް، ޗައިނާ ކުންފުނިތަކާއި، އިންޑިއާގެ ކުންފުނިތަކާއި، އެމެރިކާ ނޫނީ ސަޢޫދީ ޢަރަބިއްޔާ ކުންފުނިތައް އަންނަންވީ؟ ސުވާލު އުފެދޭ، ސްރީލަންކާއަށް، ނޫނިއްޔާ އިންޑިޔާއަށް ނުގޮސް، ކީއްވެގެންތޯ މިތަންތަނަށް އަންނަން ޖެހެނީ.
 
އެހެންވީމާ، ދިވެހިރާއްޖޭގައި މިހާރު ފޮރިން އިންވެސްޓްމަންޓާ ދޭތެރޭގައި މިދޭ ސަމާލުކަމަކީ ޙަޤީޤަތުގައިވެސް، މި ސަމާލުކަން ދޭން ފެށިފައި މިވަނީ، ރައީސް މައުމޫންގެ ސަރުކާރާއެކީ، އޭރުގެ ސިޔާސަތާ އެކީ. އަދި އޭގެފަހުން މިހާރު އަޅުގަނޑުމެންގެ ދައުލަތުގެ އެންމެ މުހިންމު އަމާޒަކަށް މިވަނީ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުން، ދިވެހިރާއްޖެ މިހާރު ދާން ބޭނުންވާ ހިސާބަށް އަޅުގަނޑުމެންނަށް ދެވޭނީ، ބިދޭސީ ފަރާތްތަކަށް، ބިދޭސީ ކެޕިޓަލިސްޓުންނަށް، ދިވެހިރާއްޖޭގައި އިންވެސްޓް ކުރަން ޖާގަދީގެން. މިދެންނެވި ތިރީހަކަށް އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އައިސްފައި އޮތް ކުރިއެރުމަށް ބަލާކަމަށްވަންޏާ، މީގައި ޙަޤީޤަތުގައި ހުރި ބޮޑެތި އިންވެސްޓްމަންޓްތައް މިހިރީ ފަތުރުވެރިކަމުގެ ދާއިރާގައި.
 
ޝައްކެއްވެސްނެތް، ފަތުރުވެރިކަމުގެ ދާއިރާއިން ފެށްޓެވި އެންމެ އިސް ބޭފުޅުންގެ ތެރޭގެ އެއް ބޭފުޅަކު މިރޭވެސް އަޅުގަނޑުމެންގެ ޙާޒިރީންގެ ތެރޭގައި އެބަ އިންނެވި. އެހެންނަމަވެސް، އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ އިންވެސްޓްމަންޓް އެޕިޓައިޓަށް ޖާގަދެމުންވެސް، އޭރުވެސް އަޅުގަނޑުމެން ބޭރުގެ އިންވެސްޓަރުންނަށް، ކިތަންމެ ހަނި ދޮރަކުން ނަމަވެސް ފުރްޞަތު ދިނީމު. އެ ދޮރު މިހާރު އެވަނީ ފުޅާކުރެވިފައި. އަޅުގަނޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީއަށް އައި ބޮޑެތި އިންޤިލާބީ ބަދަލުތައް އައިސް މިއޮތީ ޙަޤީޤަތުގައި ފޮރިން އިންވެސްޓަރުންގެ މަސައްކަތުން. ފޮރިން އިންވެސްޓަރުންގެ މަސައްކަތަކީ ހަމައެކަނި ރިޒޯޓް ޢިމާރާތް ކުރުމެއް ނޫން. ރިޒޯޓް ޢިމާރާތް ކުރުމުގައި، ކޯ ޝެއަރ ހޯލްޑަރުންގެ ގޮތުގައި، ދިވެހިންނާއި ބިދޭސީ އިންވެސްޓަރުން އެބައުޅޭ. އެހެންނަމަވެސް، އެއް ރަށުން އަނެއް ރަށަށް، ތިން ހަތަރު ގަޑިއިރުގެ ކަނޑުދަތުރެއް ކަޑައްތު ކުރުމަކީ ފަސޭހަ ކަމަކަށްނުވޭ.
 
