ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، "އުރީދޫ ދިވެހި ޕްރިމިއަރ ލީގް 2015" ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މުބާރާތް ފަށްޓަވައިދެއްވުމުގައި އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ވިކްރަމް ސިންހަ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތު އޮތީ ޤައުމީ ފުޓުބޯޅަ ދަނޑުގައެވެ.

މި ރަސްމިއްޔާތުގައި، އެފް.އޭ.އެމް އަށް އެކި ރޮނގު ރޮނގުން ޚިދުމަތްކޮށްދެއްވަމުން ގެންދަވާ 7 ފަރާތަކަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.