ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، "މިނިވަން ފަންސާސް، މޫދު ކުޅިވަރުގެ ޢީދު" ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިރޭ، ރަސްމީ ފާލަން ކުރިމަތީގައެވެ.

"މިނިވަން ފަންސާސް، މޫދު ކުޅިވަރުގެ ޢީދު"އަކީ، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ރާއްވަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. މިރޭގެ ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.