ދަތުރުފަތުރުގެ ދާއިރާއަށް އައިއްސަ މިއޮތް އިންޤިލާބީ ބަދަލަކީ، ހަމަ ދެވަނަ ދެފަރާތެއްގެ މަސައްކަތެއް ނޫން. ހަމަ ފޮރިން އިންވެސްޓްމަންޓްގެ މަސައްކަތް. ޓޫރިޒަމް އެހާ ފަސޭހަވެގެން މިދަނީ، ޙަޤީޤަތުގައި 10 ގަޑިއިރު، 12 ގަޑިއިރު، 15 ގަޑިއިރުގެ ވައިގެ ދަތުރަކަށްފަހު، އަޅުގަނޑުމެން އިތުރު 4 ގަޑިއިރު، ނޫނިއްޔާ 2 ގަޑިއިރު ކަސްޓަމް ކިޔޫތަކުގައި، މަޢާފް ކުރައްވާ، ކަސްޓަމޭ ބުނުމުގެ މާނަޔަކު ނޫން. ފްރޮންޓިއަރ ކިޔޫތަކުގައި ޖެހުމަށްފަހު، އަޅުގަނޑުމެންގެ ޕާސްޕޯޓް ޗެކްކޮށްގެން، ދެން އެހިސާބުން އަނެއްކާވެސް ކަނޑުދަތުރުފަތުރަށް 4 ގަޑިއިރަށް އެރުމަކީ، އެއްވެސް މީހަކަށް ކުޅަދާނަ ކަމެއް ނޫން އުފުލާކަށެއް. އެހެންވީމާ، އެކަހަލަ ސަބަބުތަކެއް ހުރީމަޔާއެކީ، ޓޫރިޒަމްގެ ދާއިރާއަށް މި އައިސް މިއޮތް އިންޤިލާބީ ބަދަލެއް އައިއްސަ މިއޮތީ އަދި ދިވެހިރާއްޖެއަކީ ޓޫރިޒަމްގެ، އަޅުގަނޑުމެންނަށް މި ދުނިޔޭގައި އޮތް އެންމެ ފަހި މަންޒިލް ކަމަށް މި ވެގެން މިދަނީ، އަޅުގަނޑުމެންގެ ޓޫރިޒަމްގެ އެތެރޭގެ ދަތުރުފަތުރުތައްވެސް ފަސޭހަވެގެން ދިޔައީމަ.
 
އެކަމަކު މި ދަތުރުފަތުރު ކޮށްދެއްވާ ފަރާތްތަކަށް މިރޭވެސް އަޅުގަނޑު ކުރަން ބޭނުންވާ އިލްތިމާސަކީ، ދަތުރުފަތުރު ކުރުމުގެ އަގު ހެޔޮކޮށްދެއްވާށޭ. އެއިރަށް އަޅުގަނޑުމެންގެ ވިޔަފާރިއަށް ފުރްޞަތު އިތުރުވެގެންދާނޭ. ދިވެހިރާއްޖޭގައި މިއަދު ފޮރިން އިންވެސްޓްމަންޓާ ދޭތެރޭގައި މި ވިސްނަނީ، ދިވެހިރާއްޖޭގެ ތަރައްޤީގެ ޕާޓްނަރުންނަކީ، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ޕްރައިވެޓް އިންވެސްޓްމަންޓްގެ ތަރައްޤީގެ ޕާޓްނަރުންނަކީ ބިދޭސީ އިންވެސްޓަރުން ކަމަށް. އެހެންވެގެން އަޅުގަނޑުމެންގެ ސަރުކާރުގައި، ބިދޭސީ އިންވެސްޓަރުންނަށް މިވަރުގެ ސަމާލުކަމެއް ދޭން މި ނިންމީ. މީގެ ކުރީގައިވެސް މިކަހަލަ އިޙްތިފާލްތަކުގައި، ކޮންމެވެސްވަރެއްގެ މަސައްކަތްތަކެއް ފެށިފައި ހުންނާނެ. އެހެން ނަމަވެސް، ހޯލްސަމް ޓޯޓަލް ޕެކެޖެއް، އޭރަކު އޮފަރ ކުރެވިފައެއް ނޯންނާނެ.
 
ދެން ތަންކޮޅެއް ސަމާސާކޮށް ދަންނަވާ ކަމަށްވަންޏާ، މިރޭ މި ތަޢާރުފް ކުރެވިގެން މިދާ ކޯޕަރޭޓް ރެޒިޑެންސީގެ ބިދޭސީންނަށް މި ލިބޭ ޚިދްމަތްތަކަށް ބަލާކަމަށްވަންޏާ، ހަމައެކަނި ކަނޑައެޅިގެން ނެތީ ދިވެހި އަންހެން ބޭފުޅަކާ ޒަވާޖީ ޙަޔާތުގެ ގުޅުން ކަންނޭނގެ، މީގައި ކަނޑައެޅިގެން ލިޔެފައި ނެތީ. އެހެން ހުރިހާ ކަންތައްތަކެއް، ހަމަ ދިވެހި ރައްޔިތުންނަށް ލިބޭ އުޞޫލުން ނޫނިއްޔާ އެއަށްވުރެ ފަހިކޮށް ލިބޭ ގޮތަށް އެހެރީ ހަމަޖެއްސިފައި. މީގެ ޙަޤީޤަތުގައި ބޭނުމަކަށްވަނީ، ރައްޓެހިންގެ ތެރޭގައި ރައްޓެހިން އުޅޭ އުޞޫލުން، ދިވެހިންގެ ތެރޭގައި ދިވެހިން އުޅޭ އުޞޫލުން، ރާއްޖެއަށް މިދެންނެވި ކަހަލަ ބޮޑެތި އިޤްތިޞާދީ މަސައްކަތް ކޮށްދޭ ފަރާތްތަކަށް ޖާގަ ދިނުން. އަޅުގަނޑުމެން ދިވެހިރާއްޖެ މިއަދު ހުޅުވިގެން މިދަނީ އިކޮނޮމިކް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއްގެ ދަށުން. އިކޮނޮމިކް ޓްރާންސްފޮމޭޝަން ޕްރޮގްރާމަކީ، ކުރިން ކުރަމުން އައި ކަންތައް، އެގޮތަށް ކުރުމެއް ނޫން. އަދި ކުރިން ކުރަމުން އައި މަސައްކަތްތައް، އެއަށްވުރެ ބާރު ސްޕީޑެއްގައި ކުރުމެއް ނޫން. އެއީ ގްރޯތް. ޓްރާންސްފޮމޭޝަނަކީ އިންޤިލާބީ ބަދަލު. އިންޤިލާބީ ބަދަލު އަންނަ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ދައުލަތުގައި ހުރި ވަސީލަތްތަކަކުން އެކަނި މިކަމެއް ނުވާނެ. މިހާރު ދިވެހިރާއްޖޭގައި ހުރި ފޮރިން އިންވެސްޓްމަންޓް ހުރި ދާއިރާތަކަށް އަޅުގަނޑުމެން ބަލާކަމަށްވަންޏާ، ޓެލެކޮމިއުނިކޭޝަން ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ދަތުރުފަތުރުގެ ދާއިރާ އަދި މިހާރު އަޅުގަނޑުމެންނަށް އެންމެ ބޭނުންވެފައި މިވާ ބޯހިޔާވަހިކަމުގެ ދާއިރާގައި، އަޅުގަނޑުމެންނަށް ބޭރުގެ އިންވެސްޓަރުން އެބަ ފެނޭ.
 
އެހެންވީމާ، ސަރުކާރުގެ، ދައުލަތުގެ ސިޔާސަތުތައް ބައްޓަންވެގެން ދާން މި ޖެހެނީ، މި މީހުންނަށް ފަހި މާޙައުލެއް، ފަހި ވެށްޓެއް އަދި އަމާންކަމާއެކީ، މި މީހުން ރާއްޖޭގައި ދިރިއުޅެމުންދާ ވަގުތުތަކުގައި، މި މީހުންނަށް ލިބޭނެގޮތަކަށް. އެއަރޕޯޓަށް އަންނަ ހިސާބުން، ރާއްޖެއަށް އެތެރެވާ ހިސާބުން ފެށިގެން މި މީހުންނަށް އަޅުގަނޑުމެންގެ މެހްމާންދާރީ އެބަ އަދާކުރަންޖެހޭ. މިއީ އަޅުގަނޑުމެން ކޮށްދޭންޖެހޭ ކަމެއް. އަދި ހަމަ އެމީހުންނަށް، އެ ބިދޭސީ ފަރާތްތަކަށް، މި ދެންނެވި ކަހަލަ، ވަކި ފެންވަރަކަށްވުރެ މަތީގެ، އާދެ، ނެޓްވަރތް ވެލިއު، ބޮޑެތި ފަރާތްތަކަށް، ނޫނިއްޔާ ބޮޑެތި މުއްސަނދިންނަށް އަޅުގަނޑުމެން މަރްޙަބާ ކިޔަން މި ޖެހެނީ ހަމަ މިދެންނެވި ގޮތަށް. އެހެން ނޫން ކަމަށްވަންޏާ، ދިވެހިރާއްޖެއަށް އަންނަންޖެހޭ ސަބަބުތައް މަދު. މިދެންނެވި ކަހަލަ ޚިދްމަތްތަކާއި ވަސީލަތްތައް، އެ ފަރާތްތަކަށް ފޯރުކޮށްދޭ، ދުނިޔޭގައި އެތައް ބައިވަރު ދައުލަތްތަކެއް އެބަހުރި. އަދި ރިސޯސްއަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖެއަށްވުރެ ގިނަ ރިސޯސް އެކްސްޕްލޮއިޓް ކުރެވޭނެ އަދި އޭގެ ޖާއިޒު ފައިދާ ނެގޭނެ ފުރްޞަތުތައް، އެހެން ހުރިހާ ޤައުމެއްގައި އެބަހުރި. އެހެން ނަމަވެސް، އަޅުގަނޑުމެން އެންމެންނަކީވެސް ﷲ އުފައްދަވާފައިވާ ބަޔަކަށްވާތީ، އެއް ބަޔަކަށް ލިބޭ ނިޢުމަތް، އަނެއް ޤައުމުގައި ނެތަސް، އަޅުގަނޑުމެންނަކީ ﷲގެ ނިޢުމަތުން މަޙްރޫމްވެފައިވާ ބައެއް ނޫން. އަޅުގަނޑުމެންގެ ސާފު، ރީތި ގޮނޑުދޮށްތަކަކީ، ޝައްކެއްވެސްނެތްގޮތުގައި، ތެޔޮނަގާ ޤައުމުތަކަށްވެސް ހަމަ ބޭނުންވާ ގޮނޑުދޮށްތައް. އަޅުގަނޑުމެން މި ގޮނޑުދޮށްތަކާއެކީ އަޅުގަނޑުމެން އަގުހެޔޮކޮށް ތެޔޮ ބޭނުންވާ ފަދައިން، ތެޔޮނަގާ މުއްސަނދި، ފަސޭހަކަމާއެކީ ތެޔޮނަގާ ޤައުމުތަކަށް، މިފަދަ ރީތި ގޮނޑުދޮށްތަކެއްވެސް ބޭނުން.
 
އެހެންވީމާ، މިކަންކަމުގައިވެސް މިއޮތީ ފިޠުރަތުން، އިންޓަރ ޑިޕެންޑެންސީ، ނޫނީ އެއްބަޔަކު އަނެއްބަޔަކު ލާމެހިގެން ނޫނިއްޔާ މިކަން ނުކުރެވޭނެ ގޮތަށް އިންތިޒާމު ކުރެވިފައި. އެހެންވީމާ، ދިވެހިރާއްޖެއަށް މިފަދަ އިންވެސްޓަރުން ގެންނަ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ބޭނުން އެބަވޭ، މިފަދަ މަސައްކަތްތެރިންގެ މަސައްކަތުގެ އަގު ވަޒަންކޮށް، އެބޭފުޅުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަދި ދިވެހިރާއްޖެ ކުރިއަށް ދިޔުމަށް މި ބައިވެރިވާ ބައިވެރިވުމަށް މަރްޙަބާ ކިޔަން. އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ، ޙަޤީޤަތުގައިވެސް ބޭރުގެ އިންވެސްޓަރުންނަކީ، ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ އަދި ދިވެހިރާއްޖޭގައި އިންވެސްޓް ކުރައްވައިގެން މަސައްކަތް ކުރައްވާއިރު، ދިވެހިރާއްޖޭގެ ވެށްޓަކީ ސަލާމަތްތެރިކަމާއެކީ، އެމީހުންނަށް ހިތްހަމަޖެހުމާއެކީ މަސައްކަތް ކުރެވޭނެ މާޙައުލަކަށް ބަދަލުކުރުން.
 
ދިވެހިރާއްޖޭގައި އިންވެސްޓް ކުރަން އިތުރު ފަރާތްތަކަށް ފުރްޞަތު ލިބިގެންދާނީ، މިދެންނެވި ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރެވިގެން ދިޔައީމަ. މިއަދު ދިވެހިރާއްޖޭގައި ތިބި ރައްޔިތުންގެ ތެރޭގައި، ބޭރުގެ އިންވެސްޓްމަންޓް، ދިވެހިރާއްޖެއަށް ކޮށްދެނީ ކީއްތޯ ސުވާލުކުރާ މީހުން މާގިނަވާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ބޭރުގެ އިންވެސްޓަރުންގެ މަސައްކަތުގެ އަގު އަޅުގަނޑުމެންނަށް ވަޒަން ކުރެވޭކަން އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންނަމަވެސް، މީގެ 30، 40 އަހަރު ކުރިޔާ ހަމަޔަށްދާއިރު، މިކަން އޮތީ މީގެ ހަމަ ސީދާ އިދިކޮޅަށް. އެހެންނަމަވެސް، އަދު ޙާލަތު ބަދަލުވެފައި އޮތްއިރު، އަޅުގަނޑުމެން ކުރިއަށް މިދަނީ ފޮރިން އިންވެސްޓްމަންޓާ އެކީ. މިއަދުގެ އެއްވެސް ޓެކްސްޓް ފޮތަކުންނެއް، ނޫނިއްޔާ މިއަދުގެ އެއްވެސް އިޤްތިޞާދީ ނޫނީ ޕޮލިޓިކަލް އިކޮނޮމީ ލެކްޗަރަރއަކު، ފޮރިން އިންވެސްޓްމަންޓާ ބެހޭގޮތުން ގޯސް ވާހަކަތަކެއް ނުދައްކާނެ. އެދުވަސް މީގެ 30، 40 އަހަރު ކުރިން މާޒީވެ ހިނގައްޖެ. މިއަދު ވާހަކަ ދައްކާނީ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށްވެސް އަދި ތަރައްޤީވެފައި ހުރި ޤައުމުތަކަށްވެސް ފޮރިން އިންވެސްޓްމަންޓަކީ ކިހާ މުހިންމު އެއްޗެއް ކަމަށް. މިހާރު ފޮރިން އިންވެސްޓްމަންޓްގެ ތެރޭގައި ހަމައެކަނި ކޮންމެވެސް ކަހަލަ ހިފެހެއްޓުމެއް އޮންނަނީ، އެތަނެއްގެ ޤައުމީ ސަލާމަތާ ގުޅުން ހުންނަ ކަހަލަ ކަންކަމުގައި. މިކަން އޮތީ މިގޮތަށް، ދުނިޔޭގެ އެންމެ ތަރައްޤީވެފައި ހުރި އަދި އެންމެ ބޮޑެތި އިޤްތިޞާދުތަކުގައިވެސް. އެއީ ސަތޭކައިން ސަތޭކަ، ވަދެ ނިކުމެވާން ބޭނުން ފުޅާމިނެއްގައި، ތައްމިނުގައި ހުޅުވާލާފައި އޮތް ދޮރެއް ގޮތަކަށް ނޫން އޮންނަނީ. ރައްކާތެރިކުރަން ބޭނުންވާ، ޙިމާޔަތް ކުރަން ބޭނުންވާ ޑިސިޕްލިންތައް އަދިވެސް އެހެރީ އެތަންތަނުގައި ޙިމާޔަތް ކުރެވިފައި. ދިވެހިރާއްޖޭގައިވެސް މިކަން މިއޮތީ މިގޮތަށް. ދިވެހިރާއްޖޭގައި ދިވެހި ވިޔަފާރިވެރިން ކުރާ ކަންކަމަށް ސަމާލުކަން ދިނުމާއެކުވެސް، އަޅުގަނޑުމެންގެ ތަނަވަސްކަން ނެތް މިންވަރަށް އަޅުގަނޑުމެން ރިޢާޔަތްކޮށް، ބިދޭސީންނަށް މި އިންވެސްޓްމަންޓްގެ ދޮރު ހުޅުވާލަނީ، އެމީހުންނަށް މަރްޙަބާ ކިޔުމަށްޓަކައި.
 
އަޅުގަނޑު މި ވާހަކަ، ފޮރިން އިންވެސްޓަރުންގެ މި ޙަފްލާގައި ދަންނަވާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖޭގެ ކެޕިޓަލިސްޓުން، ދިވެހިރާއްޖޭގައި ވިޔަފާރި ކުރައްވާ އިސް ފަރާތްތަކަށްވެސް ހަމަ މިކަހަލަ ޢިނާޔަތްތަކެއް ދިނުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައި. ހަމަ މިކަހަލަ ޢިނާޔަތްތަކެއް ދިވެހިރާއްޖޭގައި ވިޔަފާރި ކުރައްވާ އަދި ދިވެހިރާއްޖޭގައި އިންވެސްޓް ކޮށްފައި ހުރި ދިވެހި ފަރާތްތަކަށްވެސް މިވަނީ ދޭން ނިންމާފައި. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރު އައުމާއެކީ އެންމެ ފުރަތަމަ އިޤްތިޞާދީ ކައުންސިލަށް ޓާސްކް ކުރެވުނު އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި، މި ކޯޕަރޭޓް ރެޒިޑެންސީ، ނޫނީ ކޯޕަރޭޓް ރެޒިޑެންޓް ތަޢާރުފް ކުރުމުގެ ޚިޔާލު އަޅުގަނޑުވާނީ ފޮނުވާފައި. ތަފާތު ގިނަ މަސައްކަތްތަކެއް މީގައި ކުރަންޖެހޭ. މީގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އެތެރޭގެ ނެޓްވަރކިންގ އެބަ ގެންދަންޖެހޭ. އަޅުގަނޑުމެންނަށް އެންމެ ފަސޭހަ ކަމަކީ، މި ވީޑިއޯ އިން ތަޢާރުފް ވެގެންދިޔަ، ފެނިގެންދިޔަ ކާޑު އިޝޫ ކުރުން. އެކަމަކު ކާޑާއެކީ އެ އަންނަ ޒިންމާތަކާއި، އަޅުގަނޑުމެން އުފުލަންޖެހޭ ޒިންމާތައް އެއީ އަޅުގަނޑުމެން ނެޓްވަރކް ކުރަންޖެހޭ ކަމަކީ. ހޮސްޕިޓަލް ކިޔޫތަކުގައި ޖެހުން، އިމިގްރޭޝަން ކިޔޫތަކުގައި ޖެހުން، ކަސްޓަމް ޑިއުޓީ ފޯމްތައް ފުރުން، ދަރިން ސްކޫލަށް ވެއްދުން. މިކަހަލަ ޚިޔާލަށް ގެންނަން ބޭނުންވި ކޮންމެ ދިމާއެއްގައި، އަޅުގަނޑުމެން އެބަޖެހޭ ޢިނާޔަތްތަކެއް ހަމަޖައްސައިދޭން.
 
އެހެންވީމާ، މިއީ ސަރުކާރުގެ ތެރޭގައި ނެޓްވަރކް ކޮށްގެން، އަދި ސަރުކާރުގެ ވިސްނުން، މުޅި ސަރުކާރުގެ ވިސްނުން، މައިސޯބު އެނބުރޭ ގޮތަށް އަނބުރަން ފަސޭހަ ކަމަކަށްނުވޭ. މިކަހަލަ ކަންތައްތަކެއް ހުރީމަ، ކޯޕަރޭޓް ރެޒިޑެންޓް ވިޒާ އިޝޫ ކުރުން، ނޫނިއްޔާ މި ޕްރިވިލެޖް ކްލަބް ތަޢާރުފް ކުރަން، އަޅުގަނޑުމެންނަށް ލަސްވެގެން ދިޔައީ. އެހެންނަމަވެސް، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ މިހާރު ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ވެރިންނަށް އަދި މުއައްސަސާތަކުގައި ޚިދްމަތް ދެއްވަން ތިއްބެވި ބޭފުޅުންނަށް، އެކަން އެނގިގެން އަދި ކޮށްދޭންޖެހެނީ ކީއްކަން ގަބޫލުކުރެވިގެން، ހެޔޮހިތުން ބަލައިގަންނަ އަދި ހެޔޮހިތުން ދޭ ޚިދްމަތަކަށް ވެގެންދިޔުން.
 
މި މަސައްކަތް ކޮށްދެއްވުމުގައި، ޝައްކެއްވެސްނެތްގޮތުގައި، އިޤްތިޞާދީ ކައުންސިލްގެ ކޯ ޗެއަރއާއި، ކައުންސިލްގެ ވަޒީރުން އަދި އިމިގްރޭޝަން ޑިޕާޓްމަންޓްގެ ކޮންޓްރޯލަރ، އިމިގްރޭޝަން ޑިޕާޓްމަންޓްގެ އިސްވެރިން، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ މިނިސްޓަރާއި އަދި އެމަނިކުފާނުގެ ޓީމް ކެނޑިނޭޅި އެތަކެއް މަސައްކަތްތަކެއް މިވަނީ ކޮށްދެއްވާފައި. މިއީ އިމްޕްރޫވް ކުރަމުން، އިމްޕްރޫވް ކުރަމުން އަޅުގަނޑުމެން ގެންގޮއްސަ އޮތް ނިޒާމެއް މިއީ.
 
އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، ހުރިހާ ބޭރުގެ އިންވެސްޓަރުންނަށް އަޅުގަނޑު މަރްޙަބާ މިދަންނަވަނީ، މި ޕްރިވިލެޖްޑް ކްލަބްގައި ބައިވެރިވެވަޑައިގަތުމަށް. ދިވެހިރާއްޖެއަކީ އިންވެސްޓް ކުރަން ފަސޭހަ ތަނަކަށް ވެގެންދިޔުން. ޑުއިންގ ބިޒްނަސް އިންޑެކްސްގައި، ވާރލްޑް ބޭންކްގައި ޑުއިންގ ބިޒްނަސް އިންޑެކްސްގައި، ދިވެހިރާއްޖެއަކީ އެކަށީގެންވާ ޝަރަފްވެރި މަޤާމެއް އަނެއްކާވެސް ޙާޞިލުކުރާ ޤައުމަކަށް ވެގެން ދިޔުމަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ އުންމީދު. މިކަން ކުރުމުގައި، ބޭރުގެ އިންވެސްޓަރުންނަށް އަޅުގަނޑުމެން މެހްމާންދާރީ އެބަ އަދާކުރަންޖެހޭ. އެ ސަބަބަށްޓަކައި ބޭރުގެ މެހްމާނުން ދިވެހިރާއްޖޭގައި އިންވެސްޓް ކުރައްވައިގެން މަސައްކަތް ކުރައްވާއިރު، އެބޭފުޅުންނަށް އެބަ ފީލްވާންޖެހޭ، ނޫނީ އިޙްސާސް ކުރެވެންޖެހޭ، ދިވެހިރާއްޖެއަކީ މިފަދަ އިންވެސްޓަރުންނަށް މެހްމާންދާރީ އަދާކުރުމުގެ ޤާބިލުކަމާއި، ކެރުންތެރިކަމާއި އަދި ހިތްވަރު ހުރި ބައެއް ކަމަށް. ޝައްކެއްވެސްނެތްގޮތުގައި، މެހްމާންދާރީ އަދާކުރަންޖެހެނީ ހަމައެކަނި ކޯޕަރޭޓް ރެޒިޑެންސީގައި ދެންމެ އަޅުގަނޑުމެން ޝަރުޠުކުރި ކަންތައްތައް އެކަންޏެއް ނޫން. އަޅުގަނޑުމެންގެ އިޤްތިޞާދުގެ ބެކްބޯނަކީ ޓޫރިޒަމް. ހޮސްޕިޓޭލިޓީ އިންޑަސްޓްރީ. މި އިންޑަސްޓްރީގެ ހުރިހާ ކަމަކީވެސް މެހްމާންދާރީ އަތްމައްޗަށް ބިނާވެފައި އޮތް ކަމެއް. ޤުދުރަތީ ބީޗްތައް، ނޫނިއްޔާ ޤުދްރަތީ ގޮތުން ރީތި، ސާފު ބީޗްތަކާއި، ދޮންވެލީގެ ބީޗްތަކާއި، ކަނޑުތަކާއި، މޫދު އެކަންޏެއް މިކަން ކަށަވަރެއް ނުކޮށްދޭ. އަޅުގަނޑުމެންގެ އެޓިޓިއުޑް، އަޅުގަނޑުމެން އެމީހުންނާ މުޢާމަލާތު ކުރާގޮތް، ޚިދްމަތް ދޭއިރު، ހިނިތުންވުމާއެކީ ދެވޭ ޚިދްމަތް. މިހުރިހާ ކަމަކީ ޝައްކެއްވެސްނެތްގޮތުގައި، މި ދާއިރާގައި، ހޮސްޕިޓޭލިޓީ އިންޑަސްޓްރީއަށް ބޭނުންވާ ކަމެއް. އެހެންވީމާ، މެހްމާންދާރީ އަދާކުރަން މިޖެހެނީ، ހަމައެކަނި ކޯޕަރޭޓް ރެޒިޑެންޓުންނަކަށް ނޫން. އެކަމަކު އެމީހުންނަށް ޚާއްޞަ އިމްތިޔާޒުތަކަކާ އެކީ މެހްމާންދާރީ އަދާކުރުމުގެ އިނޮވޭޝަނެއް، ނޫނިއްޔާ ކުރުމުގެ އިންތިޒާމެއް އަޅުގަނޑުމެން މިރޭ ތަޢާރުފް މިކުރީ.
 
އެހެންވީމާ، އަޅުގަނޑު މަރްޙަބާ މި ކިޔަނީ، ހުރިހާ ހައި ނެޓްވަރތް ކެޕިޓަލިސްޓުންނަށް، ބޭރުގެ މެހްމާނުންނަށް، ދިވެހިރާއްޖޭގެ މި ކްލަބްގައި ގުޅިވަޑައިގަތުމަށް. އަދި މިއީ އެއްދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެންގެ ވިސްނުމުގައި އިތުރަށް، އިތުރު ފުރްޞަތުތަކާއި، އިތުރު އިމްތިޔާޒުތައް ހިމެނިގެންދާނެ ނިޒާމަކަށް ހަދަން އަޅުގަނޑުމެން ބޭނުންވޭ.
 
Before I conclude my boring remarks in Maldivian, let me assure you all foreign investors, what we have in mind for you. Foreign investment in Maldives started some 30 years or 35 years or so back. A large part of my life has been dedicated working and attracting foreign investment. If I may coin this engagement as a romance - romance with foreign investment, just like any other good romance, we have had fleeting moments, good and bad, not so attractive at times. We have struggled continuously to bringing in, to draw in foreign investors. We have held road shows, we have gone as far as Japan, We have gone to Ireland, we have gone to US, we have gone to Continental Europe, in order to attract foreign investments into the Maldives. We have painstakingly improved our legislation, attracting foreign investments into the Maldives
 
Foreign investments, like other third world countries in the world; first, Maldivians looked at with this suspicion, but today things have changed, tables have changed. We are looking at foreign investments as part and parcel of our economic development. We welcome foreign investments as partners in our developmental work. That is why we are introducing corporate residency to foreign investment regime we hold today. Foreign investments we go small in Maldives, contributed immensely, tremendously to the Maldivian economy. Foreign investments, if you look at Maldivian economy; the most important, most successful thriving businesses, flourishing across Maldivian economy belong to foreign investors; either joint venture investors or hundred percent foreign investors. There are no strings attached to foreign investments in Maldives. Foreign investments can come in one hundred percent foreign, or it could be a collaborative effort with joint venture Maldivian partners
 
Foreign investors, naturally, have pervaded into the Maldivian economy. That is why today we open our doors with gracious welcome to all the foreign investors. Foreign investments, while we attract, while we try to attract foreign investments into the Maldives, our ambitious programme to transform the Maldivian economy clearly calls for more and more investments in the Maldives. Some of the more challenging or venturesome projects, like the iHaven Project we have in mind. It calls for investments from countries like Japan, countries like Saudi Arabia, countries like India, China. We don’t see why all of these countries or all of industrialists from these countries cannot cohabit and work for a prospective investment opportunity in iHaven project. Maldives will accord, my government will accord, hospitality to all foreign investors who come here. We will accord safety and satisfaction to all of the foreign investors who are here
 
We would like foreign investors to feel like friends among friends; Maldivians among Maldivians. That is why we thought we would introduce corporate residency. The task really being, my government is undertaking to attract net-worth high value investments into the Maldives. This is the only way we believe third world countries, small countries like Maldives can prosper and transform our economy
 
Those days where we have doubted investments adding value to Maldivian economy, those days are long past gone. Today we believe that’s the only source that we have available. To improve our economy is go into partnerships with foreign investments. It is not only in iHaven that we have challenging and attractive investment opportunities. We are looking at connecting Male’ and Hulhumale’ via a bridge. Hulhumale’ is going to be an ample, resource bound area for investors; be it housing or be it infrastructure provision. We are looking at a brand new International Airport that is capable of handling around seven million passengers who come here. This is going to be around six-fold increase. We are looking at new horizons of economic development. This is why we believe it is not only state resources that will provide us or guarantee us these investments. But what we don’t have is time. With the short time we have, our planning horizon is limited, but our ambition is large looming around the horizon. That is why we believe it is only the opportunity for foreign investors, who can partner with Maldivian Government and Maldivian capitalists in these investments to realize these investments for the Maldivian youth
 
Maldivian youth aspirations are tremendous, they’re enormous. It is from housing to jobs and also to improving their wellbeing. The only way to do this is to attract our doors to all foreign investments who want to invest in major major investments here. For us three to four hundred million dollar bridge is an enormous project. When you talk about seven thousand per capita income, a three hundred million dollar bridge over a period of two years though it may span from Male’ to Hulhumale’; it’s an enormous project for us. iHaven Project, building an entrepôt port and a free trade zone in the industrial island nearby Male’ is going to be an immense project for Maldivians. What it entails is not only growth, what is entails is assurance of jobs for Maldivian youth. What economics entails is jobs, jobs and jobs for the Maldivian people. And that is what we intend to achieve from all of these transformation projects. What we have in mind, what we have displayed on the agenda are these huge tasked projects. There is absolutely no reason why these projects cannot be undertaken by foreign capitalists
 
What my government would ensure is safety and conducive business environment for not only tourism industry investments here, for all other investments as well. Together with investments in tourism area also non tourism area, this is the area that is open up for all foreign investments all over the world. We have held roadshows in Washington. We have held road shows in Ireland. We have gone to Tokyo. We have also more recently held a roadshow in Singapore just last year, one year back. Investment appetite by foreign investors is promising, it’s pleasing. What we need to do now, I appeal to all my colleagues in government, to all of those staff teams working with them, to make these investments a reality we have to be hospitable in delivery of service. We have to be speedy, we have to be efficient and so many times resonated here, it has to be a seamless work. So no hiccups, no nonsense, it has to be speedy action. That is the only way the so-called one shop stop is that is the only way it is going to work. This regime is committed to improving the livelihood of the people. No matter what you hear on the roads of Male’, this is a safe place for investments. This is safer than the safest place elsewhere on the Earth. And if you talk about economic returns, this is as good as any you can have; depending on the type of investment you choose. If you talk about tourism industry, you are talking about four years or five years of recovery. Break even five years and the rest thirty five to ninety nine years is absolute profit taking. So where else do you in the world get this business opportunity? Nowhere else do you get this business. If you talk about taxation, this is a low tax country here in Maldives. If you talk about corporate taxation elsewhere in the world, you talk about as much as sixty five to seventy percent net profit taxation here. Here in Maldives, we don’t have that taxation. We don’t have a stiff taxation regime. So we believe this is an ideal place for foreigners to invest. It is not only idyllic in its beauty. It is also idyllic for you, if you look at business opportunities
 
So friends, please be Maldivians among Maldivians. Please belong to this privileged elitist club of resident Corporate Residents
 
We wish you a very good evening and we’d like to entice you to the beauties and also to business prospects that you can find in the best place in the world. Goodnight
 
 
 والســّلام عليــكم ورحـمــة اللّـه وبـركاتـه
     _____________________________